އަލަށް އުފެދުނު ކޯލިޝަން ސަރުކާރު ރޫޅާލުމުގެ މަސައްކަތް ހުއްޓާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ނައިބު ރައީސަކަންވެސް ކުރިން ކުރައްވާފައިވާ އަލްހާން ފަހުމީ، ކޯލިޝަން ރޫޅާލުމުގެ މަސައްކަތް ހުއްޓާލުމަށް ނަޝީދަށް ގޮވާލައްވާ ޓްވީޓް ކުރައްވާފައިވަނީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށްވެސް ވާދަކުރައްވަން ވިސްނަމުންދާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"ކޯލިޝަން ރޫޅާލުމުގެ މަސައްކަތް ހުއްޓާލުމަށް ރައީސް ނަޝީދަށް ގޮވާލަން!" ރައީސް ޞޯލިޙް އަދި ކޯލިޝަން ލީޑަރުން ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަދި އެމްޑީޕީގެ ލީޑަރު ކުރީގެ ރައީސް މުޙައްމަދު ނަޝިދު ޓެގް ކުރައްވާ އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަލްހާން މިހެން ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް ވާދަކުރަން މަޝްވަރާ ކޮށްފައިވާކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކާ ހަވާލާދީ ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނިކޮށެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއެއްގެ ގޮނޑިތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސާއި އެ ޕާޓީގެ ޗެއާޕާސަންގެ އިތުރުން ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވެފައިވެއެވެ.

އެ މަޖިލީހުގައި ބައިވެރިވި މެމްބަރަކު ނަން ނުޖަހާ ގޮތަށް އޮންލައިން ނޫހެއްކަމަށްވާ "މިހާރު"އަށް ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް އެމްޑީޕީން ވާދަ ކުރުމަކީ އެ ޕާޓީން ގެންގުޅޭ ވިސްނުމެއް ކަމަށާއި، އެކަމަށް އެމްޑީޕީ މެމްބަރުން ޝައުގުވެރިވާ ކަމަށެވެ.

ނަމަވެސް، ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އޮތްކަން ހަނދާނުން ފޮހެވުނީ ނޫން ކަމަށާއި، ކަމެއް ކުރަން ވިސްނުން ގެންގުޅުމަކީ އެގޮތަކަށް އަމަލު ކުރުން ނޫންކަމަށްވެސް އެ މެންބަރު ވިދާޅުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މަޖިލިސް އިންތިޚާބު ބޯމަތިވަމުން އަންނައިރު، މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރުމަށް ނަޝީދު ތާއީދުކުރާ ކަމުގެ އަޑުތައް ގަދަވެ، އެމްޑީޕީގެ އެކްޓިވިސްޓުން މީސް މީޑިއާގައި ގޮވާލަމުން ދަނީ ކޯލިޝަން އެގްރީމެންޓަށް ބެލުމެއްނެތި މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ނުކުތުމަށެވެ.

މަޖިލިސް އިންތިޚާބުގައި ދާއިރާތަކުގެ ޓިކެޓު ދޭނެ ޕާޓީތައް ވެރިކަންކުރާ ކޯލިޝަނުން މިހާތަނަށް ނިންމާފައި ނުވި ނަމަވެސް، ދާއިރާތަކުގެ އެމްޑީޕީ އަދި އެހެން ޕާޓީތަކުގެ ޕްރައިމަރީގެ ކެމްޕޭންތައް ފެށި ބާރަށް ކުރިއަށްދެއެވެ. ފަހުވަގުތު ކޯލިޝަން ޓިކެޓް ދޭނެ ޕާޓީއެއް ކަނޑައަޅައިފި ނަމަ، ގިނަ މައްސަލަތަކެއް ނިކުންނާނެ ކަމަށް ކެމްޕޭން ކުރަމުންދާ ސިޔާސީ ފަރާތްތަކުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލާލާ

    ކަލޭފެންވަރުއޮޅިގެންތިއުޅެނީ

  2. ލަކީ

    ހެހެހެ އަލްހާން ކޮން ކޯލިށަނެއްގާތޯ ތި އުޅުއްވަނީ މަނިކްފާނު ގޮތް ހުސްވެގެން އުޅުއްވާތަން މި ފެންނަނީ ފުރަތަމަ ވިސްނަލައްވާ ތިމަންނަޔަކީ ސިޔާސީ ބޭފުޅެއްތޯ އެމްޑީޕީ ނޫން އެހެން ޕާޓީ ޔަކުން ސ . ފޭދޫ ދާ އިރާޔަށް ކުރިމަތި ލިޔެސް މަނިކް ފާނަކށް ވޯޓެއް ނުލިބޭނެ

  3. Miadhu

    އެމްޑީޕީއަށް އެއްމެ މަސްލަހަތު ބޮޑުގޮތަކީ 87 ދާއިރާއަށް ވާދަކޮށް މަޖިލިހުގެ އަޣުލަބިއްޔަތު ހޯދުން ނޫންނަމަ އެއްޑީޕީއިން ބޭނުންވާ ހެޔޮ ވެރިކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނެ މަޖިލިސް އިންތިޚާބުގެ ނަތީޖާ ނުކުންނަގޮތަކަށްބަލާ ގާސިމާއި މައުމޫނު އަދި ޔާމީނު ގުޅޭނެ އެހިސާބުން ވެރިކަން ވައްޓާލުމުގެ މަސައްކަތް ފަށާނެ މިއަދުގެ ދިވެހިން ގަބޫލުކުރާނެ ވެރިކަން ހޯބުމަށް އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލިސަން ޕްރަޕަގެންޑާކަން އެކަމުއެއަކީ ރައިއްޔަތުންނަށް ފައިދާހުރި ވެރިކަމެއްކުރުމަށް އޮތް ތިއަރީއެއްނޫން އެހެންވެ 87 ދާއިރާއަށް އަމިއްލަގޮތުންވިއަސް އެމްޑީޕީ ކެންޑިޑޭޓުން ނުކުމެ ވާދަކުރަން ޖެހޭނެ

  4. ލަބީބު

    ކަލޭކޮންމެހެން ގޮވައިނުލިޔަސް ކޯޅޭސަން ރޫޅޭނެ! މިއީ ތޯތޯނޫންވާހަކަ!

  5. އަބޯ

    ނަސީދު އަލުން ޖަލަށް ފޮނުވާ ނުލާ އިބޫ އަށް ގައުމު ހިންގިމަށް ދަތިކުރާނެ. ވީމާ އަވަހަށް ނަސީދު ޖަލަށް ފޮނުވާލާ އޭރުން އިބޫއަށް އޮމާންކަމާއެކު 5 އަހަރުގެ ދަވްރެއް ފުރިހަމަކުރެވިދާނެ.

  6. عبدالله

    ބޮޑުސޭޓުގެ ނިވަލުގައި ހުރެގެން އެހެން މީހުންނަށް ދެރަބަސް ބުނަމުންދާއިރު، ބޮޑުސޭޓަށް ދެރަބަހެއް ބުނެލަން ކެރޭމީހަކު އެހެން މީހެއްގެ ނިވަލުގައި ހުރެދާނެއެވެ. ބޮޑުސޭޓަށް ލިބޭމިންވަރު މަދުވެއްޖެނަމަ، ކޯލިޝަނުގައި ފަނިއަޅާނެކަމެވެ. ދައުލަތުގެ ބަޖެޓުގައިވާ 30 ބިލިޔަންގެ ތެރެއިން ބޮޑުސޭޓުގެ ބާރުގެ ދަށުގައިވާ މިނިސްޓްރީތަކަށް ކަނޑައަޅާފައިވަނީ، ކިހާ އިންސައްތަ އެއްހެއްޔެވެ؟ އެކަމަކު އަދިވެސް އެއުޅެނީ ނުފުދިގެންނެވެ.

  7. ދަރީ

    ޔާމީންގެ ބޯވަ މަޑުން ހުރޭ. ޖޭޕީ ތެރޭ ވެސް އަލްހާނަށް އެންމެން ޖޯކު ޖަހަނީ

  8. ނަޝީދު

    އަޅޭ ހެޔޮނުވާނެ . ތި އަލްހާނު ވެއްޖެނު ވުޖޫދުން ބޭރުކޮށްލަން. މުޅި ޤައުމު ހަލާކުކޮށްފިޔޭ ތިޔަމީހަކު. ކިޔަވައިގެން ހުރެ ދޭތެރެ ޖައްސާ މީހަކު ނުހުންނާނެ ތިޔަނޫނިއްޔާ. ކިހާބޮޑު ކަމެއްތީދެން

  9. މޫސާ

    އަލްހާން! ތިކޯލިޝަންއަކަށް ވިސްނާނެ ކަމެއްނެތް. ނަޝީދު ހުރިއްޔާ ތި ކޯލިޝަން ރޫޅާލާނެ!

  10. އެލެކްސް

    މީނާމީ ފަނޑިޔާރުން ލައްވާ ފިލުމުކުޅުވައިގެން ދިރިއުޅޭ މީހެއް. އަންނިގެ ހުކުމަށްވާނެ ގޮތެއްހަމަ އެއްގޮތަކަށްވެސް ނޭގެ.ރައީސް އިބޫ، ޤާސިމު، މައުމޫނު، އިމުރާނު، އަބުދުﷲ ރިޔާޒު، ކާނަލް ނާޒިމެއްވެސް ބޭނުމެއްނުވޭ އަންނި މިނިވަންކުރާކަށް

  11. ޓެކުސީ

    ކޯޅޭސަން ރޫޅޭނެ ކަން ނަޝީދުވެސް ބުނި އަދި ކޯޅޭސަނުގެ އިއްޒތްތެރި މެންބަރު ހިޒު އެ ކޯޅެންސީ ގާސިމް އިބުރާހިމްވެސް ވިދާޅުވި އެހެންވީމާ ކޯޅެންސީ ރޫޅާލެވޭނެ .