އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހަޅާފައިވާ ފައިސާގެ އެއްވެސް މައްސަލަ އެއް އަނބުރާ ނުގެންނަ ކަމަށް އެ ޔުނިޓުން ވިދާޅުވެއްޖެއެވެ.

އެ ޔުނިޓަކީ މަނީ ލައުންޑަރިންގ އާއި ޓެރަރިޒަމް ހުއްޓުމުގެ ގާނޫނުގެ ބަޔާންކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުން މަނީ ލައުންޑަރިންގގެ ހަރަކާތްތަކާއި، ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި، ކުށްކޮށްގެން ހޯދާ މުދަލާއި ގުޅޭ މައުލޫމާތު ހޯދާ ދިރާސާކޮށް ތަހުގީގީ އަދި ތަންފީޒީ އިދާރާތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އެވެ. އަދި އެ ޔުނިޓުން ތަހުގީގީ އަދި ތަންފީޒީ އިދާރާތަކަށް ފޮނުވާ މައުލޫމާތުތައް އޭގެ އެންމެ ނަަޒާހަތްތެރިގޮތުގައި ބަލަހައްޓާ ހުއްދަ ނެތި އެއްވެސް ފަރާތަކާއި ހިއްސާކުރުން ގާނޫނީ ގޮތުން މަނާ ކުރެއެވެ.

އެ ޔުނިޓުން މިހެން މިއަދު ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ބުނެ އެކަން ބަލަން އަންނަކަމަށް ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

އެމްއެމްއޭ އިން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ މީޑިއާ ކޯޑިނޭޓަރ މުހައްމަދު ނާސިހު ވިދާޅުވީ، އެފްއައިޔޫ އިން ހިންގާ އެއްވެސް ތަހުގީގަކަށް އެ މުއައްސަސާއިން ނުފޫޒު ނުފޯރުވާ ކަމަށެވެ. ނާސިރު ވިދާޅުވީ، އެފްއައިޔޫގެ ގާނޫނު ވުޖޫދަށް އައި ފަހުން ކަމާއި ގުޅުން ހުރީ 137 މައްސަލައެއް ތަހުގީގު ކުރުމަށް އެކި މުއައްސަސާތަކާއި މިއަދާއި ހަމައަށް ހުށަހަޅާފައިވާކަމަށެވެ.

"މި ޔުނިޓުން މިހާތަނަށް ތަހުގީގީ އިދާރާއަކާއި ހިއްސާކުރި އެއްވެސް ސިޓީއެއް ރިޕޯޓެއް، އަދި މިފަދަ އެއްވެސް މައުލޫމާތެއް އަނބުރާ ގެނެސްފައިނުވާނެ ވާހަކަ އާއްމުންގެ މައުލޫމާތަށްޓަކައި ދަންނަވަން" ނާސިހު ވިދާޅުވިއެވެ.

އެމްއެމްއޭއިން މިގޮތަށް ވިދާޅުވިއިރު. މިއަދު ބައެއް މީޑިއާތަކުން ވަނީ ރައީސް ޔާމީންއާއި ގުޅުން ހުރި މައްސަލައެއް އެމްއެމްއޭ އިން އަނބުރާ ނަގާފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޏ

  އަނެއްކާވެސް ޔާމީންގެ އަތަށް ގޮވީ.. ދެން ލަލަލާ

 2. އެހެންތޭ

  ތިޔާއީ ތަމެން އެމްޑީޕީ ބުނެގެން އަނބުރާ ގޭސް ގަނޑެއް ކަން މަމެންނަށް ރަނގަޅަށް އިނގެއޭ ތަމެންނަށް ކިހިނެއްތޭ އިނގެނީ މީހެއްގެ އެކައުންޓަށް ކެމްޕެއިން ކުރުމަށް ޓަކައި އަންނަ ފައިސާ އަކީ އެއީ ކޮރަޕްޓް ފައިސާ ކަން ތަމެންނަށް އެކަން އިނގޭނެ ގޮތަކީ ކޮބައިތޭ ރާއްޖޭން ބޭރުން އަންނާނެއޭ މީހުންގެ އެކައުންޓްސް ތަކަށް ފައިސާ ތިޔާ އެފްއީ އަށް ފެންނަނީ ހަމަ އެކަނި ރައީސް ޔާމީންގެ ފައިސާ ތޭ ތަމެން ދެން މަހަށް ދޭބަލަ ވެރިކަން ވައްޓާލަން އުޅުނަސް ބޮޑުވަރޭތީ..

 3. މަހަށްދޭބަލަ

  ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ހެޔޮ އެދޭ ފަރާތް ތަކުން ޖަމާ ކުރުން އެއީ އެއްވެސް މައްސަލަ އެއް ކަމަށް މަމެން ނުދެކެމޭ ތަމެން ތިޔާ އުޅެނީ ހޭ ދެބައިވެގެންނޭ ރައްޔިތުންގެ 150 ހާސް ރައްޔިތުންގެ ތާއީދު އޮތް ވެރިކަމެއް ވައްޓާލާނެ ގޮތެއް ނޭގިގެން ތަމެން ދެން މަހަށް ދޭބަލަ އެފްއައިޔޫ މަހަށް މަހަށް މަހަށް ދޭބަލަ މިހާރު ތިޔާ ތަން ތިޔާ އޮޕަރޭޓް ކުރަނީ އެއީ އެމްޑީޕީގެ ހަރުގެއެއް ގޮތަށް ކަން ނޭގޭ މީހަކު މާލެ އަކު ނެތެއް ނޫންތޭ. މަހަށް ދޭބަލަ ދެން.

 4. ޙނ

  ރައީސް އޮފީހުގެ ތަރުޖަމާނު ހެދީ ދޮގުކަން މި ހާމަވީ. ކޮބާ.. ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ.

 5. ފިލްވ

  ކަލޯ ކިހިނެއް ތިޔަ ހެދީ. ގަވަރުނަރު ވެސް ރައީސަށް ދޯކާ ދިނީ.

 6. ތަރުޖަމާނު

  ރައީސް ޔާމީން އާ ގުޅުން ހުރި މައްސަލަ ވަނީ ތަރުޖަމާނު ވަނީ ކަށަވަރު ކޮއްދެއްވާފަ. އަދި އެ މައްސަލަ އަނބުރާ ގެންދިޔަ ކަމަށް ވިދާޅުވީ ވެސް ތަރުޖަމާނު.
  "ވަގުތު" ގެ ނޫސްވެރިނަށް މި މައުލޫމާތު ލިބިފައި ނުވާ ނަމަ ތަރުޖަމާނު ގެ ޓުވީޓްތައް ޗެކްކޮށްލުން އެދެން.

 7. ދަސްކުރާތި

  ތަމެން ތިޔާ އަނބުރަނީ މަމެން ނުދަންނަ ގޭސް ގަނޑެއް ނޫނޭ ޑިމޮކްރަސީގެ ނޭޗަރ އަކީ ކެމްޕެއިން ތަކަށް ލޮބީ ކުރާ ގްރޫޕްސް ތަކުން ފައިސާ ދޭނެ މައްސަލަ އެއް ކަމަށް މަމެން ނުދެކެން ރާއްޖޭގެ ބޭންކް އަކަށް ބޭރުގެ އެކައުންޓަކުން 1 މިލިއަން ޑޮލަރު ވަދެއްޖެނަމަ އެއީ އިގްތިސާދަށް ވަރަށް ފައިދާ ކުރަނިވި ގޮތެކޭ ސްވިޒަލެންޑް ވެސް މުއްސަނދިވަނީ މިހެންނޭ އެމްއެމްއޭ ތަމެން މާ ބޮޑަށް ފަހަތުގައި އެކޮއި ތަމެން ތިޔާ އުޅެނީ މަމެން ގާތަށް އާދޭ ފިލާވަޅު ނަގަން އިނގޭތޭ.

 8. އޮޅާލާ

  ކޮން ސިޓީ އެއްގެ ވާހަކަ ދައްކަންތޭ އެއްވެސް ސިޓީ އެއް ނޯންނާނެ އިނގޭތޭ އެމްއެެމްއޭގައި ހުންނަ ފާޚާނާ ސާފުކުރާ ގްރޫޕޭ ތަމެން ތިޔާ ސިޓީ އޮޅާލަބަލަ އޮޅާލާ އޮޅާޅާ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

 9. ނެތީމޭ

  ތިޔާ އެއްވެސް މައްސަލަ އެއް ނޫނޭ ތިޔަށް ކިޔާނީ އިންގްލިޝް އިން މަނީ ޓްރާންސްފަރ އޭ އެއީ އިގްތިސާދަށް ވަރަށް ފައިދާ ކުރަނިވި ގޮތެކޭ ބުނަން މަމެން ނެތީމު ދޯ ތަމެން އަދި ފަޔަށް ހިނިއަރައިގަނެގެން އުޅޭ ވަރެއް ނުވޭއޭ މާ ބޮޑަށް ފަހަތުގައި ތަމެން އުޅޭހެން ހާދަ ބޮޑަށް މަމެންނަށް ހީވެއޭ ބުނަން މަމެން ނެތީމު ދޯ.

 10. ބަލާތި

  މަމެން ބޭނުންވަނީ އަދި ކޯޓް މެދުވެރިކޮށް މިމައްސަލަ ބަލަން މިކަން ބެެލެން ޖެހޭނެ މަމެންނަށް ވޯޓް ދިބން 150 ހާސް މީހުންގެ ހައްގުގައި ތަރައްގީ އަށް ވޯޓް ދިން އެންމެން ވެސް އެމެން ކުރި ކަމަކީ މޭޒު ދަށުން ދަމާ ކުޅެގެން އެކަން އޮޅުވާލީއޭ މަމެން ނަށް ނުވެސް ނިދޭ 23 ސެޕްޓެމްބަރުގެ ފަހުން ނިދާ ބޭސް ކައިގެން މެނުވީ މިއިން އިނގޭ އެއްޗަކީ އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓް ގައި ވަރަށް ބޮޑަށް މަކަރު ހަދާފައި އެބަހުރި ކަމަށް މިކަން ޖެހޭނެ ބެލެން ކޯޓުން..

 11. އީސަ

  އަނހަ ބަލަ މިތާވެސް އިންޓެލިޖެންސް ޔުނިޓެއް އޮވޭތަ؟ އަދިކިރިޔާ މިއެނގުނީ. ފެބްރުއަރީ 7 2012 ގައި ރީނދޫ ސަރުކާރު ވެއްޓުނުއިރު ހުށަހަޅާލާނެ އެއްޗެއް ހަމަނެތީބާ....؟؟؟

 12. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ވަގު ވޯޓް ލައިގެން ވަގު ވޯޓް ރަައީސް އަކު ލައްވާ ވަގު ހޮވާ ކޮށްގެން ވަގު ވެރިކަމެއް ތަމެން ނަށް ކުރެވޭނީ 2008 ވަނަ އަހަރު މަމެން ޕިންކީން ގާތަކު ތަމެންނަށް ވަގު ވޯޓް ލައިގެން ވަގު ވެރިކަމެއް ނުކުރެވޭނެއޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

 13. މަހަށްދޭބަލަ

  ތިޔާ އެފްއައިޔޫ އަކީ ވެސް ދެން ދަ ކަންޓްރީ ސައިޑް އީގޯ ސިންޑްރޯމް ޖެހިފައިވާ ވަން ސެންސް މިސިނޭ މެން ބޮޑުންނަށް ތިބޭ ތަނެކޭ ތިޔާ ތަނުގެ އާލާތުންނަށް ވިސްނޭނީ އުނގުން އެކަނިއޭ އެމެން އަންނާނީ ސިކުނޑި ގޭގައި ބާއްވާފައި އޮފީހަށް އައިސް ބަލާނީ މޭޒު ދަށުން ދަމާ ކުޅެވޭތޯ ތިޔާ ގައި ވެސް ވީ ގޮތަކީ ރައީސް ޔާމީން ތިއާލާތުންނަށް ކަޓެއް ނުދިނީމާ ދޯ ގޯސްވީ ތަމެންނަށް 6 ލައްކަ ޑޮލަރު ދޭން ތަމެން ބުނުމުން ދިން ނަމަ އޯކޭ ދޯ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

 14. ނުސްރާ

  އެސްޓީއޯ ގެ ވެރިންނާއި މަޖްލީސް ރައީސްގެ ޢާއިލާ ބޭފުޅުންގެ ނަމުގައި މިދިޔަ ފަސް އަހަރު ގަތް އެސެޓްސް ލިސްޓް ހަދާ ތަޙްޤީގް ކުރެވެން ޖެހޭ، މިހިނދުން މިހިނދަށް..... ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

 15. މަހަށްދޭބަލަ

  އެއްވެސް މައްސަލައެއް އަނބުރާ ނުގެންނަން ކަމަށް އެފްއައިޔޫ އިން ބުނާއިރު މީސްމީހުންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަކީ އެއީ ޕޮލިހުން އިންވެސްޓިގޭޓް ކުރާ ކަމެއް ނޫން ކަން ތަމެން ގަމާރުވެފައި ބީތާ ނޫނިއްޔާ އިނގެންވާނެ އެއް ނޫންތޭ އެއީ މަދަނީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދަން ޖެހޭ މަދަނީ މައްސަލަ އެކޭ ތިޔާ ޒާތުގެ ދަ ގަމާރު ދަ ބީތާ އިން ސަރުކާރުގެ ބޮޑުންނަށް ކިއްލި ތަޅާ ކިޔަވައިގެން އައިސް ތިބެ ކަންކަން ކުރާ ނަމަ ދެން ތިޔާ އޮތީ ތަމެންނަށް އިންޓެލިޖެންސް ރަނގަޅަށް އެނގިފައޭ މަމެން ބުނަން ނެތީމު މިހާރު އިދިކޮޅު އެމްޑީޕީ ބުނެގެން އެމީހުން ބުނާ ގޮތަށް ތަމެން ބަޔާން ނެރުން ނޫންތޭ މައިގަނޑު ކަމަކަށް އޮތީ. މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް މަހަށްދޭބަލަ

 16. ހުވަދޫ

  ތަމެންނަށް އެގޭ ތޭ ތީ ކާކުކަން ތީ އެއްވެސް އެއްޗެއް ދަންނަމީހެއްނޫނޭ ތީ އިލްހާމަށް ބޮޑުބޭބެ ކިޔާ ސޮރެއް ގުރޭޑް 8 ފެންވަރުވެސް ނުހުންނާނެ މަމެންނަށް އެގޭތީ މިބުނަނީ ތީ މަމެން ރަށުމީހެކޭ މާލޭގަ ހުރިހާ ސުކޫލަކުންކިޔެވި ފާހެއްނުވިޔޭ ދެން ލަދުން އަވަހަށް ދިޔައީ ލަންކާއަށް ގޮސްއެތާވެސް ގަޑަތެޅުނޭ ފާހެއްނުވިޔޭ