ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި ގުޅިގެން، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ މައްޗަށް އެމެރިކާގެ ކޯޓަކަށް ހުށައަޅާފައިވާ މައްސަލައެއްގައި، ވަލީއަހުދަށް ރައްކާތެރިކަން ދޭން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ނިންމަވައިފިއެވެ.

ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޖަމާލް ޚަޝޯގީ މަރާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި 2018 ވަނަ އަހަރުއެވެ. އޭނާގެ ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށް ކޮންސިއުލޭޓަށް ދިޔަ ފަހުން ޚަޝޯގީ ގެ ހަބަރެއް ވެފައެއް ނުވެއެވެ. ކޮންސިއުލޭޓްގެ އެތެރޭގައި އޭނާ މަރާލައި، ހަށިގަނޑު ކޮށާލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަޝޯގީ މަރާލައިފައިވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ އަމުރަށް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ވަނީ ބުނެފައެވެ. ނަމަވެސް ވަލީއަހުދު ވަނީ ޚަޝޯގީގެ މަރުގައި އެ ބޭފުޅާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ވިދާޅުވެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ކޯޓަށް އަންގާފައިވާ އެންގުމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެފައިވަނީ ވަލީއަހުދަކީ މިހާރު ސައުދީގެ ބޮޑުވަޒީރު ގެ މަގާމުގައި ހުންނެވި ބޭފުޅާކަމުން ވަލީއަހުދަށް މި ދައުވާއިން ރައްކާތެރިކަން ލިބޭކަމަށެވެ. އަދި ވަލީ އަހުދަށް މި ރައްކާތެރިކަން ލިބެނީ އެއީ ބައިނަލް އަގުވާމީ ގާނޫނުތަކުގެ ދަށުން ގައުމުތަކުގެ ވެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމަކަށް ވާތީކަމަށްވެސް އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމެންޓުން ކޯޓަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

ސަރުކާރުން މިހެން ބުނެފައިވީނަމަވެސް މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޓުންނެވެ. ނަމަވެސް ސަރުކާރުން މިހެން އެދިފައިވަނިކޮށް ކޯޓުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެކަމަށް ނުބެލެވޭ ކަމަށް ގިނަފަރާތްތަކުން ދެކެެއެވެ.

ނޫސްވެރިޔާ ޖަމާލް ޚަޝޯގީ

ވަލީއަހުދު މުހައްމަދު ބިން ސަލްމާން ސައުދީ ހިންގުމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

މި ދައުވާއިން ރައްކާތެރިކަން ދޭން ނިންމިކަމުގައިވިޔަސް މިއީ އެ ކުށުން ވަލީއަހުދު ބަރީއަވާ ކަމެއް ނޫންކަމުގައި ބައިޑަންގެ ސަރުކާރުން ވަނީ ބުނެފައެވެ.

ވައިޓްހައުސްގެ ގައުމީ ސަލާމަތީ ކައުންސިލްގެ ތަރުޖަމާނު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ނިންމާފައިވާ ގާނޫނީ ނިންމުމެއްކަމުގައެވެ.

މި ނިންމުމުގެ ސަބަބުން މި މައްސަލަ ކޯޓަށް ހުށައަޅާފައިވާ ޚަޝޯގީގެ ލޯބިވެރިޔާ ހެޓިސް ސެންގިޒް އަށް އިންސާފު ހޯދުމުގެ އެންމެ ފަހު އުންމީދުވެސް ގެއްލިގެންދާނެއެވެ. ސެންގިޒްގެ އަމިއްލަ ގައުމު، ތުރުކީގައިވެސް މިމައްސަލަ ބެލޭނެފަދަ އެކަށީގެންވާ މިނިވަން ޖުޑިޝަރީއެއް ނެތްކަމަށް ބުނެ، އޭނާގެ ލޯޔަރުންގެ މަޝްވަރާގެ މަތިން މި މައްސަލް އެމެރިކާގެ ކޯޓަކަށް ހުށަހެޅީއެވެ. މި މައްސަލާގައި ވަލީ އަހުދަށް ރައްކާތެރިކަން ދޭން ސަރުކާރުން ނިންމުމުން ސެންގިޒް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ޖަމާލް މިއަދު އަނެއްކާވެސް މަރުވެފައިވާ" ކަމަށެވެ.

ޚަޝޯގީ ގެއްލުމުގައި އެއްވެސް ދައުރެއް އަދާކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް ބުނުމަށްފަހު ފަހުން ސައުދީން ބުނެފައިވަނީ ޚަޝޯގީ މަރުވެފައިވަނީ ކޮންސިއުލޭޓްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ. އަދި މިކަމުގައި ވަލީއަހުދު މުހައްމަދު ގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި ބުނެފައިވެއެވެ. މި މައްސަލައާއި ގުޅިގެން ސައުދީން ވަނީ ބައެއް ސީނިއަރ އޮފިޝަލުން މަގާމުން ދުރުކޮށް ބައެއް މީހުން ހައްޔަރުވެސް ކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

2018 ވަނަ އަހަރު ޚަޝޯގީގެ މަރާއި ގުޅިގެން ދުނިޔޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖުހާ،

    ދުނިޔޭގައި އޮންނާނީ ބޮޑުމީހާއަށް ބޮޑު އިންސާފު. ކުޑަމީހާއަށް ކުޑަ އިންސާފު.

    15
  2. އަބްދޫ

    ޙަސޯގީ އަކީ މުސްލިމް ގައުމެއް ފަސާދަ ކުރަން ޔަހޫދީންނާ ގުޅިގެން އުޅޭ އެޖެންޓަކަށް ވުމުން ފައުމުގެ ހަމަޖެހުމަށް ފިޔަވަޅުއެޅުން އިސްލާންދީން ހުއްދޚުރޭ.

    12
    8
    • ޖުހާ.

      ކަލޭގެނސިކުނޑިއަށް ފުރަތަމަ ބޭސްކުރަންވީ.

      4
      2
  3. Anonymous

    ރައްކާތެރިކަން ދޭނެ އެމީހުންގެ ފައިބުޑަށް ވެއްޓޭ ވެރިއަކަށް ވިއްޔާ. އެމީހުންގެ ޤާނޫނުތައް ތަންފީޒުކޮށް އެމީހުން ދިންއެއްޗެއް ކައިގެން ދިން އެއްޗެއް ބޮއިގެން އުޅެން އާދަވެފައި ތިބި ބަޔަކަށް ވިއްޔާ.
    މިއަދު ދުނިޔޭގައި ހުރި އެންމެ ބޮޑު އެއް ދީނީ ޢިލްމުވެރިޔާ ޢަބްދުލް ޢަޒީޒް ޠުރައިފީ ފަދަ އެތައް ޢިލްމުވެރިންނެއް ސަބަބު ހާމަނުކޮށް ޖަލަށް ލާފައި ތިބޭތާ އެތައް އަހަރެއް. ސަބަބަކީ ވަލީއަޙުދު ބިން ސަލްމާން އެދޭގޮތަށް ފަތުވާތައް ނުދޭތީ. އޭނާ ބޭނުންވަނީ އެމެރިކާ ބޭނުން ގޮތަކަށް ސަޢޫދީ އަރަބިއްޔާގެ ޤާނޫނުތައް ފާސްކުރަން.
    އެހެންކަމުން ޠުރައިފީ ފަދަ ބިރެއް ނެތި ޙައްޤު ބަސް ބުނުމުގައި ސާބިތުވެ ހުންނެވި ޢިލްމުވެރީން ހިފާ ހައްޔަތުރުކޮށް ޖަލައްލުމަކީ އަނިޔާވެރިންގެ ޤަވާޢިދުކަން އިސްލާމީ ތާރީޚުގެ ފަތްފުއްތަކުން ފެންނަން އެބަ އޮތް.

    14
    3
  4. އަބްދޫ

    ރާއްޖެ ފަސާދަ ކުރަން ޔަހޫދީން ނެރުނު އެޖެންޓަށް ފިޔަވަޅު އެލުމަށް ،މައުމޫނަށް ކުޅަދާނަ ނުވުމުގެ ސަބަބަުން މިއަދު މިވަނީ ވަރަށް ބޮޑަށް ރާއްޖެ ފަސަދަ ވެފަ. އަތަށް ލައިގެން އުޅުނު ފައިވާންކިބަ ފޮރުވި ނަމަ ރާއްޖެ އަމާންތަނަކަށް ވިސް.

    15
  5. އަބުދުﷲ

    އެމެރިކާއަކަށް ސައޫދީ އަރަބިޔާ ކާރީގަ ފުއްޕައިގެން ނޫޅެވޭނެ. މާދިގު ބަޔާން ނެރެންޖެހުނީ މުހައްމަދު ބުނާގޮތް ނަހަދާ ޗައިނާ ރަސިޔާއާ ދިމާލައް މިސްރާބު ޖަހާފަވާތީ ބިރުން. !!!!މުހައްމަދު ބޭނުމިއްޔާ ޕެޓުރޯލް ފޯ ޑޮލަރު އޮތްއޮތުން ނިއްމާލީމަ ޑޮލަރުގެ ނުފޫޒު ދުނިޔެއިންގޮސް އެމެރިކާ ނިކަމެތިކަމުގެ ތެރެއަށް ވައްޓާލެވިދާނެ. މުހައްމަދުބިން ސަލްމާނުއަކީ މިވަގުތު ބޮޑެތިބާރުތައް ރަހުމަތްތެރި އަކަށް ހަދަން މަޖުބޫރުވެފައިވާ އެއްމެ ބާރުގަދަ ޝަހުސިއްޔަތު.

    11
    1
  6. ދ

    ސައުދީ މުހައްމަދުއަށް ރައްކާތެރިކަން ދޭން މަޖުބޫރު ވާނެ އެމެރިކާއަށް. މަޑުމަޑުން އަރަބިން ދުނިޔޭގެ ކޮންޓްރޯލް ނަގަމުން މިދަނީ.. ފިފާ ރޭންކިންގެ 139 ވަނައިގައި އޮތް ގަތަރު ދުނިޔޭގެ އެންމެ މޮޅު 32 ގައުމު ތެރޭގައި ހިމެނި ވޯލްޑު ކަޕް ގައި ތަމްސީލު ކުރަނީ..

    • ޖުހާ.

      ބިމުގައި ހުރިއެއްޗެއް ވިއްކައިގެން ލިބުން މުއްސަނދިކަމެއް. އަމިއްލައަށް އަލިފާންފޮއްޓެއް ހަދަންނޭނގޭ ބަޔަކަށް ދުނިޔޭގެ ކޮންޓުރޯލު ނެގޭތަ. ބޮލަށް ބޭސްކޮށްބަލަ.

      1
      5
  7. ގިނި

    ކަލޯ މުހައްމަދު ގަދަ، ފުއްޕާފަ އުޅުނު ބައިޑެންވެސް ސައިޒަށް ތިރި ކުރީ

  8. ރެފްރީ

    ސައޫދީގެ މިހާރުގެސަރުކާރުން އެމެރިކާއާ ފެއަށްޖެހެންފަށާ އެމެރިކާގެނުފޫޒުން މިންޖުވާންއުޅޭތީ ކުޑަކުދީންނަށް މެޓާދީގެން އެކުދިންހައްލާހެން ... ހީ ހީ ހަލާކު.. ނުވާނެތިކަމެއް