ހޯމް މިނިސްޓަރުކަމަށް ގާނޫނާ ހިލާފަށް ހުވާކޮށް 15 ދުވަހު އުޅުނު މައްސަލަ ބެލުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ގޮވާލައިފިއެވެ.

ޝެއިހް އިމްރާން އަބްދުﷲ މިއަދު ހޯމް މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައި އަލުން އެ މަގާމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނިހާން ވަނީ، ޖިނާއީ ހުކުމެއް އޮތް މީހަކު ގާނޫނާއި ހިލާފަށް ހޯމް މިނިސްޓަރުކަމުގެ ހުވާކޮށް، ހޯމް މިނިސްޓަރުގެ ކޮޓަރިއާއި ފުލުހުންގެ އިދާރާއަށް ވަދެ އަމުރު ހިންގީ ގާނޫނާއި ހިލާފަށްތޯ ސުވާލު އުފައްދަވާފައެވެ.

"ހޯމް މިނިސްޓަރުކަަމަށް ގާނޫނާއި ހިލާފަށް ހުވާކޮށް 15 ދުވަހު އުޅުނު މައްސަލަ ބަލަން ޖެހޭ". ނިހާން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަގުތު" އަށް ވިދާޅުވީ، ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ މިއަދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ މެދުގައި އިމްރާން އަށް މަޤާމު ދެއްވުމުގައި ހުރި ޤާނޫނީ ހުރަސްތަކާ މެދުގައި އުފެދިފައިވާ ޝައްކުތައް ފިލުވާލައްވަން މިނިސްޓަރު ބޭނުންފުޅުވުމާއި ގުޅިގެން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އިމްރާން އެޕޮއިންޓް ކުރެއްވީ ރައީސް ހުވާ ކުރެއްވި ދުވަހު ހަމަ އެރޭ ކެބިނެޓްގެ އެހެން ބޭފުޅުންނާވެސް އެކު. ކޮންމެވެސް ވަރަކަށް އޭރުވެސް ޕަބްލިކްގައި އުޅުނު ވާހަކަތައް ރަނގަޅަކަށް ނޫނޭ، ނަމަވެސް އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރާ ގޮތުގައި އިމްރާން އެޕޮއިންޓް ކުރެވިފައިވަނީ ރަނގަޅަށް. ނަމަވެސް އިމްރާން ބޭނުންފުޅުވީ އެއްގޮތަކަށްވެސް އެކަހަލަ އެއްވެސް ޑައުޓެއް ނުބާއްވަން." ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސެން

    އަދި ވެސް ސަލާމަތެއްނުވެ. މިފަހަރު މަގާމުގަ އެހެރީ ރައީސް ހުށަނާޅަނީން އަމިއްލަޔައް، ހުވާވެސް ނުކުރެ. ކޯޓުންއެތޭރޭން ކުރިކަމަކުންދޫވީ މިހާރު އަމިއްލަޔައް 4މީހުންވެސް ފެތެނީ

  2. އަލްޖިބްރާ

    ނިހާނަށްސަލާމް ! ކަލޭމެންވެރިކަންކުރީ ކަލޭމެން ބޭނުންވިގޮތަށް ! އެހެންމީހަކު އެއްޗެއްބުންޏަސް އެމީހަކު އޮތީ ޖަލަށް ކޮށްޕާލާފަ ! މިއަދު އޮތީ ކަލޭމެންގެ ބާރު ހިގާނެ ވެރިކަމެއްނޫން ! މާބާރަށް ނުފެލި ހުރޭ !

  3. ރާއްޖެ

    އިމްރާން ވަޒީފާއަށް ޑައުޓް ވުމަކީ އެކަމުގައި
    މަކަރާއި ހީލަތް އެކުލެވޭ ކަމަކަށް ވުމުގެ ހެއްކެކެވެ މި މައްސަލަ ވީހާ އަވަހަކަށް ތަހްޤީޤް ކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.

  4. ސޖަޖ

    ޓެރެރިސްޓެއް ވާނީ ހަމަ ޓެރަރިސްޓަކަށް ކިތަންމެ ވަރަކަށް އިސްތިއުފާދީފަ ހުވާކުރިޔަސް

  5. ކޮތަރު އިމްރާން

    މަޤާމް ލިބުނުއިރު ޤާނޫނު މަތިން ހަނދާނެއް ނެތް. ހަމަ ކުއްލިއަކަށް މިއަދު ހަނދާންވީ. ކޮތަރަކީ މަގޭ އެކުވެރިން.

  6. ކޮތަރު

    15 ދުވަހުގެ މުސާރަ ވީ ކޮންތާކުތޯ؟

  7. ފަހަރި

    މަށަށް ފެންނަނީ 15 ދުވަހަށްވީ މުސާރަ ފައިސާ ކުޑަކޮށް ފެންޖަހާ ދޮވެލާފަ ބޭނުންކުރަން. އޭރުން އެވެސް ހަލާލުވީ. ސިމްޕަލް.

  8. ފާތުން

    ހަމައެކަނި އިމުރާނުގެ މައްސަލައެނޫން ބަލަންޖެހެނީ. ރައީސް އިބޫ ކުއްވެރިޔަކަށް މިނިސްޓަރުކަންދީ ފުލުހުންގެ އިދާރާގަ ގެންގުޅުނު މައްސަލަވެސް ބަލަންޖެހޭ. އުއްތަމަފަޑިޔާރު ކުއްވެރިޔަކަށް ވަޒީރުކަމުގެ ހުވާލައިދިން މައްސަލަވެސް ބަލަންޖެހޭ. މިއީ ބޮޑު އަރަތެފަދަކަމެ. 25އަހަރު މަޖުލިހުގައުޅުނުމީހަކަށް ގާނޫނު ނޭގުނީމަ ބޮޑުވަރު. އަތްހިއްލަން އެތަނުގަ އިނަސް މިވަރުއިގޭނެދޯ.. މިވަރުގެމީހަކު ވެރިޔަކަށް ލާފަމިހުރީ. އިބޫގެ އިތުބާރު ނެތްކަމުގެ ވޯޓެނަގަން މަޖުލުހަށް ވައްދާ ނޫނީ ސްޕުރީމު ކޯޓަށް މައްސަލަވައްދާ މިވެރިކަންނިންމާލަންވީ. ސުޕުރީމުކޯޓުން ފައިސަލާކުރެވޭނެ އިބޫ ގާނޫނާ ހިލާފުވީމަ.

  9. ފައިސަލް

    މުސާރަޔާ ނުބައްދަލު އަގުބޮޑު ފްލެޓް ގަންނަ ނިހާނުގެ މައްސަލަ ނުބަލާ ބަލަންޖެހޭ އިތުރު މައްސަލަ ހުރޭތަ؟

  10. علي وحيد

    މާތްކަލާކޯ شيخ إمران އަކީ ديني علم ވެރިއެއް ،إسلام دين އާއި خلاف ކަމެއް قانون އާއި خلاف ކަމެއް( ކިތަންމެ ވަރަކަށް އެދުންވެރިކަން ބޮލަށް އެރިޔަސް ނުކުރާނެ ކަމަށް أميد ކުރެވުނު )ނަމަވެސް މިައަދުއެނގިއްޖެ ކިތަންމެބޮޑު حق އަކަށް އަރާގެންފާނެކަން