ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، ރަހީނު ކުރި ކަން ސާބިތުވެގެން ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް އިއްވާފައި އޮތް ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް، ނަޝީދު މިނިވަންކޮށްފިއެވެ.

ނަޝީދު 13 އަހަރަށް ޖަލަށް ލާން ކޮށްފައި އޮތް ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ ނަޝީދު ޖަލަށްލި މައްސަލަ އަލުން ބަލައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ޙުކުމުގައި ވިދާޅުވީ ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުލި ޓެރަރިޒަމްގެ ދައުވާ ސުޕްރީމް ކޯޓަށް ބަލައިގެންފައި ވަނީ ޤާނޫނާއި ޝަރުޢީ ހަމަތަކުގެ މަތިން ކަމަށް ނުވާތީ އެ ޙުކުމް ބާތިލް ކުރީ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމީ ނަޝީދުގެ މައްޗަށް އުފުލި ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށާއި ސަބަބަކީ އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރުމަކީ ޓެރަރިޒަމްގެ ޤާނޫނުގައިވާ ރަހީނު ކުރުން ކަމުގައި ނުލެބެވޭނެ ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ނަޝީދު ނުވަތަ އިތުރު މީހަކު ވެސް ފަރުދީ ގޮތުން ކޮށްފައިވާ އަމަލެއް ނެތް ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައި ވަނީ ފުލުހުން ހިންގި ތަޙްޤީޤަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން ކަމަށް ވެސް ހުކުމުގައި ވެއެވެ.

ހުކުމުގައި ވިދާޅުވެފައިވަނީ ބާޓިލު އިޖުރާއަތުތަކެއްގެ މަތިން ކްރިމިނަލް ކޯޓަށް ބަލައިގެންފައިވާ މައްސަލައަކަށް ވާއިރު، އެއާ ވިދިގެން ނިންމާފައިވާ އެންމެހާ ކަންކަމަކީވެސް ބާތިލު ނިންމުންތައް ކަމަށެވެ.

ހުކުމުގައި ވިދާޅުވެފައިވަނީ، ޢަބްދުﷲ ގާޒީ ތަހްޤީގަށް ހައްޔަރު ކުރުމަކީ ޤާނޫނީ ގޮތުން މަޞްޢޫލިއްޔަތު ލިބިގެންވާ ޢަމަލެއް ނޫން ނަމަވެސް، އެއީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދައުވާ ކުރެވޭނެ ޢަމަލެއް ނޫން ކަމަށެވެ.

މި ތާރީޚީ ނިންމުން ނިނެމެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް، ޖެނުއަރީ 16، 2012ގެ ރޭ އިރާކޮޅު ސިފައިން ވަދެ އޭނާ ގަދަކަމުން ހައްޔަރުކޮށް ގިރިފުއްޓަށް ގެންގޮސް ރަހީނުކޮށް 21 ދުވަސް ވަންދެން އެރަށުގައި ބެހެއްޓިއެވެ.

ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ޙުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލް ކުރި ނަމަވެސް އެމަނިކުފާނުގެ ޖަލު ޙުކުމަށް މީގެ ކުރިން ހައިކޯޓުންނާއި ސުޕްރީމް ކޯޓުން އޮތީ ތާއިދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

98 ކޮމެންޓް

  1. އަނދަވަޅު

    ފަނޑިޔާރުންނޭވެ!!! ދުވާލުގެ އިރު އެހުރީ ސާފުކޮށް ފެންނަން!!! ނަރަކަ އޮތީ ވަރަށް ތައްޔާރަށް!!! ޢަދުލުވެރިވޭ!!!

    • ޙައްގުބަސް

      މިގައުމުގައި ޢަދުލުވެރިކަމެއް އަދި އިންސާފުވެރިކަމެއްވެސް ނެތް!! ގާރޫނުގެ ވެރިކަމުގައި ގެންގުޅުނު އުސޫލާއި ދާދި އެއްގޮތަށް ޢަދުލުގެ ނިޒާމު ބައްޓަން ވަމުންދާތަން މިފެންނަނީ!! އަދުލެއް އިންސާފެއް ހަމަހަމަ ކަމެއްނެތް ތަނަކީ ޖަންގަލީގެ އުސޫލު!! ތަންތަނުގައި ބޮޑެތި ނަންތައް އަޅުވާ އަދި އެތަންތަނަށް ބޮޑެތި މުސާރަ ދީފައި ބަޔަކު ބައިތިއްބާފަ ތިބެނީ ވަލުޖަނަވާރުންގެ ވިސްނުމަށްވުރެން ވިޔާނުދާކޮށް ކަންތައްތައް ކުރާކަށްނޫން!! ގާނޫނުތަކާއި އަދި ގާނޫނު އަސާސީ އޮންނަނީ ތަންތާ ތިބެގެން އެމައްޗައް ކޮޅަށް އަރައިގެން ތިބެންނަމަ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް!! އެފަދަ މަންޒަރުވެސް މަޖްލުސްތެރެއިންވެސް ފެނުނު!! ދެރަކަމެއް!! ހިތާމަ ހުރި! އަބުދުﷲ ގާޒީގެ ޙައްގު ކޮބާ؟

  2. Miadhu

    އެކަމުގައި ޢަބުދުﷲ ޣާޒީ ކުއްވެރި ނުވޭތަ؟

    • ޗިއްލޫ

      ތިކަމުގައި އަބްދުއްލާ ގާޒީ ކުއްވެރިވާނެ އަދި، މިދާގޮތޮތައް ހުކުމްކުރަންޏާ!!!

  3. ނަގުމަ087

    ހައްޔަރުކުރަންދިޔަމީހުން ލައިގެންތިބި އެއްޗެހި ތިކަމުގަ ކުއްވެރި ވާނެކަމަށް ފެންނަނީ އަދި ގެންގޮސްބެހެއްޓިތަނާއި އުފުލި އުޅަދު ތިކަމުގެ ޒިންމާ ފުރިހަމޔާށް ނަގަންޖެހޭނީ

  4. މަމީހުންނާ45

    ކުޅިބަލަން ތިބިމީހުން ބާ ކުއްވެރިވާނީ

  5. ބާްްްގީ

    މިހާރު ކުރިން ހުކުމް ކޮށްފަހުރި

    އެއްވެސް މީހެއްގެ ކުށް ސާބިތެއް

    ނުވާނެ. މޫސުން ބަދަލުވެއްޖެ.

    ފަޑިޔާރުން ނަންވަރަށް ވެދުން.

  6. ޝަހީދު

    ސުޕްރީމު ކޯޓުން ކުރިން ނިންމި ހުރިހާ ނިންމުމެއް ބާޠިލުކުރަން ފެނެއެވެ. މިހާރު ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ ޕްރެސިޑެންޓެއްގެ އެއްވެސް ބޭނުމެއް ނެތެވެ. ކުޑަމީހާޔަށް ކުޑަ އިންސާފު އަދި ބޮޑުންނަށް ބޮޑު އިންސާފަކީ "ރޫލް އޮފް ލޯ" އަކަށް ނުވާނެއެވެ. މިއަދަކީ ރާއްޖޭގެ ޝަރުޢީ ނިޒާމު ވަނީ ބޮއްސުންލައި، ބައެއްގެ ނުފޫޒުގެ ތެރޭގައިކަން ހާމަވި، ހިތާމަވެރި ދުވަހެކެވެ.

  7. ޙަމެ

    ތީހާދަ ހެއްވާކަމެކެ. ތީތި ބަލައެއް ނުގަނެވޭނެ. ކޯޓް ތައް މިނިވަންކުރެ.

  8. ޖަޒީރާ ފަލި

    މަރުހަބާ ޖަޒީރާ ރާއްޖެ. ކޮބާ ދޫކޮއްލާ މިނިވަން ކުރާ އެންމެންގެ ލިސްޓް ނިމުނީތަ؟ މިހާރު ހުރީ އަދީބު އެކަނި. ދެން ކޮބާ ކުޑަކުޑަ މާރާމާރީ އެއް ހިންގައިގެންނާއި، އަތުން އެންމެ ގްރާމެއްގެ މަސްތުވާއެތި ކޮޅެއް ފެނިގެންނާއި، އަލިފާން ފޮއްޓެއް، ފިހާރައަކުން ބުރާ އެއް ނަގައިގެން މުޅި އުމުރާއި 10، 15 އަހަރު ޖަލުގައި ހޭދަކުރަން ހުކުން ކޮއްފައިތިބި މަންމަ އާއި ބައްޕަގެ ލޯބިވާ ދަރީންގެ ހައްގު. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ގޮވާލަން މުޅި ޖަލުތައް އެއްކޮށް މިނިވަން ކުރުމަށް. ދިވެހި ރައްޔިތުންނާއި ހައްގުން ކަމަކާ ނުލާ ބޮޑެތި އަދަދުން އަހަރުތައް ޖަހާ ޖަލަށް ލާފައިވާ އާއިލާތަކުން މުޅި ރާއްޖޭގައި ހުއްޓާނުލާ މުޒާހިރާ ކުރުމަށް ގޮވާލަން. ނުކުމޭ.. އަނގަ ހުޅުވާ.. ތެދުވޭ.....ނުކުމޭ

  9. މުސާ

    ދިވެހިރާއްޖޭން ޢަދުލު އިންސާފު ގެއްލިއްޖެ!

  10. ރަންނަމާރި

    ބަލަ ތި ގަންޖާބޯ އަމިއްލައަށްވެސް އިޢުތިރާފް ވެފައި އޮތް ކަމެއްތީ.

  11. ބުލް

    ސްޕްރީމް ކޯޓްވެސް ސިޔާސީ ވެރިން މި ހަދަނީ ކުޅޭ ކުޅޭ ތަނަކަށް. ބލއއ

  12. ފަނާދު

    މުޅި ރާއްޖޭގައި ހުއްޓާނުލާ ކެރިގެން މަރާލިޔަސް ކޮށާލިޔަސް މުޒާހިރާތައް ކުރުމަށް ދިވެހިނ ނުކުންނަން ވެއްޖެ. ކޮބާ މަގޭ އާއިލާއަށް މަގޭ ދެލޯފަދަ ދަރިފުޅުގެ ހައްގު. އިންސާފު. ނުކުމޭ

  13. ނުއު

    ކޮންމެ މީހަކު ވެސް ދެން ވަގަށް ނެގި ރަހީނު ކުރެވިދާނެ.

  14. ހާހާ

    އެއިރެއްގަ ހުންނަ ވެރިމީހާ ބެނުން ކޮނަމެ ކަމެއްކުރިޔަސް ހުއްދަވީ ވެރިިކަން ބަދަލްވާއިރަށް ދުވަސްކޮޅަކު ފިލާްއުޅެފަ އަނެއް ސަރުކާރު އަންނައިރަށް ސަލާމތް ވާނެ އިނސާފް މިއޮތީ ގާދޫކޮލުންފުމެ އަރަނީ ވާ ވާ އަދުﷲ ޢާޒީ އަމިއްލަޔށް ގިފުއޓަށް ދިޔައީ ނަސީދަކީ ސާފް ހުދު ކާފޫރު ދުވަހަކުވެސް ކުށެއް ނުކުރާމީހެއް އިންސާފް ހިނިއަންނނީ

  15. ސަޅިއޭ

    ވާވާވާ...ކިހާސަޅީ އަދުލުވެރިކަން ބަންޑުންވަނީ....

  16. ޅ

    އަބްދުﷲ ގާޒީ ހައްޔަރުކުރޭ! ކޮރަޕްޓު ގާޒީން ކިބައިން ކޯޓު ތައް ސަލާމަތްކުރޭ!

  17. ރަށިމީހާ

    ސުބުޙާނައްﷲ މިއޮތީވާ ޤައުމެއް. ފަނޑިޔާރުންނޭ ހެޔޮނުވާނެ މިޤައުމު ހަލާކުކޮށްނުލާ އަހަރެމެންގެ ދަރިންނައް މިޤައުމު ދައްކަން ބޭނުން. ހުރި ހިތާމައެއްގެ ބޮޑުކަމާއި.

  18. ދޮށީ ސޮރު

    ބޭއިންސާފުން ޝަރީޢަތް ކޮށްގެން ވާކަމެއް ތިޔަ ފަނޑިޔާރުންނަށް ވާނެކަމާމެދަކު ޝައްކެއްނެތް ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ޚާލިޤްވަންތަ ﷲ، މިއީ އަޅުގަނޑުވެސް ނިސްބަތްވާ ޤައުމުކަމަށް ވީތީ މިއދު ހިތާމަކަޮށް ލަދުވެތިވޭ.

  19. އައިސާ

    ތިޔަ ހުކުމްތައް ކުރާ އެކަކުވެސް ޤިޔާމަތް ދުވަހުން ސަލާމަތް ނުވާނެކަން ޔަޤީން

  20. ޢަބްދުﷲޤާޒީ

    ކޮބާތޯ މަށަށް އޮތް އިންސާފް؟

  21. ޖޭޑު

    ފަނޑިޔާރުގެ ވަރަށް މިނިވަންވެއްޖެ. މުޅިން ބޯހަލާކު..........

  22. ނަޝީދު

    ތިޔަ ހުރިހާ ކަމެއް ކުރީ ސީދާ ޔާމީނުގެ އޯޑަރަށް. ހަމަ މިހާރުން މިހާރަށް ޔަމީން ބަންދުކުރޭ ، ނޫނީ ހަވަރަށް ދި، އަހަރެމެން ބޭނުމީ ހަވަަރަށް ދިނުން

  23. ށައި

    ތިހުކުމް މާކުރިން ވެސް ލިޔެ ނިމިފަވީ ތިހެން.ސޭޓް އަތްދަށުން ހުކުމް ނެރެނި

  24. ޓީ

    ސުޕްރިމް ޗޯޓްގެ ތިޔަ ނިންމުން ކުއްވެރި ނުވޭބާ ހަނދހާނާ ފަތްފުށަށް ތިޔަލީ ވަރަށް ނާޒުކު ބަޔާނެއްތާ.... ޢަނދާ އަޅިޔަށް މިޤައުމުގެ އަދުލު ވެރިކަން ހެދި ބަޔާނެއްތާ

  25. އިއްބެ

    އަދިކިރިޔާ ކޯޓުތައް މިނިވަންވެ ރަނގަޅަށް ހިނގަން އެ ފެށީ ދެން ދިވެހި އެއްވެސް ރައްޔިތަކަށް ނުހައްގު އަދަބެއް ނުލިބޭނެ..... ނުހައްގުން އަނިޔާ ލިބެމުން ދިޔަ އެތައް ރައްޔިތަކައް އިންސާފު ކަށަވަރުވުން މީ އުފާކުރުން ޙަޤު ކަމެއް.... މިއަދަކީ ދިވެހި ތާރީޚްގަ ފާހަގަ ކުރަންޖެހޭ އުފާވެރި ދުވަހެއް...!

    • އައިމިނަ

      ސިކުނޑި ހަމަ ޖެހޭ ތަ؟ ދާން ވީ ނުން ދައްކާލަން

  26. ޒާ

    ފަނޑިޔާރުންނެއް ނެތް. ތިބީ ދެއަތަށް ވައިޖެހޭ އުއްތަމަ ބޮޑު ފިތުނައިގެ ނަރަކަތަކެއް.

  27. ވާނުވާ

    މިހާރު ދެން އަބްދުﷲ ޤާޒީ ހައްޔަރު ކުރިމީހެއްވެސް ނެތް ޤާޒީ އަމިލަޔަށް ހައްޔަރު ވީ އަދި އަމިލަޔަށް އާރަށަ ދިޔާއީ ޤާޒީ ހައްޔަރު ކުރި މީހެއް މިގައުމަކު ނެތް މީރައްޔިތުން ނަށް ދައްކުވައި މިދެނީ މިގައުމުގަ ގާނޫނެށް ނެތްކަން މީހުން ބުނެ އުޅެނޫން އަޑުގަދަ މީހާ ރުއް ގިނަވާނޭ ކުރީ ޒަމާނުގެ ހަރު ބަހެ މީން އަންގައިދެނީ އެއީ ތެދުކަން

  28. Anonymous

    ތިޔައީ ފަނޑިޔާރުންނެއްނޫން ޚިޔާނާތްތެރިން ބަލަ ތިޔަކޯޓުން ސާބިތުވާކަމަށް ނިންމި މައްސަލައެއް މިހާރު ސާބިތުނުވީ ސުޕުރީމްކޯޓްގެ ފަނޑީޔާރުންތަކެއްގެ ސަބަބުން މިއީހަމަ ގައިމުވެސް އެގޭކަމެއް މާތްﷲ މިގައުމު މިފަދަ ނުލަފާ މީހުންގެ ސަބަބުން ސަލާމަތް ކުރައްވާށި މިހާރުވެސް ތިންމީހުން އަލިފާނުގައި އަނދާ މަންޒަރުފެންނަހެންހީވޭ

  29. ޢަލިބެ

    ޢެކަމަކުވާ ރޯމާ ދުވާލު ހިނގި ކަމެއްވިއްޔަ އެއްމެންގެ ލޯކުރިމަތީގަ. ޖުޑިޝަރީ މިނިވަންކުރަން އިބޫ ސާލިހަށް ގޮވާލަން.

  30. ދޮންދުބުރިމާ

    މިއަދު ހެވިފަ ދެވިދާނެ ދެން އަންނަ ވެރިކަމެއްގަ އަލުން މައްސަލަ ބަލާފަ އަނެއްކާ އިތުރު ހުކުމަކާއި އެކު ޖަލަށް ސަލާމަތެއްނެތް

  31. ޕކްޝާމް

    އަބްދުއްލޯގާޒީ ހައްޔަރުވެގަތީ އަމިއްލައަށެއް ނުން.. އޭނަ އަމިއްލަޔައް ހިނގާފަ ބޯޓަކައް އަރައިގެން ދޫނިދޫއައް ގޮސް ކުޑަ ގޮޅިއައް ވަދެ އަމިއްލައައް ބަންދުވެގަތީމަ ދެން ކުއްވެރިކުރާނެ މީހަކު ނުހުންނާނެ ނުން.

  32. މާހީ

    ނަޝީދު އިންތިޙާބުގައި ވާދަ ނުކުރެވުނީ 13 އަހަރުގެ ޖަލު ހުކުމްގެ މައްސަލާގައި މިހާރު އަލުން އިންތިހާބް ބާއްވަން ކޯޓަށް އަވަހަށް ދާއްވީ ނަޝީދު އަށް ފުރުސަތު އަލުން ހޯދައިފި ނަމަ ނަޝީދު ވެރިކަމަށް އައުމުގެ ފުރުސަތު ބޮޑު

  33. ސާލިހް

    ކޯޓްތައް މިހާރު ވަރަށްފައްކާ ވާނެ. މިއޮއް ޖުޑީޝަރީއެއްދޯ. ސަދޫމު އާ ތަފާތެއްނެތް.

  34. އާދަނު

    ހައިކޯޓުންނާއި ސްޕްރީމު ކޯޓުން ކުރިން އޮތީ އެ ޙުކުމަށް ތާއީދު ކޮށްފައ.ި ނަމަވެސް އެ ސުބުރީމު ކޯޓުން މިއަދު ޙުކުމް އެބާތިލު ކުރީ. ﷲ ގެ ޢަޒާބަށް ބިރުވެތިވޭ.

  35. ނަޝީދުގެ ފާން

    ދިވެހިރާއްޖެ އަކަށް ކޯޓްތަކެއް ބޭނުމެއްނުވޭ ރިޝްވަތު ދީގެން ހުރިހާ ކަމެއްގެ ހަށްލު ސަޅި ދިވެހި ރާއްޖޭގެ ކޯޓްތަކުގަ ހުސްވަގުން މައުމޫން ސަޅި ގާސިމްބެ ސަޅި އިމްރާނުބެ ވެސް ސަޅި އަދީބު ވެސް ސަޅި އެމްމެސަޅި ތަންކޮޅަކީ ހަމައެއްލަމައެއް ނެތުން

  36. މާޒީ

    ފަނޑިޔާރުންނޭ އިއްޔެ ގެ އިރު އަޅުގަނޑުމެން ދެކުނިން. އެކަމަމު ސްޕްރިމް ކޯޓުން އަވަހަށް ބުނޭ އިއްޔެ އިރެއްނާރައޭ . މިދުނިޔެމަތީގައި ފަނޑިޔާރންނަށް ހިތުހުރިހައިގޮތަކަށް ކަންކަން ނިންމިދާނެ. އެކަމަކު ކުރިއަށް ދުވަހެއް އޮޔްކަން ހަނދާން ބަހައްޓާތި؟ އެދުވަހަކުން އެކަން ބަދަލެއް ނުކުރެވޭނެ.

  37. Anonymous

    ތިޔްއޮތީ އެވެރިން ގޮވަމުންދިޔަ ގޮވެލިއްޗާ އެއްގޮތައް ޝަރިއީ ނިޒާމް މިނިވަންވެފަ. ޕޮހ

  38. ތަކުރު

    ޢެހެންވީމަ އަބްދުﷲ ޤާޒީ އަމިއްލަޔަށްތާ ގިރިފުއްޓަށް ގޮސް ހައްޔަރު ވެގެން ހުރީ.
    ޢަމުރު ކުރިމީހަކު ނެތް
    ޙައްޔަރު ކުރިމީހަކު ނެތް
    ގެންދިޔަ މީހަކު ނެތް
    ތިޔަ ނިންމާ އިންސާފުވެރި ނިންމުންތަކަށް ވެދުމާ ސަލާމް

  39. ާަާއަންދާ ގާނޫނު

    މިހާރު މިވާ ގޮތުން ކުއްވެރިވަނީ ގާޒީ އެކަނި.

  40. Anonymous

    ރާއްޖޭގެ ފަނޑިޔާރުގެއަކީ ހަމަ އަރަތެކެވެ

  41. ރާއްޖެ

    ތިކަމުގައި އެނމެފަހުން ކުށްވެރިވާނީ އަބްދުﷲ
    ޤާޟީ ކަމަށް ވެދާނެއެވެ

  42. ސަލީމް

    ހިނިއަންނަނީ

  43. ޖޯރޭ

    ޤަރުނުގެ. ބޮޑުޖޯކު ދިވެހި ސުޕުރިމް ކޯޓު

  44. Anonymous

    ފަހު ޒަމާނުގެ އަލާމާތްތައް. އައިސްދާނެ ކޯފާ

    އަކަށް ބިރެއްވެސް ހަމަ ނުގަންނަނީ

  45. Miadhu

    ސުބުހާނަﷲ މިތިބަ ފަޑިޔާރުންނޭ ތިބޭފުޅުން އިއްޔެ ކުރިހުކުމްތައް އެއީ ގޯސް އެއްޗެއްކަމަށްހަދާ މިއަދު ތިދޫކޮއްލަނީ ކޮން ހަމަޔާއި ކޮން އިންސާފަކުންތޯ މިއުފެދުނު ސްޕްރިންކޯޓްގެ ބެންޗެއްގެ ސަބަބުން ްމިގައުމުގެ އެއްމެ ކުޑަކުއްޖާވެސް ޝަރުޢީ ދާއިރާއަށް އިތުބާރެއް ނުކުރެ ކުރިން ރަޢިއްޔަތުންގެ އިތުބާރު އެއްމެބޮޑަށް ގެލިފައިއޮތް ރައިއްޔަތުންގެ މަޖިލިސް 2 ވަނައަށްޖައްސާ ތިބޭފުޅުން 1 ވަނަ ތިހޯއްދެވީ މަހުދަރު މސއިދާނުގަވެސް ހުކުމް އިއްވަން ތިބޭފުޅުން ތިއްބަވާނެކަމަށް ހީކޮށްތަ ނޫން ނުތިބޭނެ ޔާﷲ އަނޮޔާވެރި ފަޑިޔާރުންގެ ކިބައިން މިގައުމު ސަލާމަތްކޮށްދެެްވާންދޭ ފަޑިޔާންގެ ނާއިންސާފު ހުކުމްތަކުގެ ސަބަބުން މިދައުމުގެ އަދުލުވެރިކަން ގެއްލެނި ނުކުރައްވާންދޭ

  46. ރޯމާދުވާލު

    މީސަދޫމްތޯ މިހާރު....؟؟؟!!!! ޓާންސްޕޭރަންސީ އއި ހިއުމަންރައިޓްސް ތިބީ ލާދީނީފިކުރުގަ ދެއްތޯ...

  47. ބޮޑު ދެލޯ

    ބުނަންވެސް ބުނި "ތިމެއްނަ އޭނަ ހައްޔްރު ކުރާނަމޭ އަދި ފނޑިޔާރުގެއާ 300 ފޫޓައްވެސް ކާރިވާން ނުކެރޭނެއޭ" ރޯމާދުވާލު އެކަން ކުރި! އަބްދު ﷲ ޤާޒީ ދޫކޮށްލަން މުޅި ދުނިޔެ ގޮވި!!! އެކަމަކު "މިއަދު" އެކަން ދުށް، އަޑުއެހި ނުވަތަ ކުރި މީހެއް، އެއިރުވެސް އަދި މިއަދުވެސް މިދުނިޔެއަކުނެތް! ސަހަރޯ! ފަނޑިޔާރުންނޭ. ޤިޔާމަތްދުވަސް މާކަ ދުރެއްނޫން! ތި ފަނޑިޔާރުންނާވެސް ސުވާލު ކުރެވޭނެ! ހެއްދެވި ފަރާތައްވެސް ހާދަ ބިރު ކުޑައޭ! ދުނިޔޭގެ ޖާހަތާއި ފައިސާ! ދޯ! މިއަދު؟!
    .

  48. ތަމަންނާ

    ލޮބުވެތި ފަނޑިޔާރުނޭވެ. މިނޫން ދުވަހެއްވެސް އޮތްކަން ވިސްނެވުން އެދެން.

  49. ޝ

    ކުރީގަ ޙުކުމް ކުރީ ޔާމީނުތޯ؟ ނޫނީ ފަނޑިޔާރުގޭގެ ތިބި މީހުން ބަދަލުވީތޯ؟ އެމީހުން އެގޮތަށްވެސް ކުރީ، މިގޮތަށްވެސް ކުރީ! ވިސްނާ ފިކުރުކުރޭ! ފަނޑިޔާރުގެ ރިފޯމް ކުރާ ވާހަކަ ދައްކާއިރަށް ބަދަލުވީ ނޫންބާ! މިސަރުކާރުންވެސް ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށް ގޯއްޗާއި ފްލެޓް ބަހާލަން ފެނޭ

  50. ބޮލި މުލައް

    ޙުކުމް އިއްވީ އެކޯޓުތަކުން ބާޠިލުކުރީވެސް އެތަންތަނުން. އޭ ފަނޑިޔާރުންނޭ ހޭއަރާ ބިރުވެތިވޭ ހަމަ ކަށަވަރުން ނިމި ދިއުން ވާކަން ކަށަވަރީ ﷲ ގެ ޙަޟުރަތަށް

  51. އަލީ

    އަޅުގަނޑަށް ފެންނަނީ އެކުރއްވީ ހާލަތައް އެންމެރަގަޅު ހުކުމް ކަމައް.އަދި 2023 ގެ މިހިސާބުގަ އެހުކުމް އަނެއްކާބަދަލުކުރަންވެސްޖެހިދާނެ

  52. އެލެކްސް

    އަބުދުﷲ ގާޒީ ސިރިފުއްޓަށް ދިޔައީ އަމިއްލައަށް ކަމަށް ނިމިއްޖެ. ދަތުރުގޮސްލީ ކަމަށް ތިވާނީ

  53. ަމިންނު

    ރަހީނު ކުރި ނަމަ އެކަމުގެ އަމަލީ ގޮތުން ބައިވެރިވި ސިފައިންނަށްވެސް އޭރު ދައުވާ ކުރަން ޖެހޭ. މީހަކު ބުނާހާ ކަމެއް ގާނޫނާ ޚިލާފަށް ކުރިއަސް ކުރި މިހާ ފުރަތަމަ ކުށްވެރިވާނެ. އޭގެ ފަހުގަތާ އަމުރު ކުރިތޯ ބަލަންވެސް ޖެހޭނީ. އެކަމަކު އެއިން އެކަކަށްވެސް އޭރު ދައުވާ ކުރިބާ؟ވެރިމީހާ ބުންޏަސް ގާނޫނާ ޚިލާފަށް ބުނާހާ ކަމެއް ކުރާކަށް ނުޖެހޭނެ. އެފަދަ ކަންކަން ނުކުރާނަމޭ ބުނެވެން ޖެހޭނެ.

  54. އިބްރާ

    ރާއްޖޭގެ ނިމުން ކައިވަތަކަށް ވެއްޖެކަމުގެ އިހްސާސް ކުރެވެން ފަށައިފިއެވެ.

  55. ނަލަނަލަ

    ތީގެ މާނައަކީ، 7 ފެބުރުއަރީގެ ފަހުންވެސް ޤާނޫނީ ގޮތުން ވެރިކަމުގައި ހުރީ އަންނިއޭތަ؟ ކޮންމެއަކަސް މައްސަލައަކީ، ޢަބްދުﷲ ޤާޒީ ހައްޔަރުކުރި މައްސަލަ. ވެރިކަމުން އިސްތިއުފާ ދޭންޖެހުނީވެސް އެމައްސަލައިގައި އުފެދުނު ކަންކަމާއި ގުޅިގެން.

  56. ޖަރީކާޅު

    ޖަޒީރާ ރާއްޖޭގަ ކުށެއްނޯންނާނެ ،، ހުރިހާކަމެއް ފުރީ ޤައުމަކަށް ދުނިޔޭގެވެސް ފުރަތަމަޤއުމަކީ ޖަޒީރާ ރާއްޖެ.....

  57. ހިޔަނި

    މިހާރު ދިވެހިރާއްޖޭގައި އުަޅެހްވެސް ހެޔޮނުވާނެ ދުނިޔޭގެ ތާރީޚުގައި ތިގޮތަށް ޝަރީޢަތް ކުރި ޤައުމެއް ކަމަށްވާ ސަދޫމް އަށްވެސް މާތްﷲގެ ކޯފާއެއް ވަނީ ފޮނުއްވާފަ،

  58. ސުޖާ

    ފަނޑިޔާރުންނޭވެ. އިއްޔެ ތިޔަބައިމީހުން ވަރަށް އަދުލުވެރިކަމާއެކު ކުރި ހުކުމެއް މިއަދު އަނެއްކޮޅަށް ތިކުރީއެވެ. ކަމަކީ އެއްކަމެއް. ތަފާތަކީ ދެދުވަސް ކަމެވެ. ޙުކުމް ކުރުމުގައި ތިވަރަށް އަދުލުވެރިކަން އެއްފަރާތް ކުރާކަށް ހެޔޮ ނުވާނެއެވެ. ފައިސާއާއި ބާރުގެ ދަހިވެތިކަމުގައި ދުނިޔެއަށް ދަހިވެތި ނުވެބަލަ. މިއަދު ކުށެއް ނުކުރާ މީހަކަށްވެސް ހުކުމެއް ކޮށްފާނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތެވެ.

  59. އަސޮކް

    ވަރަށް ސަޅި. %500 އިންސާފު އިނގޭތޯ! އަބްދުﷲ ގަޒީ އަމިއްލައަށް ހައްޔަރުވެ، ގެއްލިގެން އަމިއްލައަށް 21 ދުވަހު އުޅުނީ. މިއީ ދިވެހި ސިފައިންވެސް އަންނިވެސް ކުރި ކަމެއް ނޫން. އެހެންވީމާ ގާޒީއަށް 13 އަހަރުގެ ހުކުމެއް އިއްވަންޖެހޭނެ.

  60. ޙާލަތު

    މީހަކު ތަޙްޤީޤަށް ހައްޔަރުކުރެވޭނީ އެމީހަކު ހައްޔަރުކުރެވޭ ސަބަބު ބަޔާންކޮށްފައި. އަދި ބަންދުގައި ބެހެއްޓޭނީ ޤާނޫނުން ކަނޑައަޅާފައިވާ ތަނެއްގައި. އަދި 24 ގަޑީއިރުތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވެންޖެހޭނެ. މިއިން ބާރެއް ވަގުތީ ގޮތުންވެސް ހިފެހެއްޓުމެއްނެތި މީހަކު ބަންދުކޮށް ނިޒާމުން އެމީހާ އެކަހެރި ކުރުމަކީ ރަހީނު ކުރުމުގެ ޢަމަލެއް. މިކަން މީ ވަރަށް ސާފުކޮށް އެނގެންއޮތް ކަމެއް. މިވަރު ސްޕްރީމް ކޯޓުގެ ތިބި ފަނޑިޔާރުންނަށް ނޭނގުމަކީ އެމީހުންގެ ޖާހިލުކަމުން ފުރިގެންވާ ނުބައި ނުލަފާ ޢަމަލެއް. މިއަދު ޤައުމު މިދަނީ ވަރަށް ނުރައްކާ ދިމާލަކަށް. ހިތާމަހުރި.

  61. ޥިސްނޭ

    ޢަހަރެންވެސްމީ އެމްޑީޕީއަށް ސަޕޯޓްކުރާ މީހެއް ތީއިންސާފެއް ނޫން

  62. އަސޮކް

    ގަޒީ އަމިއްލައަށް ފިލީ. އަމިއްލައަށް ގެއްލިގަތީ 21 ދުވަސް ވަންދެން. ސިފައިންނާއި ފުލުހުން މިކަން ވަރަށް ރަނގަޅަ ތަހުގީގުކޮށްދީ. އާދޭސްކޮށްފައި މިބުނަނީ. އަންނިގެ މައްޗަށް މިވަރު ބޭއިންސާފު ހުކުމެއް ކުރެވުނީ ގަޒީ އަމިއްލައަށް ގެއްލިގަތީމަ. މިކަމުގައި ބައިވެރިވި އެންމެން އަތުން އަންނިއަށް ބަދަލު ލިބެންޖެހޭ، އޭރަ އަންމެ ފުރިހަމަކޮށް އިންސާފު ލިބޭނީ

  63. މީހާ

    މިވާގޮތުން ހީވަނީ މި މައްސަލާގައި ކުއްވެރިވާނީ ޢަބްދުﷲ ގަޒީހެން! ނުވަތަ ސިފައިންހެން . މި ޤައުމު ހަލާކުވެއްޖެ! ޢަދުލު އިންސާފު ގެއްލިއްޖެ

  64. ފާއިޒު

    ސާބަސް! އިއްޒަތްތެރި ފަނޑިޔާރުން. ޢަދުލުއިންސާފު ހިންގެވުމުގައު މިއަދު ތިޔަ ވަޑައިގެންނެވުނީ އެންމެ ރަނގަޅު ހިސާބަށް.

  65. ޖޯކު

    ދިވެހިރާއްޖޭގައި ރަހީނުކުރުން ހުއްދަވެއްޖެ ސްޕްރިމްކޯޓް

  66. މަންމަ

    ސަދޫމްގެ ފަނޑިޔާރުގެއަށްވުރެ މިރާއްޖޭގެ ފަޑިޔާރުގެތަކުގެ ތިއްބެވި މީހުންގެ ޖާހިލުކަންބޮޑުވެއްޖެ!!! މިއީތޯ ބަރުމައަކާ މަލްއޫނަކާ ސޮނިބެއަކާ ވިދާޅުވި އިންސާފް؟؟؟

  67. ޢަހަހ

    ސާބަހޭ. ޢެހެންވީމާ އަދި ހަމަ ގިނަގިނައިން ގާޒީން ވަގަށް ނަގަންވީ. ކޯޓުތަށް މިހާރު ވަރަށް ރަނގަޅުވާ. ސަދޫމް

  68. އޭނަ

    ތިވީ ގޮތުން ޔާމިނުގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލެވޭނެ

  69. ހަސަދަ ކުމާރު

    ކޮކީ، ކޯޓުން ބުނެފައި އެ އޮތީ އެއީ ރަހީނު ކުރުމެއް ނޫނޭ. ދެން ކޮން ވާހަކައެއްތޯ؟

  70. ސަރުކާ

    އަބުލާގާޒީ ރަހީނު ކުރިމައްސަލާގަ ކުއްވެރިވަނީ ހައްޔަރު ކުރިމަންޒަރު ޓީވީއިން ބަލަން ތިބި މީހުންނެވެ. އެއީ ހުސް ކުއްވެރީން.

  71. ނަސީދު

    ތިހެން ވެއްޖިއްޔާ ޔާމިން ބެދޭނެއެއް ފޯމިއުލާއެއް ނެތް ކޯޓުން ޓިނުނެގިއްސަލަ ދެންބެލިގެ ނުވާނެ ފެއަރ ވަނަޖެހޭނެ

  72. ސުލްތާން

    ރައީސް ނަސީދޫ..ރައީސް ނަސީދޫ.. ތިޔަހިރީ އިންސާފާއި އަދި އެނޫންވެސް ސާފެއް ލިބިފާ..

  73. ޢިބްރާ

    ޢިންސާފުގެ ޖަޒީރާ ސަރުކާރެއް ކަލޯމެން ކޮސް ނޮގޮވާ!

  74. އައްޑޫ މީހާ

    ދެން އޯކޭވާނެ ޖަޒީރާ ސްޕްރީމް ކޯޓްތަކުން ދިވެހި ކޯޓް ތަކުންކުރި ހުކުމް ބާތިލްކުރުމަކީ ހައިރާން ވާންޖެހޭވަރުގެ ކަމެއްނޫން ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ޖަޒީރާގެ ގާނުނު ވަރަށްބޮޑުތަން ތައާރުޒުވާނެ ދިވެހިރާއްޖޭގައި ހުރެގެން އަބްދުﷲ ގާޒީ ވަގައްނެގީމޭ ކޯޓްތަކާއި 100 ފޫޓަށްވެސް ކައިރިވާން ނުކެރޭނެއޭ ބުންޏަކަސް ޖަޒީރާއަށް އާދެވުނީމަ އެއީ ބުނިބަހަކަށް ނުވިކަމަކު އެވެސް ހައިރާން ވާންޖެހޭވަރުގެ ކަމެއްނޫން ރައީސްކަމުން އިސްތިއުފާދީފަ ބޮލުގަ ބަޑިޖައްސައިގެން ގަދަކަމުން އިސްތިއުފާ ދިނީއޭ ބުންޏަކަސް ހައިރާނެއްނުވޭ އަނެއްރާއްޖޭގެ ރައީސަކަށްހުރެ އެރާއްޖޭގެ ވެރިކަމުން އިސްތިއުފާދީފަ ދިވެހިރާއްޖެއަށް އައިސް ބޮލުގަ ބަޑިޖެއްސި ވާހކަބުނީމަ ދެން ގަބޫލުކުރެވޭނެ ދޯ

  75. ''

    ކަލޯ ހޭލާ ހުއްޓާ މިފެން ނަނީ ހުވަފެން..އެހެން ވީމަ ތިތިބަ ގާޒީންވެސް އެތިބީ ހަމަހޭގަ ބާ؟ އަބުދުއްލާ ގާޒީ އަމިއްލަޔައް ކުރި ކަމެއްކަމައް ބެލެވެނީ

  76. ؟؟؟

    މިކޯޓު ތަކުގަ އެއްވެސް މައްސަލަ އެއްނެދޯ ..މިދެން ބޮޑުވަރު ކާކުހޭ އަބުދުއްލާ ގާޒީ ހައްޔަރު ކުރީ ސާބެހޭ ގައުމާގެން ކުރިޔައް

  77. عبدالله

    ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ.

  78. عبدالله

    ތިޔަކަމުގެ މައްޗަށް އެކަކަށްވެސް ފަޚުރުވެރި ނުވެވޭނެއެވެ.

  79. ާއަހްމަދު އަލީ

    މިވީގޮތުން މިހާރު ކުއްވެރިވާނީ އަބްދުއްލާ ޣާޒީ.
    މިއަދަކީ ރާއްޖޭގެ
    ޝަރުޢީ ނިޒާމު ވަނީ ބޮއްސުންލައި، ބައެއްގެ ނުފޫޒުގެ ތެރޭގައިކަން ހާމަވި، ހިތާމަވެރި ދުވަހެކެވެ.

  80. އެލްކސް

    މުޅި ޖުޑިޝަލް ސިސްޓަމަށް މަލާމާތެއް ސުޕްރީމް ކޯޓުން ތިޔަ ކުރީ މިއަދު މިއެގުނީ ރާއްޖޭގެ ގާނޫނީ ނިޒާމް ވަނީ ސިޔާސީ ވެފައިކަން ކޯޓުތަކުގެ ހުރުމަތެއްނެތް އިންސާފެއްނެތް ކޯޓުތައް ސިޔާސީ މީހުން ކޮންޓްރޯލް ކުރާކަން މުޅި ދުނިޔެއަށަ ހާމަވުން ނޫންކަމެއްނެތް. ޤާނޫނު ނެތި އަންދާ ޤާނޫން ވުޖޫދުވީ

  81. ައަހުމަދު

    ޢެހެންވީމަ ތި ވިދާޅުވަނީ ނަޝީދު އެމް.އެން.ޑީ.އެފް ޔުނިފޯމް ލައިގެން ފުލް ގިއާގަ ހެލްމެޓް އަޅައިގެން ގޮސް އަބްދުﷲ ގާޑިޔާ ވަގަށްނެގީއޭތަ. ޙަސަދަވިއަސް ބޮޑުވަރު. ޢަބްދުﷲ ގާޒީ އަކީ އުމުރަށް ގޮޅީގަ އޮންނަން ޖެހޭ މުޖުރިމެއް. ޔާމިންގެ އޯޑަރަށް ކޮންމެ ފަހަރަކު ޝަހުމް ދޫކުރަނީ އަބްދުﷲ ގާޒީ. ދޫކުރާ އިރަށް ވަޅިޖަހަނީ މީހެއްގެ ގަޔަށް. ހަމަ ގެނގެންދާ އިރަށް ދޫ. އަހަރެމެން އޭރުވެސް މި ނޫ ޔުނީފޯމްގަ ފެންކަޅިވެފަ ބަލަން ތިބެން ޖެހުނީ. އާރެއް ބާރެއް ނެތިފަ. މިތާގަ އަބްދުﷲ ގާޒީގެ ދިފާއުގަ ކޮމެންޓް ތިކުރަނީ ޔާމިންގެ ވެރިކަމުގަ ނާޖާއިޒް ފައިދާ ލިބުނު މީހުން މިހާރު އެ ފައިދާ ނުލިބޭތީ. ޚޮންމެވެސް ހަލާލް މަސަތްކަތެއް ކުރަންވީނުން. އޭރަށް ގިޔާމަތް ދުވަހުން މާފައިދާ ވާަނެ.

  82. Anonymous

    ޢަންނިއަށް މަ ސެލިއުޓް ކުރާހިތްވަނީ ޕުޝްއަޕް ޕޮޒިޝަންގަ އޮވެ. ޢެވަރުގެ ވެރިއެއް ދުވަހަކު ރާއްޖެއަށް ނާދޭ.

  83. ނަފާ

    ކޯޓުތަކުގައި ތިބީވަގުން. މިފެއްނަނީ ވަގުން ވަގުންނަ އެހީތެރިވާތަން. މުޖުރިމުންނަ މުޖުރިމުންނާ ވެގެން އަދުލު އިންސާފު ނެތިކޮއްލާ ތަން.

  84. ނުރަބޯ

    ކޮއްކޮމެންނޭ މިއޭ އެ ބުނާ އަންދާ ގާނޫނަކީ..! އެހެންތާ ބުނެވޭނީ މިއަށް ވުރެ ފައުޅުކަން ބޮޑުގޮތެއްގައި މީހަކު ކުރިކުށެއް މިގައުމަކު ނެތެވެ.
    މިކުށަކީ ކެރަފާ ނަޝީދު، މިކަން ކުރާނަމޭ ބުނެ އެކަން އިޢުލާނު ކޮށްފައި ކުރި ކުށެކެވެ. އަދި އޭނާ ރަހީނުކުރި ފަނޑިޔާރު ދޫކޮށްލަން އެކިފަރާތްތަކުން ގޮވާލުމުން އެކަންވެސް ނުކުރާނަމޭ ބުނެ ހަރުކަށި ކަމާއިއެކު ރައްދުދިންވެސް މެއެވެ. އަދި ފަހުން އެއީ ކުޑަކުށެއް ނޫންކަމާ އެކުށަށް އަންނަންވާނީވެސް ބޮޑު ޙުކުމެއް ކަމަށް ބުނީވެސް ހަމަ އޭނާއެވެ. ކަންމިހެން އޮއްވާ އެއީ އޭނާކުރި ކުށެއް ނޫންކަމަށް ކޯޓަށް ފެނިގެން އޭނާގެ ކުށެއް ނެތްކަމަށް ޙުކުމް ކުރުމުން، އެ ކުރެވުނު ކަމަކީ ނިކަމެތިމީހާގެ ޙައްގު ފައިދަށުލާފައި އަޑުގަދަ ރުށްގިނަ މީހާ އަށް މޮޅުގޮތް ހޯދައިދިނުމެވެ. މިއީ އެމްޑީޕީ ގަބޫލު ކުރާ ހަމަޔާ އިންސާފެވެ.

  85. ޖޮއްބެ

    ކޯޓަށް ނުފޫޒު ފޯރުވައިގެން އަމިއްލަ އަށް ގަދަބާރުން މިނިވަންވެގަތަކަސް ތިޔައީ ކުށްވެރިއެއް ނޫން ކަމަކަށް ނުވާނެއެވެ.☹️

  86. ބޮއްބޮ

    މިހާއަވަހަށް މިބައިގަނޑުގެ އަސްލު ސޫރަ ދައްކަން ފެށީއެވެ. މާދަމާ މީހެއްގެ ގެދޮރު ދަމައިގެންފަ ރީނދޫ މީހަކަށް ދޭން ރީނދޫ ބައިގަނޑު ބޭނުންވިޔަސް އެއީވެސް ހަމަ އިންސާފުކަމަށް ކޯޓުން ގަބޫލުކޮށް އެގޮތަށް ޙުކުމް ނެރޭނެއެވެ.

  87. އެޑަމް

    ވެރިކަން ބަދަލުވާއިރަށް ޙުކުމްތައް ބަދަލުވާނަމަ އެއީ، އަދި އިންސާފެއް ނޫން، އެކަމަކު ގޯސްކޮށް ކަމެއް ކުރެވިފަވާކަމަށް ސާބިތުވާ މިިންވަރަށް ހެކި ހުރިނަމަ އެމައްސަލައެއް އަލުން ބަލާ ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅުކަމެއް، އެގޮތުން ބަލާއިރު ޢަބްދުﷲ ޤާޟީ ހައްޔަރުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ގިނަ ޤާނޫނީ ބޭފުޅުންވެސް އެއްބަސްވޭ އެހެންކަމުން އެކަން ކުރި ބަޔަކަށް އެކަށޭނަ އަދަބު ލިބެންޖެހޭ، ނަމަވެސް އެއީ ޓެރަރިޒަމްގެ ކުށެއްކަމަށް ނުވެދާނެ.

  88. ރަބަރޭ

    އިންސާފުން މުޅިންބޭރުން ކުރި މިޙުކުމަކީ ޢަދުލު އިންސާފުގެ ދާއިރާގެ އެއްވެސް ބޭނުމެއް ނެތްކަން އަންގައިދިން ކަމެއް.

  89. ޢަހްމަދު

    މިހާރު މޑޕ މީހުންވެރިކަމަށްއައީ އިންސާފުހޯދަންވެގެން އެކަމް މިހާރު ކޮބާ އިންސާފު މިހާރުމިއޮތީ ބޭއިންސާފުު

  90. އިލްހާމް

    ޖުޑިސަރީ ގޭންގެއްގެ ފައިބުޑުގަ

  91. ދަތްދޫނި

    އަބުދުﷲ ޤާޒީ އޭ ކިޔާ ފަނޑިޔާރަކު ހައްޔަރު ކުރާ ހިސާބަށް ދިޔައީ ކީއްވެގެންތޯވެސް ރައްޔިތުން ސުވާލު ކުރަން ވެއްޖެ އެންނު. ހަމަ މީހަކު ތާކު ހުއްޓާ ހިފާ ހައްޔަރު ކުރާނެބާ! މިކަމުގެ ސިއްރު ރައްޔިތުންނަށް ސާފު ވެއްޖެ ނަމަ ހިއެއް ނުވޭ މިތަނުގާ ކޮމެންޓް އެއް ކުރާނެ ހެނެއް.

  92. އެކުވެރިޔާ

    ޢަބްދުﷲ ގާޒީ ހުރެފަ ނުދަންާ ޢަޞްދުﷲ ގާޒީ ހައްޔަރު ކުރި މީހަކު ހުންނަން ވާނެ.... އަޅެ ރާއްޖޭ ގެ ކޯޓުތައް ދޯ ތިން ގާޒީން އެކަކު ސުވަރުގެ ދާވާހަކަ އޮންނަނީ.. މިވަރުން ދާންޏާ ރާއްޖޭގެ ހުރިހާ ގާޒީންވެސް ޖާގަ ހޯދާނެ ނރކ އިން

  93. ވަގު ބާޣީ ޓެރަރިސްޓް

    ކަލޭ ނުރުހޭ އެންމެން ރަހީނު ކޮށް ގެއްލުވާލާ. އުއްތަމަމެން ނަގޫ ފިތިފަ.

  94. ކެކެކެ

    ރީނދޫ އެންގްރީ ބާރޑް އޮރި އިމްތިޔާޒު ބުނެދީބަލަ މިކަމުގައި އިންސާފުވެރިކަން ހުރި ވަރެއް.

  95. ބަމަރސް

    ސްޕްރީމްކޯޓުން ޢާއްމު ރައްޔިތުމީހާއަށް އެއްވެސް ހުކުމެއް ކޮއްގެންނުވާނެ. ހަމައެކަނި ރައީސުންނާ ސިޔާސީ ލީޑަރުންނަށް އެކަނި ހުކުމް ކުރަންވާނީ އެއީ އެމީހުންނަށް އެކަނި އެ ބަދަލުކުރެވޭނީ. ދެން ކޮބާ އިންސާފު. ނަޝީދުވެސް ޤަބޫލުކުރަންޖެހޭނެ ސްޕްރީމްކޯޓުން އޭނާއަށްކުރި ހުކުމް އެއީ ތަންފީޒުކުރަންޖެހޭ ހުކުމެއްކަމަށް.