އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އިންޒާރުދީ ދޮގު ތުހުމަތަކެއް މެމްބަރުންގެ އިސްތަށިފުޅުގައި އަޅުވާ ޕާޓީތަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ލަންކާގައި ހުންނަވައި ސަންގު ޓީވީއަށް ދިން އިންޓަވިޔުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސް ޕާސަން އަދި މެންބަރ އަހުމަދު އަކްރަމް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައިވެސް ބޭއްވުނު އެންމެ އަދުލުވެރި އިންތިހާބު ކަމަށެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވާ ފަލީހަތް ކުރުމުގައި ޕާޓީއެއްގެ އަތެއް ވާނަ އެޕާޓީއަކާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"ކޮންމެ ބަޔަކުވެސް ކަމެއް ކުރާއިރުގައި ވިސްނާލާށޭ ތިމާމެންނަށް މިކުރެވެނީ ކީއްކަން. އެބޭފުޅުންގެ އަބުރާއި އިއްޒަތް އޮންނަ ގޮތަށް އަޅުގަނޑުމެންގެ ވެސް ހަމަ އެހުރިހާ ކަންކަމެއް އޮންނާނެ ކަން. މިއަދު ތިމާމެން ނުރުހޭ ކަމެއް ވީމަ ރައްޔިތުން ކުރިމަތީގައި ބަޔަކު ފަލީހަތް ކުރަން ނޫޅޭށޭ. އަޅުގަނޑުމެން ކުށްވެރިކުރަން މަދު މީސްކޮޅަކުވެގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މިކުރާ މަސައްކަތް ހުއްޓާލަން އަޅުގަނޑުމެން ގޮވާލަން. އަދި ސިޔާސީ ޕާޓީއެއް އެކަމުގައި ބައިވެރިވާނަމަ އެކަމާއި ދުރުވެ ގަތުމަށް ގޮވާލަން. އަދި ސިޔާސީ ޕާޓީއަކުން އެކަމުގައި ބައިވެރިވާނަމަ ގާނޫނާއި ގާވައިދުގެ ތެރެއިން އެ ސިޔާސީ ޕާޓީއަކަށް އެންމެ ހަރުކަށިކަމާއި އެކު ފިޔަވަޅު އަޅާނަން" އަކްރަމް ވިދާޅުވިއެވެ.

ދެމީހަކު އެއްވެ ގޮވާލާ ގޮވާލުކަމަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދޭން ޖެހޭނެ ހުއްޖަތެއް ނޫން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަދި ބިރު ދައްކައި އިންޒާރު ދިނަސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިގޮތަށް ވިދާޅުވިއިރު ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމް އިން އަންނަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ފާޑުކިޔާ ތަފާތު އެކި ތުހުމަތުތައް އެ މެމްބަރުންނަށް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ނޯފެއިތް

  މަސީހު މަގާމުން ދުރު ކުރުމުގެ މަސައްކަތް އަލުން ފަށާނަން ކަމަށް މެމްބަރުން ބުނުމުން މަމެންނަށް ހައިރާން ނުވަމޭ މަމެން ގޭގެ ކުޑަ ދޮރު ހުޅުވާ ބަލާލުމުން ލޯންގް ވޭ އިން ފެންނަނީ ރާއްޖޭގެ އިގްތިސާދު އިރުއޮއްސޭ ބާރު މިނުގަިއ ދަަށަށް ދާނެ ކަން މި 12 މެމްބަރުންނާއި ހެދި އަދި އެމެންގެ ޖެލަސީ އެން އެންގަރ ކަލްޗަރ ރައްޔިތުން ހޮވާފައިވާ ސަރުކާރެއްގެ މައްޗަށް ޖެއްސުމުން މީ އެއް ހިއްސު މަދު ޕޮލިޓިޝަނުންތޭ އެއީ އޭ މަމެންގެ ބެކް އޮފް މައިންޑް ކުރާ ސުވާލަކީ މަމެންނަށް އިނގޭ އެއްޗަކީ ތަޖްރިބާ އަކީ ވަރަށް މުހިއްމު އެއްޗެކޭ ތަޖްރިބާ އަށް ބަލާ އިރު ދަ ރާއްޖެތެރޭ މީހުން އިސްމަގާމް ތަކުގައި ގިނަ ވެއްޖެނަމަ އެތަނެއްގެ ހަމަ ޖެހުމެއް ނޯންނާނެއޭ އޮންނާނީ އަބަދުވެސް ބަނޑު ފެޅުމޭ ދޭއާރ ނޮޓް ދަ ޗޯސެން ވަންސް އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ޓު ސެޓް ދެއަރ މައިންޑްސް އިން ފޯރވާރޑް ރެސްޕެކްޓް ޓު ބިލީވް އިން ރައިޓް ޑިރެކްޝަން ރާދަރ ދޭން ޓްވިސްޓިންގް ދަ ޑިރެކްޝަންސް ފެއިތް އިޒް ފައުން އިން ވިންޑް

 2. އޮޅުވާލި ވޯޓު

  ދެން ވަގުންނަށްހަދަނީ ކިހިނެއްބާ؟؟؟؟

 3. Anonymous

  ދޮގުތުހުމަތޭ ބުނެވޭނެ ޖާގައެއްނެތް، ވޯޓު އިޢުލާން ކުރިއިރު މަތީ އަދަދު ޔާމީނަށް ލިބިފައިވާ ފޮށި އިދިކޮޅަށް އިބޫއަށް ބަދަލުކޮށްފަ ގޮވާފައިވަނީ، ވޯޓްކަރުދާސް ޗާޕްކުރުވީ އަގުބޮޑުކޮށް ތިމެންނަމެންގެ ހައިސިއްޔަތު ވާތަނަކުން، އޯޑިއޯ ލީކުވުމާއިއެކު އީސީގެ މެމްބަރުން ގައުމުންބޭރަށް ގޮސްފި، އެމީހުން ލަންކާގައި އުޅެމުންއެދަނީ އެމްޑީޕީގެ އެކްޓިވިސްޓުންނާއިއެކު ފައިވްސްޓާ ހޮޓެލްތަކުގައި، އެނގިގެން ލޮލުންފެނިގެން ބުނާ ހަގީގަތެއް މިއީ

 4. ރިޔާ

  އަދިވެސް ގޭމް ބަދަޅު ވެ ދާނެ

 5. ޙަބޭސް

  ޢެއްމެފަހުން ބޭއްވި ލޯކަލް ކައިންސިލް އިންތިޚާބު އަދި އިހަށްދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޭއްވުމާއި ހަމަޔަށް އެމްޑީ ޕީއާއި އެބުނާ ކޯލިޝަނުން ކަލޯމެން ފަޟީހަތް ކުރަން ނުކުރާ ކަމެއްނެތް އެއިރު ކީއްވެބާ ތި ފިޔަވަޅުތައް އަޅަން ނުއުޅުނީ ތިއީ ކުރިންވެސް ރޭވިގެން ކުރަމުން އައިކަމެއް މިއަދު އެކަން ފަޅާއެރުމުން ތި ތެޅެނީދޯ

 6. ސިޔާސީ

  މީގެކުރިން އިލެކުސަން ކޮމިސަނުން ނިންމީ 12 މެންބަރުންގެ ގޮޑި ގެއްލުނުކަން މިރުއެބުނަނީ ނުގެއްލެޔޭ މިބާމީހުން އެކިޔާ އެތްޗެއް ހަމަނޭގުނު ކާގެންނޭފުރާނީ ނުކަޔެތް ނުފުރާނަމޭ ބުނަންހެންހީވަނީ

 7. މެޑޯނާ

  ޢަނގޮއްޓި، ގަލަން ،ވޯޓްކަރުދާސް އޯޑިއޯ. ޝަރިއްޕެ. ހެހް

 8. ރޮންދާ

  ލީކްވި އޯޑިއޯ ޔޯ އެއާއި ދޭތެރެ އޮތީ ކޮންފިޔަވަޅެއް؟