އަހުމަދު މަހުލޫފަކީ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ޒުވާނެކެވެ. ޒުވާނުންނާ ގުޅޭ، ގިނަ ބައެއްގެ ސަޕޯޓުވެސް ހޯދައިފައިވާ ލީޑަރެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި މަހުލޫފު ހިމެނުންވެސްވީ، ސަރުކާރުގެ ސަޕޯޓަރުންނަށް ބޮޑު ހިތްވަރަކަށެވެ.

ހާއްސަކޮށް ޒުވާނުންނަށް، ރާއްޖޭގެ ކުޅިވަރަށް ލިބިގެން ދިޔަ ދިރުމަކަށް މަހުލޫފު ވެގެންދިޔައެވެ. ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ފަރާތުން މިނިސްޓަރު ކަމުގެ ފުރަތަމަ ދުވަހުވެސް ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ.

މިއަދު ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގެން އެންމެ ފުރަތަމަވެސް ބައްދަލުކުރެއްވީ އެ މިނިސްޓްރީ ފޮޅާ ސާފުކުރާ މުވައްޒަފުންނާއެވެ. ވަރަށް ތަފާތު މަންޒަރެއް ނޫންތޯއެވެ. ހަމަ ގައިމުވެސް އެހެން މިނިސްޓަރުންގެ ފަރާތުން އާއްމުކޮށް ނުފެންނަ މަންޒަރެކެވެ. އެ ބޭފުޅުންނާ ބައްދަލު ކުރައްވާ މަހުލުފު ވަނީ އެ މުވައްޒަފުންނަކީ އެންމެ ބުރަ މަސައްކަތް ކުރައްވާ މުވައްޒަފުންކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެކަން ޓްވިޓާ މެދުވެރިކޮށް ހިއްސާކުރައްވަމުން މަހުލޫފް ވިދާޅުވީ، އެ މިނިސްޓްރީގެ އެންމެ ބުރަ މަސައްކަތް ކުރައްވާ ސްޓާފުންނާއި އޭނާ ބައްދަލުކުރައްވާފައިވާކަމަށާއި، އެ ބައްދަލުވުމަކީ އޭނާ މިނިސްޓްރީގެ ދަށުން ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށެވެ.

"މި މުވައްޒަފުންނަކީ އޮފީސް މާހައުލު ސާފުކޮށް ބޭއްވުމަށް އެންމެ ބޮޑަށް އިސްކަމެއް ދޭ ފަރާތްތައް". މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްގެ އެ ޓްވީޓާއި ގުޅިގެން ގިބަ ބަޔަކު މަހުލޫފްއަށް ތައުރީފު ދަނީ އޮހެމުންނެވެ. އަދި ބޭނުންވަނީ އެކަހަލަ މިނިސްޓަރުންކަންވެސް ފާހަގަަކުރަމުންދާ މީހުން މަދެއް ނޫނެވެ. ރައްޔިތުން މަޖިލީހުގެ މެމްބަރު ކަމުގައިވެސް މަހުލޫފު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އާންމުންނާ ގުޅޭ، ޒުވާނުންނަށް ފަހި ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރަސީދު

    ދެއްކުން ތެރިކަން

    • ޖަޒީރާ

      ސާބަހޭ މަހޭ

  2. ހަލާސް

    ދެއްކުންތެރިކަމުގެ ލާމަސީލު ނަމޫނާއެއް. އިސްތިހާރުނުކޮށް ތިކަންކުރިނަމަ ކިތަންމެހާވެސް ރަނގަޅު. އެކަމު ނިޔަތް ރަނގަޅު ނޫންކަން މިހާރު ހާމަވެއްޖެ.

  3. ރިހާބް

    6 މަހުން އެއްފަހަރު ނަމަވެސް ތިޔަ މުވައްޒަފުންގެ އަޑުއަހާލާ. ޥެރިންނަކީ މަސައްކަތު މީހާ އެކުގައިވެސް ސައިބޯލެވޭ މީހަކައްވީމަ މަސައްކަތުގެ މާހައުލުގައި އެއްވެސް ނުތަނަވަސް ކަމެއް ނެތި މަސައްކަތް ކުރުމައް މަގުފަހިވާނެ

  4. ޝޯ

    އަނެއްކާވެސް ދުނިޔަވީ އެވޯޑެއް ހޯދާލާނެ ގޮތެއް މިހޯދަނީ ކަމަށް ބެލެވެނީ. މަހޭގެ އިހްލާސްތެރިކަން ނެތްކަން މިހާމަވަުންދަނީ.

  5. ބިކަ

    ޢެސޮރު ނިޔަތް ރަގަޅު ނަމަ ތހިކަނ ކުރާނީ ތިހެނެއްނޫން ދެއްކުންތެރި ކަމުގަ ތިކަލޭގެ ނުކުރާނެ އެއްވެސް ކަމެއް ނޯން ނާނެ ކޮއިފުޅުމެނޭ

  6. ޜާހުލް

    ޢަމިއްލައަށް އިޝްތިހާރުވަނީ ތިމާ ނޫން އެހެން މީހަކު ތި ވާހަކަ ދެއްކިނަމަ ރަގަޅުވީސް ކޮންމެކަމެއް ކުރިޔަސް އޭނަގެ ސަޕޯޓަރުންގެ ސަޕޯރޓް އޮންނާނެ ދޯ

  7. ހައްމާދު

    މަވެސް މަހޭއާވަރައް ދެކޮޅު މިދިޔަ ދުވަސް ތަކުގަ އުޅުނު ގޮތުން އެހެން ނަމަވެސް ރައީސް އިބޫ ގެ ކެބިނެޓް ގަ މަހޭ ހިމެނުމުން ވަރައް އުފާ ކުރަން
    މަހޭ އަށް ވާނެ މަހޭ ކުރާނެ އަޅުގަނޑު ށައްކެއް ނުކުރަން މި ގައުމައް ބޭ ނުންވަނީ މަހޭ ކަހަލަ ޒުވާން ކެބިނެޓް މިނިސްޓަރުން...

  8. ހޮޓްސްޕަރ

    ދެއްކިޔަސް އަދި ނުދެއްކިޔަސް އޭނަ ވީޔާ އެމީހުންނާ ބައްދަލު ކޮއްފިތާ.. ކަލޭމެންނަށް ނޯންނާނެ ރަންގަޅު އެއްގޮތެއް ވެސް.. ތީ އަސްލު ދިވެހިން ނަކީ.

  9. ޙަސަން އަޙުމަދު

    ވަކަރުގެ ކުދިންގެ ކޮން ނިޔަތެއް ރަނގަޅުވާނީ.

  10. ކެޔޮޅު

    ކޮންތާކު އެއީ ހަމަ ކަންދައްކަން އެއީ ދަހި ވިގަންޏެއް ކަހަލަ މީހެއް މީހަކައް އަތުން ކަޅުސައި ތައްޱެއްވެސް ނުދޭނެ ކަންދައްކަންނޫނީ އެއްކަމެއްވެސް ނުކުރާނެ ،

  11. ނުރަބޯ

    ތިޔަހެން އުޅުނު ރީނދޫ ކުރީގެ ސަރުކާރުގައި މާލޭ މުނިސިޕަލްޓީ ގައި ސަރަނގޭ ވެސް. ފިނިކޮޓަރީގައި އިނދެގެން އޮފީހެއް ނުހިންގޭނެޔޭ ކިޔައިގެން މަގުމަތީގެ ކާނުތައް ސާފު ކުރާތަނުގައި އުޅުނު ދެދުވަހަކު. އޭގެ ފަހުން ބަޚަބަރު. އެއްކަލަ ފިނި ކޮޓަރިން ނުވެސް ނުކުމޭ އެކަލޭގެ.

  12. ދިވެއްސެއް

    މިީނަ އަކީ ކަން ދައްކަން އުޅޭ މީހެއް.

  13. ޢިބުރާހިމ

    ޚޮންމެދުހުވަހަކު އޮފީިހަށް ނިކުމެ އެންމެ ފުރަތަމަ ތި ސަޕޯޓު ސްޓާފުންނާ ބައްދަލުކުރާ ވެރިން އެބަތިބި....

  14. عبدالله

    މިނިސްޓަރުންނަކީ، އެޑްވައިޒް ދެއްވަން ތިއްބަވާ ބައެކެވެ. ކަންކަން މެނޭޖްކުރައްވަނީ އެހެންބައެކެވެ.