2012 ވަނަ އަހަރުގެ ތެރޭގައި އަނިޔާވެރިކޮށް ގަތުލުކުރެވުނު މަޝްހޫރު އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލާ ކޮމިޝަން" އަށް ކިޔާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝިމް އަލީ މަރާލި އިރު ފުލުހުންގެ ކޮމިޝަނަރު ކަމުގައި ހުންނެވި އަބްދުﷲ ރިޔާޒް، އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަފްރާޝީމުގެ މަރާއި ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތުތަކަކީ ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އިރު ލިބުނު މައުލޫމާތުތައް ކަމަށާއި އެ މައުލޫމާތުތައް ފުލުހުންގެ މުއައްސަސާގައި ވެސް ހުންނާނެ ކަމަށެވެ.

އަދި ފުލުހުންގެ ރަސްމީ މަސައްކަތެއްގައި ހުންނަވަނިކޮށް ލިބުނު މައުލޫމާތުތައް މީޑިއާއެއްގައި ހާމަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި ހުރިހާ ދުވަހު އެ ވާހަކަތައް ކިޔާ ނުދީ ހުރީ އެހެންވެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނެއް މިހާރު އޮތް އިރު އެ ކޮމިޝަނުން ސުވާލުކޮށްފި ނަމަ އެ ފަރާތްތަކަށް ހުރިހާ މައުލޫމާތެއް ކިޔާ ދިނުމަށް ތައްޔާރަށް ހުރި ކަމަށާއި ރިޔާޒް ވިދާޅުވިއެވެ.

"އެފަދަ ކޮމިޝަނެއް ރައިސުލްޖުމްހޫރިއްޔާ އުފެއްދީ އެއީ ސިސްޓަމްގެ ތެރޭގައި މިހާރު ހުރި މުއައްސަސާތައް އޭގައި އިހުމާލުވެފައި އޮތް ކަމަށް ގަބޫލު ކުރެވޭތީ މިނިވަންކަންމާއެކު އެކަންކަން ބަލަން، އަދި ރައްޔިތުންނަށް އޭގެ އިތުބާރު އުފެއްދުމަށްޓަކައި .އެ ބޭފުޅުން އަޅުގަނޑުގެ ފަރާތުން ސާފު ކުރަން ކަމެއް އޮތީއާ އަޅުގަނޑު މިހުރީ ތައްޔާރަށް ވަރަށް އުފަލާއެކު ދާން، ހަމައެކަނި އެ އެކަންޏެއް ނޫން، މަޖިލީހުގެ ކޮމިޓީއަކުން އެކަންކަން ބަލާ ކަމަށްވަންޏާ އަޅުގަނޑަށް އޭރު ލިބިފައި ހުރި މައުލޫމާތުތައް ހޯދަން ބޭނުމިއްޔާ ވެސް ތައްޔާރު،" ރިޔާޒް ވިދާޅުވިއެވެ،

ރިޔާޒް ވިދާޅުވީ އޭނާ ޕޮލިސް ކޮމިޝަނަރު ކަމުން ރިޓަޔާ ކުރެއްވި އިރު އަފްރާޝިމް މަރާލުމަށް ފަންޑު ކުރި ފަރާތްތަކާ ބެހޭ ގޮތުން ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗައް ތަހުގީގުތައް ދިޔައީ ހިންގަމުން ކަމަށެވެ. އަފްރާޝީމްގެ މަރާއި ބެހޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައާއި އެމްޑީޕީގެ ލީޑަރޝިޕްއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅުމެއް ނެތް ކަމަށާއި އަފްރާޝީމް މަރާލި މީހަކީ ހުމާމް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޤސމ

    އަފްރާޝީމް ޝަހީދުކޮށްލެވުނު ރޭގަ އެސަރަހައްދުގައި ފުލުހުން ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތައް ނިއްވާލީ ކާކުގެ އޯޑަރަށްކަން ބުނާނެ ފުލުހުން ވެސް ތިބޭނެހެން ހީވަނީ. ޢަބްދުﷲ ރިޔާޒަކީ ޤައުމަށް ޣައްދާރުވެފައިވާ ޚާއިނެއް.

  2. Anonymous

    ގާފުރޮޅާބޭ

  3. އިސްމާޢީލް

    މެންބަރު ރިޔާޒޫ ކަލޭ ހީނުކުރާތި ކަލެޔަށް އޭރު އެގިފައިއޮތް ކަމެއް ސޯލިހު ރަޢިސް ގެ މަރާއި ގެއްލުވާލި ކޮމިޝަނަށް މިހާރު ކިޔައިދިނުމުން ކަލޭ އެކަމުން އެ މިންޖުވީއޭ. ނޫން އޭރި އެގިހުރި އެއްޗެއް އޭރުހާމަ ނުކުރުމުން ލިބޭ އަދަބު މިހާރުވެސް ކަލެޔަށް ލިބޭނެ.

  4. އަލީ

    ތިކަމެއްނުވާނެ.

  5. ޖޮއްބެ

    ހާދަފަހަކުން؟ ސިލްސިލާ ފިލްމެއް ވިއްޔަދޯ ފަހުބައި ނިމުނީމާ ދައްކަން މަޑުކޮށްލީތާދޯ. ތިމަރައެއްނު؟ފިސާރި ފޮނިވާނެ.

  6. ބަރުގޮނު

    ތިޔަކަން އޮތީ އިސްލާމީ ޝަރީޢަތު ގެ ހުރިހާ މަރުޙަލާއެއް ނިމި ޙުކުމް ތަންފީޒު ކުރަންވެފައި. މިހާރު އުފެދިގެން އުޅޭ އެއް މަސްއަލައަކީ މަރަށްމަރު ނުހިފާ ގޮތަށް ސަރުކާރު ތާއީދު ކުރުން. އިސްލާމް ދީން ކަޑައަޅާ ޙުކުމެއް ސަރުކާރުން ބަދަލު ކުރަން އުޅޭކަން. މިކަމުގައި ސަރުކާރު ޒިންމާދާރު ކުރުވަން އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީ.ޕީ.އެމް ގެ ދަވްރު ފެންނަންޖެހޭ. އިސްލާމިކް މިނިސްޓްރީ ބަސް ކިޔަން ޖެހޭ.

  7. ހަރީ

    ކަލޭތިދޫވިއްކާމިހެއް

  8. ރައްޔިތުން

    ތި މައުލޫމާތު ހިއްސާ ނުކޮށް މީހާ ގިނަދުވަސް ހުރުމުން ރިޔާޒް ވެސް ކުއްވެރިވާންޖެހޭ..

  9. އައްޑޫ މީހާ

    އަބްﷲ ރިޔާޒް އެއްޗެއް ހިއްޕަވައިގެން ހިނދުކޮޅުގަ އުޅުއްވާހެން ވ.ހީވޭ ބަލަ އަނބޮޅޯ ކަލޭ ތިދައްކާ ވާހަކަތަކުން މިހާރުން މިހާރަށް ކަލޭ ހައްޔަރު ކުރަންޖެހޭ ، މިހެން ބުނަން ޖެހޭ ސަބަބަކީ ކަލޭ ކޮމިޝަނަރ އަކަށް ހުއްޓާ ހިގި ހާދިސާއެއް އޭރު މައުލޫމާތު ސިއްރުކޮށް ތިކަމުގައި ބައިވެރިވި ފަރާތްތަށް ފިލަން ފުރުސަތުދީ ތިކަމުގަ ކަލޭ ބައިވެރި ވެފައިވާކަމަށް ތުހުމަތު އެބަކުރެވޭ މީހަކު މަރާލާފަ ސިއްރު ނުކުރެވޭނެ އެހެންވެ ކިއޭ ނުކިއޭ ނޭގިގެން ތެޅިބާލަނީ މިގޮލާ ހައްތަރުކޮށް ޖަލަށްލާން ދިވެހި ފުލުހުންނަށް ގޮވާލަން

  10. ކިހައިދޫ

    މަށަށް ހާދަހީވޭ މި ޢަބްދުﷲ ރިޔާޒް ބައިވެރިވެގެންހެން އަފްރާޝީމް މަރާލީ! މިހެން މުނަން މިޖެހުނީ ރާއްޖޭގެ ދީނީ ޢިލްމުވެރިއެއްގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ވާހަކަ އޭނާ އެދައްކަނީ އިރަކު ގޮތަކަށް. ވިއްކާ ވިޔާފާރިކުރާ މުދަލެއްހެން. އެކަންއެކުރަނީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި. މިކަލޭގެ މި މައްސަލައިގައި ހައްޔަރުކުރަންޖެހޭނެ.

  11. Anonymous

    އެފަދަ ކޮމިޝަނެއް ރައިސުލްޖުމްހޫރިއްޔާ އުފެއްދީ އެއީ ސިސްޓަމްގެ ތެރޭގައި މިހާރު ހުރި މުއައްސަސާތައް އޭގައި އިހުމާލުވެފައި އޮތް ކަމަށް ގަބޫލު ކުރެވޭތީ
    އެހެންކަމަށްވާނަމަ އެކަމުގައި އެއްމެބޮޑަށް އިހުމާލުވީ އެއިރުގެ ކޮމިޝަނަރއޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަބުދުﷲ ރިޔާޒު ނޫން ދެންކާކުބާ؟