ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އައިޝަތު ވެލިޒިނީ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުޑައިރުކޮޅެއް ކުރިން ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވެލިޒިނީ ހައްޔަރުކޮށްފައިވާކަމަށެވެ.

ޖުޑިޝީއަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ ވެލިޒިނީ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ރާއްޖެ އައިސް ވެލާނާ އެއާޕޯޓްގައި ހުއްޓާ ބަޔަކު ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އޭނާ ހައްޔަރުކޮށްފައި މި ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އިއުލާން ކޮށްފައިވަނިކޮށް، ރާއްޖެ އައިތާ މަގިނައިރުތަކެއް ނުވަނީސްއެވެ.

ވެލިޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ނިންމާފައެވެ.

ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.

"އިސްލާމްދީނުގެ އުޞޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުޞޫލުތަކުން ވަނީ ކަނޑައަޅާ ދީފައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

އެ ބަޔާނުގައި ބުނީ ބުއްދި ސަލާމަތުން ހުރި މުސްލިމަކު މީހަކު މިފަދަ ވާހަކަތަކެއް ދައްކައިފި ނަމަ އެ މީހަކު ވާނީ އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެފައިވާ މީހެއް ކަމަށެވެ.

"މިގޮތުން ބަލާއިރު ޢާއިޝަތު ވެލެޒިނީ މުޙައްމަދުގެ މިވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް އޭނާއަކީ، މުރުތައްދުވެފައިވާ މީހަކުކަމުގައި މި މިނިސްޓްރީގެ ޢިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅައިފި ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ބުނާ ގޮތުން އޭނާ ދިރިއުޅެފައި ވަނީ ނެދަލެންޑްސްގައި ރެފިއުޖީއެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

64 ކޮމެންޓް

  1. ޢަބްދުﷲ

    ޔޫރަޕު އިއްތިހާދުން ގޮވާލާނެ ދޫކޮށްލާން. އެކަމަކު ތި ކަލޭގެ ދޫކޮށްލާގެން ނުވާނެ.

  2. ޢާދަނު

    ސާބަހޭ ދިވެހި ފުލުހުން މިފަދަ މީހުން މުޖުތަމަޔަށް ދޫކޮށްލާފަހުރުމަކީ އެތައް ބަޔަކު މަގުފުރަށްދަފާނެކަމެތް އަދިތިފަދަ ނުލަފާ މުރުތައްދުމީހުން ބަލައިގަނެގެންނުވާނެ ފުލުހުން ސިޔާސީމީހުން ތޮށިގަނޑުންނުކުމެ ގައުމު ރައަިތުންހައްގުގަ ޕޮރޮފެސަނަލްކަަންމަތީ ތިގޮތަށް މަސަތްކަތް ކުރަން ގޮވާލަން

  3. އެ މަންޖެ

    الحمد لله

  4. މަ

    ޕްލީޒް އެދައިތަ ދޫނުކުރާތި. ދައިތަ އިސްލާހް ނުވެއްޖެނަމަ ޙައްޤު އަދަބުދީ

  5. މަލާ

    މާދަމާ ސްޕްރީމް ކޯޓުން އަނަގާނެ ވެލެޒިނީއަކީ ހުދު ކާފޫރުކޮޅެކޭ އޭނަ ދޫކޮށްލާށޭ

    • ހަވާސާ

      ތީތެދެއް

  6. ޢަހުމަދު

    އިބު ހުވާކުރީމަ ދޫކޮއްލާނެ މިވެރިންވެސް ޖައްސާ މަޅިއެއްދޯ

  7. ހަންނާން

    މިގޮތައް މުރުތައްދުވާ މީހާގެ ހުކުމަކީ މެރުން ކަމުގައިވެސް ދަންނަވާލަން

  8. ޅަޜާ

    ދެން މަޖްލިސްއޮންނަ ދުވަހަކުން ގަރާރެއް ފާސްކޮއްފަ ދޫކޮއްލާނެ.

  9. ދދދދދދ

    ހޮނިހިރު ދުވަހާ ހަމައަށްވެސް ބެހެއްޓިއްޖެއްޔާ ރަނގަޅު. އޭނައާ އޭނަ ކަހަލަ މީހުންނަށް މި ގައުމު ވަރަށް މިނިވަން ވާނެ ދެން. އެކަން އޭނަ އެ އައި އަުމުންވެސް. ނައީމު ތައްވެސް އަންނާނެ. އާންމު ކޯފާއެއް މިތަނަށް ނުފޮނުއްވާފާނދޭވެ.

  10. Miadhu

    ވެލިޒިނީ ދޫކޮށްލުމަށް ސްޕްރިން ކޯޓުން އަމުރު ނެރުން ލަހެެއްނުވޭތަ

  11. علي وحيد

    ދޫނުކުރާތި ފަހަރެއްގަ ސޭޚު އިލިޔާސް ޙައްޤުގެ ވާހަކަވެސް ދައްކަފާނެ އަނިޔާއޭވެސް ކިޔާފާނެ ފަރަންޖީ ދޫނުކުރާތި

  12. މާސޭ

    ތީހަމަދައްކާލުމެއް މާދަމާމަޖިލީހުންދޫކޮށްލައްވޯޓުނަގާނެ

  13. ލޯބިމާ

    ރަނގަޅު

  14. ބަގީޗާ

    ނަޝީދު އާއި އެކީ އިިން ފޮޓޯ ލާގެން ހިތުން ވަރަށް މޮލު ކަމެއް ދޯ ތިކުރެވުނީ.....

    • ޙަމެ

      ކަލެއެކަމަ ކަޑަވޭދޯ. ޥެލިޒިނި އެކެ އަންނިއެކެ ވާނީ އެއްގޮތް.

  15. ކޮތަޅު

    ނަސީދުގެ ބަހެއް ބޭނުނވޭ

  16. ނޯ ނޭމް

    އަލްހަމްދުލިﷲށުކުރު...
    މަށަކީވެސް އެމްޑީޕީއަށް ތާއީދުކުރާ މީހެއް މޯލްޑިވްސް ޕޮލިސްއަށް ބުނެލަން އޮތީ ސާބަހޭ ދަރިންނޭ...??

  17. Miadhu

    ތިކަލޭގެ ހަވަރަށް ދޭންފެނޭ

  18. ބެއްޔާ

    ތިކުރެވެނީ އަނިޔާ ނޫނީ ކޮންކަމެއް ސުޕުރިމް ކޯޓުން ދޫކޮއްލާާނެ އަވަހައް

  19. މަސްވެިރިޔާ

    ސިޔާސީ ނުފޫޒްގެ ކަރަޕްޝަންގެ ސަބަބުން ވެލަޒިނީ ދޫކޮށްލާނެ. މިޤައުމަށް ރައްޔިތުންގެ ރެފަރަންޑަމެއްނެތި މައުމޫން ގެންނެވި ދެއުޅި އެއްނުވާ ޑިމޮކްރެސީގެ ސަބަބުން އިސްލާމް ދީނަށާއި ޤައުމިއްޔަތަގައި ރެދުލާ މިފުޑެނީ. މިއަދު ކޮބާތޯ ދަންނަ ބޭކަލުންނޭ ކިޔާ ޑރ. އަދި ދީނީ އިލްމުވެރިން... ތެދުވެބަލަ ބަސްބުނެބަލަ.....

  20. މުދިމްބެ

    ކުޅިފެނޭތޯ މިހާރުން މިހާރައް ދޫކޮއްލާ

  21. ލިކް

    ހަމަރަގަޅު

  22. މަޖާ

    ނަންނާ ބުދު ރުޅިއައީމަ ޖެހޭނީ ދޫކޮއްލަން

  23. .ހިރާސް

    .ެ.އެއްވަރުގެ މީހުންމީ މީހަކަށް ދޫކުރާނެ މީހަކުނެތް.

  24. ނަން ނޭންގޭ

    މީނަމީ މިހާރުވެސް ހައްޔަރުކުރަން ވެފަ ހުރި މީހެއް އިސްލާމްދިނާށް ހަޖޫ ޖަހަމުން ދުވާމީހެއް ދެރައީ މި އިބޫ ވެރިކަމަށް އަރާގޮތަށް ވެލަޒިނީ ދޫކޮށްލާނެތީ ކުށެއް ނުކުރާ މީހަކަށް ހަދާފަ.

  25. އަހަންމާ

    ކެނެރީ ނަޝީދު ގެ އެންގުމަކަށް ސުޕްރީމް ކޯޓުން ވެލެޒިނީ ދޫކޮށްލާނެ

  26. ޢަސިލަސް

    ވެލެޒިނީ މިއަދު ހައްޔަރު ކުރެވުނަސް މިމަހު 17 ގަ ދޫ ކުރާނެ. ޥެލެޒިނީ އައީ ސީދާ އެމްޑީޕީ އިން އަންގައިގެން އެމީހުންގެ އައިރު ދީން ފެތުރުމުގެ އެޖެންޑާ ޕްރޮމޯޓް ކުރަން. ވެލެޒިނީ ދޫކުރަން އެމްޑީޕީ އިސްވެރިން މިހާރުވެސް ގޮވަން ފަށައިފި. މާދަން ސައިހް އިލްޔާސް އިޔާޒް ވެސް ގޮވާނެ ކަމަށް ލަފާ ކުރެވޭ. އެންމެ ފަހު ނޭވާގަ ވެސް ދީން ހިމާޔަތް ކުރުމުގަ ދެމިހުރީތީ ރައީސް ޔާމީން އަށް ޝުކުރު ދަންނަވަން އަދި އެމަނިކުފާނަށް ލެވުނު ވޯޓަށް ޓަކާ މިއަދު ފަހުރުވެރިވުން އިތުރު ވެެއްޖެ

  27. އަޙުމަދު ޙަމީދު

    ސުމޯޓޯ މައްސަލައެއްގެ ގޮތުން ނީލަން ފިހާރައިން އެކަން ބެލުމަށްފަހު ވަގުތުން ދޫކޮށްލުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އަންގައި އަމުރުކުރާނެ އިބޫ ހުވާމުރާތަނަށް ދެވޭހާ ވަގުތު އޮއްވައި.

  28. ޙުސެން

    ވެލެޒިނީ ޖަލަށް ގެންދިޔައީމާ އޭނާ ސުވަރުގެއަށް ވެއްދޭނެތޯއެވެ؟ އޭނާމާރާލާމީހަކަށް ސުވަރުގެ ކަށަވަރުކުރެވޭނެތޯއެވެ؟ ރާއްޖޭގައި ދީނީ ނަސޭޙަތް ދިނުން ހުއްޓުވާ ނަރަކައިގެ ވާހަކަ ހުއްޓުވަާ ވެރިން ވައކަން ކުރުމާ ޚިޔާނާތާއި އެކިފާޑުގެ މުންކަރާތް ތަކަށް އަރަން ފެށުމުން މީހުންގެ ހިތްތަކުން އީމާން ކަން ވަނީ ގެއްލިގެންގޮސްފައެވެ. ހުރރިހާކަމެއްގެ އަސްލަކީ މިއެވެ. ދީނީ ޢިލްމުވެރިން އިޚްލާސް ތެރިކަމާއިއެކު ތެދުވާންވެއްޖެއެވެ.

    • ފަރީޝާ

      އެއްވެސްމީހަކަށް އެމީހަކަށް ސުވަރުގެ ލިބިއްޖެކަން ކަށަވަރެނުކުރެވޭނެ އެކަމަކު ﷲގެހުކުމް ތަންފީޒުކުރެވޭނެ ﷲގެއަމުރަށް ކިޔަމަންވުންނޫން އެހެންގޮތެނޯންނާ ކީރިތި ރަސޫލާއަށް ތަބައަވާންޖެހޭނެ އެމާތްނަބިއްޔާއަށް ފުރައްސާރަކުރާމީހުންނާ މުސްލިމުންނާ ގުޅުމެނޯންނާނެ ތިޔަމީހަކު ވެލިޒިނީ ދިފާއުތިކުރަނީ އޭނައަށް ތާއިދުކުރެވޭތީ ހަމައެގޮތަށް ﷲއާ ރަސޫލާ މުހައްމަދު ސައްލަﷲއަލައިހި ވައްސަލަމައަށް ފުރައްސާރަކުރާމީހުންނާވެސް މުސްލިމުން ދެކޮޅު. މުރުތައްދުވެފަހުރު އަންހެނެ އިސްލާހުނުވެ މުޖުތަމައުގަ ދޫކޮއްފަނުބެހެއްޓޭނެ ﷲގެހުކުމަށްކިޔަމަންވޭ ޖަދަލުކުރުމެ އޮވެގެންނުވާނެ.

      • އައިރާ

        ސާބަސް. ތީ ވިސްނޭ ދަރިޔެއް

  29. ޭލާރިބަނޑު

    ސްޕްރީމްކޯޓުން ރިވިއުކޮށްފަ ދޫކުޜާނެ. ޢޭނާގެ ވެސް ހައްގުތަކެއްވާނެކަން ސްޕްރީމްކޯތުން ހަނދާންކޮށްދޭނެ.

  30. އަން

    އަރަބި ނަންނަމުގައި އެބެފިލި ނުހުންނާނެ. ވީމާ ވެނެޒިލީ އަކީ އަރަބި ނަމެއްނޫން. ދަރިންނަށް ދީފައި ހުންނ ނަންނަމާ ދޭތެރޭވެސް ގިޔާމަތްދުވަހުން ސުވާލު އަންނާނެ. ތިޔައިން ކޮންމެ މީހަކީވެސް މަސްއޫލިއްޔަތު ތަކެއް ހަވާލުކުރެވި އެމަސްއޫލިއްޔަތު ތަކާދޭތެރޭ ސުވާލު ކުރެވޭނެ މީހެކެވެ.

    • ކޮސް

      ރަންނަމާރި އެރުމުގެ ކުރީން ދަރީންނަށް ދީފަ ހުރީ ކޮން އަރަބި ނަންތަކެއް؟

  31. ފަނޑިޔާރު

    ތީނަ އަށް ދީނުގަ އޮންނަ އަދަބު ދީ ދޫ ކޮއްގެން ނުވާނެ

  32. އައިއެސް

    ކަނޑިން ޖަހާ ބޯ ބުރިިކޮއްލާ

    • ތައުބާ

      ތައުބާ ނުވެއްޖެ ނަމަ އަދަބު ލިބޭނީ.
      ތިބާވެސް އިސްލާމް ދީނަށް ޖޯކު ޖެހުން ހުއްޓާ ލައްވާ!

  33. ޓެރޯ

    ތީނަ އަށް ދީނުގަ އޮންނަ އަދަބު ދީ ދޫ ކޮއްގެން ނުވާނެ

  34. އައި، ކިއު

    ޢަލްހަމްދު ލިއްލާހި، ނަސޭެހަތްދިނުމަށްފަހު ގަބޫލް ނުކޮއްފިނަމަ ބޯކަނޑާލާ

  35. އަޖައިބު

    އިސްލާމް ދީނުގައި މުރުތައްދު ވެވޭނީ ބުއްދި ހަމައަށް ހުރި މީހަކަށް އެކަނި

  36. ދެރަކަމެއް

    ވެލެޒިނީ ހައްޔަރު ކުރުމަކީ ހިތާމަ ހުރި ކަމެއް. އަދި އިންސާފާ އިންސާނީ ހައްގުތަކަށް ދެވޭ ހަމަލާއެއް. ރާއްޖޭގެ ކޯޓުތަކާ ފުލުހުންނަކީ ތައައްސުބުން ބޭރުތިބެގެން އިންސާނިޔަތުކަން އިސކުރުމަށްވުރެން ބޮޑު ގައުމީ ވާޖިބެއް ނުވާނެކަމުގެ އާއްމު އަޚްލާގުގެ މިނގަޑު ހިފެހެއްޓޭނެ ބައެއް ނުންކަން ވަރަށް ސާފު.އެއްވެސް ގާނޫނެއް އަދި ގަބޫލުކުރމެއް އިނސާނީ ހައްގަވުރެން މަތިވެގެން ނުވާނެ. އެހެންމީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުން ދީފާނެ ކަމުގެ ބިރު ނެތް މީހަކު ހައްޔަރުކޮށް ބިރުދައްކުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް އަދި އކަން ކުރުމަށް އެއްވެސް ފަރާތަކަށް ހައްގު ލިބިގެން ނުވާނެ

    • ބަލާހޯދާ

      އިންސާނާ އުފެއްދިވި ފަރާތުން ވަނީ އިންސާނާ އުޅެންވީގޮތާ އުޅެވޭނެގޮތް އަންގަވާފަ އަދި އިންސާނާއާމެދު އަމަލުކުރަންވީގޮތްވެސް އިންސާނުންގެ ހައްގުތަވެސް ކަށަވަރުކޮއްދީފަ މުރުތައްދުވެފަވާމީހާގެ ހުކުމަކީ ކޮބާއިތޯބަލާފަ ކޮމެންޓްކުރޭ ﷲހުކުމަށްވުރެ ކުރިޔަށް އިންސާނީ ހައްގެނޯންނާނެ.

    • ހެހެ

      މީހުން ހައްޔަރު ކުރަންޖެހޭ ސަބަބު އެނގެން ކަލޭވަރަށް މޮޅު. އަދިއެއްފަހަރު ގާނޫން އަސާސީ ބަލާލާފަ އާދޭ

  37. އަލީ

    ތިޔަ ސްޕުރީމްކޯޓަކީ މިގައުގެ ކުއްވެރިން ދޫކުރާ ކޯޓެއްތޯ! އުއްތަމަ ފަޑިޔާރަކީ އެއްކާ ކޮމިއުނިސްޓެއްބާ!

  38. މީޙުން

    ބަންދުކުރާނެ ކަމެއްނެތް . .ޔަގީން / އަންނި އޭނަ ދޫކޮއްލާނެ ،އޭނަގެ ބައިވެރިއެއްނު . އެއްތަސީގެ ދެފަރާތުން ބޯ ދެ ކާފަރުން،

  39. އަލީ

    ކޮބާ އަންނިވެސް ހަތްޔަރު ކުރޭ އެފަކީރު ދެރަވީމަ ހަތްޔަރުކުރީ . ބޮޑު މުރުތައްދު އަންނި ވެސް ހަތްޔަރު ކުރޭ

  40. އަބޯ

    ވެލަޒިނީ އެކަނިތަ ؟ ހައޮދުތައް ގާއިމްކުރަންދެކޮޅުހަދާ ކުރުސީނޫން އެއްޗެއް ހޯދަން ވާހަކަ ދެއްކި މީހާ ހައްޔަރު ކުރަން ނުޖެހޭތަ ؟އެހުރީޔޫޓިއއުބުގަ ފެންނަން އެކަލޭގެ ބުނި ވާހަކަތައް

  41. ނަޝީދު

    ޢަންނި އަކީވެސް ވަލުޒިނޭ ބަހުރުވައިން ވާހަކަދައްކާ މީހެތް

  42. ނިހާން ހަމީދު

    ޤރަނގާޅު އަޑުތައް އިވޭގޮތުގައި އެނަގެ އާއިލާގެ ބައެެއް ބޭފުޅުންވެސް އޭނަ ގެއައް ވައްދާކައް ގަބޫލެއްނޫން ..ވީމާ އޭނަ ބަހައްޓާ ޕޮލިހުގެ ބެލުމުގެދަށުގައި ..މިވަގުތައް އެންމެރަބގަޅު ގޮތަކީ ތީކަންނޭނގެ

  43. ރިޒާ

    އިބޫ އާ އެކު ހުރި ފޮޓޯއެއް ޖަހާބަލަ

  44. ޒިޔާދު

    الحمدلله

  45. ރާޅު ބޯއީ

    ތީ އެއްވެސް ކަމެއް ނޫން ކޮކްޓެއިލް ސަރުކާރުން އޭނާ ދޫކޮށްލާނެ

  46. ޙެހެ

    އެމް.ޑީ.ޕީ ސަރުކާރެއްގައި ވެލެޒިނީ ދޫކޮއްލާނެކަން ޔަގީން. ލީޑަރސިޕަކީ ވަރަށް ދެފުއްކެހެރި ބައެއް. ލަނޑަޔާވާނީ ލަނޑަޔާ އެމް.ޑީ.ޕީ ވާނީ ވެލެޒިނީއާ. މިހާރުވެސް އެޔޮއް އީވާމެން ގޮވަނީނުން ދޫކޮއްލަން. ސިކް ސިކް ޕޮލިސް އޯ ހެހެހެހެ މަހީހީހަލާކު. ސިކް ސިކް އީވާ. މިމީހުން ބޭނުންވާގޮތަށް ކަންކަން ނުވަންޏާ ދެން ތިބޭ އެންމެން އޭ ސިކް ނުވަތަ އަނިޔާވެރިބައެއް.

  47. ޑިމޮކްރަޓިސްޓް

    މި ޝައިތާނާގެ އމަލުތަކަށް ސޭކު އިލިޔާސުގެ އަނގައެއް ނެތްދޯ؟ ޔާމީނު ކަމެއްނަމަ ރިކާބިއެއްވަރުގެ ބޮޑު އަނގައެއް އޮންނާނެ!

  48. އެދުރުބެ

    އިބޫ ވެރިކަމުގައި މިކަހަލަ އެތައްކަމެއް ފެންނާނެ ! ދެން ތިބޭ ބަލަން1

  49. އެދުރުބެ

    އިބޫގެ ބަހެއް ނުލިބޭނަމަ ނުކެރޭނެ އަންނާކަށް! އެހެންވީމަ އަހަރެން ބުނަނީ އެމް.ޑީޕީ ސަރުކާރަކީ ލާދީނީ ސަރުކާރެކޭ

    • އައިޝާ

      ވެލެޒިނީ ރަނގަޅުވާނެ ރީނދޫ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން

  50. ކަލޯ

    އަންނިއާ އެކީ އިން ފޮޓޯ ނޫން ފޮޓޯއެއް ނުލިބުނީ ދެއްތޯ؟؟؟؟؟؟

  51. ސަމަންތަރު

    ޖަޒީރާ ރާއޖޭގެ ފަުރަތަމަ ދެމަފިރިން

  52. ސަމަންތަރު

    މީ އަނެއްކާ ދެލޯބިވެރިންބާ

  53. ސަމަންތަރު

    މިއީ އަލިފުޅާއި ދޮންހިޔަލަ

  54. ވެލާމީހާ

    ފަޑިޔާރުގެއަށް ވެލެޒިނީ ލައްވާ ގޯނާއާ ދުއްތުރާ ކުރި ގޮތަށް މި ކަލޭގެ އަމާޒަކީ މި އަންހެނާ ލައްވާ ﷲ އާ ރަސޫލާއާ އިސްލާމްދީނަށްވކުރެވުނު ގޯނާއަކާ ދުއްތުރާއެއް ކުރުން. އެކަމަށް ރާވައިގެން ޑެންމާކުން އޭނަ މި ގެނައީ.

  55. އަފީ

    ލަނޑަޔާ ވާނީ ލަނޑަޔާ!