ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވަކި ފަރާތަކަށް ބުރަވެފައި އޮތް އެއްބަސްވުމެއް ކަމަށް ވިދާލުވެ އެއެއްބަސްވުން އުވާލަނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

"ބީބީސީ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ "މިނިވަން ވިޔަފަރީގެ އެއްބަސްވުން އޮތީ ވަކި ފަރާތަކަށް ބުރަވެފައި. އެއްބަސްވުމުގައި ހުރި އަދަދުތައް ދިމާވާ ކަމަކަށް ފާހަގައެއް ނުކުރެވޭ." ކަމަށެވެ.

ޗައިނާ އާއި އެކު ރާއްޖެ އިން ގާއިމުކޮށްފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާ އިން ރާއްޖެ އެތެރެ ކުރާ އެއްޗެހިން ޓެކްސް ނެގުން ހުއްޓާލާނެއެވެ. އަދި ރާއްޖެ އިން ޗައިނާ އަށް އެތެރެކުރާ އެއްޗެހިން ވެސް ޓެކްސްއެއް ނުނަގާނެއެވެ. ނަތީޖާއަކަށް ވެގެން ދާނީ ޗައިނާގެ މުދާ މިހާރަށް ވުރެ ވެސް ހެޔޮ އަގެއްގައި ދިވެހިންނަށް ލިބިގެން ދިއުމެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ނުކުރެވި އޮތީ ޓެކްސްގެ ޤާނޫނުތަކަށް ރާއްޖެ އިން ގެންނަން ޖެހޭ އިސްލާހުތައް ނުގެނެވިގެންނެވެ.

ނަޝީދު މީގެ ކުރިން ވެސް ވަނީ ރާއްޖެ ވަރަށް ބޮޑަށް ޗައިނާ އަށް ދަރަނިވެރިވެފައިވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ނަޝީދު "ބީބީސީ" އަށް ދެއްވި އިންޓަވިއުގައި ވަނީ ޔާމީންގެ ސަރުކާރުން ޗައިނާއަށް ރަށްތަކެއް ދިން ކަމަށް ވިދާޅުވާ ވާހަކަފުޅު އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެރަށްތައް ދޫކޮށްފައި ވަނީ ވިޔަފާރީގެ ބޭނުންތަކަށް ނޫންކަމަށް ވާނަމަ އެއްބަސްވުންތައް އަލުން ރިވިއު ކުރަން ޖެހޭ ކަމަށެވެ.

ނަޝީދުގެ ވާހަކަތައް ދޮގުކޮށް ޗައިނާ އެމްބަސީ އިން ވަނީ މައުލޫމާތު ސާފުކޮށްދިނުމަށް ނަޝީދު ޗައިނާ އެމްބަސީ އަށް ވަޑައިގަތުމަށް ދައުވަތު ވެސް ދެއްވާފައެވެ.

ރާއްޖެ އާއި ޗައިނާ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލީ މިދިޔަ ޑިސެމްބަރ މަހު އެވެ. އެއެއްބަސްވުމަކީ މިސަރުކާރުން އެންމެ ގުޅުން ބަދަހި ކުރަން ބޭނުންވާ އިންޑިއާ އިން ރުހޭ އެއްބަސްވުމެއް ނޫން ކަމަށް އިންޑިއާގެ މީޑިއާތަކުން ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޙުސަަަަަަަައިނު

    ގަންޖާ ބޯ މިޤައުމަށް ރަނގަޅު ގޮތެއް ވާކަށް ނޭދޭނެ.

  2. އަން

    އިންޑިޔާގެ ޖީއެމްއާރާ އެކު ގަންޖާބޯ ހެދި އެގްރިމެންޓަކީ ދިވެހިންނަށް ވަރަށް ގެއްލުންބޮޑު އެގްރިމެންޓެއް. ދިވެހިން ދަރަނިވެރިވި. ގަންޖާއަށާއި ޖީއެމްއާރަށް ބޮޑު ފައިދާއެއްވި. ދަރަނި ދެއްކީ ދިވެހި ރައްޔިތުންގެ ފައިސާއިން. ނަސީދުގެ ފައިސާއަކުން ނޫން.

  3. ރަޝީދު

    ލާހިކައެއްނޫން ތިކަންތައްކުރާކަށް... އަންނި ކިތައްމެ ބޭނުންވިޔަސް، ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ހުންނާނެ.... ތަންކޮޅެއް ކުރިން ބުންޏެއްނު މޑޕ ގެ ބަސްވިކޭ ވެރިކަމެއް އައިއްސިއްޔާ އެއަރޕޯރޓްވެސް ޖމރ އަށް އަލުން ދޭނަމޭ.... ހަމަ ލާހިކައެއްނޫން އިނގޭ...

  4. އައްޑޫ މީހާ

    ކެއްނާރި ނަޝީދު ކަލޭ މޮޔަވީތަ؟ އަދި ޖައްބާރު އެބަ އުޅޭ އިންޑިއާ މީހުންނަށް އައްޑޫ ވިއްކާލަން ނަމަ ނަމަ ހަނދާން ކުރާތި އަހަރުމެން ލައްވާ ގޯސް ހައްދަން ނޫޅޭތި އިންޑިއާ ހުރިހާ އާލާތުން އައްޑޫއިން ފައްސާލަން ޖެހިދާނެ އޯކޭ

  5. އަހުމަދު687

    ނަޝީދުތަ މިހާރުވެސް ރައީސްއަކީ؟؟ ނާޝީދު ވެއްޖެ ޤަބޫލުކުރަން ނަޝީދުއަކީ ރައީސް ނޫންކަން އަދި ދިވެހި ދައުލަތުން ކުރާނެކަންކަމާއި ނުުކުރާނެކަންކަން ހާމަކުރާނީ އެކަންކަމަށް ކަންޑައެޅިފައިވާ އިދާރާތަކުން!
    އިނޑިޔާއިން ބުނެގެން ބާތިލްކުރަންޖެހޭ ވަރުގެ އެއްޗެއްނޫން އެއެގުރިމަންޓަކީ!
    ދިވެހިރާއްޖޭން ޗައިނާއަށް ބޭރުކުރާ އެއްވެސް އެއްޗަކަށް ޓެކްސްނުނަގައި ޗައިނާގެ 1 ބިލިޔަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް މަސްދަޅު ވިއްކުނަށް ދިވެހީންނަށް ފައިދާ! އެކަމު ޗައިނާ މުދާ ދިވެހި ހަތަރުލައްކައިގެ އާބާދީ އަކަށް ކިތަށް ފަހަރު ވިއްކޭނީ؟

  6. އައްޔާ

    ގަޢުމުގެ ރައީސް އަކީ ކާކުބާ...؟ އޮޅިއްޖެ
    ރ ނަޝީދުވެސް ސައިޒްގަ ހުރުން މުހިންމު

  7. ދޮންތަ

    އަޖައިބު، ދިވެހި ސަރުކާރުގެ ފަރާތުން ނަޝީދު މީޑިއާތަކުގަ ވާހަކަ ދައްކަވަނީ ކޮން ހައިސިއްޔަތަކުންތަ؟ ?

  8. ދުއްތުރާ

    ތިބޮޑު މުސީބާތެއް، ވަކިޤައުމަކާ އަޅައިގަނެގެން ނޫޅުނަސް ވެރިކަންކުރެވެންވާނެތާ ، އިންޑިއާނޫން ޤައުމެއްކަމަކުނުދާނެ ގެރިގުއި ދުވަހަކުވެސް ތަރައްގީނުވާނެ ޖަޒީރާގަ ނުޖެހޭނެ ތަރައްގީ ކުރާކަވެސް...

  9. އަލީ

    އިންޑިއާއަށް ވުރެ ޗައިނާ ހަމަ ރަނގަޅުވާނެ. އިޚްލާސްތެރިވާނެ، އެތެރޭގެ ކަންތައްތަކަކާ ނުބެހޭނެ، އަޑިނުބައެއް ނުވާނެ.

  10. ނަތަންޔާހޫ

    ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ބަލިކަށި ވާނެ.

  11. އިނ

    އެއްކަލަ ސޮރު، ތަނެއް ދޮރެއް ބަލާނުލާ ވާހަކަ ދައްކަން ފެށީ. ހީވަނީ މީނަ ހެން ރައީސަކީ. ބަލަ އެއްވެސް އެއްބަސްވުމެއް ކިޔާލިންތަ؟ ތިމީހުންގެ ޓްރާންސިޝަން ކޮމިޓީން ހެދި ކަހަލަ ހިސާބެއް ހަދައިފިއްޔާ އެއްވެސް އަދަދެއް ހަމައެއް ނުވާނެ. ހަމައިގެ ތިބި ބަޔަކު ހަދާ ހިސާބެއް ތި ސޮރަކަށް ނޭނގޭނެ. އިންޑިޔާގެ އަވަށަކަށް ރާއްޖެ ނުހެދިގެން މި ސޮރު މިއުޅެނީ ހާދަ ވަރަކުންނޭ. މޯދީ އަތުން ކެވިފަ ހުރި އެއްޗެއް ގިނައީ ދޯ!

  12. ކަލޯ

    ރާއްޖެއައް ޗައިނާއިން އެތެރެކުރާވަރާ ގާތައްވެސް އަހަރުމެންނެތް ޗައިނާއައް ބޭރުކުރާނެ އެކައްޗެއްވެސް. ވީމާ މީގެއިން ފައިދާވާނީ ދިވެހިންނައްތޯ ނޫނީ ޗައިނާއައްތޯ ހަމަބުއްދިން ވިސްނާފި ކޮންމެ މީހަކައްވެސް އިނގޭނެ. ޜައީސް ނަޝީދުއެއުޅެނީ އޭޝިއާގެ ޓްރަމްޕައް ހެދިގެން ފަލަސުރުހީތަކުން ތިމާގެ ނަން ފަވާލަން އަބަދު. ޗައިނާއަކާ ޖައްސާލައިގެން ނޫޅެވޭނެ. ތިމާގެ ފަހަތުގައޮތް ގަދަފަދަ އިންޑިއާވެސް ވަނީ ޗައިނާއައް ބަރޯސާވެފަ.

  13. ޙީނާ

    މޮޔަ ސޮރެއް

  14. ގޮނާސަކް

    ކެނެރީގެ ނަޝީދަކީ އެއީ ދުވަހަކު ވެސް އަމިއްލަ އަށް ޒިންމާވާ ގޮތަށް ވިޔަފާރި ކުރި މީހެއް ނޫން ދެން އޭނާ އަށް އިނގޭނެ ވިޔަފާރި އެއް ނޯންނާނެއޭ އޭނާ ބުނެގެން ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން އެކުލަވާލާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް އެއްގޮތަކަށް ވެސް އުވާލައިގެން ނުވާނެއޭ ރައީސް އިބޫ ރައީސް އޮފީހުގެ ބިޒްނެސް ޕްލޭން އޮންނަން ޖެހޭނީ ޗައިނާ ފަދަ މުއްސަނދި ބާރުގަދަ ގައުމު ތަކާއި ގުޅިގެން ފްރީ ޓްރޭޑް އެގްރިމެންޓްސް ތައް ހަަދައިގެން ކުރިއަށް ދާ ގޮތަށޭ އެއިރުން ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާނީ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ ތަމެން ހަދާ ދުނގެތިވަލު ބިޒްނެސް ޕޮލިސީސް އިޓްސް ގޮނާ ސަކް ދޯ...

  15. ދިސްއިޒްއިޓް

    ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެ ވަކިވެދާނެ ކަމަށް ރައީސް ކަމަށް ރައްޔިތުން ވޯޓް ދީގެން ހޮވާފައި ނެތް މީހަކަށް ނުބުނެވޭނެއޭ ދުނިޔޭގެ އެއްވަނަ އިގްތިސާދު ކަމަށްވާ ޗައިނާއާއި ގުޅިގެން ފްރީ ޓްރޭޑް އެއްބަސްވުމަކަށް އައިސް ނިމިފައިވާތީވެ އެކަން އުވާލަން އެއްގޮތަކަށް ވެސް ރައްޔިތުންގެ ވޯޓަކުން ރައީސް ކަމަށް ނުހޮވާ ކެނެރީގެ ނަޝީދަށް ނުބުނެވޭނެއޭ އޭނާ އެއުޅެނީ އިންޑިއާ އަށް ރާއްޖެ ވިއްކާލަން ކަމަށޭ މަމެންނަށް ފެންނަނީ ދިސް އިޒް އިޓް..

  16. ވާނެތޭ

    ކޮބާ ތަމެންނަށް މިގައުމުގެ އިގްތިސާދު ކުރިއެރުވޭނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ވާނެތޭ ނޫން ނުވާނެދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  17. ގުޑްގުޑް

    ރާއްޖެ އާއި ޗައިނާ އާއި ދެމެދުވެފައިވާ އެއްބަސްވުން ކެނެރީގެ ނަޝީދު ބުނެގެން އުވާލަން ނުޖެހޭނެއޭ އޭނާ ނޫންތޭ ދަ ރާއްޖެތެރޭގައި އެއާރޕޯރޓްސް ތައް އަޅަން ދެކޮޅީ އޭނާ ނޫންތޭ ދަ ރާއްޖެތެރޭން ނާއި ދަ ގްރޭންޑް މާލެ ސަރަހައްދުން ގޯތި ތައް ދޭން ދެކޮޅީ އޭނާ އަކަށް ނޫނޭ އިނގޭނީ ރާއްޖޭގެ އިގްތިސާދު ޑްރައިވް ކުރަން ޖެހޭނެ ގޮތެއް އޭނާ އަކަށް ނޫނޭ ރާއްޖޭގެ ރައްޔިތުން ވޯޓް ދީގެން ރައީސް އަކަށް ހޮވީ މިހާރު ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމް އޮވެއްޖެނަމަ ދުވަހަކު ވެސް ކެނެރީގެ ނަޝީދަށް ރާއްޖޭގެ ރައީސް ކަމަށް ނާދެވޭނެއޭ ތަމެން ތިޔާ ކަނޑުކޮސް ޕޮލިސީ ސެކްރެޓަރީ މެން އެކުލަވާލާ ދަގަމާރު ދަބީތާ ކޮމާރޝަލް އެން އިކޮނޮމިކް ޕޮލިސީސް ތައް އޮޅާލަބަލަ ދެން އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ތަމެން ބެކަށް ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  18. ރައްޔިތުން

    އަޅެފަހެ މީކާކުތަ އިންޒާރު ދޭން....

  19. މިލިޓަރީ

    މިނަޝީދުގެ ސަބަބަުން މިރާއްޖެ މިދަނީ ފުޑެމުން އިންޑިޔާގެ އަލުވެތިވަމުން.

  20. عبدالله

    ރައީސް ނަޝީދުގެ މައްޗަށް ބަރޯސާވާ ސަރުކާރެއްގައި ރައީސް ނަޝީދުގެ ބަސްވިކޭނެއެވެ. ޖީއެމްއާރުގެ އެއްބަސްވުން ބާޠިލުވެގެން ދިޔަގޮތަށް ޗައިނާގެ މިނިވަން ވިޔަފަރީގެ އެއްބަސްވުން ބާޠިލުވެގެން ދިޔުމުން އޮތީ ކޮން މަޞަލަޙަތެއް ހެއްޔެވެ؟

  21. އައިކުޑް

    ޗައިނާ އާއި އެކު އޮތް ފްރީޓްރޭޑް އެގްރިމެންޓް ދަމަހައްޓައިފިނަމަ ކުރިއަށް އޮތް 20 އަހަރު ދުވަސްފަހުން ރާއްޖޭގެ އިގްތިސާދު ލަންކާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާނެއޭ އަދި އޭގެ 10 އަހަރު ފަހުން ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާނެއޭ ނަތީޖާ އަކީ މިހާރު ރާއްޖެ އަށް އިންޑިއާ އަދި ލަންކާ އިން އެތެރެ ކުރާ ހުރިހާ ބާވަތެއް ދެން އެއިރުން އެމެންނޭ ރާއްޖޭން އިމްޕޯރޓް ކުރާނީ އައި ރިއަލީ ލައިކް ދިސް ފްރީ ޓްރޭޑް އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑާއި ޑާއި ޑާއި ޑާއި..

  22. އަހްމަދު

    އޮޅިއްޖެ. މިހާރު ސަރުކާރު ހިންގަނީ މީނާތަ؟ ސަރުކާރުގައި މީނާގެ މަގާމަކީ ކޮބައިތޯ؟ ސަރުކާރުން އެބަޖެހޭ މީނާގެ މަގާމު ރައްޔިތުންނަށް އަންގާދޭން.

  23. ނުރަބޯ

    ބަލާއެކޭ މީނައަށް ހީވަނީ މީނަހެން ދިވެހިރާއްޖޭގެ ރައީސްކަމުގަ ހުރީ

  24. އަހްމަދު ޢަލީ

    އަޅެ ކޮންމެވެސް މީހަކު ބުނެބަލަ މި ކެނެރީގޭ މީހަ ވާހަކަ ދައްކަނީ ކޮން ޙައިސިއްޔަތަކުން ކަން. ދިވެހިރާއްޖޭން ޗައިނާއަށް ބޭރުކުރާ އެއްވެސް އެއްޗަކަށް ޓެކްސްނުނަގައި ޗައިނާގެ 1 ބިލިޔަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް މަސްދަޅު ވިއްކުނަސް ދިވެހީންނަށް ފައިދާ! އެކަމު ޗައިނާ މުދާ ދިވެހި ހަތަރުލައްކައިގެ އާބާދީ އަކަށް ކިތަށް ފަހަރު ވިއްކޭނީ؟ މީ މި އެގގްރިމަންޓުން މި ރާއްޖެއަށް ކުރާނެ ފައިދާ އަކީ. އިންޑިޔާ ރުއްސަން މި އެގްރިމަންޓް އުވާނުލާ.

  25. އަބޯ

    ނަސީދަކީ ދޮގުން އުފަންވެފާ ހުރި ދޮގުހަދާމީހެއް. އަދި ދިވެހިގައުމަށް ރަނގަޅުކަމެއް ވާން އެދޭނެ މީހެއްނޫން. އަދި ދިވެހިންގެ ދީނުގެ ވެސް އަދުއްވެއްމިފަދަ މީހަކަ ގުޅުންބާއްވާނީވެސް ގައުމުގެ އަދުއްވުން.

  26. ގުނބޯޯ

    ކަލޯ މި ނަޝީދައްތަ ޤައުމުގެ ވެރިކަން ހަވާލުވީ. އިންޒާރުތަކާއި އަމުރުތައް ނެރޭއިރު ހީވަނީ އެހެން.

  27. މޫސާ

    ޞާލިޙު ހެޔޮ ވެރިކަމެއް ކުރިއަކަ ނުދޭނެ މި ކެނެރީގޭ ކަލޭގެ! މީ ހަމަ ބޮޑު ބާލާވެރިކަމެއް މިރާއްޖެއަށް ލައްވާލާފަ އޮތް!