އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ރައީސް ކަމުގެ ހުވާ ކުރައްވަން ޖެހޭނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސްކަމުގެ ހުވާކުރެއްވުން ނޮވެމްބަރު 17 އަށް ލަސްވެގެންދިޔައީ، 2013 ވަނަ ސުޕްރީމް ކޯޓުން ނެރުއްވި ވަގުތީ އަމުރެއްގެ ދަށުން ކަމަށެވެ.

"މ ދާގޮތުން ނޮވެމްބަރ 11 ގައޭ އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރައްވަންވާނީ. ނޮވެމްބަރު 17 އަށް ކޮންމެހެން ލަސްކުރަންޖެހޭނެ ކަމަކަށް ނުދެކެން. އެއީ މިހާރުވެސް ނޮވެމްބަރ 11 ފާހަގަ ކުރަމުންދަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައި" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅިވީ އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވުން ނޮވެމްބަރު 17 އަށް ލަސްކުރަންޖެހޭނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ ވެރިކަމުގެ ފަސްއަހަރުގެ ދައުރެއް ހަމަވާ ދުވަހަކަށް ވާންޖެހޭނީ އަންނަ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި މިހާރު ރައީސްކަމުގައި ހުންނެވި ރައީސް ޔާމީން އަބްދުލްގައްޔޫމަށް ނޮވެމްބަރު 11 އަށް 5 އަހަރުގެ މުއްދަތެއްގަ މަގާމު އަދާކުރެއްވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ފަސް އަހަރު ހަމަވެގެންދާ ދުވަހަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ގަދީމީގޮތުން ފެށިގެން އަންނަ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރު 11" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން އިއްޔެ މިނިވަންކޮށްފައިވާއިރު ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ގާސިމް އެއްބަސްވެވަޑައިގެން ގާސިމްގެ ފަރާތުން 70،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ.

މިއާ އެކު ގާސިމް ވަނީ އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަން

  އަނިޔާވެރި ގާސިމްއަށް ފަސްއަހަރުވެސް ނޭގުނު ދޯ. ދެން ކިހިނެތް މިވެރިކަން އަންސާފްވެރި ވާނީ

 2. Anonymous

  17 ގަ ހުވާކުރާނީ ދެންހުރޭ މަޑުމަޑުން

 3. ޓިނޭ

  ފެނޭތަ ފެނޭތަ ތަމެންނަށް

 4. ސަޢީދު ޢަލީ

  ނޮވެންބަރު 11 އަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސްކަމަށް ވުމަކީ އެއީ އެ ދުވަހު ކޮންމެހެން ރައީސްކމުގެ ހުވާ ކުރުން ބަދަލުވާންޖެހޭ ކަމުގެ ޤަރީނާއެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގައި ރަސްކަން ދާއިމަށް އުވައިލެވި ޖުމްހޫރީވެރިކަން ފެށުނު ދުވަހެވެ. އެއީ ކޮންމެހެން ރައީސް ހުވާކުރަންޖެހޭ ދުވަހެއް ނޫނެވެ. ކޮންމެ ސަބަބަކާ ހުރެ ވެސް އެ ތާރީޚު އެ އޮތީ ފަހަނަޅައި ގޮސްފައެވެ. އަދި އެ ބާވަތުގެ ކަމެއް ދިމާވެގެން ނުވަތަ އެހެން ސަބަބަކާ ހުރެވެސް އެތާރީޚު ބަދަލުވެދާނެއެވެ. މިސާލަކަށް ދިވެހިރާއްޖެ އަކީ އިންޑިއާގެ ސްޓޭޓެއްކަމަށް އިޢުލާންކޮށްގެން އެތައް އަހަރެއް ފަހުން އަނެއްކާ ބޮޑުތަކުރުފާނަކު އުފެދިގެން ރާއްޖެ މިނިވަންވެގެން ރިޔާސީ އިންތިޚާބެއް ބައްވައިގެންވެސް ހަމަ ހުވާކުރާންޖެހޭނީ އެދުވަހުތޯއެވެ؟ ރައްޔިތުންގެ މަޖިލީހަށް ވީ ގޮތް ހަނދާން އެބަހުރިތޯއެވެ؟ އެ މީހުންނަށް ވެސް 5 އަހަރު ލިބުނެވެ. ޤާނޫނުއަސާސީގައި ބުނާ 5 އަހަރު ދުވަހުގެ މުއްދަތެއް ރޔ އަށްވެސް ލިބެންޖެހޭނެއެވެ. އަހަރެމެންނަށް ވެރިކަން ލިބުނީމާ ވެސް މި ތެޅިފޮޅެނީ ކީއްވެހެއްޔެވެ؟ ނޮވެންބަރު 11 އަށް މޑުކުރެވޭ ބަޔަކު އިތުރު 7 ދުވަހަށް މަޑު ނުކުރެވެންވީ ކީއްވެހެއްޔެވެ؟

 5. މާސްޓަރ

  އަޅުގަޑު އަދިވެސް ތާއީދު ކުރަނީ، ޔާމީނަށް. އެކަމަކު ތިކަން އޮންނަންވާނީ އެހެން. ކުރިން ދިމާވި ޙާލަތްތަކަކާއި ގުޅިގެން ނޮވެމްބަރ 17 ގައި ޔާމީން ހުވާކުރެއްވިޔަސް ޤާނޫގައި އެކަން އެހްނ އަދިވެސް އިތުމާއެކު، އިބޫ ނޮވެމްބަރ 11 ގައި ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނެ.

 6. ޞަލާޙް

  ބަލަ ޤާސިމޫ! ޤާނޫނުގަވެސް އޮތީ ތިގޮތަށޭ! އެކަމަކު ޤާސިމު ހުށައެޅި މައްސަލައަކާގުޅިގެން 17 ނޮވެމްބަރު ހަމަޖެހި އެގޮތަށް ދަނީއެވެ. އަލުން މިފަހަރުވެސް އީސީ އިންވަނީ އެމައްސަލަގައި ސްޕްރީމްކޯޓުގެ ބަހެއް ހޯދައިފައެވެ. ސްޕްރީމްކޯޓުން ލަފާދެއްވާފައިވަނީ 17 ނޮވެމްބަރު ކަމަށެވެ. ވީމާ އެގޮތަށް ދަނީއެވެ. ރަގަޅި ހަމަ 11 ނޮވެމްބަރު ކަމުގައި އަހުރެމެންވެސް ޤަބޫލުކުރަމެވެ. ކޮސް ނުކިޔާބަލާށެވެ. މިހާރު ތިޔައީ އެއްފުށް މިނިވަނެކެވެ.

 7. ކާސިމަޖާ

  ހުވާކުރަނެ ދުވަހެއް މަހުޖަނަކަށް ނޭގޭނެ، ތިވަރަށް ތެޅުނުއިރުވެސް ގޮނޑީގައި ވަޑުވާލާކަށް ނުލިބުނުދޯ ވަރަށް ހިތްކިޔާދޯ ވެރިކަމަށް

 8. ކޮކަޑި.

  މިގައުމުގެ ހަލާކު

 9. ބޮޑޫމީހާ

  ޔަގީންތާ . އިބޫ ހުވާކުރާނީ ހަމަ ނޮވެމްބަރ 11 އިގަ

 10. ވާސިމް

  ނޮވެމްބަރު 11 ގައި ގާސިމް ހުވާ ކޮފައި ނޮވެމްބަރު 17 ގައި އިބޫ ހުވާކުރާ ގޮތައް ހަދަންވީ.ވެރިކަމާ ގެންް ބޫތުކައިފަ ހުންނައް ބުރާންޗެއްމީ.

 11. ނުރަބޯ

  ހޫނހޫނ އިބޫ ހުވާކުރާއިރަށް ކާސިންބެ ހުންނާތި ފާޚާނާ ސާފުކޮށްދޭން އިނގޭ.....!!!