މިހާރު ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ބްރޭންޑް، "ޖެނެޓް"ގެ ޕްރޮޑަކްޓުތައް ހުޅުމާލޭގައި ވިއްކަން ފަށައިފިއެވެ.

ޖެނެޓްޓް ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ލިބޭ" އިން ބުނެފައިވަނީ، މިހާރު މާލެ އާއި ލ. އަތޮޅާއި އައްޑޫގެ އިތުރުން ހުޅުމާލެއިންވެސް މި ބްރޭންޑުގެ އުފެއްދުންތައް، އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ޖެނެޓްގެ ޕްރޮޑަކްޓުތައް ވިއްކަނީ، ސަމަރ ސްޕޯޓްސް (ލޮޓް ނަމްބަރު: 11165، ބޮކަރުމާ ހިނގުން) ފިހާރައިންނެވެ.

ޖެނެޓް ބްރޭންޑުގެ 24 ޕްރޮޑަކްޓެއް މިހާރު އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް "ލިބޭ" އިން ބުނެއެވެ. ލިބޭގެ އޮފިޝަލަކު ބުނެފައިވަނީ، މާލެ އާއި ހުޅުމާލެ އާއި ލ. އަތޮޅު އަދި އައްޑޫގެ އިތުރުންވެސް ރާއްޖޭގެ އެހެން ސަރަޙައްދުތަކުން މި ޕްރޮޑަކްޓުތައް ލިބޭގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބްރޭންޑަށް ގިނަ ބަޔަކު އިތުބާރުކުރާ އިރު، ޕްރޮޑަކްޓުތަކަށް ރާއްޖޭގެ އެކި ހިސާބުތަކުން ބޮޑު ޑިމާންޑެއް ލިބެމުން އަންނަކަމުގައި ވެސް އެފަރާތުން ބުނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކާއި އޭގެ މަޢުލޫމާތުތައް، ފޭސްބުކް ޕޭޖް "ލިބޭ" ގައި ހާމަކޮށްފައިވާއިރު، މި ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މާލޭއިން ލިބޭގެ ޕްރޮޑަކްޓުތައް ބައްލަވައިގަންނަވާނަމަ އިތުރު އަގަކާއިނުލައި ޑެލިވަރީކޮށްދެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.