ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށެވެ.

މި އަމުރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އިތުރުން، އެމަނިކުފާނާއި މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ ރައީސް ނަޝީދު ޖަލަށްލާން ހުކުމް ކުރި މައްސަލަ ރިވިއުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، ރައީސް ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި އަދި އެމަނިކުފާނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރެއް ނެރެދޭން އެދިފައިވާތީއެވެ.

މި އަމުރު ނެރުނުއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދެވީ އެގައުމުގައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު އުޅުއްވާފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ރަސީދު

  ކަލޯގެޔާ 24 ގަޑިއިރު ނުވޭ ގޮތެއްނިއްމީ މިހާރު ފަޓާސް ބަރި އެއްވިޔަސް އޯކޭ

 2. އަލީ

  ސާބަސް ތިހެން ވާންޖެހޭނެ

 3. އިބްރާހިމް

  އަލްހަމްދުﷲ. އުފާވެރި ދުވަހެއް. ހަމަ ތިގޮތަށް ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރުކޮށްފަވޭ ސިޔާސީ ބައެއް ބޭފުލުން ދޫކޮއްލުމަށް. ފަހުން ފެނިގެންދިޔައީ އެ އަމުރު ބާތިލްކުރިތަން. ދިވެހި ރާއްޖޭގައި އަދުލް އިންސާފްވެރި ފަނޑިޔާރުގެއެއްހުންނަންޖެހޭ. ބައެއްފަހަރު ބުނޭ މަޖިލިސް މެމްބަރުކަމުން ގޮނޑިގެއްލިއްޖެއޭ! އަނެއްކާ ބުނެފާނެ ނުގެއްލެއޭ! ކޮންމެފަދަ ހުކުމްތަކެއްނެރުނަސް ރައްޔިތުން ތި ފަނޑިޔާރުން / ގާޒީންނަށް ކުރާނެ ސުކުރެއް ސެލިޔުޓެއްނެއް

 4. ކާފަގ

  އަދިވެސް މިނިވަނެއްނުވޭ. ގައިމު ސކާއްޓުން ގޮވާލިނަމަ ތިމަމްމެނަކު ދެމެހެއްޓި ހުކޫމަތު ތިމަމުމެން ބާތީލްކޮށްފީމުއޭ. ސިމްޕަލް ކަމެއްދޯ. ކޮން ޑްރާމާއެއް ދައްކާކަށް

 5. Anonymous

  ސާބަސް!!!!!!!!!!!!!!

 6. Anonymous

  ﷲ ސވއ އަށް ބިރުވެތި ވޭ

 7. ތަކުރު

  ހުކުމް ތަންފީޒު ކުރުން ފަސްކުރާކަށް ނުޖެހޭ. ޖެހެނީ އެ ޙުކުމް ބާޠިލުކުރަން. އަދިވެސް ތި ފަޑިޔާރުން ހޭއަރާކަށް ނުވޭބާ!؟؟

 8. އަލީ

  ﷲސވއ އަަށް ބިރުވެތި ވޭ!

 9. ނާއިންސާފް

  ޖަލަށް ހުކުންކޮށްފަތިބަ އެންމެންގެ ހުކުންތަންފީޒްކުރުން ފަސްކުރުމަށް މިއަންގަނީ ހުރިހާ ކުއްވެރިންނަކީ މިހާރު މިވަންވެފައި ތިބިބައެއް ސްޕްރިމް ކޯޓަކީ ޕަޓާސްބަރިއެއްހެން ބޮޑި ކުއްވެރިން މިނިވަން ކުރަމުން އެދަނީ މިހާރު ނަސީދަކީ މެސަނަކަށްލާފަ ދޮވެލާފަ ނަގީފަ އެހާސަފް ވެފަ ހުރި މީހެއް މީގެފަހުން މިރާއްޖޭގަ ކޯޓަކުން ކުރާ ހުކުމެއް އެއްވެސް ދިވެހިރައްޔިތަކު ގަބޫލެއް ނުކުރާނެ ސިންގާގެ ހުކުން މިތާ ހިންގަންޖެހޭނީ

 10. Anonymous

  ސަދޫމް ކޯޓު ވަރައް ފައްކާ

 11. އަލިފުޅު

  މީކޮންފަދަ ހުކުމެއް ނެރޭ ކޯޓްތަކެއް މިރާއްޖެއިން މިވަނީ އަދުލުއިންސާފު ނެތިގޮސްފައި މިތާމިއޮތީ ކަނޑުގެހުކުމް ﷲ މި ނުބައި ފަނޑިޔާރުންގެ ކިބައިން މިރާއްޖެ ސަލާމަތްކުރެއްވުންމެނުވީ އެހެންގޮތެއްނެއް ﷲ އަކުބަރު

 12. ކާފަ

  ރައީސް ޔާމީނަށް އަޅުގަނޑު މިގޮވާލަނީ ދިވެހިރާއްޖޭގެ އެއްވެސް ޖަލެއްގައި އެއްވެސް ކުއްވެރިއަކު ނުބަހައްޓާ ނޮވެމްބަރ 1 އިން ފެށިގެން ހުރިހާ ކުއްވެރިން ދޫކޮށްލުމަށް

 13. ހަސަނު

  ރައީސް ނަޝީދަކީ ކަނޑައެޅިގެން ބޮޑުކުއްވެރިއެއްކަން އިނޣޭ ހާލުގައި އޭނާ ވީއްލިގެން ހުރުމަކީ މިރާއްޖޭގައި އަދުލު އިންސާފުގެ ކަންފުޅެއްވެސްނެއްކަން އެނގިހާމަވާކަމެއް ވަﷲ އައުލަމް

  • އަލީ ނަޝީދު

   ރަޢީސް ނަޝީދަކީ ކުށްވެރިއެއް ނޫން. ކުށް ކުރީ ދިވެހި ސިފައިން. ޤައިރު ޤާނޫނީ އަމުރަށް ތަބާ ނުވުމަށް ޤާނޫނު އަސާސީއާއި، ސިފައިންގެ ޤާނޫނުގައި އޮތްކަން ތިބޭފުޅާ އަށް އެނގޭތޯ. މަޢުލޫމާތު ނޭނގި ކޮމެންޓް ނުކުރުން އެދެމެވެ. ރަޢީސް މުޙައްމަދު ނަޝީދު އަކީ ބައިނަލް އަޤްވާމީ ޙިމާޔަތާއި ރައްކާތެރިކަމުގައި ހުރި މީހެއްކަން އިނގޭތަ؟:

   • ހަނދާނީފިލާ

    އެމަނިކުފާނު މީހަކު ރަހީނުކޮށް ފޮރުވައިގެން ގެންގުޅުމުން އޮސްޓްރޭލިޔާއާއި ބައެއް ގައުމުތަކުން އެކަން ކުށްވެރިކުރި ހަނދާން އެހާ އަވަހަށް ނެތުނީތަ؟ އެކަމުގެ އަދަބަކީ ގިނަ ގައުމުތަކުގައި ބޮޑު އަދަބެއް.

   • ޙސަނުބެ

    ބައިނަލް އަގުވާމީ ގައުމު ތަކަކީ ލައުހުލް މަހުފޫޒްތޯ އެމީހުން ދެކޭހާ ގޮތަކަށް އހުރެމެން ދެކެން އެކަލޭގެ އަކީ ކުއްވެރިއެއް އަންނަ ގޮތައް ޗޭނުޖަހާފާ ކުޑަގޮޅިއަށްލާންވީ އޭރުން އޮންނާނީ ރާކަނިމަސްކެވިފާ

 14. ވާނުވާ

  މިއީ ހަސަން ލަތީފްމެން އެބުނާ އިންސާފަކީ. މާކުރިން މިގޮތައް ހުކުމް އަންނާނެކަން އިނގޭތީ ދޯ ބުނަންއެއިނގެނީ ނަޝީދު އަންނާނީ މިނިވަނެއްގެ ގޮތުގައޭ. ސްޕްރިމް ކޯޓަށް ސާލާމް. ބޮޑު ކެކުރި ކުޑަ ކެކުރި. މިގައުމުގަ ކުއްކުރާނީ ހަމައެކަނި ނިކަމެތި ރައްޔިތުން. ގާނޫނު އަސާސީގެ ބޭނުންކެނޑިއްޖެ. މިހާރު އެއީ 5 ފަނޑިޔާރުން މޮޑޭ ފުއްގަނޑެއް.

 15. އަހުމަދު

  މިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދުލުވެރި ފަނޑިޔާރަކު ނެއްކަން ހާމަވީ ސްޕުރީމް ކޯޓު ތިޔަހާލަތައް ވެއްޓުމަކީ ހިތާމަހުރިކަމެއް ނުކުޅެދުންތެރިކަމުގެ އިންތިހާ ﷲ މި ބައިމީހުންގެ ކިބައިން މިރާއްޖެ ސަލާމަތްކުރެއްވުން ނޫންގޮތެއް މިނިކަމެތި ރައްޔިތުންނަކަށްނެއް ﷲއަކުބަރު

 16. އިބްރާ

  މީތޯ މިބުނާ އިންސާފުވެރި ފަނޑިޔާރުގެތަކީ؟ ޖުޑިޝަރީ މިއޮތީ އިސްލާހް ވެފަ. މިއަދު އިދިކޯޅޭ މެން ކޮންމެ އެއްޗެއް ވެއްދިޔަސް މިނިމެނީ އެމީހުން ކޮޅައް. ރާއްޖެ އެއް ނެތް. މިއަދު ވިސްނިއްޖެ ޔާމީން އާރާ ބާރު އޮތް އިރުވެސް ޖުޑިޝަރީ އައް އަތް ނުބާނާ ކަން. ފަނޑިޔާރުންނަށް ދަންނަވާލާނީ މިނޫން ދުވަހެއްވެސް ވެޔޭ. ޢެދުވަހުން ޖަވާބު ދާރީ ވެވޭނެބާއޭ. ކަލޭމެން ކަހަލަ ފަނޑިޔާރަކު ވަގަށް ނަގައިގެން ކުރެވުނު ހުކުމް މިއަދު ބޮލާލާ ޖެހިއިރު މާދަން ކަލޭމެން ރަހީނު ކުރިޔަސް ސަލާމަތް ކުރަން ދުވާނެ އެކަކުވެސް ނުވާނެޔޭ

 17. ބޯބުޅި

  ސްޕްރީމް ކޯޓުން ތިޔަ ކުޅޭ ކުޅިވަރުތައް ހުއްޓާލާފަ މިނިވަން ޖުޑިސަރީއެއްގެ ދައުރު އަދާކުރުމަކީ ދިވެހި ޤައުމާ ރައްޔިތުންގެ މަސްލަހަތުގައި އެންމެ އިސް މަސްލަހަތުކަމުގައި ހަދަން ވެއްޖެ ތާމީނުބުނާހާ ގޮތެއް ހަދާފަ އޭގެ ފަހުން ދެން އަންނަ ވެރިޔަކު ހިތް ރުހޭހާ ކަމެއްކޮށްދޭންވެއްޖެނަމަ ޖުޑިސަރީއާއި ދައުލަތުގެ މިނިވަން މުއައްސަސާތައް ދުވަހަކުވެސް މިނިވަން ނުވާނެ އަދި ޢަދުލު އިންސާފުން ރާއްޖޭގައި އެއްވެސް ކަމެއް ނުހިންގޭނެ އަންނިއަށް ކުރި ޙުކުމް ރަނގަޅު ނޫންނަމަވެސް ސްޕްރިމް ކޯޓުން އެޙުކުމަށް ވަކި ބަހެއް ބުނުމަށްފަހު ދެން އަލުން ރިވިއު ކުރާށޭ ކިޔައިގެން ވަކިބައެއްގެ ރުހުން ހޯދުމަށް ކުރާ ކޮންމެ ކަމަކީ ޖަރީމާއެއް ކަމުގައި ބަލްންޖެހޭ ކެނެރީގޭ ނަޝީދި އަދި މިނޫނަށް ޙުކުމްކޮށްފައިވާ އެހެންމީހުން މިނިވަންކުރަން ބޭނުންނަމަ ޤާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ މަގު ތަނަވަސްވެފައިވަނިކޮށް ޖުޑިސަރީގެ އިތުބާރުގެއްލި ފަނޑިޔާރުންނާ ޕީޖީ ސަލާމަތްވުމުގެ ނިޔަތުގައި މިފަދަ ޖަރީމާތައްހިންގުން ބަލައިނުގަނެވޭނެ

 18. ޖޮއްބެ

  އަސްތަ އަސްތާ އަދިކިރިޔާ ތިޔަ ދަނީ ޢަދުލު އިންސާފަށް ކަންކަން ކުރެވިގެން. ގާޒީ ޢަބްދުﷲގެ ޙައްގަށް ފައިންއަރާފަ ތިޔޮއް ނެރުނު އަމުރެއްތާދޯ ނޫނޭވާ ތިޔަ އޮތީ ފަނޑިޔާރުކަން ފިސާރިއަކަށް ކުރެވިފަ . މުސްލިމް ނޫން ގައުމުތަކުގައިވެސް ތިޔަހާ ފައުޅުކަން ބޮޑުގޮތެއްގައި ބައެއްގެ ޖީބަކަށް ނޭރޭނެ. އެކަމަކުވާ ދޯ ކެރަފާ ނަޝީދު އަދިވެސް ބުނާނެ ދޯ ކޯޓަކަށް އަތެއްނުބާނަމޭ.

 19. އިންސާފު

  އަހަރެންގެ ބޭބެވެސް ސިޔާސީ މީހަކައްވީނަ ހާދަ އުފާވިސް.. މީހަކުމާރާފަ އުމުރައްޖަލައް ލިޔަސް ވަގުތުން ދޫކޮއްލާނެ ތާ..

 20. މުދިމްބެ

  މިގައޮމައް ބޮޑުވެގެންވާ ކޯފާ އެއް ހައްގު...
  ސާބަހޭ ސާބަހޭ

 21. ެއައްޑޫސިޓީ

  ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. ހަތްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރިއިލާހު މިދިވެހިގައުމުގެ ފަނޑިޔާރުންނަށް ތެދުމަގުދަތްކަވާފާނދޭވެ. މިބޭފުޅުންއެއްކަމެއްގަ އެކިފަހަރު އެކިގޮތައް އަމަލުކުރަމުންދާދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. މިވާގޮތުން މިގައުމުގަނިކަމެތިންނަކީ އެއްވެސްބައެއް ނޫންކަން ވަރަތްރަނގަޅަށް ހާމަވަމުން މިދަނީ ވަކިފަންތީގެބަޔަކާދޭތެރޭ ވަކިގޮތަކަށް ކޯޓްތަކުން އަމަލު ކުރާތަންފެނިގެން މިދަނީ. މިއީތޯއިނާފުގެ މަގަކީ. އަންދާގާނޫނު ނާއިންސާފު.

 22. ދިވެއްސެއް

  މިހާރު މިފެންނަނީޝަރުޢީ ދާޢިރާ މިނިވަންވީ މަންޒަރުތޯ ނޫނީ ބައެއްގެ އަޅުވެތި ކަމުގެ ދަށައްދިޔައީތޯ ފުންނާބުއުސް ޤާނޫނީ ވަކީލަކު އަޅުގަޑު ކަހަލަ ނުވިސްނޭ ދިވެހންނަށް ސާފުކޮއް ދެއްވުން ވަރަށް ބޮޑަށް އެދެން މިހެންމިދެންނެވީ އަމިއްލަ.އަތުން ހުރިހާ ގޮތަކައް ބަލާފައި އޮޑިބަދެނިމުނީމާ އެތަށް ދުވަހަކު ދުއްވިފަހުން ހަމަކުއްލިއަކަށް އޮޑިރޫޅާލާން އަމުރު ކުރީމާ އެއީކީއްވެގެން ހަމަނުވިސްނޭތީ.

 23. މަހެބޫބު

  ޑޮކްޓަރީކަންހޯދިގޮތަކާމެދު ސުވާލުއުފެދެންފަށާއިފިމަސްވެރިކަމުން ޕީ އެޗް ޑީ ހަދާފާތިބިމީހުން ގާޒީންނަށްލީމާ އެމީހުންނަކަށް އަދުލުއިންސާފު ގާއިމުކުރުމަކަށް ނެގޭނެ ސިކުޑިއުނި ބަޔަކު އަތަށް ކަނޑިތަކެއް ދިނީމާވާނީވެސްތިޔަހެން ބޮލުރޮދިވެސް ކެނޑިފާތިތިބީ

 24. އިބުރާހީމް

  މިއީ ރާއްޖޭގެ އަދުލުގެ ނިޒާމަށް އަދި މުޅިގައުމުގެ އަދާލަތަށް ހިތާމަވެރި ދުވަހެއް. އިންސާފުގެ ކަންފުޅެއްވެސް ނެތި ގައުމު މިހިރަގެން ދަނީ ސަދޫމުގެ ޒަމާނަށް. މިދުވަސްތަކަށްވެސް އިންސާފޭބުނާނީ ސަދޫމްބަޤައިގެ މީހުން. ކުށެއްކޮށްފިނަމަ ބޮޑަސް ކުޑަޔަސް އިއްޒަތްތެރިވިޔަސް ނިކަމެތިވިޔަސް އަދި ފަޤީރަސް މުންސަނދިވިޔަސް ކުރި ކުށަށް އަދަބު ދިނުމުގައި އިންސާފުވެރިނުވާނަމަ ޝަރުއީ ނިޒާމެއްގެ ބޭނުމެއްނެތް. މިހާރު މިފެންނަ ކަންތައްތަކަކީ ބިރުވެރި ހަޔާތެއް މިގައުމުގައި ފެށިދާނެ ކަމުގެ ސިގުނަލްތަކެއް. އިންސާފެއްނެތް. ޣާޒީންގެ އަދުލުވެރިކަމެއްނެތް. އަދި ލަދުހަޔާތެއްވެސް ނެތް. ގައުމިއްޔަތެއްގެ ދިރުން މިހިރަދަނީ މަރުވަމުން. ދެވަނަ އަދިރި އަދިރިންގެ ވެރިކަން ފެށުމުގެ އެންމެހާ އަލާމާތްތައް މިދަނީ އިންތިހާއަށް ފާޅުވަމުން. މާތް ﷲ އެންމެހާ ދިވެހިން މިޖެހިފަިއވާ ބަލާވެރިކަމުން ސަލާމާތްކޮށްދެއްވާ އިންސާފުވެރި ދުވަހެއް ދައްކަވާންދޭވެ.

 25. އަބޯ

  ސާބިތު މައްސަލައެއް . ހުރިހާދިވެހިންގެ ކުރިމަތީ ކުރިކުށެއް 100 ފޫޓަށް ކައިރިވިޔަ ނުދޭނަމޭވެސް ބުނި .ވަޒީރުންގެ މަޖިލީހުގެ ޔައުމިއްޔާ އެއޮތީ . މުލީއާގޭގަ ލިޔުނު އަތުލިއުން މިހާއރުވެސް މިއޮތީ . ސާބިތުމައްސަލައެއްގަ ދުލެއްނުކުރެވޭނެ. ރަހީނުކުރުން އޭރު ގާނޫނުގަ ވަނީޓެރަރިޒަްމްކަމުގާ .މިއީސާބިތު ކަންކަން. ވީމާ ނުކުރާކަމަކަށް ހަދޭކަށް ނޯންނާނެ ގާނޫނުއަސާސީގެ 115 ގެޒ އިން ގާނޫނެއްހެދިފާ ވެސް އެބައޮތް . ވީމާ މާޒީ ގެރައީސްންގެ ހަނދާންނައްތާލާ އާރައީސާ އެކު ކުރިޔަށް .

 26. ސޫޕްރީމް

  ސޫޕްރީމް ކޯޓޭ އަޅެ ހަމަ އަދުލް އިންސާފުގެ އެންމެ މަތީ ކޯޓުތަ ހަމަ އެތަނަކީ އަޅޭ ހަމަ ތެދެއް ވަރަށް ލަދުވެތި އެކަމުވެސް އޯކޭ ދެން މިތާ ހުރިހާ ހައްގެއް އޮންމާނެ ވިއްޔާ ކުޑަކޮށް ކަޓާ އެއްޗެހި އޯކޭ ވާނެ އަންނެއް ނެތްތަނެއްގަ ފިރިހެނެއްވެސް އޯކޭ ނު؟ ގައުމު އިންގާނެ އަވަށްޓެރި ގައުމު ތަކުން އަހަރުމެންގެ އަނބި ދަރިން ތައްތައިންނާއި މައިން އެވެރިންގެ ޝިކާރަވެރިންނަށް ވެސް ވާނެ ދެންވެސް އޯކޭ ވާނެ. މިކަންކަމުގެ ޒިންމާ ސިޔާސީ ވެރިންނާއި ކޯޓު ތަކުގެ ފަނޑިޔާރުން ފުރިހަމަ އަށް ނަގަން ޖެހޭނެ.