ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯޣީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް، ފްރާންސުން ހައްޔަރު ކޮށްފައިވަނީ ނުބައި މީހެެއް ކަމަށް ސައުދީ އަރަބިއްޔާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ފުލުހުން "ރޮއިޓާސް" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 33 އަހަރުގެ ސައުދީ ރައްޔިތެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ދަތުރު ކުރުމަށް ޗެކިން ކުރި ފަހުންނެވެ.

ފްރާންސްގެ ރޭޑިއޯ އަކުން ބުނީ ހައްޔަރު ކޮށްފައި ވަނީ ހާލިދު އައެދް އަލް-އޮތައިބީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ އޭނާ ހައްޔަރު ކުރަން ތުރުކީވިލާތުގެ ކޯޓަކުން ނެރެފައި އޮތް އަމުރެއްގެ ދަށުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޕެރިހުގައި ހުންނަ ސައުދީ އެމްބަސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރި މީހާއަކީ ޚަޝޯޣީ މަރާލުމުގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށެެވެ. އަދި އޭނާ ވަގުތުން ދޫކޮށްލުމަށް އެދިފައިވެއެވެ.

ސައުދިއަރަބިޔާގެ ސެކިޔުރިޓީ މަސްދަރަކުން އިތުރަށް ބުނީ " ހާލިދު އައެދް އަލް-އޮތައިބީ" އަކީ އެގައުމުގައި ވަރަށް އާންމު ނަމެއް ކަމަށެވެ. އަދި ފްރާންސުން އަތުލައިގަންނަން މަސައްކަތް ކޮށްފައިވާ އޮތައިބީ އަންނަނީ މައްސަލައިގައި ދައުވާ ކޮށްފައިވާ އިތުރު މީހުންނާއެކު ސައުދީގައި ޖަލު ހުކުމް ތަންފީޒުކުރަމުން ކަމަށް ބުނެފައިވެއެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ޝަރީއަތެއްގައި މީހަކު މަރާލި މައްސަލައެއްގައި ތުރުކީން ޣައިރު ހާޒިރުގައި ދައުވާ އުފުލާފައިވާ ސައޫދީ26 މީހުންގެ ތެރޭގައި ހާލިދު އައެދް އަލް-އޮތައިބީ ނަމަަކަށް ކިޔާ މީހަކު ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

ޚަޝޯޤީގެ މަރާއި ގުޅިގެން އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ވެސް ޕްރިންސް މުހައްމަދަށެވެ. ޖާސޫސީ ރިޕޯޓްތައް ބުނާ ގޮތުގައި ޚަޝޯޤީ މަރާލުމަކީ ޕްރިންސް މުހައްމަދު އަޑީގައި ހުންނަވައިގެން ހިންގާފައިވާ ޖަރީމާއެކެވެ. ތުރުކީގައި ޣައިރު ހާޒިރުގައި ޝަރީއަތް ކުރަމުންދާ 26 މީހުންގެ ތެރެއިން ދެ މީހުންނަކީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް އެހީތެރިވީ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވާނުވާ

    ގައިރު ހާޒިރުގަ މުހައްމަދަށް ދައުވާ ނުކުރަނީ ކީއްވެޔޯ؟

    3
    1
  2. ސަނީގް

    'ހަޝޯގީ މަރާލި' ގެ ބަދަލުގަ 'ހަޝޯގީ އަވަހާރަ' މިހެން ލިޔުނުނަމަ. ކަލޭމެންނައް އިނގޭ އެކަމަކު އިންޑިޔާގެ ޑިފެންސު ޗީފު 'އަވަހާރަ' ވެއްޖެއޭ ލިޔަން.

    6
    1
  3. Anonymous

    މި ހަޝޯޖީ އެއް މަރުވެގެން ނޫސްވެރިން އަދިވެސް މީނާގެ ވާހަކަ ނުހުއްޓިގެން ދެފައިގާތް ނކުރެވިގެން ތިއުޅެނީ ކިހިނެއް ވެގެން ބައްވައެވެ؟
    މީނާއަކީ ނޫސް ވެރިން ނަމުގައި އުޅުނު ހަކަ

    2
    5
  4. އަޙްމަދް

    މި ހަޝޯޖީ އެއް މަރުވެގެން ނޫސްވެރިން އަދިވެސް މީނާގެ ވާހަކަ ނުހުއްޓިގެން ދެފައިގާތް ނކުރެވިގެން ތިއުޅެނީ ކިހިނެއް ވެގެން ބައްވައެވެ؟
    މީނާއަކީ ނޫސް ވެރިން ނަމުގައި އުޅުނު ހަކަކަށި ފިކުރުގެ ރަތްލާޖެހި "ޚަވާރިޖީ"އެއްކަން ނުދައްނަނީތޯއެވެ؟

    2
    5
  5. ކަށިކީސް އެމްބީއެސް

    ސަޢޫދީން ހިންގި މި ނުބައި ޖަރީމާ އަކީ މިފަހުގެ ތާރީޚެއްގައިވެސް ބަޔަކު ނުހިންގާ ބާވަތުގެ ނުބައި ނުލަފާ ޢަމަލެކެވެ. އެއްވެސް ބަޔަކު އެމްބެސީ އެއްގެ ތެރޭގައި މިގޮތަށް މީހަކު މެރި ކަމެއް އެނގިފައި ނެތެވެ. މަރާލާފައި ކީހާއި ކުދިކޮށް އެސިޑަށް އަޅާ ވިރުވާލުމަށްފަހު ފަޅާއެރުމުން އަދިވެސް އެއުޅެނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ. މި ވާހަކަ ފަށަފަށައިގެންވެސް ދައްކަން ޖެހެއެވެ. މުސްލިމުންގެ މުގައްދަސް ބިންތަކަށް ވެރިވެގެން ތިއްބަސް އާލު ސަޢޫދުންނަކީ ވަކި ސަހަލު ބައެއް ނޫނެވެ.