ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ފަރާތްތަކަށް އާ ސަރުކާރުން ފުރުސަތު ލިބިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު މަސައްކަތްކުރެއްވި ސިޔާސީ ފަރާތްތަކަށް އިބޫގެ ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އުއްމީދުކުރައްވާކަމަށާއި ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް އަދި ޤާސިމް އިބްރާހިމްވެސް އެފަދަ ސިޔާސީ ބޭފުޅުންނަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

"ކުލަ ބަދަލުކޮށްގެން އިއްތިހާދުގެ ޕާޓީއަކާއި ގުޅިވަޑައިގެން މަޤާމު ރައްކާތެރި ކުރަން ނޫޅުއްވުމަށް އެފަރާތްތަކަށް އަޅުގަނޑު އިލްތިމާސްކުރަން, ރައްޔިތުން ފުރުސަތު ނުދޭނަމަ އެ ބޭފުޅުންނަށް ފުރުސަތުދީގެން ނުވާނެ" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ރައީސް ޔާމީނާއެކު މަސައްކަތްކުރެއްވި ބޭފުޅުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަމަށެވެ. އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން ރޭ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވެވިއެވެ.

"އިބޫ ހުވާ ކުރެއްވުމަކީ ހަޔާތުގައި ލިބިވަޑައިގަންނަވާ އެންމެ އުފާވެރިއެއް ދުވަސް އެމަނިކުފާނާއެކު އެކި މަސައްކަތް ކުރައްވާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައި. ސިޔާސީ އެއްވެސް މަޝްވަރާއަކީ އަޅުގަނޑު އެކަނި ހިންގާނެ މަޝްވަރާއެއް ނޫން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައީސް ކަމުގެ މުއްދަތެއް ލިބިވަޑައިގަންނަވަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަދިވެސް ގަބޫލުކުރަނީ ދިވެހިރާއްޖޭގައި ސިޔާސީ ހަމަޖެހުން ލިބިގެންދާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ވެގެންދާނީ ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބޭނުންތަކަށް ހިންގޭ ސަރުކާރަކަށް ވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. Anonymous

    އިބޫ ޞާލިހުގެ ސިޔާސީވަޢުދެއް ވަކި ޕާޓީއަކަށް ވަކިމީހަކަށްނުބަލާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ކަންތައްކުރާނެކަމަށް، ރ.ޔާމީނު އަރިހުގައިވެސް މަސައްކަތްކުރީ ދިވެހި ރައްޔިތުން ނޫންތަ؟؟، އަންނީ ކަލޯ ކޮންލަވައެއް ތިކިޔަނީ، ދިވެހި ރައްޔިތުން ޖޮބުލެސްކުރާ ވާހަކަ ތިދައްކަނީ ކަލޭތަ ރައީސަކީ؟؟؟

  2. ހައްމާދު

    ކޮންވާހަކައެއް ދައްކާކައް
    ކައިރީގަ މަސައްކަތް ކުރި މީހުއްނައް ފުރުސަތު ނުދީ ޔޫކޭ ގަ ފިލާތިބިމީހުނައް މިނިސްޓަރ ކަން ދީފަ
    ނަސީދު ވެސް އިބޫ އާ ހާޑް ވާން ތިއުޅެނީ
    މިއަދު ރައްޔިތުއްނައް މުހިންމީ އިބޫ އަނގައިން ބުނާ ވާހަކަތައް އެއްވެސް ހާލެއްގަ ކެނެރީ ނަސީދު ދައްކާ ވާހަކަ މުހިއްމެއް ނޫން

  3. އާޒިމާ

    ރައީސް ނަޝީދު ދެންނެވިޔަސް ތިޔައީ ވަރަށް ބޮޑު ތެދުފުޅެއް.

    • ކަކަކަ

      އެހެންތަ؟ އޭނަ ކަލެއަށް ދެންނެވީ ދޯ؟ ކަލޭ ތީ ހާދަ މާތް ބޭފުޅެކޭ. ހހހހހ

  4. ރުޒާނާ ޗޮއްޕަޓު

    ޕާޓީތަކުން ސަވާރުވިޔަ ދީގެން ނުވާނޭ ބުނީމަ އަޑު އެހި މީހަކު ނެތް. ތިިވާހަކަ އަޑު އަހައިފިއްޔާ ރަނގަޅު. ހަމްދަރުދީ ވަން.

  5. ރަޝީދު

    ވަރަށް ބޮޑު ތެދުފުޅެއް ކުރީން ފުރުސަތު ލިބުނު މީހުންނަށް މިހާރު ފުރުސަތު އޮވެގެން ނުވާނެ... ކޮންމެވެސް އާބަޔަކަށް ފުރުސަތުދޭންވާނީ

    އަލީވަހީދު، މަލީހު، ފަދަ ފެއިލިއަރުން މި ކެބިނެޓްގަ ނުހިމެނުން އެދެން..

    ޕްރޫވެން ކޮރޮޕްޓް ގްރޫޕެއް..

    • Anonymous

      އަގަމަޑެއްނުވޭދޯ. ދޭބަލަ އިގިރޭސިންގެ ފައިގަދޫލާން

    • މަޣު

      އަގަމަޑެއްނުވޭދޯ. ދޭބަލަ އިގިރޭސިންގެ ފައިގަދޫލާން

  6. ޢަލީ މުޙައްމަދު

    ނުސީދާކޮށް ތިބުނީ މަލީޙާއި އަމީންގެ ވާހަކަ ދޯ؟ އަދި ޢާތިފާއާއި ޔުމްނާ ވެސް ޔާމީންގެ ސަރުކާރުގައި މަސައްކަތްކުރި. އެހެންވީމާ ކުލަޔަކަށް ފިކުރަކަށް ނުބައްލަވާނެ ކަމަށް އިއްޔެ އިބޫ ވި ވައުދަކީ ހަމަ ރައްޔިތުންނަށް ދޯކާދެއްވުން ދެއްތޯ؟

  7. ސައްޕޭ

    މަނިކުފާނު ތިވާހަކަ ނުދައްކާ އެއްމެފުރަތަމާނުން އިބޫ ހުވާނުކުރަނީސް ހިޔަލީ އެހެރީ މަނިކުފާނަށް ޖަގަހަ ހުޅުވާދީ މަނިކުފާނުގެ ބޮލަށް ސަވާރުވެފައި....

  8. މުހަންމަދު.

    ކަލޯބުނާ އެއްޗެއް އަޑުނާހާ އަމީނު، މަލީހު އަދި ސިދާތާއަށް އެއޮތީ މިނިސްޓަރުކަން ދީފައެވެ.

  9. Anonymous

    ރައީސް ޔާމީން އާއި އެކު،މަސައްކަތް ކުރީވެސް ހަމަ ދިވެހިރައްޔިތުންނެއްނޫންތޯ.؟
    އެއީ އިންގިރޭސިންނެއް ނޫން ދެއްތޯ؟

  10. މަވޯޓާ

    ދެން ތީނަ އަރިހުގަ މަސައްކަތްކުރި މީހުންނަށްދޯ ދޭންވި އެދުންކޮއި

  11. Abdul Latheef

    މިކަލޭގެ މިހިރީ ކިހިނެެއްވެފައިތަ؟ ކަލޭދޭބަލަ ލަންޑަނަށް. މިތާކު ފައްޅިއެޅިޔަކަނުދޭނަން. ހީކުރާގޮތް ދޯ؟ އިބޫ ބުނީ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށް ނަމަވެސް ރެއިންފެށިގެން ދަނީ ބާކީ ކުރަމުންނެވެ. މަގޭ ދެ ރައްޓެއްސަކުވެސް ކަނޑާހޫރާލައިފި. އަނިޔާވެރިން މަހުޝަރު ކުރައްވާނީ ދެލޯ ކަނު ބައެއްގެ ގޮތުގައި ކަން ހަނދާން ކޮށްދެން. މަގޭ ވާޖިބު އަދާވީ. ރޭ އިޝާނަމާދު ކުރިބާ ވެރިކަމުގެ ބާރު ލިބުނީމާ ޝުކުރުވެރިވުމަށް.

  12. ޟައިން

    ބަރުލަމާނީނޫން.

  13. ޞުއްހު

    ކަނޑުދާއްބަޔާ ޔަާމީން އަރިހުގަ މަސައްކަތްކުރީވެސް ދިވެހި ރައްޔިތުންނޭ.

  14. Miadhu

    ނަޝީދޫ ދެން މަޑުން ހުރޭ މިފަހަރުގެ ކެބިނެޓުންވެސް އެގޭ ކަލޯގެ ބާރެއްނެތްކަން އިބޫ ބުނެފައޮތީ ސިޔާސީ ފިކުރަށް ނުބަލާނެކަން ޔާމީނުއަށްވެސް ވަޒީފާދޭންޖެހޭ އެއީވެސް ދިވެހި ރަޢިއްޔަތެއް

  15. عبدالله

    އޭރުން އިދިކޮޅު މީހުން ގިނަވާނެއެވެ. އެންމެންގެ ވެރިކަމެއްގައި އެފަދަ ބަދުނަޞީބު ދެރަގޮތެއް އެއްވެސް މީހަކަށް މެދުވެރި ނުވާފަދަ ގޮތަކަށް ޢަމަލު ކުރަންޖެހޭނެއެވެ. ވަޒީފާގެ މާޙައުލަކީ، އެއްވެސް ތަފާތުކުރުމެއް އޮންނަ މާޙައުލަކަށް ވެގެންނުވާނެއެވެ. މިއީ ޖުމުހޫރީވެރިކަމެއް އޮންނަ ޤައުމެކެވެ. މިއީ ސީދާ ޖުމުހޫރިއްޔަތެކެވެ. އެއްވެސް މީހަކު ބާކީނުކުރުމުގެ މެނިފެސްޓޯ ކާމިޔާބުވިޔަސް، އެއްވެސް މީހަކު ބާކީކުރުމުގެ ގޮތުން ކުރެވޭ އެއްވެސް ކަމެއް ކާމިޔާބު ނުކުރެވޭނެއެވެ. ވެރިކަން ވެއްޓިދާނެތީ، ވެރިކަމުގެ ވަށައިގެން ވިއްދާފައިވާ ކައްތިރިތަކަކީ، ހަމައެކަނި ވަޒީރުންކަމަށް ބަލައި މުޅިޖުމުލަ ރައްޔިތުންގެ މަތިން ހަނދާން ނައްތައިލުމުން ހިނދުކޮޅެއްގެ ތެރޭގައި އެކަންކަމުން ކުރިމަތިވާ ދެރަގޮތްތައް ވެރިމީހާއާއި އަރައި ހަމަކުރާނެއެވެ.

  16. ޔާމިން

    ބޯގޯހާމަގޭނަންނުކިޔަބަލާ ހަމަދޭނަން

  17. ބުރާންތި

    ތަފާތު ނުކުރުރާނެ ވާހަކަ ވިދާޅުވިހެން ހީވި؟!!!

  18. އެމްޑީޕީ

    މަހުލޫފަކީ ކާކުގެ އަރިހުގައި މަސައްކަތްކުރި ސޮރެއްބާ؟

  19. Anonymous

    އެންމެފުރަރަމަވެސް ގޯސްވީތި. ބަލަކަލޭބަލަން އިގިރޭސިން ތިބަސް އަހަރުމެން ދަރިންނައްކާބޯންދޭނެޖެހޭ. ޢަހަރުމެން ގެވެސް ވޯޓްދިނީ އިބޫޔައް

  20. ޓްރޫކަލަރ

    ހަގީގީ ކުލަވަރު ފެންނަންފެށީ. އާޚިރުގަ ނިމޭނީ މަގާމަކަށްވާ ކަހަލަ މަގާމެއްގަ ހުރިއްޔާހުރި ތިމާމެންގެ އައުވާނަކަށްނުވާ ހުރިހާ އެންމެން ގެއަށް ފޮނުވާލާފަ ޕާޓީ އެކްޓިވިސްޓުންނަށް އެ މަގާމުތައް ބަހާލައިގެން. ޕީޕީއެމްއެކޭ އެމްޑީޕީއެކޭ ތަފާތެއްނެތް. ކޮއްމެ ބަޔަކުވެސް ބޭނުންވަނީ ފެންވަރެއް ދުވަހަކުނެތަސް ތިމާގެ ގާތްތިމާގެ މީހުންނަށާ ރައްޓެހި ރަހުމަތްތެރިންނަށް މަގާމުތައް ބަހާލަން.

  21. ދިވެހި ޤައުމުގެ ދޫ

    އެއްގޮތަކަށްވެސް އެއްވެސް ފުރުޞަތެއް ދީގެން ނުވާނެ. ކީއްކުރަން ދޭންވީ. ޔަމީނުގެ އެއްވެސް ކޯޑިނޭޓަރަކުވެސް ބަހައްޓައިގެން ނުވާނެ. އަަހަރެމެން އިބޫ ވެރިކަމަށް ގެނެސްފަ އެހުރީ އެ ހުރިހާ ކޯޑިނޭޓާރުން މުޅި ޕިންކީން ނާ ދެކޮޅަށް ވަރުގަދަ ޖިހާދެއް ކޮށްގެން. ކިތަންފަހަރުތޯ ބަލާލަބަލަ އަހަރެމެންގެ ބުރިކަށީމަތީގާ ޕޮލިހުން ތަޅާފަހުރީ. ހަމަ ޔާމީނުގެ އެންގުމަށް ، އަހަރެމެން ނުކުތީ ހައްގު ހޯދަން. އެއުޅުނު ކޯޑިނޭޓަރ ބައިގަޑުތަށް ފުލުހުންނަށް އަހަރެމެން ވަކވަކިން ދައްކައިގެން ކިތަށްފަހަރު އަހަރެމެން ލޮލަށް ޕެޕަރސްޕްރޭ ޖެއްސުވީ. މިބުނީނު ދީގެން ނުވާނެޔޭ. ދީﷲިއްޔާ އަހަރެމެންވެސް ދެން އިބޫގެ މަތިން ހަދާން ނައްތާލާނަން

  22. ނުރަބޯ

    ހަހަހާ ތިޔަ ދައްކައިދެނީ ޑިމޮކްރަސީ ގެ ރީތި މިސާލެއް. ނަޝީދުގެ މި ބަހުން ދޭހަވަނީ އިބޫ އަށް މިކަލޭގެ ނުފޫޒު ފޯރުވާނެކަން. ޔާމީނު އަރިހުގައި މަސައްކަތްކުރަން އުޅެފައި ޔާމީނަށް ހަރާންކޯރުވެފައި ރީނދޫ ފަޅި އަށް ޖެހުނުމީހުން ދެން ތިބޭ ރާކަނިމަސް ކައިގެން.

  23. ސޯޕް ލައިޓް ބްރަދަރ

    މިއަނގަލަބަރި އެބަޖެހޭ ސައިޒުބަލާލަން

  24. ދިވެއްސެއް

    ތީގެ އެންމެ ހަމަހަމަ ގޮތަކީ މަޖުލިސް މެމްބަރުންނަށްވެސް ތިއުސޫލު އޮތުން. ކުރީގެ ރައީސް ޔާމިންއާއި އެކީ މަސައްކަތް ކުރި ރައްޔިތުން މަޖުލިސް މެމްބަރުންނަށް އެހެން ޕާޓީތަކަށް ވަނުމުގެ ފުރުސަތު ނުދިނުން.

  25. ދިގުވާޑު

    ހާދަ ރޭސިސްޓް ގޮލައެއް މީ!!!!

  26. ޜަނާ

    ރައީސް އޮފީހުގަ ތިބި އާމިރު މެނަކީ ބަލަދު އަރާފަ ތިބިބައެއްތަ ކޮންމެސަރުކާރެއްގަ ފުޅިމަދުއުގުރި

  27. ޖޮއްބެ

    2008 ވަނަ އަހަރު އެމްޑީޕީ އަށް ވެރިކަން ހޯދާދިނުމަށްޓަކައި އެމްޑީޕީ އަށް ނިސްބަތްނުވާ އެތައް ސަތޭކަ ބަޔަކު ވޯޓުދިނެވެ. އެހެންނަމަވެސް ވެރިކަމުގެ މުގޫ ހަމަ އަތުޖެހުމާއެކު ރައްޔިތުންނަށް ގޮށްމުށް ދައްކާފަ މިކަލޭގެ ބުނީ “ތިމަންގެ ޕާޓީގެ މީހަކު ތިމަން ގާތުގަ ކަމަކުބުނެފި ނަމަ އެކަމެއް ތިމަން ކޮށްދޭނަމޭ އެހެން ޕާޓީއެއްގެ މީހަކު ތިމަން ގާތު ކަމަކު ބުނެފިނަމަ އެމީހަކަށް ތިމަންގެ ހުރި ނުލަފާކަން ރީތިކޮށް ފެނިގެންދާނެ” ކަމަށެވެ. އަދި “ތިމަން ކަނާއަތުން ކުރާކަންކަން ވައަތަށްވެސް ނޭނގޭނެ” ކަމަށްވެސް ބުންޏެވެ. މިއަދުވެސް އޭނާގެ އުޞޫލު އެހެރީ ހަމަ އެގޮތަށެވެ. ޔާމީން އަރިހުގައި ތިބެފައި ބަޣާވާތް ކޮށްފައި ރީނދޫ ފަޅިއަށް ޖެހުނު މީހުންގެ ވޯޓު މީނާއަށް ހަމަ އޯކޭއެވެ.

  28. މޫސާ

    ނަޝީދުގެ ވާހަކަ ޞާލިޙުގެ ސިޔާސަތަކާ ނުގުޅޭ! ނުގުޅޭ ވާހަކަ ނުދެއްކުން ރަނގަޅުވާނެ!

  29. ދޮގެއް؟

    ކަލެއަކަށް ނޭނގޭނެ ކަލޭ ބުނާ ގޮތެއް ހަދާކަށް ނޫޅޭ ބަޔަކު. މައުމޫނު ބޭނުން ގޮތެއް ވާނީ. ކަލޭ ތީ ކާކު. ވަގެއް. ޓެރަރިސްޓެއް. ބާޣީއެއް.