ޗެނެލް 13 ގެ އަންހެން ނޫސްވެރިއަކަށް ނިސްބަތް ކޮށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބު އިއްޔެ ކުރި ފުރައްސާރަ ވެރިކަން ކުރާ ޕީޕީއެމް އިން ކުށްވެރިކޮށްފިއެވެ.

ޕީޕިއެމް އިން ސިލްސިލާ ކޮށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ތެރެއިން ނޫސްވެރިންނަށް ލިބިދޭ ހައްގުތަކުގެ ތެރެއިން ނޫސްވެރިން ދަންނަވާލި ދަންނަވާލުމަށް ވަރަށް ނޭދެވޭ ޖަވާބުތަކެއް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު އެބޭފުޅުންގެ ވައިބާ ގްރޫޕް ތެރޭގައި ދެއްވުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ކޮށްގެން ވާނެ ކަމެއް ނޫން. ނޫސްވެރިން އެބޭފުޅުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯއްދެއްވުމަށް، ބޭފުޅުންނަށް ދަންނަވާލީމަ އެބޭފުޅުނަށް އޮންނާނެ ހައްގު މައުލޫމާތު ދެއްވުމާއި ނުދެއްވުމުގެ. ނަމަވެސް ފުރައްސާރަކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ވަކިން ހާއްސަކޮށް އަންހެން ނޫސްވެރިއަކަށް މިކަހަލަ ފުރައްސާރައެއް ކުރުމުން މީގެން ދެކަމެއް އެނގިގެންދާ ކަމަށާއި ފުރަތަމަ ކަމަކީ އަންހެން ކަނބަލުންނަކީ އެބޭފުޅުންގެ ނަޒަރިއްޔާ އިން ވަރަށް ދަށު ދަރަޖައިގެ ބައެއް ކަމާއި ދެވަނަ ކަމަކީ ނޫސްވެރިއަކަށް ކުރި ފުރައްސާރަ ކަމަށެވެ. އާރިފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު މި ކުރި ފުރައްސާރަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އަންހެން ކައުންސިލް މެންބަރަކު ވިދާޅުވީ ނޫސްވެރިނަކީ ގައުމެއްގެ އޭރެއްގެ ހިންގާ އެންމެ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް އޭގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮއްދޭން ތިބި ބައެއް ކަމަށެވެ.

" ގައުމެއްގެ މުއަސަސާއެއްގެ މައްސަލައެއް އުޅެންޏާ އެ މުއްސަސާއަކަށް ނޫސްވެރިން ގުޅާނެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ އިދާރާއެއްގެ ހުންނަ މީހަކަށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ގުޅާލީމަ ދެއްވި ޖަވާބަކީ އެއްވެސް ނޫސްވެރިއެއްވެސް ގަބޫލު ކުރާނެ ފަދަ އިބާރާތަކުން ދެއްވާފައިވާ ޖަވާބެއް ނޫން" އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މީޑީއާއަށް ޚާއްސަކޮށްފައިވާ ވައިބާ ގްރޫޕެއްގައި، ނޫސްވެރިއަކު ލިޔުނު ޚަބަރަކާއި މެދު ހިތްޕުޅާ ނުވެގެން އިލެކްޝަން ކޮމިޝަންގެ މެންބަރު ހަބީބު ވަނީ އިއްޔެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ މިވަގުތު ހުންނެވީ ކޮލަމްބޯގައި ކަމަށާއި، ކޮލަމްބޯއަށް ވަޑައިގަންނަވާ ނަމަ އަންގަވައިދެއްވުން އެދޭ ކަމަށް ހަބީބު ވަނީ އެ ގްރޫޕުގެ ތެރޭގައި އެ ނޫސްވެރިއާއަށް ނިސްބަތްކޮށް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވުމާއި އެކު މައުލޫމާތު ސާފު ކުރުމަށް ނޫސްވެރިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވައި މިވަތުގު ލަންކާގެ ކޮލަމްބޯގައި ހުންނަވައިގެން ވައިބާ ގްރޫޕުގައި ވާހަކަދައްކަވަމުން އަންހެން ނޫސްވެރިއަކަށް ފުރައްސާރަ ކުރުމުން ހަބީބަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޒަބީ

  ކުރާނެ ކަމެއް ނެތިގެން ވައި ވެގެން އުޅޭހެން ހާދަ ހީވެއޭ.

 2. މުދައްރިސް

  ތިބުނާ ކޮމެންޓެއް ދުށިން. ފުރުއްސާރައެއްވާފަދަ ގޮތަކަށް އެ ކޮމެންޓްގައި ނެތްކަން ފާހަގަކޮއްލަން.

 3. ޖީއެމް

  އެއީ ފުރައްސާރަ ކުރުމެއް ނޫން. ޕީޕީއެމުން ވެރިކަން ކުރިއިރު ކަލޭމެން ނޫސްވެރިންނަށް ކުރި ގޯނާއާއި ކުރި ފުރައްސާރަ އެއީ ކަމަކަށް ނުވާއިރު، މާ އޯގާތެރި ބަޔަކަށް ވެގެން ތިޔަ އުޅެނީ ހިތުން އަނެއްކާ ޔާމީނަށް ވެރިކަން ލިބޭނެ ކަމަށްތަ. ހަނދާން ނައްތާލާ. އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ދެން ތިޔަކަމެއް ނުވާނެ.

 4. ބަލާތި

  އީސީގެ މެމްބަރުންނަށް މަރުގެ އިންޒާރުދީގެން އެމެން ނޯންނާނެ އެއިން އެއްވެސް މައްސަލަ އެއް ޕޮލިހަށް ރަސްމީ ކޮށް ހުށައަޅާފައި މިއިން އެގިގެން ދަނީ އެމެންނަށް މަރުގެ އިންޒާރު ދޭ ބަޔަކު ދެނީ އެއީ އެމެން އަޑީގައި ތިބެގެން ގަސްތުގައި ކުރުވާ ކަމެއް ކަމަށްވާނީ ރިއަލީ އެމެންނަށް މަރުގެ އިންޒާރު ދޭނަމަ އެކަން ޕޮލިހަށް ހުށަަނޭޅީ ކީއްވެތޭ ދެން އީސީގެ ރައީސް ޝަރީފުގެ ވީޑިއޯ ލީކް ވުމުން އޭނާ ބުނި ފުލުހަށް މައްސަލަ ހުށައަޅާނަމޭ ހުށައެއް ނާާޅާ ދޯ އަދިވެސް ދޯ..

 5. ގުރަސް

  މީވަރަށް މުހިންމު ވާހަކައެއް! ކުރިޔަށް މިއޮތް ދެތިންދުވަހުގެ ތެރޭގައި އިސްމާލު ހަބީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވެގެން އޭނާ ވަޒީފާއިން ވަކިވާނެ. އޭނާޔާ ސުވާލުކުރަންޏާ ނުވަތަ ވަކިކުރަންޏާ އަވަސް އަވަސް އަވަސް!!!!!!!!!

 6. ބޮޑު ތިލަދުންމަތި

  ޔަސްފާ ދެން މަކުނުދޫ ދާއިރާ އަށް އަވަހަށް ކުރި މަތިލާ. އެއިރުން ނިކަން ރަގަޅަށް ވެލާ މަސް ކާން ދޭނަން. ރައީސް ޔާމިން ގެ ކެމްޕެއިނަށް ރަށަށް ގޮސް 2019 އަށް ކެމްޕެއިން ކުރީވެސް.

 7. ނޫސް ކިޔާމީހާ

  މިއަދު ނޫސްވެރިން ތިބިކަން އެގިއްޖެ ދޯ ؟ ނޫސްވެރިން ތަޅު އަޅުވާގެން ޕީއެސް އެމް ހިސޯރުކޮއްގެން 5 އަހަރު އުޅުނު ހަދާން އަދި ނުނެތޭ

 8. ހީވޭ

  މިހާރު ތިބާއްވާ ނިއުސްބްރީފިންއެއްގަ އެއްވެސް ޗަސްބެއްނެތް ކޮންމެސް އެއްޗެއްމަދުހެން ހީވޭ