ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިސްއިން ބޮޑުތަކުރުފާނުގައި ހުންނަ އެޕާޓީގެ އޮފިސް ދޮރުމަތީގައި މިހާރު ކުރިއަށް ގެންދާ އެއްވުމުގައި ހަރަކާތްތެރިވި ޕީޕީއެމްގެ އިސް އެކްޓިވިސްޓެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި ޒަހަމްކޮށްލައިފިއެވެ.

ގާބުރިއަކުން ޖަހައިފައިވަނީ ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ސޫދާގެ ބޮލުގައެވެ. އަދި ސޫދާގެ ބޮލުގައި ގާބުރިއަކުން ޖެހީ އެމްޑީޕީ ހަރުގެ ސަހަރައްދުން ޕީޕީއެމްގެ އޮފީހާއި ދިމާއަށް ދުއްވާފައި އައި ސައިކަލެއްގައި އިން މީހެއް ކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެއެވެ.

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފައިވާ ކަމަށް ބުނެ "އޮޅުވާލި ވޯޓުގެ" ނަމުގައި ޕީޕީއެމްއިން އަންނަނީ ކޮންމެ ރެއަކު އެޕާޓީގެ އޮފިސް ދޮރިމަތީގައި އެއްވެ ވޯޓު އޮޅުވާލައިފައިވާ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

އަދި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ވަނީ ވޯޓު އޮޅުވާލައިފައިވާ ކަމަށް ތުހުމަތުކޮށް އެމަނިކުފާނަށް ލިބެން ޖެހޭނީ ހަމައެކަނި 97،000 ވޯޓު ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އީސީއިން ވޯޓާއި މެދުގައި ޝައްކު އުފެދޭ ގޮތަށް މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ޖަވާބުދާރީ ވާން ޖެހޭ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ވަހީދު

  ހަޖަމް ނުވާ ބަޔަކު އުޅޭނެ ރީނދޫ ހުން ޖެހުނީމަ.

 2. ކީތްކުރާ

  ކިތަންމެވަރަކަށް ގާއުކިއަސް އަނިޔާކުރިއަސ ބިރުދެއްކިއަސް ފަހަތަކަށް ނުޖެއްސޭޏެ ދާނީކުރިއަށް އަނގޮޓިށަރީފު ވަގުޑޮލަރު ށަރީފު

 3. ޥ

  އެނާގެ ބޯ ނުވެސްނެތް ކޮންތަނެއްޒަހަމްވީ

 4. ދެތިކިޕީޕ

  ސަމާލުކަން ހޯދަން އުޅުނަސް ބޮޑުވަރު ތީ. އަމިއްލައަށް ބޯފަޅާލާފަ ކޮން އާޓެއް ތި ދައްކަނީ

 5. ޙަހަ

  އެއްނުވެބަލަ. އެމަނާކަމެއްނު؟

 6. މަރީ

  ތިވާނީ އަމިއްލަ ޕާޓީމީހުން ލައްވާ ކުރުވި ކަމަކަށް

 7. ފާތުމާ

  ޙުސް ދޮގު....ކަމެއް ވާއިރަށް އެމްޑީޕީ.ހަރުގެއާ ދިމާލުން ސައިކަލެއް އައެކޭ ކިޔާފަ އެއީ އެމްޑީޕީ????

 8. ދަރީ

  ގޭގަ އޮތްނަމަ

 9. މަހްލޫފް

  ވަރަށް ކުތްވެރި ކުރަން...އަނިޔާވެރިކަން މިހިރީ އަދި ވެސް ކިޔާނެ އަނިޔާވެރީ އެހެން ބަޔެކޭ.،......ޕީޕީއެމް އެކްޓިވިސްޓެއްގެ ބޮލުގަ ޖަހާނީ ޕީޕީއެމް އާ އިދިކޮޅު ފަރާތްތަށް...ވެރިކަމަށް ނާރަނީސް އަނިޔާވެރިވާން ފެށީ. އަދިވެސް ބުނާނެ މީ ހުރިހާ ރައްޔިތުންގެ ރައީސޯ...އެމްޑީޕީ އެކްޓިވިސްޓުންގެ އަނިޔާވެރިކަން

 10. މަޒް

  ޑްރާމާ ކުޅެން ތިވަރެއް ނެތް.. ސާބަސް އިނގޭ!!!!

 11. އަހަންމާ

  ޖަޒީރާކުޅިގަނޑު މިފެންނަންފެށީ

  • އަން

   ދެން މިގައުމު ސަހަލި ނުވާނެ

 12. ބޯހަޅާކު

  ބަޅިގަބޫޅް ކޮށްފަ ދެން މޮޔަ ނުތަޅާތިބެންވީނޫންތަ؟؟؟؟؟؟؟

 13. ފާތުން

  މީހުން ބޮޅުގައި އަޅުވަން ވެގެން ތީ ތިމީހުން އަމިއްޅަ އައްކުރާކަން މިހާރު ތިމަކަރު ވަރަށް ރަންގަޅަޔައް ކާރީގަ ތެ ތިބި ސިފެން ނައްވެސް އިގޭނެ

 14. ޝިމައްޓޭ

  ބަލަ މުޒާހަރާ ކުރުން އެއީ މިހާރު މި ޤައުމުގައި ރައީސުލް ޖުމްހޫރިއްޔާ މަނާކުރައްވާފައިވާ ކަމެކެވެ. މީހުން އެއްވާތަނަށް ދާން ބޭނުމިއްޔާ ޙައްޖަށް ދިއުމަށްވެސް ރައީސްވަނީ ވިދާޅުވެފައި. ދެން އަނެއްކައި ގޭގައި އޮތްނަމަ ތިކަމެއް ނުޖެހުނީހެއް ނޫންތޯ ! ހުރިހަި ކަމެއްވެސް މިގޮވަނީހަމަ އަތަށް ! އަމިއްލ އަތުން ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ! ހަމަ ހިނި އަންނނީ !

 15. ރައްޔިތުން

  އަމިއްލައަށް ތެޅި ބޭލި ގަނޭ

 16. ްއަމްޖަދު

  މަނާ ކަންތައް ނުކޮށް ގޭގަ ތިބެބަލަ. އަނެއްކާ ގޭގަ އޮއްވާތަ ގާބުރިއަކުން ޖެހީ

 17. ދާދާ

  ހަދާ ދޮގު ބަލާލަބަލަ... ތީ ކައިރީގަ ހުރި މީހާ ކިކު އެރި ވަގުތު އުޅޮބޮށިން ޖެހިގެންވީ ގޮތެއް. ލެޔެއްވެސް ނެތެއްނުން....

 18. ހިޔަނި

  މާލޭގަ 80،000އަކަށް ސައިކަލު ދުއްވާއުޅޭއިރު ބޮޑުތަކުރުފާނު މަގުން ޕީ.ޕީ.އެމްގެ އޮފީސް ހިމެނޭ ސަރަހައްދުން އުތުރުން ދެކުނައް ދުއްވާފަދާ ކޮންމެސައިކަލަކީ އެމް.ޑީ.ޕީގެ ހަރުގެކުރިމަތިންއަޅާފަދާ ސައިކަލަކައްވާނީ. އެހުރިހާ ސައިކަލަކީ އެމް.ޑީ.ޕީއައް ނިސްބަތްވާ މީހުންގެ އެއްޗިއްސައްވާނަމަ، އެމް.ޑީ.ޕީގެ ސަޕޯޓަރުން ހާދަގިނަވާނޭ. ވީއިރު ރައީސް ޔާމީނަށް އެންމެ 97،000 ވޯޓު ލިބިގެން އެކަމާ ހިތްހަމަނުޖެހިގެން މުޒާހަރާ ކުރަންޖެހެނީ ކީއްވެބާ؟؟؟ ތިބުނާގޮތުންވިއްޔާ 97،000 އަކީވެސް ބޮޑުޢަދަދެއްނު؟؟؟

 19. ގަމާރުޕާޓީ

  އަމިއްލައަަށް ފޭހި އިލޮށި ތިއޮތީ ހެރިފައި. ޙުރިހާ ފޮށިތަކަށް ޕީޕީއެމްގެ އެކްޓިވިސްޓުން ލައި ވޯޓަށް މަކަރު ނުހެދުނީމާ މިހާރު ކަލޭމެންނަށް ކަލޭމެންގެ ޝަރީފަށް ވެސް ބްރޯއަށް ހެދިގޮތް ހަދަން ވަގު ރައީސް އުޅޭކަން ނޭގުނީމާ ހާދަހާވާ ގަމާރުން ގިނަ ޕާޓީއެކޭތީ ހިތަށްއަރާފަ ވަރަށް ހިނިއާދޭ.