އައްޑޫ ސިޓީ ހަންކެޑެ ބުރިޖު ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ދަރިވަރު ނިޔާވެއްޖެއެވެ.

އެ ޒުވާނާ ނިޔާވެފައިވާކަމަށް ފުލުހުންވެސް ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އައްޑޫ ސިޓީ ހަންކެޑެ ބުރިޖު ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ގެއްްލުނު ޒުވާނާ ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށެވެ.

އޭނާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:43 ގައެވެ.

ވަގުތު އިމޭޖަސް

އެ ޒުވާނާ ފެނުނީ އެމްއެންޑީއެފްގެ ޑައިވަރުންނަށެވެ. އޭނާ ފެނުނުއިރުވެސް ހަރަކާތް ނުކުރާ ކަމަށް މައުލޫމާތު ލިބެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުން މައުލޫމާތުދިންގޮތުގައި، އެ ޒުވާނާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ ނިޔާވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ހަންކެޑެ ބުރިޖު ސަރަަހައްދަށް މޫދަށް އެ ޒުވާނާ ދިޔައީ އިތުރު ދެ ކުއްޖަކާއި އެކުގައެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ޒުވާނާއަކީ އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12ގައި ކިޔަވަމުންދާ ޒުވާނެކެވެ. އޭނާ ގެއްލުނީ ދަރިވަރުންތަކަކާއެކު ދަތުރެއްގައި ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ނިޔާވީ ގއ. ދާންދޫ ޖަވާހިރުމާގެ އަހުމަދު ޖައިޝަންއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙަި

    ޢެ ކުދިންނޭތޯ؟

  2. އިބްރާ

    ފުރަތަމަ ގެއްލުނީ އައްޑޫގެ ޒުވާނެއް. އިބޫ ސަރުކާރުން ހޯދާނެކަމަށް އުންމީދުކުރަން

    • ޒ

      ކޮންމެ ކަމެއްވެސް ސިޔާސީ ކުރެވޭތޯ ބަލާތި?‍♀️

    • ގަމު ކުއްޖާ

      ހުރިހާ ކަމެއް ސިޔާސީ ނުކޮށްބަލަ.. އިބޫ ބުނެގެންތަ އޭނަ މޫދަށް ދިޔައީ..

  3. ޔަމިސް

    ރައީސް ޔާމީން ސަރުކާރުގަ ވީކަމެއްނަމަ އެކުއްޖާ ގެއްލުވާލީ ޔާމީނޭތަ ބުނާނި

  4. ސާން

    ކޮންމެ ކަމެއް ސިޔާސީ ކުރަން ނޫޅެބަލަ ދޯ

  5. ޢަސްލމަނ

    ވަރަށް ދެރަ ވެެއޖެ. ޢިބޫ ގެ ސަރުކާރު މި ފެށުނީ ވެސް އައްޑޫ ޒުވާނެއްގެ މަރާއެކު

  6. ނޫރާ

    100 ދުވަހުން 100 މަރު ހަމަކޮށްލާތި...އައްޑޫއަށް ކެބިނެޓުން ޖާގައެއް ނުދީގެން އައްޑޫ މީހުން ރުޅިގަދަވެފަ ތިއްބަ ފޯކަސް ގެއްލުވާލަން ގަސްތުގަ ކުރިކަމެއް މިއީ..އެއްވެސް ޝައްކެތް ނެތް.

    • Anonymous

      ހާދަ ހަޔާތް ކުޑަ ވާހަކައެކޭ ތިދެއްކީ. ޢެއޮތީނު ލިޔެފަ ސްކޫލް ކުދިންނާއި އެކު ކުރި ދަތުރެއްގައޭ. ޢޭނަ ގަސްތުގަތަ މަރުވީ؟ ނުވިސްނޭ މީހާ! ކޮންމެ ކަމެއްވެސް ސިޔާސީ ކުރެވޭތޯ ބަލާ.

  7. ހިތާމައިގެ ބައިވެރިޔާ

    ވަރަށް ދެރައެވެ. ޔާ ﷲ! އެޒުވާނާގެ ފާފަ ފުއްސަވައި، ރަޙުމަތް ލައްވަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން

  8. ޙަސން

    އެކުއްޖާ ގެއލުވާލީ އިބޫ ސަރުކާރުން ކުރިކަމަކުން ބާ. ކޮންމެ ކަމެއް ވެސް ސިޔާސީ ކުރަން ތި އުޅެނީ ކޮން ނިޔަތެއް ހިތުލައިގެންބާ

  9. އަށްޑޫ ބެއްޔާ

    އިބޫ ސަރުކާރުގެ ފުރަތަމަ ދުވަސް.

  10. ާފާ

    ވެރިކަމަށް އެއް ދުވަސް އެއް މަރު

  11. ީިެުގަަަރު

    ޑެރަކަމެހ

  12. މީމިސް

    ހިތާމަ ހުރި!