ޖުމުހޫރީ ޕާޓީ ދޫކުރައްވައި އެހެން ޕާޓީތަކަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އަނބުރާ އެ ޕާޓީ އާއި ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން، އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރައްވަން ބޭއްވި ރަސްމީޔާތުގައިއެވެ.

ގާސިމް ވިދާޅުވީ އެ ޕާޓީ ދޫކުރައްވައި އެހެން ޕާޓީތަކަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އަނބުރާ ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިއީ ޕާޓީއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ޖޭޕީއަށް ވަދެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަން ބޭނުންވާ އެންމެހައި ބޭފުޅުންނަށް ފުރުސަތު އޮންނާނެ. އަބަދު ވެސް މަރުހަބާ ކިޔާނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިއަދު ޖުމުހޫރީ ޕާޓީ އާއި ގުޑިވަޑައިގަތް ދެ މެންބަރުންނަށް ޝުކުރު އަދާކުރާ ކަމަށާއި ދިވެހި ރާއްޖޭގެ މަސްރަހު ބަދަލުވަމުން ދާއިރު 23 ސެޕްޓެމްބަރުގެ ފަހުން ރާއްޖެ އަށް އަންނަ ހެޔޮބަދަލު ފެންނަމުންދާ ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅާއި އެކު މި ޕާޓީ އަށް ކުރިއެރުން ލިބެމުންދާއިރު، އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަށް މި ޕާޓީއާއި ގުޅިވަޑައިގަންނަވާ މަންޒަރު މިދަނީ ފެންނަމުން. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިލްސިލާ ގޮތެއްގައި މި ޕާޓީއަށް މެންބަރުން ގުޅިވަޑައިގަންނަވާ މަންޒަރު މެދުކެނޑުމެއް ނެތި ދާނީ ފެންނަމުން" ގާސިމް ވިދާޅުވިއެވެ.

މިއަދު އިތުރު ދެ މެންބަރަކު ޖުމުހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވިއިރު އިއްޔެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ ވެސް ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ. އަދި ގިނަ އަދަދެއްގެ އާއްމު މެމްބަރުން ވެސް އަންނަނީ ގުޅެމުންނެވެ. އެގޮތުން ދާދިފަހުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް ވަނީ ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލައްޓި

    ތިޔަ ޤާސިމަކީ ރިޝްވަތު ދީގެން ހުރިހާ ކަމެއް ކުރާ މީހެއް. ތިޔަ ކަލޭގެ ބަނގުރޫޓް ވީ ދުވަހަކުން ނޫނީ މި ގައުމު ހަމަޔަކަށް ނޭޅޭނެ.

  2. ޙައްވަ

    ސިޔާސީތުންފޮހި ޕާޓީ

  3. ޢާފިލު

    .ތީ ކައިގެން ވައެއްލާހާ ފަސޭހަކަމެއް ލާރި އެބޯތެއަނޫން ގަނެލެވޭނެ އަންނަން އޮތް މަޖިލީސްވެސް ގަނެލާ މަޖިލިސް މެމްބަރުންގެ ތެދުވެރިކަމާ އިޚްލާސްތެރިކަން ތިފެންނަނީ ކުރިއަށް އޮތް އިންތިޚާބުގާ ރައްޔިތުން ވިސްނަން ވެއްޖެ.