ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައްޔިތުންގެ ހައްގުގައި ނުކުމެވެޑައިގެން ހުންނެވި ކަމަަށާއި އެއީ ނަމޫނާ ލީޑަރެއް ޤާސިމް އިބްރާހިމްގެ އެޑްވައިޒާރ އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

އަންނަ ،މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް މިހާރު ޤާސިމް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގާސިމް އުފަން ރަށް އދ.ދިއްދޫ އަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ނިހާން ވިދާޅުވީ ޤާސިމަކީ ނަމޫނާ ލީޑަރެއް ކަމަށާއި ނާކާމިޔާބު ވުމުންވެސް އޭނާގެ ހިތްވަރު އެލުވާނުލައްވާ ނިކުމެވަޑައިގެންފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓް 2008 ވަނަ އަހަރުވެސް އަދި އޭގެ ފަހުން 2013 ވަނަ އަހަރުވެސް ނިކުމެވަޑައިގަތީ ރައްޔިތުންނާ ގާތުން އެމަނިކުފާނު ޒަމާނުއްސުރެ ދެކެވަޑައިންނަވަމުން ގެންދެވި ތަސައްވަރުތައް ހަގީގަތަކަށް ހެއްދެވުމަށްޓަކައި.".

ނިހާން ވަނީ ޤާސިމަކީ ރައްޔިތުންގެ ހައްގުގައި ނިކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓެއްކަމަށް ވިދާޅުވެފައެވެ.

އަދި ގާސިމް ރާއްޖޭގެ ގިނަ މަޝްރޫއުތަކެއް ހިންގަވައި ދީފައިވާނީ އޭނާގެ އަމިއްލަ ފައިސާއިން ކަމަށް ވެސް ނިހާން ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

"ރާއްޖޭގެ ކުޑަ ރަށެއް ބޮޑު ރަށެއް ދަންނަވާނެކަމެއް ނެތް. ވަރަށް ގިނަ ރަށް ރަށްތަކުގައި ވަރަށް ގިނަ ކަންތައްތައް އަލުން ރައްޔިތުން އެދިވަޑައިގެން އެކަންތައްތައް ސަރުކާރަށް ނުކޮށްދެވެނީސް އެއްބައި ތަންތަނުގެ ބަނދަރު އަނެއް ބައި ތަންތަނުގެ ހޮޅިވަޅުލުން، ފެނުގެ ނިޒާމް އަދި އެ ނޫންވެސް އުމްރާނީ ތަރައްޤީގެ ވަރަށް ގިނަގުނަ ކަންކަން ޤާސިމް އިބްރާހިމް ކޮށްދެއްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަ ފައިސާއިން" ނިހާން ފާހަގަކުރެއްވިއެވެ.

ގާސިމް ފަދަ މަދު ވެރިއެއް މި ރާއްޖޭގައި ހުރިިއިރު، މި އަހަރުގެ އިންތިޚާބުގައި ޤާސިމަށް ކާމިޔާބު ކޮށްދެއްވުމުގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރައްވަން ޖެހޭ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރޮލެކުސް

    އޭ ހެލޯ ރޮލެކްސް ބުރޯ ހަމައިގަތޯ ތިުަހިރޯ!

  2. އއ

    ނިހާނު! ޤާސިމް ވެރިކަންހޯދަން ނުކުމެ އެހުރީ " އިންޑިޔާ ފަސްޓް ޕޮލިސީ" ހިފައިގެން އިންޑިޔާ ގެ ޕަޕެޓެއްގެ ގޮތުގައި. އެސް.ބީ.އައި ދެކެ ޤާސިމް ވަރަށް ބިރުގަންނާނެ. ވާނުވާގައި ތިބެގެން ބޮޑެތި ސުރުޚީތައް ނުހަދަބަލަ.

  3. ދަހިވެތި

    ނިހާނު ތިހެންބުނި ޔާމިނު އާދިމާލައްވެސް އަދި އެތާގަ ސަޖިދަވެސްޖެހި ފައިސާވެސް ނެގި

  4. ހަންޑިކުޑަ

    ޤާސިމު ވެސް ދެންތިބި މީހުންވެސް ނުވިތާކަށް ނިހާނުވެސް ނުކުމެ ތިހުރީ އަމިއްލަ ފައިދާ އަށް. ނިހާނުގެ ފައިދާ އަކީ ދެން އޮންނަ މަޖުލިހުގެ ދައުރަކަށް ސޭޓު ލައްވާ ޙަރަދު ކޮއްގެން ގޮނޑި ހޯދުން. ވެރިން ނުކުމެ ތިބީ އެވެރިންގެ ޖީބުތައް ފުރުމަށްޓަކައި. ހެޔޮ ވެރިކަމެއް ކޮއްދޭނެ އެކަކުވެސް ނެތް. ރައްޔިތުން ގުނބޯ ހައްދަން ނޫލޭ! ޤައުމު އޮތީ އޮޔޯ ގޮއްސާ! މަނިކުފާނަކީވެސް މިހާރު 5 ސްޓާރ ފެންވަރުގެ އެޕާރޓަންޓް ތައް ހުރި މީހެއް. ކޮންތާކުން ހޯދި ފައިސާއެއްބާ! ރޮލެކްސް ގަނޑި އަލާލައި، ޕްރައިވެޓް ކާރު ދުއްވަނީ.

  5. ޝާފު

    ތިކަހަލަ މޮޅެތި މެނިފެެސްޓޯ ހަދައިގެން އައި ސަރުކާރެއް މިއަދުވެސް އޮތީ. މެނިފެސްޓޯ ހެދިދާނެ އެ ބަލާފަ މީހުން އަންތަރީސްވެ ހޭބަލިވެގެން ވެއްޓޭވަރު މޮޅެތި ވާހަކައާއި ޚިޔާލު ހިމަނައިގެން. އެކަމަކު ހަގީގަތަކީ އެއްވެސް މެނިފެސްޓޯއެއް ހަގީގަތަކަށް ހެދޭނީ އެކަން ހިންގޭނެ ވަރުގެ ބުއްދި އާއި ތަޖުރިބާ އަދި ހިންގުންތެރިކަމާއި ވަރުގަދަ ސިޔާސަތު ހުރި ޝަހުސިއްޔަތެއް ހުންނަ ވެރިޔަކު ހޯދައިގެން ކަމެވެ. އަދި ހަގީގަތަކީ މިއަދުގެ ދައުލަތުގެ މާލީހާލަތު ތިޔަ ބުނާ މޮޅެތި ތަރައްގީގެ ކުލަވަރު ހުރި މެނިފެެސްޓޯއެއް ހިންގުމަށް ތަނެއް ނުދޭކަމެވެ. ރާއްޖެއަކަށް ތިޔަބުނާ މޮޅުތަރައްގީ ގެނެވޭވަރުގެ އާމްދަނީ މިއަދަކު ނުވަދެއެވެ. ވަންނަ އާމްދަނީވެސް މިޖެހެނީ ދަރަނި ދެއްކުނުގައި ބޮޑުބައި ބޭނުން ކުރާށެވެ. ދެން އަސާސީ ކަންކަން ނުކުރެވިގެން ޖެހެނީ އިތުރަށް ދަރަނިވެސް ނަގާށެވެ. އަދި ރާއްޖެ މިއަދުވަނީ ދަރަނީގެ ގޮތުން މުޅި ދުނިޔޭގައިވެސް އެންމެ ހާލަތު ދެރަކަށް ފާހަނގަވެފައިވާ ލިސްޓުގެ ކުރީގައި ހިމެނިފައިވާ ގައުމެއް ގޮތުގައެވެ. މި ވަގުތަކީ ގައުމު ނިކަން ނާޒުކު ހައްސާސް ހާލަތެއްގައި ވާ ދަނޑިވަޅަކަށް ވެފައި ދުނިޔޭގައި ބައިނަލްއަގުވާމީ ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ގައުމު ނިކަމެތިވެދާނެ ހާލަތެއްގައެވެ. މި ދަނޑިވަޅަށް ބޭނުންވަނީ ހަގީގީ ޝަހުސިއްޔަތެއް ނެތި އަދި ދައުލަތުގެ މާބޮޑު ތަޖުރިބާއެއް ނެތް ދަޅަދައްކާ ވެރިޔެއް ނޫނެވެ. މިއަދު ރައްޔިތުން ހޮވަން ޖެހެނީ އުނދަގޫ ނިންމުންތަށް ނިންމުމާއި ދަތިހާލަތުތަކުގައި ލީޑާޝިޕް ދައްކާފަހުރި ވަރުގަދަ ވެރިޔެކެވެ. މި ޝަރުތު އެންމެ ރަނގަޅަށް ހަމަވާ އެއްވެސް ކެންޑިޑޭޓަކު މިފަހަރަކު ނެތެވެ. އެކަމަކު މިއާއި އެންމެ ގާތްކުރަނީ ގާސިމް އިބްރާހިމް އެވެ. އެއީ ބަޔަކު ކިތަންމެ ނުރުހުނަސް ހަގީގަތް ނިމޭގޮތެވެ.