އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ފުލުހަށް ހާޒިރުކުރުން މާދަމާއަށް ފަސްކޮށްފިއެވެ.

ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތުދީގެން އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް އެކި ގޮތްގޮތުން ނުފޫޒް ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް ފުލުހަށް ހާޒިރުވުމަށް މުހަންމާއަށް އަންގާފައި ވަނީ މިއަދު މެންދުރު 14:00 އަށެވެ.

ނަމަވެސް ފަހުން ފުލުހުން މުހަންމާއަށް ފޮނުވި ޓިޗުގައި ބުނެފައި ވަނީ މާދަމާ ހެނދުނު 10:30 އަށް ފުލުހަށް ހާޒިރުވުމަށެވެ.

މުހަންމާ މާދަމާ ފުލުހަށް ހާޒިރުކުރާއިރު ކުއްލި ނުރައްކަލުގެ ދަށުން އިއްޔެ ވަނީ އޭނާ ހައްޔަރު ވެސް ކޮށްފައެވެ. ނަމަވެސް ފޯނު އަތުލުމަށްފަހު މުހަންމާ ވަނީ ފަހުން ދޫކޮށްލާފައެވެ.

މުހައްމާގެ ފޯނު ހިފެހެއްޓީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.