ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ދާއިރާތައް ބަހާނެ ގޮތެއް އަދި ނުނިމޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބާ ބެހޭ ގޮތުން ކޯލިޝަންގެ ޕާޓީތަކާއި ބައިވެރިންގެ ދެމެދުގައި މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

"ވަކި ގޮނޑިތަކަކަށް ވާދަކުރާނީ ކޮން ޕާޓީތަކަކުންތޯ މި ސުވާލުތަކަށް އަދި ވާނީ ޖަވާބެއް ނުލިބި، އަދި އެ ނިންމުންތައް ވަނީ އަޅުގަނޑުމެންނަށް ނުނިންމި, އެމްޑީޕީގެ މެންބަރުންގެ އުއްމީދަކަށް ވާނީ އަންނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބުތަކުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅާނީ، އެ ކަމަށް ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުންގެ ދެމެދުގައި ނަގާ ޕާޓީގެ އެތެރޭގެ ޕްރައިމަރީގެ ވޯޓަކުންނެވެ.

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އަންނަ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވެވަޑައިގެންފައެވެ.

މަޖިލިސް އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުުން އަންނައިރު ވަރަށް ގިނަ ބަޔަކު މިހާރު ގެންދަނީ މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ. ޕާޓީގެ ޓިކެޓް ހޯދުމަށް ގިނަ ބަޔަކު ކެމްޕޭން ކުރަމުން ދިޔަ ނަމަވެސް އަދި އެއްވެސް ޕާޓީއަކުން މަޖިލިސް އިންތިޚާބާއި ގުޅޭ މަސައްކަތެއް ކުރާކަން އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާއްޖެ

    މަޖިލިސް އިންތިޚާބުގައި ގާސިމަށް ގޮނޑި ނުދިނުމަށް ގޮވާލަން

  2. Anonymous

    އެމްޑީޕީ ވަކިންނުކުންނަން ތާއީދު

  3. މިއަދު

    ތި 4 ލީޑަރުން ކިތަންމެ މޮޅަށް ރޭވިއަސް ހަމަހިލާ ނުކެރޭނެ ތިކަމަށް ސަޕޯޓަރުން އެދޭ އެއްބަސްވުމަކަށް ދާކަށް އެމްޑީޕީއިންވެސް ބޭނުމެއްނޭ ދާއިރާ ބަހަކަށް އެވެރިންނަށް ލިބެނީ 40% އެހެންވެ އިދިކޮޅަށް މެޖޯރިޓީ ލިބި ސަރުކާރު ބަދަލުކޮށްލުމުގެ ފުރުޞަތު އޮތަތީވެ އެކަން ނުކުރާނެ އެވެރިންނަށް ހީވާކަހަލަ ހުރިހާ ޕާޓީތަކަކުން ވާދަކޮށްފިއްޔަ އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެޔެ އިންޝަﷲ އެކަމެއް ނުވާނެ ދައުރު ދެބައިވުމުގެ ކުރިން އިބޫ އިސްތިއުފާދޭން ނޫންނަމަ އަންނިއާއި އިބޫ ދެލީޑަރުންނަށްވެގެން އެމްޑީޕީގައި އިތުރު ފެކުޝަނެއް އުފެދޭނެ

  4. ޓިމް

    ނަޝީދޫ. ކަލޭ ވެއްޖެއެއްނު އަނގަ މަޑުން ލައިގެން ހުންނަން. އެނގޭ އެއް ކަމެއްވެސް އޮންނީކީ ނޫން، ހުސް އަނގަތަޅާ މީހެއްތީ. ނުވިތާކަށް ދައްކާ ވާހަކައާ އިދިކޮޅަށް ހުރިހާ ކަމެއްވެސް ވާނީ. މިހާރު ތީ އެއްވެސް ބާރެއް ނެތިފަ ހުރި ބޭކާރު މީހެއް.

  5. ދެކުނު އދ.

    މާމިގިލި ގޮނޑި މާމިގިލި ރައްޔިތުން ބޭނުންވަނީ އާ ބޭފުޅަކަށް ދޭން. މާމިގިލީގެ ނަން މަޖީލީހުގައި ވަކާލާތު ކޮށްލަން ކެރޭވަރުގެ މޯހެއް ނޫން މާމިގިލި ދާއިރާގައި ހުރީކީ. މާމިގިއްޔަށް ބޭނުންވާނީ މުޅިން އާ ޒުވާން ކެރޭ މާމިގިލީގެ އަޑު އުފުލަންކެރޭ މަޖިލީހަށްވެސް ހާޒިރުވާންކެރޭ ފަދަ މެމްބަރެއް