ރިޔާސީ އިންތިހާބު ބާތިލްކުރަން ދޮގު އިންޓަލިޖެންސް ރިޕޯޓެއް ނެތްކަމަށް ފުލުހުންގެ ބަޔާނެއް މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ބާތިލް ކުރުމަށް އުފެެއްދި ދޮގު ހެކީގެ ތެރޭގައި ފުލުހުންގެ ދޮގު އިންޓަލިޖެންސް ރިޕޯޓެއް ނުހިމެނޭ ކަމަށް ފުލުހުންގެ ބަޔާނެއް ވަރަށް މުހިއްމު ކަމަށެވެ.
Inthikhaab baathil kurumah ufehdhi dhogu hekeege thereygai fuluhunge dhogu intelligence report eh nuhimeyney kamah MPS ge bayaaneh varah muhinmu. Rayyithunge ninmun vanee Raees Yameen balaiganaavaafa. Hon. Ibrahim Mohamed Solih Nov 11 vana dhuvahu huvaa kuravvaan jehey.
— Mohamed Nasheed (@MohamedNasheed) October 11, 2018
"ރައްޔިތުންގެ ނިންމުން ރައީސް އަބްދުﷲ ޔާމީން ބަލައިގެންފައިވާ ކަމަށާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާ ކުރަން ޖެހޭ " ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ހުށައެޅި މައްސަލަ އަންނަ އާދިއްތަ ދުވަހަަށް ތާވަލް ކޮއްފައިވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިއްޔެއެވެ. އަދި ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ވަނީ މި މައްސަލައި ބަލައިގެންފައެވެ. މި ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އެ ކޯޓުގައި ވަނީ ބާއްވާފައެވެ.
މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
ސޮރީ ފިލިކަލޭގަޔާ ބާތިލްކޮއްއަލުންބާއްވާރައީސްޔާމިން ރައީސްކަމުގެހުވާކުރުންވަރައްއަވަހައްްއިންޝާﷲ
ކަލޭ ހަދާ ދޮގުވަކި ކުޑަތަ، މުޅި ދުނިޔޭގެ ކުރިމަތީ ރާއްޖެ ބަދުނާމުކޮށް ޕްރޮފެގެންޑާ ފަތުރަމުންދާ މީހެއްތީ، މިގައުމުގެ ރޫލް އޮފް ލޯ އަށް ގޮންޖަހާފަ ތިމަންނަ މީ އެންމެ ގަދަމީހާ ކަމަށް ހެދިގެން ނޫޅޭ، ބޮލަށް ބަޑި ޖެއްސީ ކާކުތޯ ބަލާލަން ދިފާއީބާރުތަކުން ބަޔާނެއް ހޯދުން މުހިއްމު
މިކަލޭގެ ރޭވުމަކީ ޖަލުހުކުމުން ސަލާމަތްވެގެން އައްޑުއަށް ދިރިއުޅުން ބަދަލްކުރުން އިބޫގެ ސަރުކާރުގައި. ކައުންސިލްގެ ބާރުގެތެރޭން އައްޑޫ ތަރައްގީވެސް ކުރާނެ އެއަށްފަހު އެތާގައި ވަކި ސަރުކާރެއް ގާއިމް ކުރުން. އެއީ ހުވަދު އަތޮޅުވެސް ހިމެނޭގޮތަށް. މިކަމުގެ ނުރައްކާތެރި ސައްލާތަށް މީނަޔާ ކެރަފާ ނަސީމް ލަންކާގައި ކުރަނިކޮށް ވަނީ ކޮންމެވެސް ވަރަކަށް ތިލަވެފައި. މިކަމުގެ އަޑީގައި އިނގިރޭސިންގެ ބޮޑު ދައުރެއް އެބައޮތް. މިޔަކީ ޔާމީން ގެ ސަރުކާރުގެ ބޭފުޅުން ވެސް ރަށްޔިތުންނަށް ހަނދާންކޮށްދިން ކަމެއް. ގައުމު ފަނާވާނެ ދުވަސް ދާދި ކައިރީގައި ވާކަން އެންމެ ރަށްޔިތުންނަށް ހަނދާންކޮށްދެން.
ކަލޭ ބޭނުންވާހާ އެއްޗެއް ނުޖެހޭ ފުލުހުން ނެރޭކަށް. ގޮވާލަ ގޮވާލަ ހުރޭ. މާލެ ނާރާތި
ދޮގު ރިޕޯޓެްއްނެތްކަމަށް ފުލުހުންގެ ރިޕޯތެއްމުހިންމެއްނޫން. މުހިންމީ ފުލުހުންނާތަޅާނެކުދިންކޮޅެއް. އެހެންނޫނީ ކޯޓުތަކާފުލުހުންގެމަރުކަޒުތައް ހުޅުދާންކުރުން. ސޮނިބެ
ގައިދީއަކަށް ނޭނގޭނެ ހުވާކުރަންޖެހޭ މީހެއް. ކަލޭ އޮވެބަލަ ޔޫކޭގައި އަރުވާލެވިގެން ހިމޭނުން. ތިމާމީހާއަކީ އަދިވެސް ގައިދީއެއް.
ރަނކޮޅާ ތިޔައީ ދުގު ދަންނަ މީހެއްވެސްްނޫން/ރައްޔިތުންނަށް ކިތައްދޮގުހަދައި އޮޅުވައިފައި ވޭތޯ އަމިއްލަ ނަފުސާ ސުވާލުކޮށްބަލަ
ފިލިސޮރު ގޮނޑި ދުއްވިއިރު މައިބަދަ ހުރީ ސަލާމަތުންކަން ޔަޤީން ކޮށްދޭން ފައްޅިއަކުން ބަޔާނެއް ހޯދައިގެން އަންނާތި.
ޢަ ންނި ދިވެހީ ގައޮމުގެ ހަލާކު ، މިިދިިވެހީި ގައުމާ ކުރިމަތިި ވެފާ އޮތް ބޮޑު މުސީބާތެތއް މި ކަލޭގެ ދޫ ބުރިކޮށް ދިން ފަރާތަކަށް - 1 އެކެއް ޑޮލަާރު ދޭނަން ، ބޮޑުުއަަގެެއްް ވެެސްް ހުށަ އަޅާނީ އަަގެއް ހުރި މީހެއް ނަމަތާ !