ސަރުކާރުން މާލޭ ސިޓީއަށް އަމާޒުކޮށްގެން ހިންގާ ބޮޑެތި މަޝްރޫޢުތަށް ނިމެން ގާތްވެފައިވާއިރު، ރަސްފަންނު ސަރަހައްދުގައި ޤާއިމް ކުރާ ޕެވިލިޔަން މީގެ ތެރެއިން ބިޔަ އެއްމަޝްރޫއުއެވެ.

މިއަންނަ މަހު މިތަން ހަދާ ނިންމާލެވޭނެކަން ހައުސިން މިނިސްޓްރީއިން ހާމަކުރުމާއެކު، ޕެވިލިއަންގެ ވާހަކަވަނީ ވައިގައި ހިފާފައެވެ. މިއާއެކީ، ދިވެހި ބަހުގެ އެކަޑަމީއިން އެބޭފުޅުންގެ ވާޖިބު އަދާކޮށް ރަސްފަންނުގައި މިހަދާ ޕެވިލިއަންއަށް ދިވެހި ނަމެއް ފާސްކޮށް އެނަންވަނީ އާއްމުކޮށްފައެވެ.

އެކެޑެމީއިން ޕެވިލިއަންއަށް ކިޔާނެ ދިވެހި ނަމުގެ ގޮތުގައި ކަޑައަޅާފައިވަނީ "ފަވީލާ" އެވެ. ދުލަށް ފަސޭހަ މިނަން އެކަޑަމީންއިން ފަސްކޮށް އެކަޑަމީގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވަނީ މިއަދުއެވެ.

މީގެ އިތުރުން މިއަދު އެކެޑެމީއިން ވަނީ އިތުރު ތިން އާ ލަފުޒެއް، ވުނަ، ވުނަކުރުން، ވުނޭރު، އިއުލާންކޮށްފައެވެ. "ވުނަ" އަކީ އިންވެންސްޓްމެންޓްގެ ދިވެހި ލަފްޒެވެ. "ވުނަކުރުން" އަކީ އިންވެސްޓް އެވެ. "ވުނޭރު" އަކީ އިންވެސްޓަރެވެ.

ދިވެހި ބަހުގެ އެކަޑަމީއިން ދިވެހި ބަސް ކުރިއަރުވަން ގިނަ މަސައްކަތް ކުރަމުންދާއިރު، އެކަޑަމީއިން އާއްމުކުރާ މިފަދަ ދުލަށް ފަސޭހަ ބަސްތަކަކީ ދިވެހިންނާ ރަޙްމަތްތެރި އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިން ބޭނުން ކުރާ ބަސްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޢެކަޑަމީ

  ޢެކަޑަމީ އަށް ދިވެހިބަހެއް ހަދަން ނޭނގޭތަ؟ ފަވީލާ ގެ ބަދަލުގަ ފަވިލާ ކީނަމަ އަދި މާފަސޭޙަ ވީސް

  • އ މ ރ ބ

   އަސްލުވެސް ދޯ

  • ޏާ

   އެބަހުގެ މާނަ އެނގޭތަ؟

 2. ފަރީލާ

  ބަލަ ފަޒީލާ އަހަރުންނާ ގުޅުވާފަ

 3. އަސަރޭ

  ބަސްބަހަކީ ހަދާއެއްޗެއްނޫން. އެއީ އޭގެޒާތުގަ އުފެދޭ އެއްޗެއް. - ދިވެހި ބަހުގެ ފެކުޓަރީ

 4. ހުސްނާ

  ފުރަތަމަ ތިޔަތަނުގެ ނަން ދިވެހި ކުރަންވީނު

 5. މީ

  އަންހެން ކުއްޖަކަށް ކިޔާނަމަކާ ވައްތަރީ.

 6. މޮހޮނު

  ޕެވެލިއަން މާލޯބި ނަމެއް.. ހަމަ އެއްޗަކަށް އެއްޗެ ހަދާ ބައެއް. މަ ކިޔާނީ ޕެވެލިޔަން

 7. ދިވެހިން

  ޢެކަޑަމީ އަށް ދިވެހި ނަމެއް ފާސް ކުރާނީ ކޮން ދުވަހަކުން؟