ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރީން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސްގެ ނަމުން މުޚާތަބު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިގޮތަށް ވިދާޅުވީ، މިރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރަ މެމްބަރުންނާއި ޕީޕީއެމްގެ އިތުރުން މެމްބަރުންގެ އެހީތެރިކަމާއި އެކު ދައުރު ހަމަވުމުގެ ކުރީން، ރައީސް ޔާމީނަށް ކުރީގެ ރައީސްގެ ނަމުން މުޚާތަބު ކުރެވޭނެ ކަމަށެވެ.
"ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރެއް ނޫން، ނުވެސް ވެވޭނެ. ރައީސް ޔާމީން އަތުގައި ޕާޓީއެއް ނެތި، ސިޔާސީ ގޮތުން މަގުމަތިވާތަން ރައްޔިތުން ދެކޭނެ. 12 އެމްޕީންނާ ޕީޕީއެމް އިތުރު އެމްޕީންގެ އެހީތެރިކަމާއެކު ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީނަށް 'ކުރީގެ ރައީސް' ނަމުން މުޚާތަބު ކުރެވޭނެ،" ޖާބިރު ކުރެއްވި ޓްވީޓުގައި ވެއެވެ.
Raees Yamin aky Idhikolhu Leader eh noon, nuves veveyne. RY athuga Party eh nethi, siyaasy gothun magumathivaathan rayyithun dhekeyne. 12 MP innaa PPM ithuru MP in ge eheetherikamaaeku dhauru hamavumuge kurin RY ah ‘Kureege Raees’ namun muhaathab kureveyne!
— Abdulla jabir (@chairmanjabir) October 6, 2018
ޖާބިރު މިގޮތަށް ވިދާޅުވެފައި މިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުން ނެރުނު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލީހު (އިބޫ) ރައީސް ޔާމީނާއި ވާދަކުރައްވާ އެމަނިކުފާނުގެ މައްޗަށް ކުރި ހޯއްދަވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައި ވަނިކޮށެވެ.
އިނގިރޭސިވިލާތުގެ ޙިމާޔަތުގައި އަހަރަކަށްވުރެ ގިނަ ދުވަހު އުޅުއްވުމަށްފަހު ދާދި ފަހުން ރާއްޖެ ވަޑައިގަތް ޖާބިރަކީ، އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅެކެވެ. ޖާބިރު ރާއްޖެ ވަޑައިގެން މި ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، އޭނާ ވިދާޅުވީ ރައްޔިތުން ގޮތް ނިންމައި ރައީސް ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.
ޖާބިރަކީ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގެ ވަޒީރުކަމުގެ މަޤާމަކަށް ޝައުގުވެރިވާކަން ހާމަކުރެއްވި ފުރަތަމަ ބޭފުޅާއެކެވެ. އެގޮތުން އިދިކޮޅު އިއްތިހާދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރ ކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅުހުރި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އެހެންވީރު ޖާބިރު، ދިޔާނާ ވަރިނުކުރިޔަސް ކުރީގެ އަބި މިނަމުން މުހާތަބް ކުރެވޭނެ.
އާވެރިކަމުގައި ގުއްޓެއް އަޅަންދެން އަގަބާނަތި
ހެހެހެހެހެ ތެދެއް ތިބުނީ.
ޖާބިރަށްވެސް ކިޔޭނެ ނަންތައްވެސް ހުންނާނެދޯ
ޙޮޑާ އައިލޭންޑް ގެ ބާނީ
ތަމެން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްގެ ވާހަކަ ނުދައްކަނީ ކީއްވެގެންތޭ ތަމެންނަށް އެ ޓެކްސް މާފުކޮށް ނުދިނީމާ ދޯ ރައީސް ޔާމީން އާއި ދެކޮޅަށް ނިކުތީ ގާސިމް އިބްރާހިމް ކިތައް މިލިއަން ރުފިޔާ އެބައޮތްތޭ ސަރުކާރަށް ދައްކަން ވެފައި އެފައިސާ ސަރުކާރަށް ދައްކަން ތަމެން އުޅުނިއްޔާ މާތާހިރު ވާނެ ނޫންތޭ.
ނުކުރެވޭނެ 16 ނޮވެމްބަރ ގެ 00.00އާ ހަމައަށް ރައީސް ޔާމީން އަށް މުޚާތަބު ކުރެވޭނީ އަދި ކުރަންޖެހޭނީ "ރައީސް" ގެ ލަގަބުން.
ކަލޭ ލޮލީވިއްކާ އުސޫލުންނެއް ކަންތަކެއް ނުކުރެވޭނެ.
ޚާލިދު
ޚ ކަލޭ މޮޔަވެފަ ދޯ ތިހުރީ ކަލޭ މިހާރު ތިރާވަނީ ބަޣާވާތްކުރަން ކަލޭ ހައްޔަރު ކުރުމަށް ފުލުހުންނަށް ގޮވާލަން
ކަލޯ ހަމައިގަތަ؟ އަންބާރާކޮށްލަން ދާކަށްނުވޭތަ؟
މިނިސްޓަރ ޖާބިރު... ޢިބޫ ހޮވާނުކުރަނީސް އަހަރެން މިނިސްޓަރ ނަމުންމުހާތަބު
މިކުރަނީ...
ހޮނޑައިދޫ ބޮޑު ޙުސައިން ތެޅޭގޮތްދޯ!
ދައުރެއް ދުވަހަކު ހަމަ ނުވިޔަސް ޖާބިރު އަށް ލޮލީ ޖާބިރު ކިޔޭނެ
ޖާބިރު ކަލެއައް އަހަރުމެން ކިޔާނަން އެންގިއްޖެޔާ ލާރިދީފަ އަހަރުމެން ފަހަތުން މީހުން ފޮނުވާނެ، ހަޖަމެއްނުވާނެ. ކަލޯ ޔާމިން ބުނީ ދެންހޭރި ހޭރި އިންނާށޯ، އޮންނާނީ ހޭއަރުވާލާފަޔޯ
އެހެން ނަމަކުން މުޚާޠަބު ނުކުރެވޭނެތަ؟ ކަލޭ ފެނުނީމަ ޒަކީބެ މަތިން ހަނދާންވޭ. މި ބުނީ ކަލެއަކީ ޝާހީ ބޭފުޅެކޭ. ތިއަށްވުރެވެސް ބޮޑަށް ދެން އުފާ ކޮށްބަލަ. މަންމައަށް ވަރަށް ވެދުން ދަންނަވާތި. ކެކެކެކެކެ
އެހެންވިއްޔާ ދިޔާނާ އަކީ ހުސްހަށިބައިމީހެކޭވެސް ކިއިދާނެތާ
ކުރީގެ ހޮޑައިދޫ ރައިސް ތީ
ޖާބިރުގެ ނަމުގެ ކުރިއަށް "ލޮލީ" ފަހަތަށް " ވަގު" އިތުރު ވެއްޖެ. އަދި މެދުތެރެއަށް ލާހޫޭރޭ އިތުރުވެއްޖެ
ކަލޭ ތިހާވަރުން އޫޅުނަސް މިނިސްޓަރުކަމެއް ނުދޭނެ. ފޮނިބޯންތިއުޅެނީ. ކަލެއް ކިޔަންވީ މިނިސްޓރީ އޮފް ކާބޯތަކެތީގެ ލޮލީ ޖާބިރުތަ. ރާފުޅއެއް ބޯލާ. ޙާމާން
ޓެކުސްޗޯރު ބޮޑުވަގު
ދެން ކަލެޔަށް ނަންދޭނީ ހޮނޑާފުށީގެ ބަނގުރާ ރައީސްގެ ނަމުން ލަދެއް ހަޔާތެއްނތްމީހެއް.
ކަލޭ ދޫހެލޭހާ ދުވަހަކު ބޭނުންއެއްޗެއް ކީދާނެ އެކަމު އެއީ ޙަޤީޤަތަކަށް ނުވެދާނެދޯ.. ރަޓެކަމާ ބެއްޔާ ދައްކަނެވާހަކަ ދާ..! ހެހެ
އޮކޮނޮމިކް މިނިސްޓަރ ހޮނޑާދޫ ޢަބްދުﷲ ޖާބިރު . ހަމަހޭގައި ހުންނަމީހަކަށް މިނިސްޓަރ ކަންވާނީ ކަލޭ ގެނެސް ދިން ވެރިކަމުން ކަަލޯ ޖަލަށް ދާން ތައްޔާރު ވާތި މާމމަޖާވެގެން ނުއުޅޭތި.