ޖަލުގައި ބަންދުކުރުމުން ލިބުނީ އިތުރު ހިތްވަރެއް ކަމަށާއި، އިދިކޮޅު ޕާޓީތަކުން ކުރާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކުރި ފަހުން ރިޔާޒަށް ވަނީ މިއަދު ފުރަތަމަ އާއިލީ ބައްދަލުވުން ދީފައެވެ. ރިޔާޒް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު މަހުގެ 2 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ އިން ސޯސަން މަގުގައި ހުންނަވަނިކޮށެވެ.
ރިޔާޒުގެ އަނބިކަނބަލުން އައިޝަތު ނަދާ ބުނީ ރިޔާޒް ހުންނެވީ ހިތްވަރު ގަދަކޮށް ކަމަށާއި ހައްޔަރު ކުރި ފަހުން އެއްވެސް ތުހުމަތެއްކޮށް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.
" ބަންދުގައި ދުވަސްތަށް ހޭދަކުރަން ޖެހުނު ނަމަވެސް ކުރަމުން އައި މަސައްކަތަށް ކުޑަ ނަމަވެސް ދުލެއް ނުދީ، ސާބިތުކަމާ އެކު އަބަދު ވެސް ހުންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަން ރިޔާޒު ދިން " ނަދާ ވިދާޅުވިއެވެ.
ރިޔާޒު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމުގައި ފުލުހުން ވިދާޅުވެފައިވާއިރު ރިޔާޒުއާއެކު މަޖިލީހުގެ އިތުރު މެމްބަރުންނާއި ބައެއް އާއްމު ރައްޔިތުންވެސް ވަނީ އެދުވަހު ހައްޔަރުކޮށްފަ އެވެ. އެކަމަކު ރިޔާޒު ފިޔަވާ އެހެން ފަރާތްތައް މިހާރު ވަނީ ދޫކޮށްލާފައެވެ.
ގާފުރޮލު މުގެ ތަޖުރިބާ ކާރު
ބާޤީ ރިޔާޒުތަ؟ އަންނި ވައްޓާލަން އުޅުނު މީޙާތަ؟ އޭނާވެސް އޭނާ ކުރިކުށަށް ދޯ؟ ބޮޑާ ކިބުރުވެރި މީހެއް އެއީ
ބޮޑު ބާޣީއެއް ތިޔައީ. އެމްޑީޕީ ވެެރިކަން ނިމިގެން ދިޔައީ ތިޔަ ބާޣީ ރިޔާޒުއާހެދި.
ކޮމަންޓް ކުރާކުދިން ބުނެބަލަ އެއްވެސް މީހަކު ޖަލުގަ ބަންދުކުރުމަކީ ހިތްވަރު ލިބޭ ކަމެއްތަ.
މި ދޭތެރެއިން ޖަލުގައި ބަންދުރުކުރި މާ މޮޅު ބޭކަލެއް ބިރުންގޮސް ފަނިޖެހުނޭ ބުނާ ވާހަކަ އެބަ އަހަން. އެއީ އެބުނާ ހިތްވަރަކީ.
މީނާ މާ ގަޓް ހުރިކަން ދައްކަނީނުން..ކޮން ހިތްވަރެއް..
ހަމަގައިމުވެސް ކުރިން ހިތަށްވެސް ނުގެނެވޭފަދަ ތަޖުރިބާތަކެއް ކުރެވޭނެ. ދުވަހަކުވެސް ތިތަނަށް ދާންޖެހިދާނެކަމަށް ހިތަށްވެސް ނާރާނެ.
އެއްވެސް ތަފާތެއްނެތް. ހަމަ ކެމްޕެއިން. މިއީ 2008 ގެ ކެމްޕެއިން ސްޓެރެޓެޖީ. ތަފާތަކީ އޭރު ބޮލަކާ. މިއަދު އިދިކޮޅުގެ ކޮންމެ ޕްލޭނެއް ގޮވަނީ އަތަށް. ލިބުނު ކުރިއެރުމަކީ ހުރަގޭގެ ތަޖުރިބާ. ހިތްވަރަކީ ބާ ހިކަންޖެއްހެން ކޮށްޓަކަށް މެހިފަ އޮތް އިރުވެސް ނުރޮވޭކަން.
ހަމަ ހެވެނީ
ޤާސިމުގެއަތުން އިތުރު ޢިނާޔަތްތައް ލިބޭނީ ތިގޮތަށް ހިތްވަރު ދައްކައިގެން!
ހަމަ ފޮނި ކަނޑަނީ..... ކޮބާތަ އަފްރާޝީމްގެ މައްސަލާގަ ފުރޮޅި ގާތައް... ނަޝީދުގެ ވެރިކަން ވައްޓާފަ މިހާރު ޔާމީނުގެ ވެރިކަންވެސް ވައްޓާލަންދޯ ހިފާފަ ތިހިރީ... އެކަމު ބުނަން ޖުމްހޫރީ ޕާޓީގެ ޓޮޕްގަ ތިބީ 1. ޤާސިމް 2. އުމަރުނަސީރު 3. ޖަމީލު. ކަލެއަށް ލިބެނީ 4 ވަނަ... ދެން ލޮލް..
ކަލޭ ހައްޔަރުކުރީ ތިއްތި ކަމުން ފަރި ބަލާކަށެއްނޫން، ކަލޭމެންނަށް ލިބެންޖެހޭ ޙައްޤު އަދަދު ދެވޭނަމަ އަނގަ ފުޅާނުކުރެވުނީސް، އަހަރުމެން ވަރަށްގާތުން ކަލޭގެ ފޮނިކަމާއި ބޮޑާކަމާއި ކިބުރުވެރިކަން ފިސާރި ރަގަޅަށް ދަންނަން، ކަލޭ ހިފާ ހައްޔަރުކުރީ ކުއްވެރި ވެގެން
ވެރިކަމަށް އަޔަސް މަނިކުފާނު ހުންނަން ޖެހޭނީ ޖަލުގަ ކަމަށް ބުނާ ބަޔަކާ އެއްކޮށް އުޅުނީމަ ވީ ކަމަކަށް ވެދާނެ. އެމީހުން މިހާރު ތިބީ އަރުވާލެވިގެން.