ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކެޓްރީ އަދި މަޝްހޫރު ލިޔުންތެރިޔާ އިބްރާހީމް ރަޝީދު ހޯރަ އިއްބެ ) ވަނީ ވަރަށްބޮޑަށް ފުރޭމް ކުރެވިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯރަ އޮންލައިން ނަމުގައި ހުޅުވި ވެބްސައިޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހޯރަ އިއްބެ އަކީ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއްކަމަށާއި، ހޯރަ އިއްބެގެ މައްޗަށް ހުކުމެއްކޮށް ޖަލަށްލާފައިވަނީ ރޭވުމެއްގެ ތެރެއިން ކަމަށެވެ.

"ހޯރަ އޮންލައިންގެ ނަމުގައި މިފަދަ މަސައްކަތެއް ކުރާއިރު އަޅުގަނޑު އެންމެ ބޮޑަށް ހަނދާންވަނީ ހޯރަފުއްޓަށް އުފަން އަދި އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއްގެ މަތިން. ހޯރަ އިއްބެއަކީ ލިޔުންތެރިއެއް. މޮޅުމީހެއް. ނަމަވެސް އެމަނިކުފާނު ވަނީ ފްރޭމްކުރެވިފައި" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހޯރަ އިއްބެއަކީ ރާޢްޖޭގެ ދިވެހިބަހާއި އަދަބިއްޔާތަށް މޮޅު މަދު ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށެވެ.

"އިއްބެއަކީ ދިވެހިބަހާއި އަދަބިއްޔާތަށް މޮޅު މަދު ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް. އަޅުގަނޑުގެ ކޮންމެ ތަޤުރީރެއް ތައްޔާރުކުރުމުގައިވެސް އިއްބެގެ އެހީތެރިކަން ހޯދަން. އެއީ ކުޅަދާނަ މޮޅު ޝަހުސިއްޔަތެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހޯރަ އިއްބެ ހައްޔަރުކުރުމުގެ މާކުރިންވެސް އޭނާ ފްރޭމް ކުރުމަށް ބަޔަކު މީހުން މައްސަކަތް ކުރަން އުޅޭކަމުގެ ވާހަކަ އެމަނިކުފާނާއި ހިއްސާކޮށްފައިވާ ކަމަށާއި ހޯރަ އިއްބެއަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ހޯރަ އިއްބެ ވަނީ ފްރޭމް ކުރެވިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ހޯރަ އިއްބެ ޖަލަށް ލާފައި ވަނީ ކުޑަ ކުއްޖަކާއި އެކު ބަދުއަޙްލާޤީ އަމަލު ހިންގަމުން ދަނިކޮށް ރެޑްހޭންޑްކޮށް ހައްޔަރުކޮށް އެމައްސަލައިގައި ދައުވާ އުފުލި ކުށް ސާބިތުވެގެންނެވެ. އޭނާ ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހުއ ެވެ.

2012 ވަނަ އަހަރުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ހޯރަ އިއްބެ އަންނަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

    ހެއް ހެއް... ކީކޭ ދެން ބުނާނީ.
    ޖާބިރު އާއި ހާމިދު އަބުދުލް ގަފޫރުވެސް ފަޅުރަށެއްގައި އަމިއްލަޔަށް ފްރޭމްވީ .

  2. ދޮންބެ

    ހޮރަ އިއްބެ ، ވެލިޒިނީ ޖުހާ މީ އައްނި ޔާ އިބޫ ހެވެސް ގާއް މީހުން ޖަޒީރާ ވަން ތަމީހުން

  3. Anonymous

    ތިނޫން މީހަކު އެބަހުރިތަޖަލައްލާފަ. ފަނޑިޔާރުންނައް އަނެކަތިކޮޅެއް ދީފަ ތިބައިގަނޑު ބޭނުންވާ މީހުން ދޫކޮއްލަބަލަ

  4. ދަރުބާރު

    އާ ކަލޭގެ ބައިވެތިން އެއްކޮށްގެން ބިރަކާ ނުލާ މަޖާކުރަން ފަށާ !

  5. ދޮށިކޮއި ޢަލީގެ މުޙައްމަދު

    އަޅުގަނޑު ފްރޭމްކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ ބިޑްބަލައިގަތުން އޮންނާނީ 17 ނޮވެމްބަރ 2018 ވާ ހޮނިހިރު ދުވަހު 1200ގައި ހުކުރު މިސްކިތު ދާލަ މަތިގައި މައުލޫމާތު ސާފްކުރަން ހާޒިރު ނުވާ ފަރާތް ތަކުގެ ބިޑްބަލައި ނުގަންނާނެވާހަކަ މައުލޫމަތަށްޓަކައި ދަންނަވަމެވެ.

  6. ތާތުމަ

    މިދެން މާމޮޅު ގޮތެއްދޯ މިގައުމުގަ. ބޭނުންވާހާ މީހަކު ހައްޔަރުން ދޫކޮށްލުމަށް ފްރޭމްކުރި ކަމަށް ބުނެ ވާހަކަ ދައްކަންވީ.