ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޗައިނާ އިން ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތުގެ ތެދު މައުލޫމާތު އެނގިވަޑައި ނުގަންނަވާ ކަމަށާއި އެބޭފުޅުންނަށް ވަނީ ޙަޤީޤަތް އޮޅިފައި ކަމަށް މީޑިއާ އަށް މައުލޫމާތު ދެއްވި ޗައިނާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ޗައިނާގެ އޮފިޝަލަކު މިހެން ވިދާޅުވީ އިބޫގެ ވެރިކަމުގައި ޗައިނާ އިން މިހާރު ރާއްޖޭގައި ހިންގަމުން ގެންދާ މަޝްރޫޢުތައް ހުއްޓާލާ ނުވަތަ އަލުން ރިވިއު ކުރާނެ ކަމަށް އިބޫ ވިދާޅުވެފައި ވާތީ އެކަމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

"ޗައިނާގެ އެއްވެސް މަޝްރޫޢުއެއް ހުއްޓާލުމަކީ ނުވަތަ މަޑުޖައްސާލުމަކީ އެއްވެސް ވެރިޔަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެ. އެފަދަ މަޝްރޫޢުތައް ހުއްޓާލައިފިނަމަ އެކަމުގެ ގެއްލުން ޗައިނާ އަށް ވުރެ ބޮޑަށް ރާއްޖެ އަށް ކުރާނެ. ސަބަބަކީ އެއީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަކަށް ވެފައި އެމަޝްރޫޢުތައް ހުއްޓާލައިފިނަމަ އަދި އުފުލަން ޖެހޭ އިތުރު ބުރަތަކެއް ހުންނާނެތީ." މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗައިނާ އިން ރާއްޖޭގައި ހިންގަމުން ގެންދާ މަޝްރޫޢުތަކާއި ގުޅިގެން އިބޫ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަންބޮޑުވުންތައް އެބޭފުޅުން ފާޅުކުރައްވާފައި ވަނީ ތެދު މައުލޫމާތު އެނގިވަޑައިނުގަންނަވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުންނަށް މަޝްރޫޢުތަކުގެ މައުލޫމާތުތައް އެންމެ ރަނގަޅަށް އެނގިވަޑައެއް ނުގަންނަވާ. މައުލޫމާތު އެބޭފުޅުންނަށް ލިބިވަޑައިގެންފައި އެވަނީ ގޯސްކޮށް." މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ނޫހެއް ކަމަށްވާ "ގްލޯބަލް ޓައިމްސް" އިން ވަނީ އިންޑިއާ އިން ގެންގުޅޭ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތައް ބޭނުން ނުކުރުމަށް މިމަހުގެ 14 ވަނަ ދުވަހު އިންޑިއާ އަށް ގޮވާލާފައެވެ.

އިބޫ ވެރިކަމަށް ވަޑައިގަންނަވަނީ ޗައިނާ އާއި ދުރަށް ޖެހި އިންޑިއާ އާއި ގުޅުން ބަދަހި ކުރާނެ ކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް އިންޑިއާގެ އިޤުތިޞާދީ ފުދުންތެރިކަން ހުރި މިންވަރާއި ޗައިނާ އިން ތަރައްޤީގެ މަޝްރޫޢުތަކަށް ފަންޑް ކޮށްދޭ މިންވަރަށް ބަލާއިރު ޗައިނާ އާއި ދުރަށް ޖެހި އިންޑިއާ އާއި ގުޅުން ބަދަހި ކުރުން ވާނީ އިބޫ އަށް ވެސް ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށް ހާރިޖީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އެޔާމީނު

  އެދެމީހުންނަށް ކޮންމެހެން އެނގޭކަށް އަދި ނުޖެހޭ. އެނގެން ޖެހެންޏާ މަށަށް ވެސް ކަލެއަށް ވެސް އެނގެންވާނެތާ؟

  • އަލީ

   އެފަދަ ބޮޑެތި ކަންކަން ރަނގަޅަށް ނޭނގިތިބެ ވެރިކަން ކުރީމަ ގެއްލުންވާނީ ހަމަ މިގައުމަށް. އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް ބިރުދައްކައި އަޅުވެތިކުރަން ވަރަށް ބޭނުންވާ ގައުމެއް. މިގައުމަށްވެސް އެއުދަނގުލާ މިހާރުވަނީ ޖެހިފައި.

 2. ފުޅު

  ތީގެން ތިހާމަވީ މަޅި އަޅުވާފަވާ މިންވަރު.

 3. ނަލަ

  ބަލަ އިންޑިޔާ އެކު އެހާ ގުޅުން ބަދަހި ކުރުމުން ލިބޭނީ ގެއްލުމެއް ޗައިނާ ކަހަލބޮޑު އިގްތިސޯދަކާބަލާއިރު އިންޑިއާ އުޅެނީ ފަހަތުގައި މިހާރުވެސް ޗައނާބެސްޓް

 4. ނަފާ

  ވެރިކަމަށް އައީ ޖިންމާނަގާގޮތަށް ދެންކޮންއެއްޗެއްތޯ މިހާރު ވިދާޅުވަނީ ރާއްޖެ ސިންގަޕޫރުފެންވަރަށް ޔާމީންގެންގޮސްދެއްވަނދެން ވަޑުކޮށްލައްވައިގެން ހުންނެވިނަމަ މަނިކުފާނަށް އެއްވެސް ގޮންޖެހުމެއް ނާންނާނެ ދެއްތޯ.ނަމަވެސް ބޭނުންފުޅުވެލެއްވީ ރާއްޖެ ބަނޑަށްޖެހުނަސް ތަރައްޤާިނުކުރެވުނުނަސް ޤާނޫނީގޮތުން ބޮޑެތިކުއްކުށުގަތިއްބެވި ޤާސިމް،މައުމޫން ،އަންނި ފަދަބޭފުޅުން ޤަވައިދާޚިލާފަށް މިނިވަންކޮށްދޫކޮށްލެއްވުން އެއީ ރާއްޖެ ރަތައްޤީކުރުންކަމަށްވާނަމަ ތަރައްޤީވާތަން އަޅުގަނޑުމެން ބަލާނަން.

 5. ވިލުފުށި

  ޗައިނާއިން ބަސްބުނާނީ ވަރައް ގޯސްވީމާ ލާހިކެއް ނުވާނެ ޗައިނާ ބޭރުކުރާކައް

 6. ޢަލީ އާމިރު

  އިންޑިޔާ އަކީ ވަރަށް ފަގީރު ގައުމެއް، އެމީހިންނަށް ނޫޅެވިގެން އުޅޭއިރު އެހެންބައެއްގެ ކަންތައް ހައްލުކުރެވޭނެބާ.

 7. އަލީ މާލެ

  އިބޫ ވެރިކަމަށް ވަޑައިގަންނަވަނީ ޗައިނާ އާއި ދުރަށް ޖެހި އިންޑިއާ އާއި ގުޅުން ބަދަހި ކުރާނެ ކަމުގެ ވައުދާއި އެކުގައެވެ.

  ވަގުތު ކުދިން ކަނޑައެޅިގެން ދޮގު ފަތުރަނީ

 8. ވާވަރު

  ވެރިކަމަށް އައީ ޖިންމާނަގާގޮތަށް ދެންކޮންއެއްޗެއްތޯ މިހާރު ވިދާޅުވަނީ ރާއްޖެ ސިންގަޕޫރުފެންވަރަށް ޔާމީންގެންގޮސްދެއްވަނދެން ވަޑުކޮށްލައްވައިގެން ހުންނެވިނަމަ މަނިކުފާނަށް އެއްވެސް ގޮންޖެހުމެއް ނާންނާނެ ދެއްތޯ.ނަމަވެސް ބޭނުންފުޅުވެލެއްވީ ރާއްޖެ ބަނޑަށްޖެހުނަސް ތަރައްޤާިނުކުރެވުނުނަސް ޤާނޫނީގޮތުން ބޮޑެތިކުއްކުށުގަތިއްބެވި ޤާސިމް،މައުމޫން ،އަންނި ފަދަބޭފުޅުން ޤަވައިދާޚިލާފަށް މިނިވަންކޮށްދޫކޮށްލެއްވުން އެއީ ރާއްޖެ ރަތައްޤީކުރުންކަމަށްވާނަމަ ތަރައްޤީވާތަން އަޅުގަނޑުމެން ބަލާނަން.

 9. ފުތާބެއްޔާ

  ތެދުމައުލޫމާތު ނޭގޭތީއެއްނޫން ހަމަގަސްތުގަ ރައީތުންނަށް އޮޅުވާލަން ދޮގު ހަދަމުންދިޔައީ

 10. Anonymous

  ދީނީ ބައިބަައި ވުން ކުރިއަރާނެ..އިގުތިސޯދެއް އޮއްބަޔަކައް ދޯ އަނެއް ބަޔަކައް އިގުތިސޯ ދެއް ދެވޭނީ؟؟އަމިއްލައަށް އޮރިޔާން ހިޔާނުވެ އަނެއްމީހާގެ އޮރިޔާން ހިޔާކޮއްދިނުމަކީވެދާނެކަމެއް ކަމަށް ގަބޫލު ކުރާ ބަރުގެ މޮޔައިން ވިރިކަމާ ހަމަޔައް އަންނާނެ ބާ؟؟؟؟؟

 11. އެޑަމް

  ޗައިނާއިން ހިންގާ މަސްރޫޢުތަކުގެ ތެދު މަޢުލޫމާތު ހުދު ޗައިނާއަކަށްވެސް އަދި މިހާރުގެ ސަރުކާރަކަށްވެސް ނޭނގޭނެ،، އެނގޭއިރު މުޅި ގައުމު އޮންނާނީ އަތްދަށުލާފަ، މިހާރުވެސް އެބުނަނީއެއްނު ފަސޭހައެއް ނުވާނެއޭ ސަލާމަތްވާކަށް... މިވަރުން ދެން އެއްޗެއް ވިސްނެން ވެއްޖެއެއްނު ވަގުތު ނޫހުގެ ކުދިންނަށްވެސް...

 12. ހުސޭނުބޭ

  އަބަދު ދެގަޑި ބައިވެފައި ތިބޭ މީހުންނަށް އެނގޭ އެއްޗެއް ނޯންނާނެ!

 13. ޢީސަ

  ޢެދެމީހުން ކީއްކުރަން އާމުރައްޔިތުން ނަށް ވެސް ނޭގޭ. ޢިގުނަސް ގިނަ މީހުނަށް އަންދާސާ ކޮއްލަންވެސް ނަެގޭނޭހެން ހީވަނީ.

 14. އަބޯ

  އިންޑިޔާއަށް ވުރެ ދިވެހިރާއްޖެ މިހާރު މުއްސަނދި .ދިވެހިން މިހާރު ބޭނުމީ ދިވެހިންނަށް އިތުރު މުއްސަނދަކަން ހޯދާދެވޭ ފެންވަރުގެ ބައެއް . އިގްތިސާދު ފުޅާވެފައިވާ ބައެއް. ވީމާ އެރޮގުން އިންޑިޔާއަށް ވުރެ ކުރީގަ އުޅެނީ ޗައިނާ . ވީމާ ޗައިނާ އިންލިބެންވާ މަންފާހޯދުނަސް އިންޑިޔާއަކުން އެކަމެއްނުވާނެ.