މިދިޔަ އަހަރުގެ މާޗް މަހު ރަސޫލެއް ކަމަށް ދައުވާކޮށް، އަދި އޭގެ ފަހުން އިސްލާމްދީނާއި ޚިލާފު އެތައް ވާހަކައެއް މީސް މީޑިއާގައި ދައްކާފައިވާ ޖޭއެސްސީގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.

ވެލެޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ނިންމާފައެވެ.

ވެލެޒިނީ މިއަދު ރާއްޖެ އައިސްފައި ވާއިރު އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ފުލުހުން ވަނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އިއުލާން ކޮށްފައެވެ.

ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.

"އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުޞޫލުތަކުން ވަނީ ކަނޑައަޅާ ދީފައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

އެ ބަޔާނުގައި ބުނީ ބުއްދި ސަލާމަތުން ހުރި މުސްލިމަކު މީހަކު މިފަދަ ވާހަކަތަކެއް ދައްކައިފި ނަމަ އެ މީހަކު ވާނީ އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެފައިވާ މީހެއް ކަމަށެވެ.

"މިގޮތުން ބަލާއިރު ޢާއިޝަތު ވެލެޒިނީ މުޙައްމަދުގެ މިވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް އޭނާއަކީ، މުރުތައްދުވެފައިވާ މީހަކުކަމުގައި މި މިނިސްޓްރީގެ ޢިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅައިފި ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ބުނާ ގޮތުން އޭނާ ދިރިއުޅެފައި ވަނީ ނެދަލެންޑްސްގައި ރެފިއުޖީއެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

85 ކޮމެންޓް

  1. އައިޝާ

    މިހާރު އޭނާވެސްވާނީ ހުދު ކާފޫރުކޮޅަކަށް

  2. މެކް

    ކޮބާ އޭނަ ހިފާ ހައްޔަރުކުރޭ

  3. ހަގީގީ

    ހައްޔަރު ކުރޭ!!

  4. އަފީފު

    އެންޑީޕީން މީނަ ހިމާޔަތް ކުަރަން ޖެހޭނެ.

  5. އަސްލު

    ލަފާ ކުރެވޭ ގޮތުގައި އޭނަޔަށް ވަނީ އިސްލާމިކް ރިފޯމް މިނިސްޓަރުކަން ނުވަތަ ޖެންޑަރ މިނިސްޓަރުކަން އޮފަރ ކޮއްފަ. މިހެންވެ އަޅުގަނޑުމެން ރައީސް ޔާމީން އަށް ތާއީދު ކުރެވެނީ. މި މީހުން ކުއްލިއަކަށް ވެރިކަން ބަދަކު ވުމުން އައީމަ އެބަދޭހަވޭ ނުލިބިގެން އުޅުނީ ކޮން މިނިވަންކަމެއްކަން

  6. ރުޅި

    ސަންތި މަރިޔަނބު މާލެ ރާއްޖެ އަތުވެއްޖެ ހިފާ ހައްޔަރުކުރޭ

    • ކިޔާ

      ހާހާހާހާހާ........!!

  7. ދުރުމީ

    މިބައިގަނޑު މިދައުރުގަ ރާއްޖެ އަންނާނެ. ދައްކަވަން ހުރިތަނެއް ދައްކަވާފަ މަރުގަންނަވާނީ

  8. ައަންޙެނާ

    ދެން ނަޝީދުގެ އެޑްވައިޒަރުކަން ދިނީމަ ރަނގަޅުވާނެ. އެކަމާ ތިއައީ!

  9. އައިޝް

    އޭނަ ހިފާ ހައްޔަރު ކޮއްފަ ހައްދު ޖަހާ

  10. ޖަޒީރާ

    ތިއީ ޖަޒީރާ ރާއްޖޭގަ މައްސަލައެއް ނޫން. ބޭނުން މީހަކަށް ބޭނުން ގޮތަކަށް އުޅެވޭނެ. އިބޫ އޯކޭ، އަންނި އޯކޭ، އަހަރެން އޯކޭ

    • ....މނ

      އެހެން ވިޔަދީގެން ނުވާނެ . މީ އަހަރެމެންގެ ވެސް ޤައުމު. އަހަރެން އޯކޭއެއް ނޫން. އަހަރެން ތިކަމާ ދެކޮޅު!!!!!!!

    • ޙުސެން

      ދުނިޔޭގައި އަހަރެމެނ އޯކޭ ނޫނ ކިތައްމެ މީހުން އޫޅެއެވެ. އަހަރެމެނ އޯކޭ ދީގެނ އުޅޭ އެތައް ޣައިރު މުސްލިމުން ވެސ އުޅެއެވެ.

  11. ރައްޔިތުމީހާ

    އަލްހަމްދުލިއްލާހި. މި ވީ މިކަންވެސް. ދންq އަވަހަށް ދަންޖަެއްސުމަށް ހުކުމްކޮށް ތަންފީޒުކުރޭ. ދެސް ވަޓް ވީ ވޯންތް.
    -ދިވެހި ރައްޔިތުން

  12. އަބުޅޯ

    ހައްޔަރު ކުރޭ

  13. ޢާއިޝާ

    ޢޭނާގެ މައްޗައްވެސް ކުށެއް ސާބިތެއްނުވާނެ. ދީނަށްވުރެން ސިޔާސީ ވީމަ ކުށުންބަރީއަވާނެ.

  14. ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

    ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނެ ޑޮކްޓަރަކު ނުބުންޏަސް އޭނާ ސިނކުނިޑި ހަމަނުޖެހޭކަން. ވީމާ އެހާބޮޑަށް އޭނާއާއި ޖައްސާލުމުގެ ބަދަލުގައި އޭނާ އަށް ފަރުވާދީ އަނބުރައި އިސްލާމީ ރިވެތި އާދަކާދަ ތަކުގެ ތެރެއަށް ގެނައުމަށް ހުރިހާ ބޭފުޅުންގެ އެއްބާރުލުން ދޭންޖެހޭ.
    ބުއްދި ގޯސްވެ މީހަކު ކުރާ އަމަލަކާއި ދައްކާ ވާހަކަޔަކުން އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލަން މަސައްކަތް ކުރުމާއި ލަދުގަންނަވާލަން އުޅޭނަމަ ވިސްނާލަންވީ ތިއިން ބޭފުޅެއްގެ އާއިލާގައި ނުވަތަ ދައްނަ މީހަކަށް މިކަހަލަ ކަމެއް ދިމާވެއްޖެއްޔާވެސް ހަމަ ތިހެންތޯ ހައްދަވާނީ.

    • ....މނ

      ބުއްދި ސަލާމަތުން ނެތް މީހަކަ 3/4 އަހަރު ވަންދެން އެކަނިމާ އެކަނި ރާއްޖެއިން ބޭރުގަ ހަމަޖެހިލައިގެން ތީވާނެެކަމެއް ނޫން ދޯ!!! އޭނަ އެއީ ބުދި ހަމަނުޖެހޭ ނަމަ ބޭރުގެ ނޫސްތަކަށް ވެސް އަރާނެ. އޭނަ މޮޔައަކަށް ވެގެން އުޅޭ ގޮތުގެ ވާހަކަ
      އެއީ .- ހަމަނުޖެހޭ މީހެއްނޫން
      އެކަހަލަ ވާހަކަ ދައްކާނީ ހަމަ ޖާާހިލުން

    • އެންޓޯނިއޯ

      ވަރަށް ރަނގަޅު ވާހަކައެއް

  15. ސޯލިހު

    ކޮބައިތަ ސައިޚް އިލިޔާސް އެއްޗެއް ނުބުނޭތަ؟

    • Anonymous

      ތީ ހުސް މޮޔައިންގެ ރާއްޖޭގައި އުޅޭ މީހުން.!!

  16. އިބުރާ

    ބަލަގަ އަދިވެސް ވެރިކަމުގަ ހުންނެވީ ރައީސް ޔާމީން، ދެނެކާ ދެނެއްނެތޭ ކިޔައިފަ ތިޔަ ސަންތި މަރިޔަންބު ހިފައި ހައްޔަރުކޮށްބަލަ. އެހެންޏާ ފަހެ އެއޮތީ ފުލުހުން މީގެ އެތަކެއް ދުވަހެއް ކުރިން އެއިދާރާއަށް ހާޟިރުވާން އަންގައިފަ ދޮތަ.

  17. Anonymous

    މީނާ ހައްޔަރުކޮއްފަ ހައްދުޖަހަންވީ

  18. ޔެސް

    ޖޭއެސްސީ އަށް މެންބަރުން ހޮވާތީ އަވަސްވެގަތީ...

  19. ޙަަައްގު

    ޙައްޔަރު ކޮއްލުން އެންމެ ރަނގަލުވަނީ.
    މުޖުތަމައަށް ހުރި ނުރައްކަލެއް.
    މަވެސްމިިީ އެމްޑިިީޕިީ މިީހެއް .
    ޢެ ކޮއްލިީ ބޮޑުވަރު

  20. މާރިޔާ

    ވެލެޒިނީ އަކީ މުންތަހަބު ގެ ވަރައް އަރިސްބޭފުޅެއް. ޖޭއެސްސީގަ އުޅުއްވި ބޭފުޅެއް. މީހަކު ކުށެއް ކުރީމާ އެމީހަކު އެކުށައް މާފުކޮއްފިވިއްޔާ އޭނާއަކީ މުރުތައްދު ވެފަ ހުރި މީހެއްގެ ލަގަބަު ލިބެން ޖެހޭނެ މީހެއްނޫން. އަޅުގަނޑު މެންގެ ސަރުކާރުގައި އެފަދަ މީހުން ބަލައިގަނެ ރަގަޅު ގޮތެއް ހޯދަދޭނަން.

    • ނިންނި

      ބަލަ އިސްލާމްދީނުން ބޭރުވީމަ މާފުތަކުރަންވީ؟ ތައުބާއެއްނޫންތަ ވާންވީ

  21. ކަނބޫގޯނބިލި

    ފުލުހުންނަކީ މިނިވަން ބައެއްނަމަ މިހާރުން މިހާރަށް ވެލެޒިނޭ ހައްޔަރު ކުރަން ގޮވާލަން

  22. ބެޓްމޭން

    އަޅެ ދެޓްސް ނޮޓް މީ .......

  23. ޙައްވަ

    އޭނާ ބޭރުކުރޭ.އޭނާ އަށް އމޑޕ އެއްވެސް އޮފާރ އެއްދީފިނަމަ އަހަރެމެންގެ ސަޕޯރޓް ނިމުނީ

  24. މުޖާހިދު

    މާތްކަލާގެ ހެއްދެވި އިންސާނީއަޅުންތަކުގެތެރެއިން އިސްލާމްދީން ގަބޫލްނުކުރާ އަޅުންނަކީ
    ކާފަރުން މިއީ ވަރަށް ނުބައިބައެއް ބެލެވޭގޮތުން ވެލެޒިނީ ކާފަރަކަށްވުރެވެސް ގޯސް އެއީ
    ކާފަރުންވެސް ރަސޫލްކަމަށްދައުވާއެއްނުކުރޭ ވީމާ ރަސޫލްކަމަށްދައުވާކުރާފަރާތަކީ ވަރަށް
    ގޯސްފަރާތެއް އިސްލާމިކް މިނިސްޓްރީން ބަޔާންނެރުއްވައިގެން ނުނިމޭނެ ވެލެޒިނީ ހިފާ
    ހައްޔަރުކުރަންޖެހޭ މިހާރުން މިހާރަށް މީގެކުރިން މިހުރިހާދުވަގު ގައުމުން ބޭރުއުޅެފަ
    ސަރުކާރު ބަދަލުވުމުންރާއްޖެއައުމުގައި އެހެންކަމެއްވާކަމަށް ޝައްކުކުރެވޭ ހުވާކުރުމާގާތް
    ވެފައިވާ އައުސަރުކާރުންވެސް ވެލެޒިނީފަދަ ޖާހިލުފަރާތަަކަށް ހިމާޔަތްދެވިގެންނުވާނެ

  25. ޢީސަދަރި

    ދެން ތިޔަ ވަލުޒިނޭ ވާނީ އަންނިގެ ހިޔުމަން ރައިޓްސް އެޑްވައިޒަރ އަކަށް. ކުރިންވެސް އޮތީ އެމަންޖެ ބަލިވީމާ ފައިވާން ބާލައި ހުސް ފައިގަ ހޮސްޕިޓަލަށްވެސް ގޮސްފައި ވިއްޔާ.

  26. ރެގްރެޓް ނައު

    ދެން މިފަދަ އެތައް މުރުތައްދުން ރާއްޖެ އަންނާނެ.. އަދިވެސް އުޅޭނެ ދީނަށް ހަޖޫ ޖަހާ އެތައް ދިވެހިންނެއް އަންނަން..

  27. އާދިލް

    މަލާމާތާއި ފުރައްސާރަ ކުރުމުގެ ބަދަލުގައި ވެލެޒިނީއަށް ވެސް ތެދުމަގު ދެއްކެވުން އެދި ދުޢާ ކުރައްވާށެވެ.

  28. ފުލްސޮޓޮޕް

    ޖުޑިސަރީގެ އިސް މަޤާމެއް ދޭން ފެނޭ!

  29. Anonymous

    އަންނާނެ އެއްނު. އަންނިއާ ވެލެޒިނީއާ އޮންނަނީ ހިތާ ހިތުގެ ގުޅުމެއް. ވީހާލެއްގަ ވާން ތިގޮލާވެސް އައީ

  30. ގުދިބެ

    ތިކަހަލަ އެތައް ޒިނީއެއް އަދި ފެންނާނެ މި އަންނަވެރިކަމުގަ. އެމް.ޑީ.ޕީ ލާދީނީޔޭ ބުނެފީޔާ ގޯސްވާނީ އަހަރުމެން. ޢެކަމަކު މިކަހަލަ އެންމެން އަންނަން ބޭނުންވާނީ އެ ވެރިކަމުގަ. ކަމެއް ވެގެންތާ ގައިމު.

  31. ގާސިމްބެ

    މިޔޯ މީތަ އިބޫވެސް ބޭނުންވާ ގޮތަކީ ބޯހަލަކު ކޮބާ 4 ލީޑަރުން ޕިލިސްކޮބާބާ ކިހިނެއްބާ ފިޔަޅު އަޅަނީ މީ ބޯން އުޅުނު ބޮނޑި ..ހުރިހާކަމެއް ހެޔޮވަރު. ޟާތްކަލާކޯ

  32. މުޙައްމަދު

    އޭނާ ފަދަމީހަކު ރާއްޖެއައީ އަނެއްކާ ކީއްކުރަންބާ ! އެހެންމީހުން މަގުފުރައްދަންބާ.......!

  33. އަލީ123

    ދިވެހިންގެ ދީނައް އޮތް ލޯބި ކޮބައި. ކީޔާނެ އެއްޗެއްކިޔާފަ ހަމަ އުޅެންވީތަ. އެހެންގައުމުތަކުން ހަންފަތުރަނީ، ދިވެހިން ވަނީއަޅުވެތި. ވަތަނީ ލޯބިކޮބާ! ދީނޭ ކިޔައިގެން ވޯޓުހޯދިމީހުން ތިބީ ހުޅަގުދެކެ ބިރުން. މަގާމަކީ ދާއިމީ އެއްޗެއް ނޫން.

  34. ތުރުތުރު

    ހައްޔަރު ނުކުރިޔަސް ގުރައިދޫ މަރުކަޒަށް ލެވިދާނެ ދޯ..... ނުވަތަ ޕެސްޓް ކޮންޓްރޯލް ކުރާ ފަރާތްތަކުގެ މަޝްވަރާއެއްވެސް ހޯދިދާނެ...............

  35. ކަނބުލޮ

    ވެލިޒިނީއަށް އިސްލާމިކް މިނިސްޓަރކަން އަވަހަށް ދޭންވީ

  36. އައިސްތު

    މިހާރުން މިހާރަށް ހިފާ ހައްޔަރު ކުރޭ!!

  37. އެދުރުބެ

    ކޮބާބާ ދީނީ އިލްމުވެރިން! ރަސޫލެއްކަމަށް ދައުވާކޮށްފައިވާ އަންހެނަކު ރާއްޖެއައުމުންވެސް އިލްމުވެރިންވެސް ބަސްހުއްޓިފައި! އެހެންވީމާ މަބުނަނީ ދީނީ ޢިލްމުވެރިންނަކީވެސް ލާދީނީ ބައެކޭ!

  38. ށަރަނގުބޭ

    ވެލެޒިނީ އައުމުން ޖުޑިޝަރީއަށް މެމްބަރަކު ޢައްޔަންކުރުމަށް މަޖިލިހުން ކުރާ މަސައްކަތް ހުއްޓާލައި، ކުރިޔެކޭވެސް އެއްގޮތައް އެކަމަނާ ވަގުތުން ވަގުތަށް ހަމަ މިހާރު ހަމަޖައްސަންވީ. އެހެން ނޫނިއްޔާ ނަޝީދު ރޯން ފަށާނެ، ނުވަތަ ނުފޮރުއްޕާން ކުރާނެ. އެކަމަނާއަކީ އިސްލާމެއްތޯ ޣައިރު މުސްލިމެއްތޯ ސުވާލު އުފައްދާނެ ޖާގަ ދެވިގެން ނުވާނެ!!!!

  39. އެދުރުބެ

    މީހާ ހުރިސިފަ. ހީވަނީ އިބްލީސްހެން

    • Anonymous

      ހާއް ހައް ހާ ވަކިވެސް ނުވޭ!!

  40. އެދުރުބެ

    މުސްލިމުން އުޅޭ ޤައުމަކަށް ތިޔަފަދަމީހަކު އަރުވަން ހެޔޮނުވާނެ!

  41. Anonymous

    ދެންމީނަ ރާއްޖޭގައި ޤައިރުދީންތައް ފަތުރާނެ!

  42. އެދުރުބެ

    މީނަގެ މައިން ބައިން ބަފައިންވެސް މީނައަށް ކިޔާފައި ވަނީ ކޮންކަހަލަ ނަމެއް! މުސްލިމުންނަށް ކިޔާކަހަލަ ނަމެއްވެސްނޫ!

  43. ސަމަންތަރު

    ޙީވަނީ ފައްޅިން ބޭރުކުރީހެން އެހެންވެ އެއައީ ސައްތި މަރްޔަނބު

  44. ސަމަންތަރު

    ތި މީހަ އައީމަ ނަޝީދު ވަރަށް ހެޕީވާނެ!

  45. އެދުރުބެ

    ވެލެޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ނިންމާފައެވެ

  46. އެދުރުބެ

    މީނާ ރާއްޖެއައުމަކީ މުސްލިމުނަނަށް އޮތް ވަރަށްބޮޑު ބޮޑުބިރެއް

  47. އެދުރުބެ

    މާތްﷲ މީނަގެ މައްޗަށްކޯފާ ލައްވާނެނަމަ ކިހާރަނަގަޅު

  48. އެދުރުބެ

    މީނާގެ ދުލުގެ ނާރުތަކުގެ ބާރުކެނޑޭފަދަގޮތެއް ﷲ މެދުވެރިކުރައްވާންދޭ!

  49. އިބު

    މުރުތައްދު ވެލިޒިނީ އަށް ވެލި ކާންދިނުމަށްފަހު، ހުރަގެއަށް ލާ!

  50. ޚަރާ

    އިސްލާމިކް މިނިސްޓްރީ ޔާ ހަވާލުވާން އެ އައީ.

  51. އަޙްމަދު

    ނާޝީދު ވަރަށް ލޯބިވާ އެއްޗެއް މިފާކުރެއްވީ. އަވަހަށް އެނާއަށް ޖުޑިޝަރީ ޙަވާލުކުރޭ. ނޫނީ ރިލިޖަސް މިނިސްޓްރީ އެއް އުފައްދާ އެނާއަށް މިނިސްޓަރުކަންދީ!!! ރަނގަޅަށް ކަމެއްވިއްޔާ މިއަދު އިއުލާން ކުރާލިސްޓްދައި އެނާ އޮންނާނެ!!!

  52. އަޖީތު

    ސިކުޑި ހަމަ ނުޖެހޭ މީހަކާ މިވަރަށް ދިމާކުރާނީވެސް ސިކުޑި ހަމަ ނުޖެހޭ މީހުން.

  53. ހަސަދު

    އެނާ ކިހިނެތް ރާއްޖެ އަށް އެތެރެވީ. މުސްލިމަކަށް ވުން އެއީ ދިވެއްސަކަށް ވުމުގެ އެއް ޝަރުތު. ދީނުމް ބޭރުވީމާ ދިވެއްސަކަށް ނުވާނެ.

  54. ާށ

    ބޯ ހަމަނުޖެހޭ މީހެއް ނޫން. ވަރަށް ނުލަފާ މީހެއް...ދިވެސެއް ނޫން މީ މިހާރު. ކާކު މީނަޔަށް ވިސާ ދިނީ...ހަޔަރުކުރޭ

  55. ޑިވެހި ގޭންގް

    އަދީބު ، އިލްހާމް ، ސިނާން ، ފުލައިޓުން ފޭބުމައި އެކު ޖަލަށް ، މުރުތައްދު ވެފައިވާ ވެލެޒިނީ ސަލާމަތުން މާލެއަށް... ދީނާއި ހިލާފު ވާހަކަ ފަތުރާ މީހާއަށް ހިމާޔަތް އޮތް ކަމުގެ ހެއްކެއް.. ސިޔާސީ ވާހަކަ ދައްކާ މީހާ ޖަލު ބަންދު. ޢަދި ވެރިކަން ބަދަލު ނުވޭ ، ވީމަ ކިހާ ފޯރިއެއް ދައްކާާލާނެ.

  56. އަހަންމާ

    ކޮބާ އިލްޔާސް ކޮބާ އިޔާޒް.. މި ހިރީ މި މީހުންގެ ފެންވަރު .. ދެއިރު ދެދަޅައަށް ޔަމީން ހައްޔަރު ކުރަން ޓްއީޓް ކުރޭ. ދީނެ ކިޔާތި. ލަދުން ބޯހަލާކު.

  57. Anonymous

    މަރާލާ

  58. ޢަލީ

    މާތް ޜަސްކަލާނގެ ތިޔަބައިމީހުން ނަށް އެފަދަ ނިކަމެތިކަމެއް ނުޖައްސަވާށި... ތިޔަބައިމީހުންނަށް ސިކުނޑީގެ ބައްޔެއް ނުޖައްސަވާށި!!!!!

  59. ހަސަންބެ

    އަވަހަށް މިޔަ ކޮށީ ވަޅިއަކުން ބޯ ކަނޑާލަން އުޅޭ!!

    • Hawwa Afeefa

      މީނާ ހިފާ ހައްޔަރު ކުރޭ

  60. ޠާރާ

    ޢޭނާ އަށް އަންނަން ދައުވަތު ދިނީ އެމް ޑީ ޕީ އިން ..... ޖަޒީރާ ރާއްޖެ އަށް މަރުހަބާ ....
    ޢޭނަޔައް މިނިސްޓަރު ކަން ލިބޭ ގޮތައް އޮތީ

  61. ލަފާދާރުބެ

    މަށަށްފެންނަނީ އޭނާއަށް ނަޞޭޙަތްދީ ތައުބާ ވޭތޯ ބަލަން! ތައުބާ ނުވެއްޖެނަމަ މައްސަަލަ ތަހުގީގު ކޮށް ސަރީއަތަށް ފޮނުވަންވީ! ހުކުމް ގާއިމުކުރަންވާނެ!

  62. .

    އޭނަ ސިކުޑީގާ މައްސަލަ އުޅޭކަމުގެ އެއްވެސް މެޑިކަލް ރިޕޯރޓެެއް އެބަ އޮތްތަ؟

  63. ނިހާނާ

    ދެން ފޭސްބުކް ލައިވެއްގަ ނަޝީދާއެއްކޮށް ނައްޓަވާލެއްވީމަ ދިވެހިން މާފުކޮށްފާނެ.

  64. ސަޓޯ ތުރާކުނު

    އަހަރެމެން ސަރުކާއް ގޮވާލަން މި މުރުތައްދުވެފަ ހުރި ކަލޭގެ ވަގުތުން ވަގުތައް ހައްޔަރުކޮގެން މިގައުމުން ބޭރު ކުރަން... މިއީ ގާނޫނުއަސާސީ ބުނާގޮތުން ދިވެހި ރައްޔިތެއްވެސް ނޫން... ކާކުތަ މީނަ ރާއްޖެވަންނަން ހުއްދިދިނީ... މިލާދީނީ ކަލޭގެ ބޭރު ކުރޭ... މިކަލޭގެ ރަސޫލުކަމައް ދައުވާ ކުރި ވީޑިއޯތައް އަދިވެސް އަރެމެން އަތުގަ އެބަހުރިި... ލާދީނީ ސޮލީބީ އެމް.ޑީ.ޕީ.... އައްޗީ

  65. އަހްމަދު

    ކޮބާތަ އެއްކަލަ ހަދީޝްވިދާޅުވާ ސޭޚްއާ ޓުއިޓްސޭޚް ކީއްވެބާ ހަށްޕު ކިއުއްވައިގެން އެތިއްބެވީ ޖަޒީރާގަ ހުއްދައީތޯ

  66. ވާނުވާ

    މި ސައިތާނު ރާއްޖޭން ބާލާ އިބޫ

  67. ޢނ

    މީދީނުން ބޭރުވެފައިވާ މީހެއް މީނާއަށް ޙަޤުައަދަބު ލިބެންޖެހޭނެ

  68. ާައަންމާ

    ސަފަރުކައްދަ މާލެ އަރައިފި!!!

  69. ހާމިދު ދާއީ

    ޖޭއެސްސީ އަށް ރައީސް ކަނޑައަޅުއްވާ މެމްބަރުކަން ދޭނަކަން ޖެގީންވީމާ ތޯއެއްޗެއް އޭނާ އެއައީ. އޭނާއަކީ އަބަދަލުވެސް އެމްޑީޕީގެ މެމްބަރެއް. އޭނާއަކީ ރައީސް ނަޝީދު ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅި މެމްބަރު. އޭ އެނބުރި އެއައީވެސް އެމްޑީޕީ އަށް ވެރިކަން ލިބުމުން. އެހެންވީމާ، މިއަދުމީ ރައްޔިތުން ވިސްނަންވީ ވަގުތު. ލެވުނު ވޯޓާ މެދު ވިސްނަންވީ ވަގުތު.

  70. ބައްބަ

    މިދައިތަ މަގަކުންނުފެންނާތި ފެނިއްޖެނަމަ އޮއްގަލުންތަޅާ ރަޖަމުކުރާނަން މިދައިތަޔައްހަލާކުހުރި ........މީ ސައިތާނެއް.

  71. އަފްލާ

    މިގައިމުގަވެސް އަދި އެހެން ގައުމުތަކުގަވެސް ސިކުނޑި މޮޔަވެ ކޮސް ގޮވާ މީހުން މަދެއްނޫން އެކަމަކު ރަސޫލެއްކަމަށް މަދު މީހަކު ނޫނީ ދައުވާނުކުރެ ތީ ސިކުނޑީގެ ބައްޔެއް ނޫން ތީ އޭނަޔާށް މިދުނިޔެ މަތީ ދައްކަވާ އަޒާބެއް އެހެން މީހުންނަށް އިމްތިހާނެއް އޭނަޔައްވެސް އިމްތިހާނެއް އޭނަގެ ޢަޤީދާގެ ބަލިކަށިކަން އިސްލާމް ދީނަށަ އިހްތިރާމް ނުކުރުމުން ދައްކަވާ އލާމާތެއް މިފަދަ މީހުން ނަށް ދޭނެ ނަސޭހަތެއްވެސް ނޯންނާނެ މުރުތައްދު ވެއްޖެ މީހާޔަށް އޮތީ ތައުބާވުން ނުނީ ހައްދެއް ކަނޑައެޅިގެންވާނަމަ ހައްދު ޖެހުން އެކަން އެއޮތީ ވީޑިއޯއިން ފެންނަން

  72. ތަލަ

    މީނައަވަހައް މަރާލަން ފެނޭ ސައުދީގަނަމަ އަރަތަނުން ބޯބުރި އެހެންގޮތެއްނެތް މީމުސްލިމުގައުމެއްނޫން މީނަންމުސްލިމު ގައުމެއް ދެފުއްދެގޮތްސޭހުން މިތާތިބީީ އައްނިއަކީ ރޫހާނީބޭފުޅެއް ވެލިޒިނޭއަކީ ރަސޫލެއް އައްނިޣައިބުގަ ހިގާކަންކަން ވެލިޒިނޭއައް ގެނެސްދޭނީ ވެލިޒިނޭ އިބޫއް އަންގާނީ ދެންވަރައްފަސޭހަވާނެ ހުރިހަމަރުތައްހޯދާލަން

  73. އައްޔު

    އަނެއްކާ ދީން ފަތުރަންބާ ތިއައީ ދެން ބޮޑު ސުވާލު؟ ދީނަށް ފުރައްސާރަކުރިޔަސް ދީން ބަދަލުކުރިޔަސް އެއްޖިއްސުން ގުޅުންހިންގުމުގެ މިނިވަންކަން ހޯދަން އުޅުނަސް މިއިން ކޮންމެ މީހަކުވެސް ނަޝީދުގެ ގާތް މީހަކަށް ނުވަތަ އެމްޑީޕީއަށް ނިސްބަތްވެފައި މިރާއްޖޭގެ އެހެން އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވަނީ ކީއްވެހޭ؟؟؟

  74. Anonymous

    ވާނުވާ ނޭގި ތިބެ މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ނުކިއުއްވަމާ ދެއްތޯ!

  75. ސަޓޯ ތުރާކުނު

    ދެން ވާނެގޮތަކީ އެމް.ޑީ.އިން ނިކުމެ މި މުރުތައްދު ވެފަ ހުރި ކަލޭގެ ހުކުމަކުން ސަލާމަތް ކުރަންވެގެން ހަދާނީ މޮޔަ މީހަކައް.. ދެން ދުވަސްކޮޅަކުން އަޑުއިވޭނީ އަންނިގެ އެޑްވައިޒަރު ކަން ވެލަޒިނީއަށް ދީފިޔޭ... އޭރުން އެވީ މޮޔަމީހެއްގެ އެޑްވައިޒަރަކައް މޮޔަ މޮޔަމީހެއް...

  76. ޙުކުމް

    މާލަސްވެއްޖެ ތީނަ ހިފާހައްޔަރުކުރަން ތީމިމުޖުތަމައްބޭނުން މީހެއްނޫން އީސީ ސަރރީފޫ