އިއްޔެ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކަކުލު ހުޅު ބަދަލު ކުރުމުގެ ދެ އޮޕަރޭޝަނެއް ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއީ މާލެ ފިޔަވާ ރާއްޖެ ތެރޭގައި މިފަދަ އޮޕަރޭޝަނެއް ކުރި ދެވަނަ ވަނަ ފަހަރެވެ. މިފަދަ ފުރަތަމަ އޮޕަރޭޝަންކޮށްފައި ވަނީ. އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. އެ އޮޕަރޭޝަންވެސް ވަނީ ކާމިޔާބު ވެފައެވެ.

އިއްޔެގެ ފުރަތަމަ އޮޕަރޭޝަން ހެނދުނު ކުރިިއިރު، ދެވަނަ އޮޕަރޭޝަންކޮށްފައި ވަނީ މެންދުރު ފަހުގެ ވަގުތެއްގައެވެ. ހުޅުބަދަލު ކުރުމުގެ މި އޮޕަރޭޝަން ފޭސްބުކްގައި ލައިވްކޮށް ގެެނެސްދިންއިރު، ފުރަތަމަ އޮޕަރޭޝަނަށް ދޮޅުގަޑިއެއްހާ އިރު ދިޔައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކުރިއަށްދިޔަ ހުޅުބަދަލު އޮޕަރޭޝަންގެ ތެރެއިން

މި އޮޕަރޭޝަންގައި ބައިވެރިވެފައި ވަނީ، ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރެއްކަމުގައިވާ ޑރ. އަލީ މުޒްނީ އާއި ތިނަދޫއަށް އުފަން އޮރތޮޕެޑިކް ސާރޖަންއެއްކަމުގައިވާ ޑރ. އަހުމަދު އާޒިމް އާއި ޑރ. އިސްމާއިލް ޒާހިރުގެ އިތުރުން އައިޖީއެމްއެޗްގެ އެކަމުގެ ހާއްސަ ނަރުހަކާއި، ހޮސްޕިޓަލްގެ ސްޓާފުން ވަނީ ބައިވެރިވެފައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކުރިއަށްދިޔަ ހުޅުބަދަލު އޮޕަރޭޝަންގެ ތެރެއިން

ޑރ އާޒިމް އާއި މުޒްނީ އަދި އެ އޮޕަރޭޝަންގައި ބައިވެރިވި ބައެއް އެހެން ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންވެސް ވަނީ ފޭސްބުކް ޕޭޖުގައި އެ އޮޕަރޭޝަން ކުރި މަންޒަރު ވީޑިއޯ ވަނީ ލައިވްކޮށްފައެވެ.

އެ އޮޕަރޭޝަނަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޑރ. އަލީ މުޒްނީ ވިދާޅުވީ، ތިނަދޫ ހޮސްޕިޓަލްގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ދޮޅު މަހުން އެއްފަހަރު ނުވަތަ ދެ މަހުން އެއްފަހަރު މިފަދަ އޮޕަރޭޝަން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކުރެވިގެންދާނެކަމަށް މުޒްނީ ފާހަގަކުރެއްވިއެވެ.

"މިއަދު މި ކުރެވީ ދެ މީހެއްގެ. ދެން ފަހަރެއްގައި ތަންކޮޅެއް ގިނައިން އޮޕަރޭޝަން ކުރެވިދާނެ. އެހެންވީމަ އަޅުގަނޑުގެ އުއްމީދަކީ މުސްތަގުބަލުގައިވެސް މިކަން ކުރިއަށްގެންދިއުން". މުޒްނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނު

    ރ.ޔާމިން ރާއްޖެއައް ގެނެސްދިން ތަރައްގީ އެންމެނައްވެސް ފައިދާކޮއްފި. ކުލަޔަކައް ބެލުމެއްނެތް.

  2. ބޮޑު ޓެރަރިސްޓް

    ދެން ތިިކަންވެސް ތިި ނިމުނީ. އެއް ކަމެއް ކުރާކަށްވެސް ލާރި ހުރި ކަމަކަށް ނުވާނެ. ޑޮލަރުގަނޑެއްވެސް ލިބުނިއްޔާ ރަނގަޅު. އޮތިއްޔާ އޮތްހާ ތަނެއް ވިއްކައި ކައިިގެން ރައްކާ ވެދާނެ.

  3. ޜަންނަމާރި

    ???? ތޭންކްސް.

  4. ނަސީމާ ޢަލީ

    ރާއްޖޭގެ ޞިއްޙީނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުގެނެސްދެއްވި ލޮބުވެތި ރައީސް ޔާމީން ޢަބުދުލްޤައްޔޫމަށް ޝުކުރިއްޔާ! ޞިއްޙީ ނިޒާމު އަލުން ކަނޑުވާތަން ބަލަން މިތިބީ!