ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލުކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެންމެފަހުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެވެ.

އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޖުލައި، 2010 ގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް، ކ. އާރަށުގައި ބެހެއްޓި މައްސަލަ އާއި ގުޅިގެންނެވެ.

މި ދައުވާ ބާތިލުކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލާގައި ރައީސް ނަޝީދު ހައްޔަރުކުރަން ނެރުނު ކޯޓު އަމުރު ވެސް ބާތިލުކޮށްފައެވެ. މި ދައުވާ އާއި ހައްޔަރުކުރަން އަމުރު ނެރުނުއިރު ރައީސް ނަޝީދު ހުންނެވީ ރާއްޖެ އިން ބޭރުގައެވެ.

ރައީސް ނަޝީދަށް ޓެރަރިޒަމްގެ އިތުރު ދައުވާއެއް ކުރިއިރު އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ކުށް ސާބިތުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެމްޑީޕީން ބުނާ ގޮތުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. 3 އ

  ސާބަހޭ އިންސާފުވެރިކަން ފެނިފަ ހައިރާންވެއްޖެ. ދެންނޯންނާނެ ހަމަ އެންމެ ކުށެއްވެސް ކޮށްފަ. ރާއްޖޭގެ އެއް ނެތް. ދީނީ އިލްމް ވެރިންގެ މަސައްކަތް އިތުރު ކުރަން އެބަޖެހޭ. އިންސާފަށް ހުކުން ނުކުރުމުގެ ނުބައި ކަމުގެ ވާހަކަ އެބަޖެހޭ ރައްޔިތުންނަށް ކިޔައިދޭން.

 2. ޢަހަންމާ

  މިގައުމުގަ ތިބި އެއްވެސް ފަނޑިޔާރެއް ހިޔެއްނުވޭ މަހްޝަރުގަ ސަލާމަތް ވާނެހެން.

 3. ފެންފުށި

  ޢަދުލް އިންސާފު ތިހިރަ އަަންނަނީ ފަތުއަޑު ކިޔާފަ،! މާތް ރަސްކަލާނގެއާ ވަކީލް!!!

 4. ނުރަބޯ

  ނާނާ ޢަދުލު އިންސާފު ތިޔަހަރީ ހަމަ އެއްމެ ފުރިހަމަ މާނައިގައި ލިބިފައެވެ. މަރުނުވާން ގަސްދު ކޮށްގެންބާ ތިޔައުޅެނީ....!!!

 5. އަހްމަދު

  ބަލަ މަށްސަލަ ބާތިލުކުރިސަބަބެއް ނާންގައިތަ؟ ޕާޓީއަށް ވެރިކަން ލިބުނަކަސް ރައީސް ޔާމީން ހަށްޔަރުނުކުރާކަމަކަށް ނުވާނެ މިއަށް ކިޔަނީ ކީކޭ މިއީވެސް ތިވިދާޅުވާ އަނިޔާނޫންބާ؟

 6. ޖޮއްބެ

  އޮހޮހޯ ތިޔަހާކަންހާ ވަރަށް ދެން ކޯޓުތަކަށް އަތްބާނާ ނުފޫޒުފޯރުވޭނީ.

 7. އަޖޫބާ

  ތިޔަ ބުނީ އަންނި ޔާމީނުގެންގޮސް އާރަށުގައި ހައްޔަރުގައި ނުބަހައްޓައޭތަ؟ ހަމަ ޔަގީނުންވެސް ތިޔަ ނިންމުމަށް ވުރެ އިންސާފުވެރި ނިންމުމެއް މުޅި ދުނިޔޭގަވެސް ނުނިންމާ

 8. ޖިމީ

  ނަޝީދު މިނިވަންކުރަން އޯކޭ! ޜަހީނު ކުރިއަސް އޭނާ އަށް އަދަބު ލިބޭކަށް ނުޖެހެ. މީވެސް އިންސާފް، މިގޮތައް އިނސާފް ހޯދާދޭނަމަ މިރާއްޖޭގައި އެއްވެސް ކުއްވެރިއަކު ނުހުންނާނެ.

 9. ރައްޔިތުން

  އިބޫ ހުވައިކުރުމަށްފަހު ފުރަތަމަ 10 ދުވަހުގެ ތެރޭގައި މިހާރު މީހުން މަރާލާފައި ޖަލަށްލާފައިވާ މީހުން ފިޔަވައި ހުރިހާ ކުށްވެރިން ރެކޯޑް ނޯންނަގޮތަށް ދޫކޮށް އެމީހުން މުޖުތަމައު އަށް ނެރުމަށް އިބޫ / ފައިސަލް އަށް ގައުމުގެ ހަރު އަޑުން ގޮވާލަން.

 10. ނޫރުލްއިސްލާމް

  މިފެށުނީ އަދި ކިރިޔާ އަނިޔާ! އަނިޔާވެރިންނާ ވެރިކަން ޙަވާލުކޮށްފަ މިއޮތީ ރާއްޖޭގެ ގިނަ ރައްޔިތުންވެގެން. އިސްލާމް ދީނަށާ ރަސޫލާ(ޞ)އަށާ ﷲއަށް ފުރައްސާރަ ކުރާ ބަޔަކާ ވެރިކަން ހަވާލުކޮށްފަ މިއޮތީ.މިއަށްވުރެން ބޮޑެތި އަނިޔާވެރިންނަކީ ކޮބާ؟

 11. ރާޅު

  މިގައުމުގައި މިހާރު ކޯޓް ތަކުންކުރަމުންމިގެންދާ ކަންތައްތަކަށް ބަލާއިރުގައި މާއްދީބޭނުންތަކަށް މައްސަލަތައް ނިންމުމަށް ވަރައްހުށިޔާރު ފަނޑިޔާރުންތަކެއްއެބަތިބިކަން މިހާރު ރައްޔަތުންނަށް އެނގޭނެ އަދި މިމައްސަލަތައްނިންމުމަށް ފައިލް ހިފައިގެންމިދުވާ ފަނޑިޔާރުންތަކުގެ ފައިވަޅުގާ މިހާރު އެވަނީ ދަހިވެތިކަމުގެ ދިޔަލާފައެވެ މިފަނޑިޔާރުންތައް މިހުރި ދަހިވެތިކަމުގެތެރެއިން މިގައުމުގައި ޒިނޭއާއި އެއްޖިންސުން ހުއްދަކުރާނެއެވެ ސާބަހޭ ފަނޑިޔާރުން

 12. ރާޅު

  ކޯޓް ތަކުން ފަޑިޔާރުން މިތިބަ ކުރު ދޮށީގަ މައްސަލަތައް ބާނަމުންމިއޮއްދަނީ ފަނޑިޔާރުންތައް ހަމަ މިތިބީ ކިއުގާ ރައްޔިތުންނަށް މިހާު ފެންނާނެ މިމީހުންގެހުރި ލަދުހަޔާތް ކުޑަކަމާއި މުޑުދާރުކަން ހޯހޯ އެއްތަނުގަ ދެބުޅި މިހާރުއެޖަހަނީ މިއޮތްކަމެއްދޯ