މިދިޔަ ހަފްތާގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި ހަމްދޫން ރަޝީދު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން އޮތީ ދެންމެ ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައެވެ.

އިބޫ، ކޮމިޝަނަރ އޮފް ޕޮލިސް އާއި އެކު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުﷲ ރިޔާޒް އާއި ރައީސް ނަޝީދުގެ ވެރިކަމުގައި ސިއްރު ފުލުހުންގެ ވެރިޔާގެ މަގާމު އަދާކުރެއްވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި ބައްދަލު ކުރައްވަނީ
ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި ބައްދަލު ކުރައްވަނީ

ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި ހަމްދޫން ރަޝީދު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބައްދަލު ކުރައްވައިފި ކަމަށެވެ. ބައްދަލުވުމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މިދިޔަ ހަފްތާގައި އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުން ދުރުކުރި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް އިންތިޚާބުގެ ފަހުން އިބޫ އާއި ބައްދަލު ކުރެއްވިއެވެ.

އިބޫ ޕޮލިސް ކޮމިޝަނަރާއި ބައްދަލު ކުރެއްވިއިރު، ރައީސް ޔާމީންގެ ވެރިކަން ނިމެން ދޮޅު މަހެއްހާ ދުވަހަށް ވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު ބަދަލު ކުރުމުން އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ބާޣީ ރިޔާޒު އަތްބާނަން.ޖެހޭނެ ހުރިހާތާކައް. ބަލާއެއް. ހުސް ވޯޓުވަގުން

 2. ރައްޔިތުން

  މަރުހަބާ ރައްޔިތުން ފުލުސް އަދި ރައްޔިތުންގެ ރައީސާއި ނާއިބު ރައީސް

 3. މަހަށްދޭބަލަ

  އިބޫ، ޕޮލިސް ކޮމިޝަނަރު ހަމްދޫނާ ބައްދަލު ކުރައްވައިގެން ތިޔާ ބަލަނީ ތަމެން ވޯޓް ގައި އޮޅުވާލާފައިވާތީވެ އެކަން ފޮރުވަން ވެގެންތޭ އެކަން އެހެން ނުވާނެއޭ ކޯޓުން ހުކުމް އަންނަން ދެން ތަމެން މަޑުކުރެގަ ތަމެން ނޫންތޭ ޕޮލިސް ބްލޭމް ކޮށް ތަމެންގެ ލައިފް ޓައިމް ގައި ވާހަކަ ދެއްކީ މިއަދު މާ ރަނގަޅު ބަޔަކަށް ތަމެން ހެދިގެން އުޅުނު ނަމަވެސް ތަމެންނަކީ ޕޮޮލިހުންނަށް ވެސް އަދި ސިފައިންނަށް ވެސް ރަނގަޅު ބަޔެއް ނޫނޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށްދޭ.

 4. އަންތަރީސް7

  އަނެއްކާ ކޮމިޝަނަރު ބަދަލުކުރަން ތި ޖެހުނީ. ނެތްތަ ބަސްއަހާ ރަނގަޅު ކުއްޖެއް.

 5. ޞަލާޙް

  އިބޫއަށްނޭގޭތަ ތެދަށް އިންނާކަށް؟ ކޮންމެ ތަނެއްގަވެސް ފެންނަނީ ވާތްފަރާތަށް ވެއްޓިފަ އިންދާ! ދެރަވަރު

 6. ގޮނާސަކް

  ތަމެން ކިތަންމެ ވަރަކަށް ޕްރޮޕެގެންޑާ ފެތުރިނަމަވެސް މަމެން ތަމެންނަކީ ރާއްޖޭގައި ހަލާލު ވޯޓަކުން ރައީސް ކަން ކުރާ މީހެއް ކަމަށް ގަބޫލެއް ނުކުރާނަމޭ އެނޫން ނަމަ މިހާރުން މިހާރަށް ހުރިހާ ވޯޓް ކަރުދާސް ތައް ގުނާދޭށޭ ޔޫވީ ލައިޓްގެ އެހީގައި އެކަން ނުކުރާނަމަ ތަމެން ކުރަނީ ވަގުވޯޓް ރައީސް ކަމަށް މަމެން މިދެކެނީ އިޓްސް ގޮނާ ސަކް ދޯ.

 7. އަލީ

  ތިތާ ގަ އެބަތިބި ގައުމަށާއި ފުލުހުންގެ މުއަސަސާއަށް ގައްދާރުވި 2 މީހުން. އެޢީ ފުލުހުން ނަށް ބަލައިގަނެވޭނެ ކަމެއްނޫން. ޓައީ އަޅާފަ ތިއްބަކަސް އިޙްތިރާމް އެއް ނުކުރާނަން 2 މީހުންއަކާށް. އެމީހުންކުރި ހުރިހާކަމެއް ފުހެވި ހުދު ފޮތިކޮޅަކަށްޥީ. މިނޫން ދުވަހއެއް އެބައޮތ ވިސްނާތި ހެވިފަ ތިއްބަކަސް. އެމީހަކު ކުރިކަމެއްގެ ސަޒާ ލިބޭނެ ދުވަހެއް އޮތްކަން ހަދާން ކޮށްދެން.

 8. ބަލާތި

  އިންތިގާލީ ކޮމިޓީން، ސަރުކާރުގެ ބޮޑެތި ކުންފުނިތަކާ ބައްދަލުކުރުމުން އެމެންނަށް ހައިރާން ކަން ލިބިގެން ދިޔާ މަމެން ޕިންކީންގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނި ތައް ކުރިއަރާފައިވާ މިންވަރު ފެނިފައި މަމެންނަށް ޔަގީން ކަށަވަރޭ އެމެންނަށް ވެރިކަން ލިބިއްޖެނަމަ އެމެންގެ ވެރިކަމެއްގައި ސަރުކާރުގެ ކުންފުނި ތައް އެމެންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އިންޑިއާ ގެ ކުންފުނި ތަކަށް ވިއްކާލާ ކަޓްކާލާނެއޭ އެމްޑީޕީ އަކު ނުތިބޭނެއޭ މަސައްކަތެއް ކޮށްގެން..

 9. ތަސްވީރު

  ތަސްވީރު ބަލާލާނީ ތަސްވީރު ބުނާހެންނޭ. ތަސްވީރު ބުނަނީ ޕޮލިސްކޮމިޝަނަރ އިބޫ އާ ބައްދަލު ކުރަނީކީނޫން. އިބޫ ޕޮލިސްކޮމިޝަނަރ އާ ބައްދަލު ކުރަނީ ކަމަށް. އޮޅޭ ގޮތަށް ޚަބަރު ނުފެތުރުން އެދެވިގެންވޭ.

 10. ޖުހާ

  ބާޣީ ރިޔާޒް މިއުޅެނީ ޕޮލިސް ކޮމިޝަނަރުކަން ހޯދަންދޯ؟. އިބޫ ހަނދާންކުރާތި މިކަލޭގެއަށް ތިސަރުކާރުން އެއްވެސް ވަޒީފާއެއްނުދޭތި. އޭބޮޑު ބާޣީ އެއް.