މިއަދު ރައީސް ކަމުގެ ހުވާކުރައްވާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމްގެ، އާ ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރުން މިރޭ ކުރިއަށް ގެންދަން ނިންމަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސަރުކާރުގެ ކެބިނެޓް އިއުލާން ކުރުން އޮންނާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއެކު ރައީސް އޮފީހުގައި އިބޫ ބާއްވަވާ ބައްދަލުވުމަކަށް ފަހު އެވެ.

އިބޫ އާއި މޯދީގެ ބައްދަލުވުން ބާއްވަން ނިންމަވާފައި ވަނީ ބެލެވޭ ގޮތުގައި، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ހަވީރު 6:00 ގަ އެވެ.

ބަންޑާރަނައިބުގެ އިތުރުން އިބޫގެ ސަރުކާރުގައި 19 މިނިސްޓްރީއަށް ބޭފުޅުން އައްޔަން ކުރައްވާއިރު އެނގިފައިވާ ގޮތުގައި އިބޫގެ ކެބިނެޓްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އަންހެން ބޭފުޅުން ތިއްބަވާނެއެވެ. ނަމަވެސް އެ މިނިސްޓަރުން ތިއްބަވާނީ ކޮން ވުޒާރާތަކެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.

އެގޮތުން އެމްއާރްއެމް އިން ތިން މެންބަރުންނާއި އެމްޑީޕީގެ ދެ އަންހެން މިނިސްޓަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ އެއް މިނިސްޓަރެއްގެ އިތުރުން އަދާލަތު ޕާޓީގެ އެއް އަންހެން މިނިސްޓަރުން ތިއްބަވާނެއެވެ.

އިބޫގެ ސަރުކާރުގައި، އަލަށް އުފައްދަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    15 މިލިއަންގެ ބޮޑު.ޖަރީމާ ހިންގާ ދުވަސް 17 ނޮވެމަބަރ 2018 ހޮނިހިރު

  2. ރިޔާސާ އިބްރާހީމް

    ހެލްތު ދުންޔާ ، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު ޔުމްނާ . ރައީސް ޔާމީންގެ ވެރިކަމުގައިވެސް މައުމޫނުގެ ހުރިހާ ބޭފުޅުން ތިއްބެވީ އިސް މަޤާމުތަކުގައެވެ. ވަކި އާގޮތެއް ނުވާނޭކަން ކަށަވަރެވެ.