އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ އެކްސަސައިޒް "ޖައްރާފާ 2018" ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު ބައްލަވާލައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ ވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މިއަދު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ބައްލަވާލައްވާ މި އެކްސަސައިޒް ހިނގަމުންދާގޮތުގެ މަޢުލޫމާތު ސާފްކުރައްވާފައެވެ.

މި އެކްސަސައިޒް ބައްލަވާލެއްވުމަށްޓަކައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޑިފެންސް މިނިސްޓަރގެ މި ޒިޔާރަތުގެ ތެރެއިން މިއަދު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތަށް އަލަށް ތަޢާރަފް ކުރެވުނު ފަޔަރ ސައިކަލް ބައްލަވާލައްވާ މި ސައިކަލާ ގުޅޭގޮތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ އެކްސަސައިޒް "ޖައްރާފާ 2018" މިއަދުގެ ނިޔަލަށެވެ.