އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 1500 ފްލެޓް ދޫކުރުމުގެ ހުއްދަ ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ދީފިއެވެ.

ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީ އެއް މީސް މީޑިޔާގައި ލީކުވެފައިވާއިރު، އެ ސިޓީގައި ރައީސް އޮފީހުން ހުއްދަ ދީފައި ވަނީ ދަފްތަރުގައި ތިބި މީހުންނަށް 500 ފްލެޓާއި 18 އަހަރު ނުފުރޭ ތިން ކުދީންނަށް ވުރެ ގިނަ ކުދީން ތިބި މީހުންނަށް 1030 ފްލެޓު ދޫކުރުމަށެވެ.

މި ގޮތުން ފްލެޓް ދޫކުރާ އިރު ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި އެފަދަ ކުދިންގެ ބެލެނިވެރީންނަށް އިސްކަން ދިނުމަށް ރައީސް އޮފީހުން ފޮނުވި މި ސިޓީގައި އެދިފައިވެއެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން އަޅަމުން ގެންދާ ބައެއް އިމާރާތްތައް - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މިކަމާއި ގުޅިގެން ރައީސް އޮފީހުން ވެސް އަދި ހައުސިން މިނިސްޓްރީން ވެސް އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ގާތްގަނޑަކަށް 22،614 ފޯމް ވަނީ ހުށަހަޅާފައެވެ.

ފްލެޓްތަކެއް ދޫކުރުމުގެ ހުއްދަ ރައީސް އޮފީހުން ދީފައިވާއިރު، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ފްލެޓް ފޯމު ވެސް އަދި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ މީގެކުރިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޝީސާ

  ވަރަށް ހެއްވަާދޯ! ޢެމީހުން ބޭނުން ބަޔަކަށް ފްލެޓް ނުދެވިގެންނޯ އެއުޅެނީ.ހަހަހާ

  • ހެއްވާ

   ބޯހިޔާވަހިކަން ބޭނުން ވެފައިތިބީ އެންމެ1500 މީހުންނެއް ނޫން.
   ކުރިން ބުނި ގޮތަށް 7000 ފްލެޓް ދޫކުރުމުގެ މަޝްރޫއު މަތިން ސަރުކާރުން ހަދާން ނެތުނީބާ.އެތައް ބަޔަކު އެބަ އިންތިޒާރު ކުރޭ 7000 ފްލެޓްގެ ދާއިމީ ލިސްޓައް.ދައުރު ނިމުނަސް ރައްޔިތުންނައް ވި ވައުދު ފުއްދަވާ!! ވައުދު ވީ އެންމެ 1500 ފްލެޓް ދިނުމަކައް ނޫން.

 2. ނާނު

  ޓިދެން އަޖާބެއް 2018 ނޮވެމބެރ 17 ވަނަދުވަހުންފެށިގެން ތިމީހުންގެބާރުފޯރާނީ އޭގެ ކުރީއަމުރުނުކުރެވޭނެ މޮޔަނުވޭ ހޭބަލިނުވޭ

 3. ވާވޭ

  ސާބަސް ތިވަމުދަނީރަގަޅައް

 4. ޢަބްދުﷲ

  ފްލެޓް އަޅައި ނުދެވޭނަމަ، ބިންހިއްކައި ބިން ދޫކުރެވޭނެ ދޮއްތޯ މިގޮތުން ބަލާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދަށުންނާއި ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ހިއްކާފައިވާ ބިންތަކުންވެސް 5000 ގޯތި ދޫކުރެވޭނެ، އެހެންކަމަށްވާނަމަ، 7000 ފްލެޓާއި 5000 ގޯތި ދޫކޮށް ޔާމީނުގެ ވެރިކަމުގައި މިކަންކަން ނިންމާލުމުން، އޮންނާނީ، 15000 ޢާއިލާއަށް ޔާމީނުގެ ވެރިކަމުގައި ގޯތިގެދޮރުގެ ފަސޭހަ ހޯދައި ދެވިފައި، މިއީ އެއްވެސް ޤާނޫނީ ހުރަހެއް އޮވެގެން ނުކުރެވި އޮންނަ ކަމެއްނޫން، 2018 ނޮވެމްބަރު 17 ގެ ކުރިން މިކަންކަން ކުރުމުގެ ބާރުވެރިކަން ޤާނޫނުގައިވާ ގޮތުގެމަތިން އޮތީ، ރައީސް ޔާމީނުގެ އަތްޕުޅުގައި،

 5. ޝައިފް

  ާފުލެޓް އަޅައި ގެން ފްލެޓް ދޭނި ރަނގަޅު ދީފަ ބަހައްޓަަ އިބޫ ވެސްއަޅައިގެން ފުލެޓްދޭނި

 6. ދޫ

  ދެން ކޮންކަމެއް

 7. ބޯހަލާކު

  ޑހ

 8. ޢަބްދުﷲ

  ގޯތިވެސް އަދި ފްލެޓްވެސް ދޫކުރަންވީއެވެ. އެފުރުޞަތު އަދި ނުގެއްލެއެވެ. ރައްޔިތު މީހާ ދަތިޙާލުގައި އެންމެ ރެއަކުވެސް ނިދައި ކައި ބޮއެ ހަދާއިރު، ވަލިއްޔުލް އަމުރުގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ.

 9. ޢަލިއާ

  ކޮބާތޯއޭ... އަލަތު ކައިވެނި ކުރިމީހުންނަށް އިއުލާނުކުރި ފުލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް، އަދި 1 ކޮޓަރި ފުލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް. މިކަމާ ސުވާލެއްކޮއްލާނެ ނޫސްވެރިއަކުވެސް ނޫޅެނީތޯ!

 10. ދެރަ

  ދެން އިއުލާން ނުކުރާ ފްލެޓް ވެސް އުވާލީމާ ކިހާ ނާއިންސާފު

 11. މިއަދު

  ބޯހިޔާވަހިކަން ފޯރުކޮށްދެނީއަކީ ވަކިސަރުކާރަކުންނޫން އެހެންވީމަ މިސަރުކާރުނިންމަ ނުކުންނަ ދުވަހުވެސް އަދި އަންނަ ސަރުކާރު ފުރަތަމަ ވަންނަ ދުވަހުވެސް އެކަންވާނީ ހަމަ ކުރަން
  ބާރަށްކުރިއަށް

 12. މިއަދު

  މިސަރުކާރުން އެދޫކުރަނީ މިސަރުކާރުން އަޅަފައިހުރި ޕްލެޓް މިމަސައްކަތް ހުއްޓުވާފައި ކޮންމެހެން ނުޖެހެ އަންނަ ސަރުކާރުން މެޑަލްޖަހަން އެފްލެޓުތައް ބަހައްޓަކަށް
  ދޫކޮށް ހުސްކުރޭ