ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން އުފާ ފާޅު ކުރުމުގެ ގޮތުން މިރޭ އޮންނަ ބޮޑު ޖަފަތުގައި ބައިވެރިވުމަށް އެމަނިކުފާނު ދައުވަތު އަރުވައިފިއެވެ.

ޖަޒީރާ ޖާފަތުގެ ނަމުގައި މިރޭ ބާއްވާ ހަރަކާތް އޮންނާނީ އާޓިފިޝަލް ބީޗު ކައިރީ ބޮޑުތަކުރުފާނު މަގުގައި މިރޭ 8:30 ގައެވެ.

މިއަދު ކުރިއަށްގެންދިޔަ ދުަޅަހެޔޮ ހަށިހެޔޮ އީދު އިވެންޓްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެންމެންނަށް ހުޅުވާލެވިގެން އޮތް ޖާފަތެއް މިރޭ އެބަ އޮތް ކަމަށާއި، އެކަމުގައިވެސް ހުރިހާ ފަރާތްތަކުން ބައިވެރިވެ ވަޑައިގަތުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މި އިވެންޓް މިއަދު އަދި ނިމިގެން ދިޔަޔަސް އަދި މިރޭވެސް އެބައޮތް މީގެ އެއްބައި އެއީ އެންމެންނަށް ހުޅުވާލެވިގެން އޮތް ޖާފަތެއް. އެކަމުގައިވެސް ތިހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންގެ މި އެކުވެރިކަމާއި އެއްބައިވަންތައް ކަމާއި އެކީގައި އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ". ރައީސް ސޯލިހު ވިދާޅިއެވެ.

މިރޭ އޮތް އެ ޖާފަތަކީ ގުޅިފައިވާ ޕާޓީތަކުން އިންތިޒާމު ކުރާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބުލޯ

    ޏުދާނަން

  2. ލަބީބު

    ވަގުވޯޓުން ވެރިކަމަށް އަރާހުރި ނުކިޔަވާއިބޫގެ ދަޢުވަތު ޤަބޫލުކުރާނީ ޖާހިލުން. ތިޔައީ ނަހަލާލުވެރިކަމެއް! އިންޝާއަﷲ ތީތި ދެމިނޯންނާނެ!

  3. ލަބީބު ލަލަލާ

    ދެންފިތިފަ ހުރޭ

  4. މަނޭސް

    ނަހަލާލު ވެރިކަމަކުން އެއްވެސް ރަނގަޅެއް ނުވިހާނެ.