ނުހައްގުން ޝަރީއަތްކޮށްފައި ހުރިކަމަށް ފެންނަ ދިވެހި ރާއްޖޭގައި އުޅޭ ސިޔާސީ ނޫން ފަރާތްތަކަށް އިންސާފް ހޯދުމަށް ގަރާރެއް މަޖިލީހަށް ހުށަހާޅާނެ ކަމަށް މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މުއާޒް ވިދާޅުވީ، އޭނާ މަޖިލީހަށް ގަރާރެއް ލާން ބޭނުންވަނީ، ނުހައްގުން ޝަރީއަތްކޮށްފައި ހުރިކަމަށް ފެންނަ ދިވެހި ރާއްޖޭގައި އުޅޭ ސިޔާސީ ނޫން ފަރާތްތަކުގެ ވާހަކަ މަޖިލީހުގައި ދެެއްކުމަށް ކަމަށެވެ. އަދި އެފަދަ ސިޔާސީ ނޫން ފަރާތްތަކަށް ހާއްސަކޮށްގެން ގަރާރެއް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، އެކަމުގައި މެންބަރުންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް މުއާޒް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން މި ގަރާރުގައި ސޮއިކޮށްފައި ވާތީ އަޅުގަނޑު މި ގެންނަ ގަރާރުގައިވެސް ސޮއިކޮށް ދެއްވާނެ ކަމަށް". މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ރައްޔިތުންގެ ތެރެއިން މިފަދަ އަނިޔާތަކެއް ލިބިފައިވާކަމަށް ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރާ ކަމަށެވެ.

އެންމެންވެސް އެދެނީ އެެއްވެސް މީހަކަށް އަނިޔާ ނުލިބުމަށް ކަމަށާއި ރައީސް ނަޝީދު އާއި އެ ނޫންވެސް މީހަކަށް އަނިޔާ ލިބުމަށް ނޭދޭއިރު މިފަދަ ގަރާރުތައް މި ހުށަހަޅަނީވެސް އެހެންވެގެން ކަމަށް މުއާޒް ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް މީގައި ރައީސް ނަޝީދުއަށް އެކަންޏެއް ނޫން އަނިޔާ ލިބިގެން ނޫނީ ނުހައްގުން ޝަރީއަތްތަކެއް ކުރި ކަމަށް މި ގަރާރުގައި މި ވިދާޅުވާ ކަންކަން ދިމާވެފައި ވަނީ". މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، މީގެ ކުރީގެ އެތައް ވެރިކަންތަކެއްގައި ދިވެހި ރާއްޖޭގައި މައުސޫމް އެތައް ބަޔަކަށް، އެތައް އަނިޔާތަކެއް ލިބިގެންގޮސް އެ އަނިޔާތަކުގެ ތެރޭގައި އުޅެމުންދާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެފަދަ ވާހަކަތައް ދައްކާނެ ގުރޫޕެއް އދ ގައި ނޯންނަ ކަމަށާއި، އަދި އެހެން ޖަމިއްޔާއަކުންވެސް އެފަދަ ވާހަކަތަކެއް ނުދައްކާ ކަމަށް ފާހަގަކުރައްވަމުން މުއާޒު ވިދާޅުވީ، ރައީސް ނަޝީދު މިނިވަން ކުރުމާއި ގުޅޭގޮތުން ޖަމިއްޔާތަކުން ވާހަކަދައްކަމުން ދަނީ، އޭނާއަކީ ސިޔާސީ ފަރާތަކަށް ވަތީ ކަމަށެވެ.

މީގެއިތުރުން މުއާޒު ވަނީ ފަނޑިޔާރުން ހުކުމްތައް އިއްވަމުންދަނީ އަދަލު އިންސާފުންތޯ ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރަސީދު

  ވަރައް ބޮޑައް ސުކުރިއާ

 2. އަން

  ތިޔައީ ސޔސ ގުންޑާއެއް

 3. ކުމާރު

  އަންނި ދޫކޮއްފިއްޔާ މިފަސް އަހަރު ނިމޭއިރު ޖަލުގަ އެއްވެސް މީހަކު ހުރެގެން ނުވާނެ. ޖަލު ސާފުކޮއްލަން ޖެހޭނެ.

 4. ވިއްޓޭ

  ސަޅި. މަ ތާއީދު ތިކަމާ

 5. އައްޑޫސިޓީ

  އެއްވެސްމީހަކު ކޯޓުންހުކުމެއް ކުރީމަތިމެންނަޔައް ހުކުމްކުރީއިންސާފުންނޭ ތިއީތމެންނަޔައް ކުރަންޖެހޭ ހުކުމެކޭ ދުވަހަކުވެސް ބުނިތަ؟ ނަޝީދު ވީމަ މައުމޫނު ވީމަ ގާސިމް ވީމަ އޮންނަންމިޖެހެނީ ވަކިއިންސާފެއް ނިކަމެތިމީހާއައް ވަކިއިންސާފެއް މިއީއިންސާފު ކަމަށްއިބޫމެން ދެކޭނަމަ ތިބޭފުޅުންނަށް ވެރިކަންކުރެވޭނީ އިންސާފުގެ މަގަކަށްނޫން. ބޭއިންސާފުގެމަގަށް ވެރިކަންކުރެވޭނީ.

 6. އައިޝާ

  ތިމިހަަރު ލަސްވެއްޖެ ހުށައެޅުން އަވަސްކުރައްވާ

 7. ޟަލާ

  ޜާއްޖޭގެ ޖަލުތަކުގައިތިބި އެންމެންވެސް ދޫކޮށްލާ.

 8. މަ

  ކުމަާރާއި އައްޑޫ ސިޓީއަށް ތާއިދު

 9. ަރައްޔަތުމީހާ

  މި އެއް އިރެއްގައިވެސް އެމް.ޑީ.ޕީ އަށް ތާޢީދުކުރި އަދި އިންޝާﷲ ތާޢީދުނކުރާނެ މީހެއްވެސް ނޫން. ޢެމް.ޑީ.ޕީ އަކީ އަދި ޚާއްޞަކޮށް ކެނޭރީގޭ ނަޝީދަކީ ދިވެހި ރާއްޖެއަށް ރާއްޖޭގެ ރައްޔަތުންނަށް ހެެވެއްއެދިގެން އުޅޭމީހެއްނޫން.އަމިއްލައެދުން އިސްކޮށް ޤައުމު ހަލާކުގެތެރެއަށް ގެންދަން ތާއަބަދު މަސައްކަތްކުރާ މަކަރާހީލަތުން ކަންކަން ޙާސިލްކުރަންއުޅޭ މީހެއް. މިޤައުމުގެ ރައްޔަތުންގެ ލެއަށްފެންބޮވާފަހުރި ހީލަތްތެރިއެއް، ލާރީގެ ދަހިވެތިކަމުގަ ރައްޔަތުން ނުހަނު ފޮނިއުންމީދާއެކު ކަންކަން އިންސާފުން ކުރިއަށް ގެންދަން ހޮވާފަ މަޖުލީހުގެ ގޮނޑީގަ ވަޑުވާފަ ތިބި ޢިއްޒަތްތެރި މަަރުވެރި މެމްބަރުން މިގެންދަނީ މުޅިޤައުމު ފުނޑާލުމުގެ މަސައްކަތް ކެނޑިނޭޅި ރެއާދުވާލުކުރަމުން. ނިކަމެތި ރައްޔަތުންގެ ލޮލުގަ އަނދުންއަޅުވާ އެމީހުންގެ ލޭބޮމުން. ހުރި ހިތާމައެއްގެ ބޮޑިކަމާއެވެ. ﷲ މި ޤައުމަށް އަމާންކަމާއި ރައްކާތެރިކަން މިނަވަރުކޮށްދެއްވާ، ނުބައި މަކަރުވެރިންގެ ކިބައިން ޤައުމުގެ ސަލާމަތްކޮށްދެއްވާށި! އާމޯން.

 10. ރައްޔިތުން

  ނުހައްގުން އަދަބު ދެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ އެމީހުން ނުހައްގު އަދަބުދިން ގާޒީންނާއި އަދި ވެރިން ތަހްގީގު ކުރުމަކާއި ނުލައި އެމީހުން އަދަބުގެ ބާކީ ހުރި މުއްދަތަށް ޖަލަށްލުމަށާް ގަރާރެއް ފާސްކުރަން ފެނޭ

 11. ޢަބްދުﷲ

  އިރާދަފުޅުކުރެއްވިއްޔާ، އަބަދުވެސް މިރާއްޖެ އޮންނާނީ ރާއްޖެއެއްގެ ގޮތުގައެވެ. އަދި ރައްޔިރުން ތިބޭނީ ރައްޔިތުންގެ ގޮތުގައެވެ. ހެޑުން ތެޔޮލީކުވާނަމަ، ހެޑްބަދަލު ކުރެވޭނެއެވެ. ބެއާރިންގ ތަކުގެ ތެރެއިން ތެޔޮލީކުވާ ބެއާރިންގ ހޯދޭނީ، އިންޖިނިޔަރުން ބެލިވަރަކުންނެވެ.