ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރާނަމަ 96،000 ރައްޔިތުން ލެވޭ ވަރުގެ ޖަލެއް ތައްޔާރު ކުރުމަށް ވެރިކަން ކުރާ ޕީޕީއެމްއިން ގޮވާލައިފިއެވެ.

ޕީޕީއެމްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް ވިދާޅުވީ ދިވެހި ރާއްޖޭގެ ތާރީހުގައި ސިޔާސީ ލީޑަރަކަށް އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގަތީ ރައީސް ޔާމީނަށް ކަމަށާއި އެމަނިކުފާނު ޖަލަށްލާނަމަ ޖެހޭނީ 96،000 ރައްޔިތުން ލެވޭ ވަރުގެ ޖަލެއް ތައްޔާރު ކުރަން ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ތެރޭގައި ހުރި އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. އެންމެ ބާރުލާފައި ނޫސްތަކުން ވެސް އަޑު އިވޭ ވާހަކައަކީ ރައީސް ޔާމީނާއި މެދުގައި ޝަރީއަތް ހިންގާ ރައީސް ޔާމީން ޖަލަށް ލާނެ ވާހަކަ. އަޅުގަނޑު އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ ފުރަތަމަ ވެސް ތިބޭފުޅުން ތި ހިލާފުވެ ވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގައި ކުރެއްވި ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދާއޭ. ރައީސް ޔާމީނަކީ އެއްވެސް ކުށެއް ނެތް، އެއްވެސް ކުށެއް ނުކުރާ، މިރާއްޖެއަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ހަމައެކަނި ވެރިޔާ. ރައީސް ޔާމީން ޖަލަށް ގެންދަން ބޭނުންފުޅުވަނީ ނަމަ އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން ބޭނުމީ 96،000 މީހުން ލެވޭ ވަރުގެ ޖަލެއް ތިބޭފުޅުން އަޅާށޭ" ފަލާހް ވިދާޅުވިއެވެ.

މިވީ ތިންވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖޭގައި މިނިވަންކަމެއް ނެތްކަމުގެ އިހްސާސް ކުރެވެން ފަށާފައިވާ ކަމަށާއި އެއީ އިދިކޮޅުން ވީ ބައެއް ވައުދުތަށް ހަނދާން ނެތެމުންދާ ކަމުގެ ނިޝާނެއް ކަމަށް ފަލާހް ވިދާޅުވިއެވެ.

އަދި ކުށެއް ނުކުރައްވާ ކަމަށާއި މާތްﷲ ގެ އިރާދަފުޅުން ޖަލަށް ނުލެވޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ހައްޔަރު ކުރައްވާނެ ކަމުގެ ބިރު ދައްކަން ނޫޅުއްވުމަށް އިލްތިމާސް ކުރާ ކަމުގައިވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހް މިހެން ވިދާޅުވެފައިވާއިރު މީސް މީޑިއާގައި ދަނީ ކޯލިޝަންގެ ވެރިކަމުގައި ބައެއް ފަރާތްތަކަށް ޖަލަށް ލާނެ ކަމަށާއި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލުވާލާނެ ކަމުގެ އަޑުތަށް ފަތުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޑޮންޑޮން

    ސިޔާސީ ލީޑަރަކަށް ދިވެހި ތާރީހުގައި އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގަތީ 48% އާއެކު 2013ގެ އިލެކްޝަންގެ ފަހުބުރުގަ ރައީސް ނަޝީދަށް. ހަޖަމްކޮށްލަން ހަމަޖެހޭނީ.

  2. ކދ

    ކިތައްމެ ފުއްޕިޔަސް ޅާނެ

  3. ހަސަން

    ރައީސް ނަޝީދު ޖަލައްލީ އެމްޑީޕީ މީހުން ލާނެ ޖަލެއް ހަދާފަތަ ވިސްނާލަބަ ތިކިޔޭ އެއްޗެއް ހެޔޮވިސްނޭ ބޮޑެތި ފިރިހެނުން

  4. ފދ

    ކަލޯ 96000މީހުނަކީ ޕީޕީއެމް މެންބަރުންނެއްވެސްނޫ ދެންތިމީހުން ބާއްވާ ހަރަކާތަކައް
    ނިކުންނާނެ ބަޔަކުމިރާއްޖެއަކުނެތް މިހާރުވެ އަސްލު ޕީޕީއެމް މީހުން އެބަލަނީ މައުމޫނު
    ދޫކޮއްލާނެ ދުވަހަަކައް ލިބޭނީ ހުސްތޮށިގަނޑޫ

  5. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ޢަދުލުއިންޞާފަށް ހުރަސްއެޅުމަކީ، ކޮބައިތޯ ސުވާލުއުފެދެއެވެ. ޤާނޫނުތަކަށް ގޮންޖެހުމަކީ، ކޮބައިތޯ ސުވާލުއުފެދެއެވެ. ތަޙްޤީޤަށް ހުރަސްއެޅުމަކީ، ކޮބައިތޯ ސުވާލުއުފެދެއެވެ. އެހެނީ، ޢަދުލުއިންޞާފަށް ހުރަސްއެޅުމާ، ޤާނޫނުތަކަށް ގޮންޖެހުމާ، ތަޙްޤީޤަށް ހުރަސްއެޅުމާ، މިކަންކަމަކީ، އެއްވެސް އިސްތިސްނާ އެއްނެތި އެންމެންނަށް މަނާކުރެވިފައިވާ ކަންކަމެވެ.

  6. އަންބޯން

    ފަލާހޫ އަދިވެސް ނުނިދަންތަ؟

  7. ބޭބެ

    ތީ ހާަދަ މާތް މީހެކޭދޯ. އެއްވެސް ކުށެއް ނުކުރެޔޭ؟ފަލާހުއަށް ކިހިނެއް އިނގެނީ.. ކުށެއް ނުކުރަންޏާ ކީއްވެ މިސްކިތަށް ނަމާދަށް ނާރަނީ...ފިރިހެނުން ވާޖިބީ މިސްކިތަށް ނަމާދަށް އެރުން.

  8. ޙައްވަ

    ޕުސް! ފަލާހުއާއި އެކު ގެންދޭ!

  9. ައާބި

    މާވަޑިކަލޭގެއަށް ވަރަށް ބޮޑު އޮޅުމެއް އަރައިގެން ތިއުޅެނީ ޤާނުނީ ހަމައަކީ އެމީހަކުކުރި ކުށަކަށް އެމީހަކު އަމިއްލައަށް ޒިންމާވުން، ތީ ކަނޑުގަވެސް އަދި ޖަންގަލީގަވެސް އޮންނަ ހަމައެއްނުން، ކުޑަކޮށް ހޭވެރިވެބަލަ، އެހެންނޫނީ މީހުން ވަރަށް ޖޯކުޖަހާނެ

  10. ޞހ

    މިހާރު ނިދައިފިންތަ

  11. ޙަލީފާ

    އަޖައިބެއް! ކުށެއްކޮށްފަ ވާނަމަ އޭގެ އަދަބު ލިބެން ޖެހޭނެ! މީގެ ކުރީ އިންތިހާބުގަ ރައީސް ނަޝީދަށް ލިބުނު މިއަށްވުރެ ގިނަ ވޯޓް. ފަލާހު މެން ހީވަނީ އަބަދުވެސް ހަގީގަތާ ދެކޮޅަށް ވާހަކަ ދައްކާހެން!

  12. ޢަފްލާ

    ރީނދޫ ބައިގަނޑު ފަދހިރިންގެ ލޯގޯ ޖަހައިގެން މިގައުމުގަ ކެމްޕެއިން ކުރި އިރު ަބދުއްލޯ ކޮބައިތަ؟

  13. ޅޮލް

    މީ އަނެއް މޮޔަ ސޮރު.

  14. ލެއްގިބަބުރު

    ދަރިފުޅާ އިބޫ މާޒީން އިބްރަތް ހާސިލްކޮށް ރައީސް ނަޝީދަށް ވީ ގޮތް ހަދާން ނައްތާނުލާތި ބަބުރު އާއިއިލާއަކީ ދިވެހިރައްޔިތުންނަށް ހެޔޮއެދޭނެ ބައެއްނޫން. ދިވެހިރައްޔިތުން ދެން ދެވަނަ 07 ފެބްރުއަރީއެއް ދެކެން ބޭނުމެއްނޫން. މުޅި ބަބުރުއާއިލާގައި ހުރި އެންމެ ނުބައިޖައްބާރު މީހާ މީހާރު ތިހިރީ އިބޫ އަށް ކުރިމަތިވެފައި. ނަޝިދަށް ކުރިމަތިވި މީހާއަށްވުރެ އެތައް ހާސް ދަރަޖަ ނުބައިޖައްބާރެއް ވީމާ މިފުރުސަތު ބޭނުން ހިފައިގެން ލަސްނުކޮށް ޖައްބާރު ފާޅުވިޔަ ނުދިމަކީ ރައްތިތުންގެ ވަރަށް ބޮޑު އެދުމެއް. މި ޖައްބާރު ފާޅުވެއްޖިޔާ މިފަހަރު ދެން ދިވެހިގައުމް ސަލާމަތެއްނުވާނެ.

  15. ނަމަ

    ފަލާހު ވެސް ހުރެފަ ބުނާވާހަކަދޯ އަންތަރީސްވާ ވަރުވޭ

  16. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ބުނެވޭގޮތުގައި އުތުރު ގަނޑުބަޑުގައި ގަނޑުވަރާއި ހަމައަށް އަޔަދޭށޭ އަތަދޭށޭ ވެރިމީހާ ވިދާޅުވަމުން ގެންދެވީ ދެފަރާތުގެ ބަހައްޓަފައިވާ ދެފޮއްޓަށް އަޅާފައިހުރި ފައިސާއަށް ބަލާފައެވެ. ބާރަށް ހަޅެއްލަވާ މީހާއަށް ދެފަހަރު މަޑުން ހަޅޭއްލަވާ މީހާއަށް އެއްފަހަރު ދީގެން ފުއްދާލުމަށެވެ. މިއީ މިހާރުވެސް މިކަންކަން ހިނގަމުންދާ އުޞޫލެވެ. ކާމީހާ ކަމުންދަނީ ކަށްއްޓަކަށް ހުޅުބަކަށް ނުބަލައެވެ. ބޯބޯކޮށް ކަނީއެވެ. ގޯނި ގޯނީގައި ބަހަނީއެވެ. ގޭގެއަށްވެސް ވައްދަނީއެވެ. އެކައުންޓަށްވެސް ލަނީއެވެ. ދެންމިބުނަނީ މަށަށް އެއްޗެއް ލިބިއްޖެއްޔާ ކަލޭމެން ހާދަވަރެއް ހުރެޔޭ ؟

  17. ރައްޔިތުން

    ފަލާހޫޫޫ ޫ ޫ ޫ ކަލޭ ތިޔަ ދެކޭހާ ލޯބިން ޔާމީނާއި އަދި ކަލޭމެންނާއެކު އުޅޭނެބަޔެއް ނޫން ތިޔަ 96000 މީހުންނަކީ.