ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް އުތުރަށް ވައިޓް އެލާޓް ނެެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އެލާޓްގައި ވަނީ، ހއ. އިން ފެށިގެން ނ. އަތޮޅުގެ ރަށްތަަކަށް ވިއްސާރާވާނެ ކަމަށް ބުނެފައެވެ.

މިރޭ 23:28 ގައި ނެރުނު އެ އެލާޓްގެ މުއްދަތު ހަމަވަނީ މެންދަމު 4:45 ހާއިރުއެވެ. މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.