ސިވިލް ކޯޓުން ގޮތެއް ނިންމަންދެން ޕީޕީއެމްގެ ލީޑާޝިޕް ބަލައިނުގަންނަން ނިންމާ އެޕާޓީ އާއި އެއްވެސް މުއާމަލާތެއް ކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީޕީއެމްގެ މިހާރު ލީޑާޝިޕް ބަލައިނުގަންނަން ނިންމީ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމަނީސް އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ލީޑަރޝިޕާ ގުޅިގެން އިލެކްޝްން ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އައު ލީޑަރޝިޕަކީ އެންޑޯޒް ކުރެވިފައިވާ ލީޑަރޝިޕެއް ނޫން ކަމަށާއި، އެފަރާތްތަކާ އެކު އެ ކޮމިޝަނުން މުއާމަލާތް ނުކުރާނެ ކަމަށެވެ. "ޕީޕީއެމްގެ ކޮންގްރެސްގައި މިދެންނެވިފަދަ ކަންތައްތަކެއް އިޖުރާއަތުތައް ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީވެ، އެ ކޮންގްރެސްއިން ކަނޑައެޅި ލީޑަރޝިޕަކީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ ލީޑަރޝިޕެއް ނޫން. އަދި އެންޑޯޒް ކުރެވިފައިވާ ލީޑަރޝިޕެއް ވެސް ނޫން. އެހެންވީމަ އަޅުގަނޑުމެން އެފަރާތްތަކާ މުއާމަލާތެއް ނުކުރާނަން." އަކްރަމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕާ ބެހޭގޮތުން ސިވިލް ކޯޓުން ވަކިގޮތެއް ނިންމަންދެން ޕާލިމަންޓް އެއްވެސް މެންބަރަކު ވަކި ކުރުމަށްޓަކައި ޕީޕީއެމް އިން އިލެކްޝްންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެކަމަށް އެ ކޮމިޝަނުން އިޖާބަ ނުދެއްވާނެ ކަމަށެވެ.
"އިއްޔެ ކޮމިޝަނުން ނިންމި ދެވަނަ ނިންމުމަކީ މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގެ ޚާލަތަށް ބަލައި، އަދި މި އިންތިޚާބާއި ގުޅިގެން އެބޭފުޅުން އުފައްދަވަމުން ގެންދަވާ ޝަކުވާތަކަށް ބަލައި، އަދި އެކަށީގެންވޭ އެބޭފުޅުންގެ ފަރާތުން ބައެއް ޕާޓީގެ މެންބަރުން ވަކިކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ފިކުރެއްގައި ނުވަތަ ސިޔާސީ ނުފޫޒެއްގެ ދަށުން ވަކި މަޤްޞަދެއް ހާސިލް ކުރުމަށްޓަކައި ބައެއް ޕާލިމަންޓް މެންބަރުން ވަކި ކުރުމަށް އިލެކްޝްންސް ކޮމިޝަނަށް ހުށަހަޅާފާނެކަމުގެ ކަންތައްތަކެއް ހިނގާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ކޮމިޝަނުން މިހާރު ނިންމާފައިވަނީ ސިވިލް ކޯޓުން ޕީޕީއެމްގެ ލީޑަރޝިޕާ ބެހޭގޮތުން ވަކިގޮތެއް ނިންމަންދެން ޕާލިމަންޓް އެއްވެސް މެންބަރަކު ވަކި ކުރުމަށްޓަކައި ޕީޕީއެމް އިން އިލެކްޝްންސް ކޮމިޝަނަށް ހުށަހެޅިޔަސް އަޅުގަނޑުމެން އެޔަކަށް އިޖާބައެއް ނުދޭނެކަމަށް ކޮމިޝަނުގެ އިއްޔިފާގުން ނިންމާފައި." ޝަރީފް ވިދާޅުވިއެވެ.
ޕީޕީއެމްގެ އައު ލީޑަރޝިޕްއާ މުއާމަލާތް ނުކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއިރު، ކުރީގެ ރައީސް މަޢުމޫން ވަނީ އެމަނިކުފާނު ޕީޕީއެމް އިން ވަކިކުރި ގޮތް މުރާޖާއަކޮށް ބައްލަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ އެދިފައެވެ. އަދި އެ ކަންކަން ހިނގާދިޔަ ގޮތް ބެލުމަށް އެ ކޮމިޝަނުންވެސް ވަނީ ނިންމާފައެވެ.
ވާ ވާ.. ސާބަހޭ ޝަރީފޫ.. މި އޮށްހުރިހާދުވަހު ތިކުރީ ކީއް؟؟؟
އަވަސްގޮތަކަށް ޕީޕީއެމް އުވާލެވޭތޯބަލާ އޭރުން ދެންވެސް ކުރަންހުރިކަމެއް ކުރެވޭނީ!!
މިހާރު ދެން ހަމަ ޔަގީން ވެއްޖެ ކުރިން ޝައްކު ކުރެވުނީ މިހާރު ތިތިބީ ކޭކޭނުން ބަނޑުފުރިފަ ދެން އަންނާނީ ހޮޑަށް ރީނދޫބައިގަނޑު ބުނާގޮތެއްހެދުން ނޫން ގޮތެއް ދެން ނޯަންނާނެ
ނެނގި ލާރިގަނަޑުން ސަލާމަތް ނުވެވިގެން ތެޅި ފޮޅެނީ..
ސާބަހޭ ޝަރީފޫ މިދަނޑިވަޅުގައި ތިޔަ ހުރިހާ ކަމެއްވެސް ކޮށްލެވިދާނެ. އަވަސްކުރޭ..އަވަސްކުރޭ. މީދޯ އެބުނާ އިންސާފު.
ސާބަހޭ ޝަރީފޫ މިދަނޑިވަޅުގައި ތިޔަ ހުރިހާ ކަމެއްވެސް ކޮށްލެވިދާނެ. އަވަސްކުރޭ..އަވަސްކުރޭ. މީދޯ އެބުނާ އިންސާފު.
މިހާރު މީ ސްޕްރީމް ކޯޓް ދޯ
ގޯހުން ގޯހަށް ކަންތައްތައް މިދަނީ!! މިހާރު މިދަނީ ޙަގީގަތުގަވެސް ރަގަނޅަކަށް ނޫން!!
ސަރީފު ޕީޕީއެމްއަކީ މިރާއްޖޭގައި އޮތް އެއްމެ ދިވެހިރައްޔިތުންގިނަޕާޓީ އެޕާޓީއާއި މެދު ވަކިވިސްނުންތަކެއްވިސްނާ އޮޅުވާލިކޮމިޝަނުގެ ވެރިއަކަށް ހުރެ ހިތަށްއެރިހާގޮތެއް ހަދަ ތިހީކުރަނީ އެޖަމާޢަތުގެމީިަކަށް ވީތީދޯ
އިލެކްޝަންސް އަކީ ވަކިޕާޓިއެއްގެ ހިމާޔަތުގަ އޮތް ޖަގަހަ އަކަށް ބަދަލުވަނީބާ؟
ސިވިލްކޯޓަށް މައްސަލައެއް ވެއްދިއަކަސް
އީސީން ޕޕމ ބޮއިކޮޓްކުރާކަށްނުޖެހެއެވެ
އީސީ މާބޮޑަށް ސިޔާސީވެގެން އުޅުއްވުމަކީ
އެމުއައްސަގެ މެންޑޭޓާ ފުށުއަރާ ކަމެކެވެ
ރައީސް ޔާމީން ކޮށްދެއްވި ހެޔޮކަންތަކުގެ ޝަޒާތޯ މިއަދު ޝަރީފު ރައީސް ޔާމީނަށް ތިޔަދެނީ. އަމިއްލަ އެުދުމާއި މާދިއްޔަތުގައި ތިމާ މީހާ ހަލާކުވެ ތިޔަ ދަނީ. މާތްﷲ ކިބަފުޅަށް ވަކީލު ކުރަން. އެބަޔަކު ކުރި ނުބައި ކަމެއްގެ އަޒާބުގެ ރަހަ ޒައްރެއްގެ މިންވަރުވެސް ކުޑަނުވެ ލިބޭނެކަން ދަންނާށެވެ.
ސާބަހޭ ޝަރީފޫ މިފަހަރު ވާނެ މި އަނިޔާވެރިންނަށް ކުޅި ސަމާ ދައްކާލަން
އިލެކްޝަން ކޮމިޝަނަށް ބިރު ކުޑަ މީހަކު ލާން ހަދައިގެން ތިހުރީ ޔާމީންދެކެވެސް ބިރު ނުގަންނަ މީހަކު ލެވިފަ... މިހާރު މި ފެންނަނީ ލައްކަ ދުވަހު ބިރު ދައްކައިގެން ގަދަ ބާރުން ނުފޫޒުން ކަންކުރަމުން އައި މީހަކާއިމެދު އެމީހާގެ ބާރު ނެތުމުން ކަންވެގެންދާގޮތް. މިއީ މިދުނިޔޭގެ ވަގުތީ ބާރުވެރިކަން ލިބޭ ކޮންމެ މީހަކަށް ފިލާވަޅެއް
އިލެކްޝަން ކަމިޝަންގެ ފަސް މެންބަރުން، ސްޕްރީމްކޯޓަށް ޕީ.ޕީއެމް އިން މައްސަލަ ވައްދާއިރަށް އިންޒާރުލިބެމުންދާތީކަމަށްބުނެ ދިވެހިންނަށް އޮޅުވާލުމަށްފަހު، ޖަވާބުދާރީވާންޖެހިދާނެތީ ތޯ ފިއްލެވީ؟
ސްޕްރީމްކޯޓުން ސަރީއަތް ނިމޭއިރަށް އިންޒާރުލިބޭކަމަށްބުނެ ދައްކަމުންއައި ވާހަކަ ހުއްޓި، އެނބުރި ރާއްޖެ ވަޑައިގަތީ ކީއްވެގެންތޯ؟
މިހާރު ކޮން އަނގައެއްމި ފުޅާކުރަނީ މި ސުވާލުތަކަށް ޖަވާބުނުދީ.
ވަރައްސަޅި މުޅިނިޒާމު ދުއްސޫރީ މައްސަލަގަޑެއްގެ ތެރެޔައް ވައްޓާ ލުމައަށްފަހުބޯދަމައި ގަންނަނީ
ބަލަ ތިޔަވިދާޅުވާ މައުމޫނު އާ ނުލާ ޕީޕީއެމުންނިންމި ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއްކަން މިއަދުތަ އެނގުނީ. ރައްޔިތުންލައްވާ ނުހައްގު ކެނޑިޑޭޓަކަށް ވޯޓު ލައްވާފަ ކޮނވާހޅައެއްތޯ ތިޔަދައްކަވަނީ.
އަނެއްކާ މައުމޫނުގެ އުނދަގޫ އިބޫއަށް ޖެހޭނެ މަގުތައް މިއޮއް ފަހިވަނީ. އިބޫއަށްވެސް ހަމަޖެހިގެން ވެރިކަން ކުރެވޭނީ ނަޝީދާ މަޢުމޫން އެއްލާލައިގެން.
ބޯހަލާކު. ލީޑާޝިޕް ގަބޫލު ނުކުރާތީ އެމީހުން ހުށަހަޅާ ހުށެހެޅުމެއް ބަލައި ނުގަނެވޭ. އެކަމަކު ގަބޫލު ނުކުރާ ލީޑާޝިޕުން މަގުމައްޗައް ނުކުންނާތީވެ ޕޕމ ޖޫރުމަނާ ކުރެވޭ. ބޯ ހަލާކކކކކކކކކކކކކ
ސާބަހޭ އީސީ ޝަރީފޫ.ތިހެން ވާންޖެހޭނެ.ތީ މިނިވަން މުވައްސަސާއެއް.އުރައްޕެއް ހުންނަންވާނެ.ޔާމީން ޖެހީހާ ބެރަކަށް ތި ފަސް މެމްބަރުން ނަޝާކަށް ނުޖެހޭނެ.
ޝަރީފޫ ކަލޭވެސް ސައިޒް އަށްތިރިވާދުވަސް އަންނާނެ
ޝަރީފުގެ އަމަލު ތަކުން ޔަޤީންވެޖެ. ތިހުރީ ނަގައިގެންކަން.
މިއީ ދެން ނިމުމެއްނެތް ކަންތައްތައް! ސައުތުއޭޝިޔާގެ ގައުމުތަކުގެ ތެރެއިން ބަނގްލާދޭޝް އާއި ރާއްޖެ މިހާރު ސިޔާސީ ގޮތުން ތަސައްރަފު ނުފުދިފާ މިއޮތީ. ވެރިކަމަށް އަރާ މީހަކު ވެރިކަމުން ފައިބާ މީހަކު ކަތިލުން! ކޮންމެވެސް ބަޔަކު މިކަން ހުއްޓާލަންއެބަ ޖެހޭ!
ތިހާ ކެތްނުލަވައިގެން ހަސަދަ ފިލުވުމުގައި އީ. ސީ މެމްބަރުން ތިޔަ ތެޅިފޮޅޭ ތެޅިފޮޅުމުގެ ފަހަތުގައި ބޮޑު ސިއްރެއް ވާނެ. ހީވަނީ ކަހަނަލަ ކެވިގެން ތެޅޭހެން.
އެހެން އެއްވެސް ކަމެއް ނުބެލިޔަސް މި 5 މީހުންގެ ކަންކަން ވަކި ކޮޅެއްގައި ޖެހެންދެން ކަމާބެހޭ ހުރިހާ މުއައްސަސާ ތަކެއް މެދުވެރިކޮށް މި 5 މީހުންގެ ކަންތައް ބަލައިދިނުމަށް އަޅުގަނޑު ޕީޕީ އެމް ގެ ހުރިހާ މެމްބަރުންނާއި ރައީސް ޔާމީނަށް ފަށްފަށުން އިލްތިމާސް ކުރަން. އަދި މި 5 މީހުންގެ ސިއްރުތައް ހާމަކޮށްދެއްވާ ބޭޒާރު ކޮށްދެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި އާދޭސް ދެންނެވުމުގައި މާޔޫސްކަމެއްނެތި ދެމިތިބުމަށް ޕޕމ ގެ ލޮބުވެތި އަންހެން އަދި ފިރިހެން ސަޕޯޓަރުންނަށް އާދޭސް ދަންންވްން!
4 ޕާޓީ އެއްކޮއްލީމަ 138،000
ޔާމިން އެކަނި 97،000
ސްޕްރީމް ކޯޓުންވެސް މިކަންފާހަގަ ކުރި.
ދެން ވަގައްގޮވީމަ ސަރީފް ބަލައިނުގަތައް އެއަޑު މަޑެއް ނުވާނެ
ތިޔަ އިލެކްޝަނުގަ ތިއްބެވި ވަގުން އުލެނީ ރައްޔިތުން ނިކުމެ ހޭނާރުވައިގެންތޯ؟؟؟ ވައްކަން ކޮށްފަވެސް އަދި އެބަފުއްޕައެއްނޫން ވަގުންތައް!
މި އީސީ ގެ 5 މެމްބަރުން މާ އަވަސް އަރުވާލައިގެން ޕޕމ ދުއްވާލަން މި ތެޅޭ ތެޅުމުގެ ފަހަތުގައި ބޮޑު ޚިޔާނާތެއް ވާކަމަށް ވަރަށް ބޮޑަށް ބެލެވޭ. ހީވަނީ ތާކަށް ރެވިތެޔޮ އެޅިގެން ތެޅޭހެން. އެހެން އެއްވެސް ކަމެއް ނުބެލިޔަސް މި 5 މީހިންގެ "ބިތުފަން" ނަގަން ހުރިހާ މުއައްސަސާއަކަށް ހުށަހަޅައިގެންވެސް މަސްކަތް ކުރުމަށް ރައީސް ޔާމީން އަދި ޕޕމ ގެ މުޅި މެނޭޖްމަންޓަށް އިލްތިމާސް ކުރަން. .... އެއިން މުއައްސަސާއަކުން ބަލައިނުދީފިނަމަ، ހުރިހާ ޕޕމ ސަޕޯޓަރުން ވެގެން އެމީހުންގެ ޚިޔާނާތް ބޭޒާރު ކޮށްދެއްވުންއެދި މާތްﷲ ގެ ޙަޟްރަތުގައި ފޫހިކަމެއްނެތި ދުޢާ ދެންނެވުމުގައި ދެމިތިބުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އިން ޝާ ﷲ އިޖާބަ ކުރައްވާނެ.
ބަތާޙަރާމީންތަކެއް.ﷲ ސުބުޙާނަހޫ ވަތަޢާލާ ރަނގަޅު ހިތްޕެވުމަކުން ހިތްޕަވާނެ.
ޝަރީފޫ ކީއްވެތަ ތިޔަ މިހާރު ކޮބާ ހަނުހުރުން
އަނެއްކާ އަނެއްބަޔަކަށް ފައިސާއަށް ޑިމާންޑުކުރަންފެށީ ނޫނޭވާ ތިއޮތީ މިނިވަން އީސީއެއް މި ޤައުމުގެ ރައްޔަތުން ދޮވެލާފަ ކަލޭމެން ތިތަނުން ނުކުންނާތި.