ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބެލުމަށްޓަކައި އިލެކްޓްރޯނިކް ސިސްޓަމަކުން ގުޅާލުމުގެ މަސައްކަތް ކުރުމަށް ދިރާގާއި އިސްލާމިކް މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދު އާއި ޕާމަނަންޓް ސެކެޓްރީ މުސްއަބް އަބްދުﷲ އެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އާއި ޑިރެކްޓަރ އޮފް ކަސްޓަމަރ ސަރވިސެސް އެންޑް ސޭލްސް އަލީ ރިޔާޒްއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ 700 އަށްވުރެ ގިނަ މިސްކިތެއްގެ މުވައްޒަފުންގެ ހާޒިރީ ބެލުމުގެ ނިޒާމެއް ގާއިމު ކުރެވޭނެއެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ މުސާރަ ދިނުމާއި އެލަވަންސް ދިނުމުގައި އިތުރަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެއިތުރުން މިސްކިތްތަކުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގެ މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަގަޅުކަމެއް ،، އެމީހުން ވަރަށްރުޅިއަންނާނެ ވަރަށް ފަރުވާކުޑަ ބައެއްއެއީ ކެމެރާވެސް ހަރުކުރަންވީ އެއިރުން އެގޭނެ ނަމާދުގަ މުދިމުން ކުއްކުރާވަރާއި ނިދާވަރު. .. އަވަސް ކުރަންވީ...

  2. ތިޔަ މުދިމުން ނޫނީ ނޫޅޭނެ ސަރުކާރުގެ ދެތަނެއްގައި މަސައްކައް ކޮގެން ލާރި ހޯދާބައެއް މިހާރު މިސްކިތުން ލިބޭވަރު މަދުވެގެން މުދިމުން ހަސަރާގައިވެސް މަސައްކަތް ކުރަން ފަށައިފި

  3. ރަގަޅު ނިންމުމެއް ވަރަށް ފަރުވާކުޑަ މިސްކިއްތަކުގެ މަސައްކަތު މީހުން