ހުޅުމާލޭގައި ހުންނަ ސެންޓްރަލް މޯލް ކައިރިން ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ އިން ފައިސާތަކެއް ފޭރިގަތް މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަމަށާއި، އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:36 ހާއިރު ކަމަށެެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ފޭރިގެންފައި ވަނީ ބޭންކަކަށް ޖާމާކުރުމަށް ގެންދިޔަ ފައިސާތަކެއް ކަމަށެވެ. ފުލުހުން މިގޮތަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި، ފޭރިގެންފައި ވަނީ ގޭސް ވިއްކާ ކުންފުންޏަކުން ބޭންކްއަށް ޖަމާ ކުރަން ދިޔަ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާއެވެ.

މިއީ ހުޅުމާލޭ ސެންޓްރަލް މޯލް ކައިރީގައި ހިނގި ދެވަނަ ފޭރުމުގެ ހާދިސާއެވެ. މީގެ ކުރިން އެ ސަރަހައްދުން އެންސިސްއިން ބޭންކަށް ޖަމާކުރުމަށް ގެންދިޔަ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ވެސް ފޭރިގަތެވެ. އަދި އެ މައްސަލާގައި ބަޔަކުވެސް ހައްޔަރުކުރިއެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ހޯދާފައެވެ.