އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި ބައިތިއްބާފައިވާ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންގެވި ކަމަށާއި، ނަމަވެސް އިންޑިއާ ސިފައިން އެ އެންމެގުމަށް ރާއްޖެއިން ފައިބާފައި ނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ "ސްޓްރެޓީޖިން ނިއުސް އިންޓަނޭޝަނަލް" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރެއް ހަދިޔާކޮށް ގިނަ އަދަދެއްގެ ސިފައިން ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރު އުދުހުމުގެ ނަމުގައި އެ ސިފައިން ގެނައި ނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

"ދިވެހިންނަށް އޭ380 އެއާކްރާފްޓު ދުއްވޭ އިރު އަދި ކޮންމެ ފްލައިޓެއް ދުއްވޭ އިރު އަދި ދިވެހިންނަށް ސަބްމެރީން ދުއްވޭ އިރު ހެލިކޮޕްޓަރު ނުދުއްވެންވީ ކީއްވެ، އިންޑިޔާއިން މިއީ އަޅުގަނޑުމެންނަށް ދިން ހަދިޔާއެއް ނަމަ އޭތި ޖެހޭނީ ދިވެހިންނަށް ދޫކޮށްލަން، އަޅުގަނޑުމެން އޭތި އުދުއްސާނަން އަދި ބަލަހައްޓާނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރާއްޖޭއާއި އިންޑިއާ އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ގޯސްވާން މެދުވެރިވީ 2008 ވަނަ އަހަރަށްފަހު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އުމަރު ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ރާއްޖެއިން އިންޑިއާގެ ޖީބަށް ފުންމާލާފައިވާ ކަމަށާއި، ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާން ފެށުން ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުގެ މައްސަލަ އުމަރު ސިފަކުރެއްވީ، 21 ވަނަ ޤަރުނުގެ ޓްރޯޖަން ހޯސް އެއްގެ ގޮތުގައެވެ. އެ މޭރުމުން މިކަން ސިފަކުރައްވާ އުމަރު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި ހެލިކޮޕްޓަރު ބާއްވަން މަސައްކަތް ކުރަމުން ގޮސްފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބުމުގެ ބޭނުމުގައި ކަމަށެވެ.

އުމަރު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި އަސްކަރީ ބޭސްއެއް ހަދަމުންދާކަން ދިވެހިންނަށް އެނގޭއިރު، ހެލިކޮޕްޓަރު ފޮނުވާލާ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް އޭރުގެ ރައީސް ޔާމީން ސީދާ އެމީހުންނަށް އެންގުމުންވެސް އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.

"ގާނޫނީ ސަރުކާރަކުން އެމީހުންނަށް ސީދާ އެންގީމަ އެ މީހުން ގައުމުން ދާން ޖެހޭ، އެއީ އެ މީހުން ރަތް ރޮނގު ހުރަސް ކުރި ހިސާބު، އެހެންވީމަ އެންމެނަށް މިހާރު އެނގިއްޖެ މިއީ ހަދީޔާއެއް ނޫން ކަމަށާއި ސިފައިން ބައިތިއްބަނީކަން،" އިންޑިއާ ސިފައިން އައްޑޫގައި ބަހައްޓައިގެން އުޅުމާ މެދު ކަންބޮޑުވުން ފާޅުކޮށް އުމަރު ވިދާޅުވިއެވެ.

އާ ސަރުކާރުން ހެލިކޮޕްޓަރާ ބެހޭގޮތުން ވިދާޅުވެފައިވަނީ އަވަށްޓެރިން ދޭ ހަދިޔާ އަނބުރާ ފޮނުވާލުމަކީ ދިވެހިންގެ އާދައެއް ނޫން ކަމަށާއި، ހެލިކޮޕްޓަރު ރާއްޖޭގައި ބާއްވާނެ ކަމަށެވެ. އަދި ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމަށް މިހާރު ބައިތިއްބާފައި ތިބޭ 40 ސިފައިންގެ އަދަދު 60 އަށް އިތުރު ކުރާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

އިންޑިއާ ސިފައިން ދާއިމީކޮށް ރާއްޖޭގައި ބައިތިއްބުމަށް އިންޑިއާއިން ކުރާ ޝަރުތައް ރުހޭނަމަ 1 އެބިލިއަން ޑޮލަރުގެ ލޯނު އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން ވަނީ ރާއްޖެއަށް ހުށަހަޅާފައެވެ. އިންޑީއާ އާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރި ނަމަވެސް އަސްކަރީ މިދަފަ ނިންމުންތަކާ ދިވެހިން ދެކޮޅުކަން ހާމަކޮށް ދެކެވޭ ވާހަކަތަކުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ގޮތެއްފޮތެއް ނެތް ބައެއްވީމަ ވާނީ އެހެން. ނުބައިފާލެއް އިންޑިޔާގެ ސަޕޯޓާއެކު ބަޔަކު ވެރިކަމަށް ގެނައުމަކީވެސް

  2. ވިއްޓޭ

    އާ ސަރުކާރެއް ގެނައީ އިންޑިޔާ މިތަނަނައް އަތްގަދަ ކުރާކައްނޫން. މިރާއްޖޭގެ ވެސް އެބަތިބި ތިދުއްވޭވަރުގެ ކެޕްޓަނުން. ވެރިކަމުގައި ތިބެން ބޭނުމިއްޔާ މިކަން ހުއްޓުވާ. ނޫނީ ފަހަރުގަ ގޯސްވެ ވެދާނެ.

  3. ރައްޔިތުކަލޯ

    ހައްލަކީ އުމަރު. 2023އަށް އުއްމީދުކުރަން.

  4. އަހްސަން

    ރައީސް ޔާމީން އޭ ކިޔާފަ ކޮން އަގައެއް ދެން ހުޅުވާކަށް ބްރިޖް މަތީ އަރި އަރިއަށް ފޮޓޯ ނަގަމުން ދުއްވާ އިރު ކާކު ލަދުގަންނަނީ، ރައީސް ޔާމީން މަތިން ހަދާންވާނެ ރަނގަޅައްވެސް ދުވަސްކޮޅަކުން ޤައުމު އަޅުވެތި ވީމަ،

  5. ނަންނަަ

    އުމަރު އަކީ ވަރަށް ޤަޢުމީ ވަންތަ ބޭފުޅެއް. އަޅުގަނޑު ވަރަށް ސަޕޯޓް ކުރަން

  6. ވާނުވާ

    އަހަރެން މިހުރީ އުމަރާއި އެކު... ހާއިނުންނާ ދެކޮޅު... ދެން މިސަރުކާރުން މަނީ މަނީ ގޮވަމުން ދުވަނީ... ޠޫރިޒަމް ބޮއިކޮޓް ކުރި ބައިގަޑު

  7. ހާމަ

    ކުރިންވެސް އެމްޑީޕީ ވެރިކަމަށް އައިސް ދިވެހިންނަށް ބޮޑު ގެއްލުމެއްވާގޮތަށް ދިވެހިންގެ ތަރިކަމުދާ އެއަރޕޯޓް ޖީއެމްއާރުއަށް ވިއްކައިލީ. ލިބުނުފައިސާ ޕާޓީގެ ބޮޑުންގެ ޖީބަށް ވަނީ. އެއަރޕޯޓު އަނބުރާ ހޯދުމަށް ނިކަމެތި ދިވެހިންގެ ފައިސާކޮޅު އެއްކޮށްގެން ދީ ކިރިޔާ ދަރަނިން ސަލާމަތްވީ. އަނެއްކާ ވެރިކަމަށް އައިސް ދިވެހިން އަޅުވެތިކޮށް އެއްބިލިއަން ޑޮލަރު މިނަގަނީ. ދެން ދިވެހިން ޖެހޭނީ މިނިވަންކަން ހޯދަން ބޭނުންނަމަ އަނެއްކާ އެއްބިލިއަން ޑޮލަރު ދައްކަން.
    ކުރިން ހަރުމުދާ ވިއްކައިލީ މިފަހަރު މިނިވަންކަން ވިއްކައިލީ. މިދެން ބޮޑުވަރު. ޖަޒީރާ ރާއްޖެ ޖަރީމާ ރާއްޖެއަށްވެ އަޅުވެތިވެ ނިމިއްޖެ.

  8. ދފ

    އިންޑިޔާގެ އަޅުވެތިކަމަށް މިގައުމު މިދަނީ.

  9. ޢުޑެއް ބުޑެއް ނޭނގޭ ބަޔަކު ވެރިކަންެ

    ޢެ ދަލުގަ ޖެހި އަމިއްލަ އަތުން ތިމާގެ ލޮލައް ހެރޭއިރުވެސްނޭނގެ، ނޭގޭނެތާ ވެރިކަމުގެ ދަހިވެތިކަން ހިސާބައްވުރެން ބޮޑުވީމަ.މީހިތާމަ ހުރިކަމެއް.ބިރުވެރިކަމެއް.ގެއްލުންހުރިކަމެއް.!

  10. ސަލީމް

    އެހން ނުބޭތިއްބޭނެ. ދިވެހިންގެ ހުންނާނެ ހިތްވަރު. ދިވެހިލޭ ހިނގާ ދިވެހިން އެބަތިބި. މީ ސިޔާސީ ދެތިނއމޡީހެއްގެ އެކަނި ޤައމުމެއްނޫން. އަންނި އަކަސް މައުމޫނަކަސް އަދި ޤާސިމާ އިމްރާނަކަސް އެކަނ ްދަންނަން ޖެހޭނެ.

  11. ع / س

    ޢުމަރުގެ މޮޅުކަމަކީ، ތިޔަކަމަށް އޮތް ޙައްލު ބުނެދެއްވުމެވެ. ތިޔައީ މީގެކުރިން ލިބިފައިވާ މުހިންމު ޚަބަތެކެވެ. ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ތިޔަކަމަށް ނުރުހެއެވެ. ނަމަވެސް މިރާއްޖޭގައި މިހާރު ހެދި، ބޮޑުވަމުންދާ ކޯލިޝަނަކީ، މިރާއްޖޭގައި އެންމެ ނުފޫޒުގަދަ 4 ލީޑަރުންގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ކޯލިޝަނަކަށްވާއިރު، މި 4 ލީޑަރުންގެ ޝަރަފުން ޝަރަފު ލިބިފައިވާ ވެރިކަމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެއްވެސް ނިންމެވުމަކީ، ނުޞައްޙަ، ނުރަނގަޅު ނިންމެވުމަކަށް ވީނަމަވެސް މި 4 ލީޑަރުން ބޭނުންފުޅު ކުރައްވާނީ ހަނުހުރުމުގެ ފުރުޞަތު ކަމަށް ބެލެއެވެ.

  12. ައަހަންމަދު

    ހަބަރުދާރު އެއްވެސް ސަރުތެއްކޮށް އެންމެޑޮލަރެއްވެސް އަހަރެމެން ބޭނުމެއްނޫން . ޑޮލަރުގެ ދަހިވެތިކަމުގަ އަހަރެމެންގެ މިނިވަންކަން ވިއްކާނުލެވޭނެ މިނިވަންކަން ވިއްކައިނުލާ ގައުމު ހިނގަން ނޭގޭނަމަ އަވަހައް އިސްތިއުފާދެއްވައިފަ ވަޑައިގަންނަވާ.

  13. ބަހަބަރު

    އުމަރު މިހާރު ސިޔާސީ ވުން ހުައްޓާލުން އެންމެ ބުއްދިވެރިވާނީ ، އުމަރަކީ ރަތްޔިތުންގެ ތާއީދެއްއޮތް މީހެއްވެސް ނޫން މިހާރު ، ވީމާ އުމަރު މިހާރުއެންމެ ރަންގަޅުވާނީ ސަބްމެރިން ދުއްވަން މަޑުން ހުރިއްޔާ.

  14. ހައްލަކީ އުމަރު

    އުމަރަކީ ވަރަށް ރަނގަޅަށް ވާހަކަ ދައްކާ މީހެއް. މިރާއްޖެއަށް މިއަދު މިދިމާވެފައިވާ ގިނަކަންކަން ހައްލުކުރުމަށް، ގައުމުގެ މަތީފަޑިޔަށް އުމަރު ގެންނަންޖެހޭ.
    އެހެން ނަމަވެސް މިރާއްޖޭގައި މިތިބަ ބޮޑެތިވިޔަފާރިވެރިން ހާއްސަކޮށް ގާސިމްގެ ބަލާޔާ ހެދި މިރާއްޖެ ސަލާމަތެއްނުވާނެ ގާސިމަށް ވެރިކަމުގެ ދައުރެއް ނުލިބެނީ. ދިވެހިންތިބި ނކަމެތިހާލުގެ ނާޖާއިޒްފައިދާ އެންމެ ބޮޑަށް ނެގިމީހަކީ އަދި މިހާރުވެސް ނަގަމުންދާމީހަކީ ގާސިމް.
    އިންޑިޔާގެ ޓްރިވެންޑްރަމް އަށް ދިވެހިން ބޭހަށް ފޮނުވަންފެށި ހިސާބަކީ ގާސިމް ވެރިކަމަށް އަންނަން ފައިނެގި ހިސާބު.

  15. ސޯޕް ލައިޓް ބްރަދަރ

    އިންޑިޔާގެ މިދައްޖާލުތައް ވިހައޮށް ލައިގެންނަމަވެސް މިޤައުމުން ބޭރުކުރަންއެބަޖެހޭ11

  16. ޑިމޮކްރަސީ

    ދިވެހިރާއްޖޭގައި ބޭރުގެފަރާތަކުން މިލިޓަރީ ބޭހެއް ހެދުމަކީ ހުއްދަ ކަމެއްނޫން އެކަމަކު ނަޝީދުގެ ވެރިކަމުގައި ހެލިކޮޕްޓަރޭކިޔާގެން އެކަންވަނީ ކޮށްފއި . މިހާރު އިބޫ އިންޑިޔާކަނޑުގެ ސުލްހައޭކިޔާގެން އިންޑާ ސިފަައިން ދާއޮމީކޮށް ރާއްޖޭގައި ބޭތިއްބުމަށް ދަނީ މަސައްކަތްކުރަމުން މިފަހަރު ކިޔާނީ ޓްރެއިންދިނުމޭ.

  17. އަަޅުުން

    މި ރާއްޖެ މިއޮތީ އިންޑިއާގެ އަަޅުވެތިކަމުގަަ.

  18. އެލެކްސް

    އެއޮއްބޮޑު އަވައްޓެރި އިންޑިއާގައި ހެލިކޮޕްޓަރު ދުއްވަން ދަންނަނީ ހަމައެކަނި އަސްކަރިއްޔާ މީހުންތަ؟ ޤައުމަށް ވެރިވެގަތުމުގެ ފަލްސަފާގެބތެރެއިން