"ރާއްޖެ ޓީވީ" ގެ ބޭނުމަކީ ޚިޔާލު ތަފާތުވުންތައް އުފައްދާ، ނަފުރަތު އުފެއްދުންކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ވެސް "ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގުރާމުގައި ނަޝީދު ރާއްޖެ ޓީވީ އަށް ފާޑު ވިދާޅުވީ ބަރުލަމާނީ ނިޒާމާ ގުޅޭ ސުވާލެއް ކުރެއްވުމުންނެވެ.

"އަޅުގަނޑަށް ވެސް އެނގޭ ތިބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވީ ސެންސޭޝަން ކަން. ރާއްޖެ ޓީވީގެ ބޭނުމަކީ ޚިޔާލު ތަފާތު ކުރުމާ، ނަފުރަތު އުފެއްދުމާ، ފޯލްޓް ލައިނެއް ގެނައުންކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަތްވެސް ނުގުޑާކަމަށާއި އެމަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ތިއްބަވާނީ މިހާރު ވެސް ތިއްބެވި ގޮތައް ކަމަށެވެ.

"އެހެންނަމަވެސް، ޤަބޫލު ކުރައްވާ ދެނެވަޑައިގަންނަވާ އަޅުގަނޑުމެންގެ އަތްވެސް ނުގުޑާ، އަޅުގަނޑާ އިބްރާހީމް މުޙައްމަދު ސޯލިހާ މިހެން ތިބޭނީ." ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ ނޫސްވެރިން ބޭނުންވާނީ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށްކަމަށެވެ. އަދި، އެއީ ނޫސްވެރިން ދެކޭގޮތުގައި ރަނގަޅުކަމަކަށްވެސް ވެދާނެކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އެދަރަޖައަކަށް ނުދާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ ނޫސްވެރިން ބޭނުންވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށްކަން. އަދި ތިބޭފުޅުން ދެކެވަޑައިގަންނަވާ ނޫސްވެރިކަމުގެ ތެރޭގައި އެއީ ރަނގަޅު ކަމަކަށްވެސް ވެދާނެ. އެހެންނަމަވެސް، އަޅުގަނޑެއް އެދަރަޖައަކަށް ނުދާނެ." ކުރިން ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތްޕުޅު ކުރައްވާފައިވާ ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމު އޮންނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި، ކުރިން ބަރުލަމާނީ ނިޒާމުތޯ ރިޔާސީ ނިޒާމުތޯ ރާއްޖޭގައި އޮންނަން ފެންނަނީ ބަލަން ނެގި ވޯޓު އޮޅުވާލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކިނބޫ

    ކޮބާ ހީވޭ އަބުޅޯ! އަދިވެސް ރައީސް ނަޝީދު ފަހަތުން އުޅޭ!! މަ ހަމަ ހީނހީނ... ބަލައްޗޭ މި އަންނި އެއުޅެނީ ހަމަ އިބޫގެ ވެރިކަން ވައްޓާލަން! ޕްލޭން 1 : ރާއްޖެ ޓީވީގެ ބެލުންތެރިން (އެމްޑީޕީ މީހުން) ނާ ރާއްޖެޓީވީ އާ ދެމެދަށް ވަނުން! ރާއްޖެ ޓީވީން އިބޫގެ ކެބިނެޓް ކަމުނުދާވާހަކައެއޮތީ ޢިއުލަން ކޮށްފަ! ކެކެ

  2. ރާއްޖެ

    މިކަލޭގަ ކޮން ކަމަކާ މާ ނައްޓާފަ މިހުރީ. ދެން ބޮއެގެން އޮވެ ނިދާފަ ޖަޒީޒާ ރާއްޖެގެ ޖަޒީރާ ރައީސް ކަމަށް ހެދިގެން އޮވޭ.

  3. ސަމާ

    ކޮބާ ތިހެން އޭނަ ބުނި ވީޑިޔޯ؟

  4. ޓޫފިޝް/ތިނަދޫ

    ރާއްޖެޓީވީ އަށް ރީތި ފިލާވަޅެއްލިބިއްޖެނުން.ނަޝީދު ރާއްޖެޓީވީއަށް އެދިނީ ފުނުކައްކާ ބޮލީގެ އިއްޒަތް.މިއޮތްހާދުވަހު އެމް،ޑީ،ޕީ ގެ އަޑު މިގައުމުގައި ހިފެހެއްޓީ ރާއްޖޭ ޓީވީގެ އެތިބަ ފަހުލަވާނުން.ނަޝީދު ބޭރުގަ އުޅުއްވާކަންވެސް ކަމަކާއުޅޭކަންވެސް ރާއްޖޭގަތިބި ބަޔަކަށް އަންގަދިނީވެސް ރާއްޖެޓީވިން.އާދޭސްކޮށްފަބުނަން މީނަ ނުގެންދަބަލަ މީގެ ތަނަކަށް.މިވެރިކަންވެސް ރަނގަޅުގޮތުގަ ދެމެހެއްޓޭތޯ.ވަރަށް ސަލާމް.

  5. ޕިސް ޕިސް

    މޮޔަގޮވެނީ ތޯއްޗެއް

  6. އަލީ

    އަސްތާ ހާދަ ރާގު ބަދަލް ވެއްޖެ އޭދެއްތޯ؟ މިހާރު ނޫސްވެރިކަންވެސް ދެން މިގޯސްވީތާ؟ މިހުރިހާދުވަހު މިނޫސްތަކުން ތާ މި މިގައުމުގެ އެއްބައިވަންތަކަންނަގާލަން މި މަސަތްކަތް ކުރީ އެހެންވީމަ.. ކޮންކަހަލަ އަޖާބެއްފެންނަންބާމިއުޅެނީ އަނެއްކާ؟

  7. ާއަލީ

    މައުމޫނު ދޯ އެ ވޯޓު އޮޅުވާލީ

  8. ޣާދިރު

    ރާއްޖެޓީވީގެ ނަން ބަދަލްކުރެއްވީތީ ރައީސް ނަޝީދައް ސުކުރުދަންނަވަން..ފިތުނަޓީވީ..

  9. ވިސްނާލާ

    ކޮމެންޓުކުރަންޖެހޭ ސުރުހީތަ މާގިނަވީމާ ކޮމެންޓުކުރަން ފޫހިވެގެން މިއުޅެނީ. ނޫސްކިޔާ ހުރިހާމީހުންވެސް ވިސްނުމުގަ ބަހައްޓަންވީ އެއްމެކަމެ އެއީ މިސަރުކާރު މިހާރުއޮތްގޮތަށް އޮންނާނީ މަޖުލިސް އިންތިހާބާހަޔަށްކަން. އެއަށްފަހު ދެންބަލަންތިބޭ އަންނަބަދަލު. ރޔާމީންގެ ސަޕޯޓަރުން ކެތްތެރިވެތިބޭތި ރޔާމީނާއެކު ދެގޮތެނުވެ މިކަމަކީ ﷲގެވާގިފުޅާލާއިގެން މާގިނަދުވަހެވާނެކަމެނޫން. ގިނަވެގެން ލަފާކުރަނީ 6މަސްދުވަހޭ. މަޖުލިސްއިންތިހާބުގެ ނަތީޖާއިން ވަރަށްގިނަ ބަދަލުއަންނާނެ މިވެރިކަމަށް. ނާއިބުރައީސެ ހުރުމާނުހުރުންވެސް ގުޅެނީ އިންތިހާބާ ހަމަޔަށް މިހާރުގެ ކެބިނެޓް ދެމިގެންދާނީވެސް އިންތިހާބާހަމަޔަށް ވެރިކަންކުރާ ނިޒާމުވެސް ދެމިގެންދާނީ އިންތިހާބާހަމަޔަށް. ވީމާ މިއިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެ.. 100ދުވަހުގެ ވައުދުވެސް ގުޅިފަވަނީ އިންތިހާބާހަމަޔަށް. ސަރުކާރުން ހިލޭކިޔެވުމާ ނާސްތާދިނުމާ ޓިކެޓުއަގުހެޔޮވުމާ ކަރަންޓުއަގުހެޔޮވުންވެސް ދެމިގެންދާނީ އިންތިހާބާހަމަޔަށް އެއަށްފަހު ބަޖުޓު އަލުންއެކުލަވާނެވާހަކަ ކުރިންވެސް ބުނެފައޮތްގޮތަށް ބަޖުޓުއެކުލާވާލާ މަރުހަލާގަ އުނިވާނެ. ވިސްނާ މިއީ ވަރަށް ނާޒުކުއިންތިހާބެ ނިމިދިޔަ އިންތިހާބުގަ ހެދިގޯސްނުހަދާ ގައުމާ ދީނާ ރައްޔިތުންގެ މުސްތަގުބަލަށް ވިސްނާ ވޯޓުދީ.

  10. ހެހެ

    ނަޝީދު މީ އެއްއިރެއްގައިވެސް ސެންސްމޭކް ކުރާ ވާހަކައެއް ދައްކާ މީހެއް ނޫން. ދެކޮޅު ނުޖެހޭ ވާހަކަ ހުސް.

  11. ހެހެ

    ކޮންމެހެން ދެން އިސްލާހުގެ ނަމުގައި ތިޔަކަހަލަ ހަގީގަތެއް ބުނެލިޔަސް އަޑުއަހާނެ މީހަކު ނުވާނެ. ލަނޑަޔާ ވާނީ ލަނޑަޔާ. ރާއްޖެ ޓީވީ އާ ވެގެން ވާހަކަ ތި ދައްކަވަނީ ނަސީދު ވެސް އެހެން އުޅުއްވެވޭތީ

  12. ސީނު

    އަހަަ...

  13. ލލ

    މެންޓަލް ތެރަޕީ ދިނުން ރަގަޅު !

  14. ނަނާ ހުވަފެން

    ކޮބާ ހީވޭކަމެއްހެން ތިޔައޮތީ އަތަށްގޮވާފަ

  15. ޙުސަަަަަަަައިނު

    މި ހަމާގަ ހުންނަ މީހެއް ނޫން

  16. ޜާއްޖެ ތެރެ ދޮންބެ

    ބަލަގަ މަނިކުފާނަކަށް މިއަދު ރާއްޖެ ޓީވީ ވެސް ކަމަކުނުދހިޔަ ރާއްޖޭގައި މިއޮތް ނިޒާމުވެސް ކަމަކު ނުދޭ މިރާއްޖޭގައި އޮތް ދީންވެސް ވަނީ ކަމުނުގޮހޮފަ އެކަމަކު މިަދު މަނިކުފާނު ތިޔަވިދާޅު ހަމަތެދުފުޅެއް ރާއްޖެ ޓީވީ އަކީ ހަމަ ފިތުނަ އުފައްދާ ޗެނަލއެއް

  17. ޑިމޮކްރަސީ

    ޢެންމެެފަހުން އެމްޑީޕީ އަށާއި ރައީސްނަޝީދަށް ޓަކައި މަރުގެތުންފަތްމަތީ އޮވެގެން ބޮޑެތި ބޮޑެތި ޤުރްބާނީ ތަކެއް ވަމުންދާ ރާއްޖެ ޓީވީ ވެސްގޯސްވެ ނިމުނީ

  18. މުހައްމަދު

    ކޮބާ ވެރިކަން ލިބުނީމަ ރާއްޖެޓީވީ ގޯސްވީ. ނަޝީދު
    މިރާއްޖޭގެ ރައްޔިތުން ބޭނުމެއް ނުވޭ ބަރުލަމާނީ ނިޒާމެއް. ވޯޓް އޮޅުވާލާއިގެން ހޮވިނިޒާމުގެ ފުރަތަ ވެރިކަން ލިބުނީ ވެސް ކަލެއަށް. ޢޭރު ކީއްވެ ތިހެންނުބުނީ. ޙެޔޮނުވާނެ އިބޫެއަށް ވެރިކަން ކުރަން ފުރުސަތުދީފަ ދުރުގަ ހުރެބަ.

  19. ބަރުލަމާނީ

    ރާއްޖެ ޓީވީ ކުދިންކޮޅަށް ވަރަށް ސަލާމް.. ދެންވެސް ސައިޒުގަތިބޭ!!

  20. ނުރަބޯ

    ދެން އަލުން ވޯޓުލާންވީނު ބަރުލަމާނީ ގެނެވޭތޯ؟ ރައްޔިތުން ލާ ވޯޓު ކޮންމެ ގޮތަކަށް އޮތަސް ކަލޭމެން ބޭނުންވާ ގޮތަށް ތިޔަކަން ކޮށްދޭނެ އީސީ އާއި އެމް7 ގުޅިގެން. ☹️

  21. ބުރިޓޯ

    މީނަ އިބޫގައިގަ އައްޓަމަހެއްހެން ތަތްކޮށްލާގެ މިއުޅެނީ ހަމަޔަގީން އިބޫވެރިކަން ހަރާބުކޮށްލާނެ. މިގޮލާއަދި އަދީބުއަށް ތުރެ މާއެޑްވާންސް ވާނެ.

  22. عبدالله

    އިބޫ ހުވައި ކުރެއްވުމުން، މިޒާޖުބަދަލުވެ، ރާ ޓީވީގެ ބޮލުގައި ހުރިހާ ޒިންމާއެއް، ނަޝީދު ދެތިންދުވަހު އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުންނެވިނަމަ، މާބޮޑަށްވެސް ކަމުދާނެ،

  23. ކެކެކެ

    ރިޔާސީ ނިޒާމު ކަމުނުދާތީ ގޮތްބަލާލަންދޯ ވެރިކަމަށް އެރީ؟ ކަމުނުދިޔާމަ ތޯއްޗެއް އިސްތިއުފާ ދިނީ ?

  24. ބޮޑުމީހާ

    އެންމެފަހުން އަމިއްލައަށްވެސް ބުނެވިއްޖެދޯ؟ ރާއްޖެޓީވީ އިން ކުރާހާވެސް ކަމަކީ ނަޝީދަށް ސަނާކިއުން. ނަފުރަތު އުފެއްދުނީވެސް އެކަން ކުރަން ހަދައިގެން.