ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިލް އަބްދުލްއަޒީޒް އަލް ސައުދު ދެއްވި ދައުވަތައް ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ބެހޭ މައުލޫމާތު މީޑިއާ އަށް ހާމަނުކުރާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މީގެ ކުރިން ރައީސް ނަޝީދު ކުރައްވާ މިފަދަ ދަތުރުފުޅުތަކުގެ މައުލޫމާތު ކުރީބައިގައި އެމްޑީޕީ އިންނާއި ރައީސް ނަޝީދު ވެސް މީޑިއާ އާއި ހިއްސާ ކުރައްވައެވެ. ނަމަވެސް ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވިތާ 24 ގަޑިއިރު ވެފައި ވާއިރު ދަތުރުފުޅާއި ބެހޭ ގޮތުން އެމަނިކުފާނު އަދި މިހާތަނަށް ޓްވީޓެއް ވެސް ކުރައްވާފައެއް ނުވެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ކުރައްވާ ދަތުރުފުޅުގެ މައުލޫމާތު ހާމަނުކުރައްވަނީ ހުޅަނގުގެ ގައުމުތަކުންނާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ހިތްހަމަނުޖެހިދާނެތީއެވެ.
ރައީސް ނަޝީދުގެ އަރިހުގައި ކުރީގެ ފޮރިން މިނިސްޓަރ އަހްމަދު ނަސީމް (ކެރަފާ ނަސީމް) ސައުދީ އަށް ވަޑައިގެންނެވި ނަމަވެސް އޭނާ ވެސް ދަތުރުފުޅާއި ބެހޭ މައުލޫމާތެއް ޓްވީޓް ކުރައްވާފައެއް ނުވެއެވެ. މިއަދު ކެރަފާ ނަސީމް ބައެއް ޓްވީޓް ކުރައްވާ، ބައެއް ޓްވީޓްތައް ރީޓްވީޓް ކުރެއްވި ނަމަވެސް އެޓްވީޓްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ސައުދީ ދަތުރުފުޅާއި ބެހޭ މައުލޫމާތެއް ނެތެވެ.
ސައުދީ އަރަބިއްޔާގެ ނޫސްވެރިޔަކު ގެއްލި، އޭނާ މަރާލުމުގައި ސައުދީ އަރަބިއްޔާގެ އަތެއް އޮތް ކަމަށް އެތައް ބަޔަކު ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ވަޑައިގަތުމުންނާއި ނޫސްވެރިޔާގެ މަރާއި ގުޅިގެން ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވާތީ ވެސް ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.
ރައީސް ނަޝީދަކީ "ނަމުން ޑިމޮކްރަޓިކް، ކަމުން ހުދުމުހުތާރު" ބޭފުޅެއްތޯ ބައެއް މީހުން މީސް މީޑިއާގައި ސުވާލު ކޮށްފައި ވެއެވެ. ރައީސް ނަޝީދަކީ މިޔަންމާ އަށް ޑިމޮކްރަސީ ގެންނަން އުޅުނު އަންސަން ސޫޗީ ފަދަ ބޭފުޅެއްތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.
ސައުދީ ރަސްގެފާންގެ ދައުވަތު ރައީސް ނަޝީދު ގަބޫލު ކުރެއްވުމަކީ ވެސް ރައީސް ނަޝީދަކީ ބަަހާއި އަމަލު ދިމާނުވާ ބޭފުޅެއް ކަމުގެ ހެއްކެތް ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.
ރައީސް ނަޝީދު ސައުދީ އަށް ވަޑައިގެންނެވީ ރަސްގެފާންގެ ދައުވަތަކަށް ކަން ކަށަވަރު ކުރެވުނު ނަމަވެސް ދަތުރުފުޅުގެ އެއްވެސް އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.
ވަގުތަކަށް ނުޖެހޭ ކޮންމެހެން ހަބަރު ވާކަށް...ކަލޭމެން އުޅެބަލަ ކަމަކަށް ނުވާ ކަހަލަ ހަބަރެއް ލިޔެވޭތޯ ބަލަން
މިހާރު އެނގިއްޖެ މީ ކަމަކަށް ވާކަހަލަ ހަބަރެއްކަން. ސާބަހޭ ވަގުތު.
ދުނިޔޭންބޭރަށްދިޔައިމަ އެއުޅެނީ ހަބަރެއްނުވެގެން ވަގުތު ނޫހުގެފަރާތުން އެންެމެ ރަގަޅު ހަބަރުގެނެސްދެނީ ޝުުރިއްޔާ ވަގުތު ނިއުސްޓީމް އަށް
ބަލަންޖެހޭ މީގެކުރިން ތިކަލޭގެ ޙައްޖަށްވެސް ދިޔަ ޚަބަރެއް މީޑިޔާތެރޭ އެބުރުނުދޯ، މިފަހަރުވެސް ހަމަ އެކަހަލަ ކަމެއްތަ؟؟؟؟
ހާދަ ފައްކާ ޚަބަރެކޭ މީ. ވަގުތު ސާބަހޭ ތިކުރާ މަސައްކަތަށް. ބާރަށް ކުރިއަށް.
ފާތުމަ ދިޔަތާ ކިތައްދުވަސް ހަބަރެއްވިތަ؟؟؟
ފާތުމައެއް ނޫން ދޯ ޓްވީޓަކާ އަނެކައްޗަކާ ކޮށްކޮށްފައި އުޅެނީ؟
އަނެއްކާ ދުނިޔޭގައި އެބަހުންނެވިތޯ؟
ގެއްލުނީތަ..
ތިމީހާގެ ދުވަސް ތި ދިޔައީ. ދެން ފެންނާނީ ކޮންމެވެސް އެމްބަސީއެއްގެ ތެރޭގަ ރޯނާ ގަންނަވާލާފަ އޮއްވަ. މީ ބޭނުންވާ ގޮތަކީ
ފާތުމަ ހަބަރެއް ނެތް؟
ދެން ފާތުމަޔަށް ކޮންކަމެއް ކޮށްފަ އޮއްވަ ފެންނާނީ އަނެއްކާ . އަންނިވާ ދެން ބުރާތި ގަންނަވާލާފަ އޮއްވަ ފެންނާނީ. ފާތުމަޔޯ ކޯންޗެއް ކޮންތާކަށް ގަންނަވާލަ އޮއްވަ ފެންނާނީ
ސަދަންގޫރެއް ކާންދީފަ ދުއްވާލަން ޖެހޭ މީހެއް ތިކަލޭގެއަކީ. ތީ ދިވެހި މުސްލިމުންނަށް ޖެހިފައިވާ ބޮޑުބަލާވެރިކަމެއް. ތިކަލޭގެ ދުނިޔޭގައި ހުރެއްޖެނަމަ ފަހުޒަމާނެއްގަ ދިވެހިންގެ ތެރެއިން ބަޔަކު ތިކަލޭގެ އަށް އަޅުކަންވެސް ކުރާނެ. މިހާރުވެސް ކީރިތި ޤުރްއާނުގެ އާޔަތަކަށްވުރެ ބޮޑަށް ތިކަލޭގެ ދައްކާ ވާހަކަ ތަކަށް ދިވެހިންގެ ތެރެއިން ބަރޯސާކުރޭ. ރޫޙާނީ ލީޑަރުވީމަ ވާނީވެސް އެހެންތާއެވެ.
މީނާ ހަރަމްފުޅު ހުރަސްކޮއްފަ ދިޔަ އިރުވެސް އެއީ ހަރަމްފުޅުކަން ނޭގުނޯ. ބީތާ އަރާފަ ހުރިވަރުން
މިކަހަލަ ހަބަރު ގެނެސްދޭތީ ސާބަހޭ ވަގުތު ކުދިންނައް
އެކަލޭގެ ގިޔައީ އިޒުރޭލަކަށް ނޫންބާ. ބޮޑުތަނުން ސައްކު.
ޢޭނާ ބަންދުކުރޭ ސައުދީގައި!!!
ޢެކަލޭގެ މިކޮލަށް އަޔަނުދޭތިި!!!
މިވަގުތަކީ ތިގޮތަށްމީހުން ގެެއްލޭ ދުވަސްކޮޅެއް! ފަހަރެއްގައިދޯ!
އެއީ ހަމަ ބޮޑު ދެފުއްކެހެރިއެއް
ތިމާގެ އަމިއްލަ ނަފުސުގެ ޢަދުއްވުންނަށް ހެޔޮ ނުބައި ވަކި ނުވެދާނެ. ނަޝީދާ ސުޢޫދީގެ "ފުރިކުއެންސީ" ދިމާވަނީ އަދުގެ ސުޢޫދީ ވެރިކަމުން އިސްލާމީ ޝަރީޢަތާ އިސްލާމީ އުޞޫލުތަކާ ދުރަށް ދާތީ. ނަޝީދުގެ ވެރިކަމުގައިވެސް ސުޢޫދީ އޮތް...އެކަމަކު ހިޖާޒު ކަރައިގެ ހިރަފުހުގައި ނުޖެހެންވެގެން އެތަނަށް ފައިނާޅާ އުޅުނީ. މީޑިއާތައް ހުޅަނގުގެ ކޮންޓުރޯލުގައި އޮންނައިރު، އެ މީހުން މުހިއްމުކުރި ޚަބަރެއް ދުނިޔޭގެ މަޝަރަޙުގައި ހޫނުވާނީ. ބަޔަކު ކިތަންމެ ނޫންކަމަށް ހެދިޔަސް މިއީ މީޑިއާ ސަމާލުވާންޖެހޭ ކަމެއް
މީހުންކިޔާ ލަވަޔަކައް ބެރުޖަހާ ބޭފުޅެއްނޫން
ފަހަރެއްގައި ދެބޭފުޅުން ބިރަކާއިނުލައި މަޖަލުގެތެރެއަށްގެއްލިފައިތިބީކަމަށްވެސް ވެދާނެ!
ޥަގުތު ހަޖަމް ކޮއްބަލަ މިހާރު ނަސީދު އަށް ވީ ގޮތެއް ނޭގިގެން ތިއުޅެނީ އެއީ ސިއްރު މީޓިން އެއް މަިތިރި ވެބަލަ
ތައިލެންޑަށް ހައްޖަށް ދިޔަ މީހާ ތިކަހަލަ އެއްޗެއްވެސް ހާވާފާނެ!
ހާދަވަރެކޭ ތިޔަހުންނަނީ ދެއްތޯ. ރައީސް ނަޝީދާ އަޅައިގަނެގެން. ރައީސް ނަޝީދު ހިންގެވި މަގަކުންވެސް ތިޔައިން އެކަކަށްވެސް ނުހިގޭނެ. މި އުޅެނީ ލެއްގިބަބުރެއް ކައިރިން މި ގައުމު ސަލާމަތް ނުކުރެވިގެން އުޅޭއިރުވެސް ތިޔަދުވަނީ ރައީސް ނަޝީދު ފަހަތުން.
އޭނަ ހިނގާ މަގުން ހިނގަން ފަރިތަ ވާނީ އިބިލީސް. އަހަރުމެން ގައިކޮޅުގައިގާދުރު
އަނހާ ތަކުރާ! އަހަރެމެންނަށް ރަގަޅީވެސް ތި ނަޝީދަކު ހިނގި މަގުންވެސް ނުހިގުނިއްޔާ! އެ މަގުން ހިނގާ މީހާ އޮންނާނީ އަބަދު ހިނދުކޮޅު އައިސްފައި! ދީނެއް މިއްލަތެއް ނޯންނާނެ! އިޚްލާޞްތެރިކަމެއް އޯގާތެރިކަމެއްވެސް ނޯންނާނެ! ތިކަލޭގެ ހިނގާމަގުން ހިގިއްޔާ ދެދުނިޔެވެސް ގެއްލޭނެކަން ޔަޤީން!
ނަޝީދު އުމުރާވަނީ
ނޫސްވެރިޔާ އަށް ހެދިހެން ހަދާލާ.
ޔާމީން ދައުރު ނިމުން އިރުވެސް ނުލިބެވިއްޔަ ދައުވަތެށް
ރަގަޅީ ތިކަލޭގެ ޚަބަރެއް ނުވުން
ޢެއްވަރުގެ ދެމީހުން ސައުދީއަށް ތިޔަ ދިއައީ
ސައުދީރަސްގެ ފާންދައުވަތު ދިނުމުން އެދައުވަތު ބޮލާލާޖަހާނެ މީހަކު މިދުނިޔެ މަތީގައި ހުންނާނެ ހެން ހީއެއްނުވޭ
ވަގުތައް ހަބަރު ދޭނެ ޔާންބެ
ކަލޭ ތިހާ ކަންބޮޑުވަންޏާ ސައޫދީއަށް ގޮސް ޚަބަރެއް ވޭތޯ ބަލަން ވީނު. އެތަނުގެ ނޫސްވެރިއަކަށްވެސް ވީގޮތެއް ނޭގިގެން އެބައުޅޭ ވިއްޔަ.
މީގެ ކުރިން ނަޝީދު ޙައްޖަށްވެސް ވަޑައިގެންެވި. އެފަހަރުވެސް ކަންތައްވީ ދާދި އެއްގޮތަކަށް. މީ އޭގެ ސިލްސިލާއެއްތޯ ހިތަށް އަރާ. އަނެއްކާ އެހެން މީހުންގެ މޫނުގައި އަޅުވާ އަދުނެއްބާ.
ފ އަތޮޅު ވިއްކާލުމާބެހޭގޮތުން މައްޝަރާކުރުމަށޯ ދިޔައީ އޭނައަކީ ވެރިކަމުގެ އެއްވެސް ހައިސިއްޔަތެއްނެތްމީހެއް އެފަދަމީހަކުކުރާމައްޝަރާތަކަކީ ގާނޫނީއެއްވެސް ބާރެއް އޮތްކަމެއްނޫން އެވަރުއެގޭނެ ސައުދީމީހުނަށްވެސް
ތިކަލޭގެ ހަބަރެއް ނުވިޔަސް ހެޔޮ
މީނަވެސް ޖެހެނީ ގެއްލުވާލަން!!
އަނެއްކާ ނަޝީދަށްވެސް ނޫސްވެރިޔާ ޖަމާލަށް ހެދިގޮތް ހެދީތަ؟
ލޯލް...! ތިޔަބޭފުޅާއަށް މިނިވަންކަމާއި އެކު ތިޔަ އާޓީކަލް ލިޔެލަށް ކެރުނީ ކޮންމެބޭފުޅެން ގެނެސްދިން ހިޔާލް ފާޅުކުރުމުގެ މިނިވަންކެމެއްތޯ އަމިއްލަ އަށް ސުވާލްކޮންލަބަލަ....! ނޯ ހާޑް ފީލިންގްސް....،ޕްލީސް ރެސްޕެކްޓް.
ދެން ހަމަ އެންމެ ގޮތަކަށްވެސް ޚަބަރެއް ނުވިއްޔާ ކަލާކޯ
ޑިއަރ ސައުދީ ރަސްގެފާނެވެ، ތިޔަސޮރު އޮޅުވާލާފަ މަރާލަދޭށެވެ. މިސާލަކަށް ސިޑިއަކުން ފައިބަނިކޮށް ނުވަތަ ަރަނިކޮށް ކައްސާލާގެން ވެއްޓި ކަނދުރާ އެނބުރުން ނުވަތަ ބޯޖެހިފަ ސައިކޯލެވެލްއަށް ގެނައުން. ސަމްތިންގް ހޭސްޓުހެޕަން. އިތުރު އައިޑިއާސް ބޭނުންނަމަ، ލެޓްމީނޯ. އޯކޭ. ޝުކުރިއްޔާ އެވެ.
ދިވެހި ސަރުކާރަށް ފިލައިގެން އުޅޭ ޖަލުހުކުމެއް އޮތް މީހެއް. މީނަ ހުރިތާކުން އަންނަން ފުލުހުން ވެސް އަންގާފައި އެބައޮތް. މީނާ ހައްޔަރުކޮށްގެން ދިވެހި ސަރުކާރާއި ހަވާލު ކުރުމަށް ގޮވާލަން.
މަ ހީކުރީ އެތަނުން ހިމާޔަތް ހޯދީ ކަމަށް.