ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ހައުސިން މިނިސްޓްރީ

ގދ. މަޑަވެލި އަދި ހޯނޑެއްދޫ ގުޅުވާ ކޯސްވޭގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ނިމި ބޭނުން ކުރެވެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ކޯސްވޭގެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެެވެ. އެ ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ ކޯސްވޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށްދަނީ ކަލްވާޓްސް އާއި ރިވެޓްމެންޓް ހެދުމު މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް ޖޫން މަހު ހުރިހާ މަސައްކަތެއް ނިމި ބޭނުން ކުރެވެން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯސްވޭގެ މަސައްކަތް ނިމި ދެ ރަށް ގުޅުވުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯސްވޭގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު މާލޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގެ މައުލޫމާތުވެސް މިނިސްޓަރ ގެންދަވަނީ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވަމުންނެވެ. އެގޮތުން ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ ހުރިހާ މަސައްކަތެއް ނިމުނުކަންވެސް އިއްޔެ މިިނިސްޓަރ ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަކަށް ކަމެއް ކުރާ އުސޫލުން މަޑަވެލީގައި ކޯޒްވޭ އެއްތިހަދާލީ! ކޯޒްވޭ ހަދަން ޑިޒައިން ކޮށްފަ އޮތްގޮތައްތަ ތިކޯޒް ވޭ ތިއޮތީ އަޅާފަ! މިތަހުޒީބު ވަމުން އަންނަ އަހަރުތަކުގައި ރައްރަށުގެ ތަރައްގީއަށް ކަންކަން މިކުރަނީ އަމާބުނީތީ ފަރައްދާ އުސޫލުން. މިއައްވުރެ ފުރިހަމަކޮށް މާލޭގައި ހުރިހާކަމެއް ކުރާއިރު މަޑަވެލީގެ ކޯޒްވޭ މިހާ ކަންފަސޭހަކޮށް އަޅަން ބަޔަކާ ހަވާލުކޮއްފަ ވަށައިގެން ވެލިބަސްތާއިން ގަތާލިޔަކަސް މިމަޑަވެލިން ލިބިދާނެ ވޯޓާމެދުވެސް ވިސްނާލުން ބުއްދިވެރި.

  2. ކޯސްވޭ އަށްކިޔާނެ ދިވެހި ނަމެއްނެތްތޯ؟