ފްރާންސްގެ ރައީސް އެމްނައުލް މަކްރޯން، ސައުދި އަރަބިއްޔާގެ ވަލީ އަހްދު ސަލްމާން ބިން އަބްދުލް އަޒީޒް އާ މުޚާތަބުކޮށް، "އަހަރެން ކަންބޮޑު" ވާ ކަމަށް ބުނާ އޯޑިއޯ ކްލިޕްއެއް ލީކް ވެއްޖެއެވެ.

ލީކް ވެފައިވާ އޯޑިއޯ ކްލިޕްގައި ވަލީ އަޙްދާއި ރައީސް ވާޙަކަފުޅު ދައްކަވާފައިވަނީ ސައުދީގެ ކޮންސިއުލޭޓްގައި ވަރަށް އިހާނެތިކޮށް މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮޤީގެ މަރުގެ މައްސަލައާ ބެހޭ ގޮތުންނެވެ. މިގޮތުން ލީކްވި އޯޑިއޯގައި ވަލީ އަޙްދު، ރައީސަށް އިޝާރާތްކޮށް ބުނެފައިވަނީ ކަންބޮޑު ނުވުމަށެވެ. އަދި ޖަވާބުގައި، އޭނާ ކަންބޮޑު ވާ ކަމަށް ފްރާންސްގެ ރައީސް ބުނެފައިވެއެވެ.

މި އޯޑިއޯ ކްލިޕްގައި ފްރާންސްގެ ރައީސް، ވަލީ އަޙްދު ކުރެން އިތުރަށް ބުނެފައިވަނީ، "އޭނާ ބުނާ ގޮތަށް ކަންތައް ނުކުރާ" ކަމަށެވެ.

ނަމަވެސް ރައްދުގައި ވަލީ އަޙްދު ބުނެފައިވަނީ އޭނާ އެންމެގެވެސް ވާހަކަތައް އަޑު އަހާ ކަމަށެވެ.

ފްރާންސްގެ ރައީސާއި ސައުދީގެ ވަލީ އަޙްދުގެ އޯޑިއޯއެއް ލީކްވެފައިވަނީ މިދެބޭފުޅުންގެ ޖީ20ގެ ސައިޓަށް އާޖެންޓީގައި ތިއްބަވަނިކޮށެވެ. އަދި ސައުދީގެ ފޮރިންގް މިނިސްޓްރީންވަނީ މިދެބޭފުޅުން ސައިޓްގެ ތެރެއިން ދިމާވެފައިވާ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ މަރުގެ މައްސަލައިގައި ސައުދީއަށް ގިނަ ބޭރު ޤައުމު ތަކުގެ ޕްރެޝަރު ދަނީ ފޯރަމުންެނެވެ. މިގޮތުން ސައުދީއަށް ދަތުކުރުމުގެ ގޮތުން ސައުދީއާއެކު ބައެއް ޤައުމުތަކުން ހަދާފައިވާ އެއްބަސްވުންތައްވެސްވަނީ ބާތިލުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮހިންޔާގެ އެތަށްހާސް މުސްލިމުންނެއް މެރި އިރު ފުރާންސު ކަންބޮޑެއް ނުވޭ ދޯ