ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ހުރިހާ ދާއިރާއެއްގެ ގޮނޑިތަކަށް ވާދަކުރަން ފެންނަކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ޓްރާންސޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިހެން ވިދާޅުވީ، ކޯލިޝަނުން ބަހާލައިގެން މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރަން ނުފެންނަކަން ހާމަކޮށް ދާދި ދެންމެ ޓްވިޓަރ ގައި ފާޅުކުރެއްވި ހިޔާލެއްގައެވެ.

"ހުރިހާ ސީޓަކަށް ވާދަކުރަން އަޅުގަނޑަށް ފެނޭ" ޓްވިޓަރ ގައި މީހެއްގެ ހިޔާލަކަށް ތާއީދުކޮށް އާދިލް ސަލީމް ވިދާޅުވެފައިވެއެވެ.

އާދިލް ސަލީމް މިއަދު ޓްވިޓަރ ގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕް މެޖޯރިޓީ ނަގަން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ކުރަންހުރި މަސައްކަތް އަދި ނުނިމޭ ކަމަށެވެ.

"ލޮބުވެތި އެމްޑީޕީ މެންބަރުންނޭ. މާޔޫސް ނުވެ ފޯރީގައި އެކު އެކީ މަޖިލިސް ސުޕަ މެޖޯރިޓީއެއް ހޯދަން އަތުގުޅައިގެން ނިކުންނަމާ. ކުރަންހުރި މަސައްކަތް އަދި ނުނިމޭ. މިއީ އިންޓަވަލް ވަގުތު. ދަތް ފަޅާއިރު ތަދުވެސް ވާނެ. ސީޓް ނަގަން އެންމެ ފަސޭހަވާނެ ކެންޑިޑޭޓުންނާއެކު މަސައްކަތް ފަށަމާ!" އާދިލް ސަލީމް ވިދާޅުވެފައިވެއެވެ.

މަޖިލިސް އިންތިޚާބަށް ކޯލިޝަނަކުން ދާނަމަ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ލިބޭނީ ކިހިނެތްތޯ ސުވާލު އުފައްދައި މީހަކު ކޮށްފައިވާ ކޮމެންޓަކަށް ރައްދު ދެއްވައި އާދިލް ސަލީމް ވިދާޅުވެފައިވަނީ، އެގޮތް ޤަބޫލު ނުކުރައްވާނެ ކަމަށެވެ.

ޒައިދު: "މަޖިލިސް އިންތިޚާބަށް ކޯލިޝަނަކުން ދާނަމަ ކިހިނެތްތޯ މަޖިލިސް މެޖޯރިޓީ ލިބޭނީ؟ އެމްޑީޕީއަށް ވާދަކުރަން ލިބޭނީވެސް އެއްކަލަ 40 އިންސައްތަ ގޮނޑި."

އާދިލް ސަލީމް: "އެގޮތް އަޅުގަނޑު ޤަބޫލެއް ނުކުރާނަން. ޕާޓީ ދޫކޮށްފައި ގޮނޑި ހޯދައިގެން އަލުން ވަންނަންޖެހޭ ޚާލަތަށް ނައިސް މަޖިލިސް ސީޓުތައް ބެހޭނެކަމަށް އުއްމީދުކުރަން."

އިތުރަށް އާދިލް ސަލީމް ވިދާޅުވެފައިވަނީ ކެމްޕެއިން މެޓީރިއަލްގައި ޕާޓީގެ ލޯގޯ ނެތަސް ކެންޑިޑޭޓްގެ ފޮޓޯ ފެނުމުން އެމްޑީޕީ ކަން އުޖާލާކޮށް ފެންނާނެ ކެންޑިޑޭޓުން މަދެއް ނުވާނެ ކަމަށެވެ.

މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ހުރިހާ ދާއިރާއެއްގެ ގޮނޑިތަކަށް ވާދަކުރަން ފެންނަކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ޓްރާންސޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވިއިރު، ކުރީގެ ނައީސް ނަޝީދުވެސް ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކޮށްގެން ނޫނީ ސަލާމަތް ނުވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ޞޯލިޙް އިއްޔެ ވެރިކަމުގެ ހުވާ ކުރެއްވިއިރު، އައު ސަރުކާރުގެ ކެބިނެޓު އެކުލަވާލައްވާފައިވަނީ ރޭގައެވެ. އައު ކެބިނެޓު އިއުލާނު ކުރިއިރު ކޯލިޝަނަށް ވަޒީރުންގެ މަޖިލިސް ބަހާލާފައިވުމުން އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް މީސް މީޑިޔާގައި ރައީސް ޞޯލިޙްގެ ކެބިނެޓަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު

    ބަރުލަމާނީ ނިޒާމުގެންނަން ވެގެން އެއުޅެނީ. ޤާނޫނު ބަދަލުކޮށްގެންވެސް ގެންނާނެ. އިބޫގެ މިހާރުގެ ކެބިނެޓަކީ މަޖިލީސް އިންތިހާބާ ހަމަޔަށް އުފެއްދި ކެބިނެޓެއް. އަސްލު އެމްޑީޕީ ޓީމް ފެންނާނީ އޭގެ ފަހުން.

    • Anonymous

      އަސްލުވެސް ވަރަށް ޤަބޫލުކުރެވޭ އެއްޗެއް ތީ.
      މިވަގުތު ކެބިނެޓްގައި ނެތް އެއްކަލަ ޖާބިރުވެސް..
      އަދި ނަޝީދުގެ ވިސްނުން ހާމަ ނުކުރަނީ..
      އިންޑިޔާ އަށް ރާއްޖެއިން ބައި އެޅުން...
      ބަރުލަމާނީ ނިޒާމް...
      އެންމެން ރުއްސުން ފަދަ ކަންކަން ކުރުމަށް މަޖިލީސްގެ ކޮންޓްރޯލް ދަމައިގަންނަން ކުރެވުނު ކަމެއް ތި ޕާޓީ އިން ކުރާނެއެވެ.
      އަދާލަތު ޕާޓީގެ މާވިސްނޭ ޝޭޚުން ޣާފިލުވެފަ ތިބެއްޖެނަމަ ރާއްޖެ ދިވެހިންގެ އަތުންގޮސް ދިވެހި ވަންތަކަން ގެއްލުން އެއީ ވަރަށް ވެސް ބޭނުންނުވާ ކަމެކެވެ.

    • ސާ ލެމަން

      އަސްލު މޑޕ ފިކުރު ޓީމަކާ ނުކުޅެވޭނެ. ގަބޫލު ކުރަން ދަތިވިޔަސް މީތެދު ފެންނަން އޮއް ހަގީގަތަކީ. ދެން ލަލަލާ

  2. عبدالله

    މާވަހަރެއް ހޮވުމެކޭ، މެންބަރުކަން ލިބުމެކޭ އެއްވަރެވެ. ބޭރުން އަންނަބަޔަކު ދައްކާ ފޮނިވާހަކަތަކަށް ނުބަލައި ކޮންމެބަޔަކުވެސް އެބަޔަކަށް އަދި އެބައެއްގެ ރަށަށް ބަލާފައި ތަޢުލީމީ ޤާބިލު ބެފުޅުންނަށް ވޯޓްދެއްވުމަކީ، މުހިންމުކަމެކެވެ.