މި އަހަރުގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ދަނީ މުށްޖަހައިގެން އެއްޗަކުން ނަގާ ބީދައިން ވަޒީފާތައް ދެމުން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ށ. ގޮއިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އަޑުއިވެނީ މިއަދުގެ ސަރުކާރުގެ ފަރާތުން ކޮންމެ ކަމެއް ވެސް ވަރިހަމަކޮށްފައިވާ އަޑު ކަމަށެވެ.

ށ. ގޮއިދޫ ކެމްޕެއިން ޖަލްސާ ތެރެއިން - ފޮޓޯ: ނިހާން

ގައުމަކުން ދިއްކޮށްލާ އެގްރިމެންޓެއްގައި ސޮއިކޮށްލާއިރުގައި އޭގެ އާބިޓްރޭޝަންގައި އިންނަނީ އެ ގައުމެއްގައި އާބިޓްރޭޝަންއާއި ބެހޭ ކޯޓުގައި ކަމަށް ވިދާޅުވިއެވެ. މަދަނީ އެ ޒާތުގެ ވިޔަފާރި މުއާމަލާތްތަކުގައި ދެފަރާތް އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރެވިއްޖެ ހާލަތެއްގައި އޭގެ ހައްގު ހޯދުމަށްޓަކައި ކުންފުނިތަކުން މި ދާން ޖެހެނީ އެ ގައުމުގެ (އިންޑިއާގެ) ހައިކޯޓަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ގައުމުގެ އަތުން ހުރިހާ ގްރައުންޑެއް ގެއްލިގެންވާ ގޮތަށް އެގްރިމެންޓް ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބުގައި ހަމަކޮންމެ ގޮތަކުން ވެސް ރައީސްގެ މަގާމުގައި ދެމި ހުރުމަށް ދެވަނަ ދައުރެއް ހޯދެއްވުމުގެ ބޭނުމުގައި މުށްޖަހައިގެން އެއްޗަކުން ނަގާ ބީދައިގައި ވަޒީފާތައް މި ސަރުކާރުން ދެމުންދާ ކަމަށް ވިދާޅުވިއެވެ. އެންމެ 40 މީހުން ތިބޭ ރަށެއްގައި ވެސް 33 މީހުން ވަޒީފާގައި އެބައުޅޭ ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ގާސިމް ށ. ގޮައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ޖޭޕީ

"ތިން އަހަރު ފަހުން ހަމަ އެއް އަހަރެއްގެ އެއް ދުވަހެއް ކަހަލަ ގޮތަކަށް ރައްޔިތުން އެބަ ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު. އެއްހާސް މިލިއަން ޑޮލަރު މިހާރުގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތަކުން. މިއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރު އަދި 2021 ގައި ރާއްޖެއިން ވިއްކޮ 500 މިލިއަން ޑޮލަރު ސްކޫކް. މި ދޭތި މޭޗާވެގެން ފައިސާ ދައްކަންޖެހޭ މުއްދަތަނީ 2026. އެއާއިއެއްކޮށް ދެން ނަގާފައިވާ ލޯނުތަކަށް އަރާ 398.5 މިލިއަން ޑޮލަރު. މިހާރުވެސް މި ދަނީ ދައްކަމުން. މިއާ އެއްކޮށްލީމަ އަރަނީ އެއް ބިލިއަންޑޮލަރު. ކޮންތާކުންތޯ މި ލާރި ހޯދަނީ.". ނިހާން ވިދަޅުވިއެވެ.

ނިހާން ވިދާޅުވީ މިއީ ގަސްތުގައި އެނގިގެން ދިވެހި ދައުލަތެއް ސުންނާފަތިކޮށްލުން ކަމަށާއި، ދިވެހި ގައުމު ވީރާނާ ކޮށްލުން ކަމަށެވެ. ދިވެހި ގައުމެއް އެހެން ބައެއްގެ އަތްމައްޗަށްދާން ދޫކޮށްލުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަލަމާތްވާނެ ގޮތެއް ނެތީމަ އަތް ދިއްކޮށްލަން ޖެހޭ ހިސާބަށް މި ސަރުކާރުން ދިވެހިން ނިކަމެތި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޭކާރު

    ކޮންމެ ވެރިކަމެއްގައިވެސް ބޭކާރު އެތައް ވަޒީފާއެއް ދައުލަތުގައި އޮވޭ. ތަންކޮޅެއް ކުރިން ކުރީގެ އެޓޮލްސް މިނިސްޓްރީގައި އެކަހަލަ ވަޒީފާ ހުރޭ. އޭރު އެވަޒީފާގައި ތިބީ ވަޒީފާ އަދާކޮށް ގައިބާރު ދޫވެފައި ތިބި މީހުން. ގާނޫނަކުން އެބައި ނިމިގެން ދިޔައިމާ މިހާރު އެކަން މި ފެށުނީ އެހެން ގޮތަކަށް. މިހާރު ކަމެއް ނުކުރާ ނަން މޮޅު މަގާމުތައް. މިހާރު މަގާމުތަކުގައި ދުންބޯޓު ކަހަލަ ޒުވާނުން. ގައުމު ހަމަމަގަށް އެޅޭނީ ދައުލަތުގެ ކުންފުންޏަކަށްވިޔަސް ސިވިލް ސަރވިސްއަކަށް ވިޔަސް ޖުޑީޝަރީއަކަށްވިޔަސް މަގާމުތައް މަދުކޮށްގެން. ބޭކާރު މަގާމުތައް އުވާލައިގެން. ބަޔަކު ރުހުނަސް ނުރުހުނަސް މީކުރަންޖެހޭ ކަމެއް. އަދި އޭގެ އިތުރަށް އަހަރަކަށް 15 ދުވަހުގެ ސަލާމް ބުނާގޮތަށް ބަދަލުކޮށް އިތުރަށް ސަލާމް ބުނާނަމަ ކޮންމެ ދުވަހަކު މުސާރައިގެ ދެބައިކުޅަ އެއްބައި ކެނޑޭގޮތަށް ހަމަޖައްސައިގެން.

  2. އޫޒް

    ތިއިން އެއްވެސް ކަމެއް މިއަދުގެ ދައުލަތުގެ މާލީހާލަތު ހުރިގޮތުން ހިންގާކަށް ތަނެއް ނުދެއެވެ. ރާއްޖޭގެ ދެން އަންނަ ރައީސަކަށް ކުރެވޭނެ އެންމެ ބޮޑުކަމަކީ ޚަރަދުތަށް މަދުކޮއް ޕުރޮޖެކްޓުތަށް މަދުކޮއް ތިންއަހަރު ދަރަނި ނުނަގާ ގައުމު ހިންގުމެވެ. އެއީވެސް 2026 ގައި ދައްކަންޖެހޭ 1 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނިފައިސާ އަނބުރާ ދައްކައި ގައުމު ޑީފޯލްޓުވުމުން ސަލާމަތްކުރެވޭތޯއެވެ.

  3. އޫޒް

    ތިއިން އެއްވެސް ކަމެއް މިއަދުގެ ދައުލަތުގެ މާލީހާލަތު ހުރިގޮތުން ހިންގާކަށް ތަނެއް ނުދެއެވެ. ރާއްޖޭގެ ދެން އަންނަ ރައީސަކަށް ކުރެވޭނެ އެންމެ ބޮޑުކަމަކީ ޚަރަދުތަށް މަދުކޮއް ޕުރޮޖެކްޓުތަށް މަދުކޮއް ތިންއަހަރު ދަރަނި ނުނަގާ ގައުމު ހިންގުމެވެ. އެއީވެސް 2026 ގައި ދައްކަންޖެހޭ 1 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނިފައިސާ އަނބުރާ ދައްކައި ގައުމު ޑީފޯލްޓުވުމުން ސަލާމަތްކުރެވޭތޯއެވެ.....

  4. ހާލު

    ތިޔަބުނީ ވަރަށްބޮޑު ތެދެއް. ހުރިހާސަރުކާރެއްގަވެސް އިންތިހާބަކީ ވިހާގެން ގިނަވާއެއްޗެއް. ހަމއެއް ލަމައެއްނެތި ދެމުންދަނީ ކިޔަވާގެން ތިބުމުގެ ބޭނުމެއްނެތް. ހަމަ އިންތިހާބް ކާރިވާއިރަށް ޝަރުތު ހަމަވާނެ!

  5. ނަމަ

    ނިހާން ދެން ވަޒީފާ ދޭ މީހުން ނަން ދޮންކެޔޮ ކާންދީގެން ވިސްނަދޭންވީނު ގާސިމު ފައިސާ ދޭނެވިއްޔަ

  6. ދިވެހި މުސްކުޅިން

    މުށްޖަހައިގެންވެސް ދެނީ ވަޒީފާ އެމީހުންނާއި އެމީހުންގެ އާއިލާތަކަށް ހިތްހަމަ ޖެހުން ގެންނަނީ އެމުސާރަތަކުން އެވަޒީފާ ތަލުން ވަޒީފާތަކުގައި އުޅޭ އެންމެން އިބޫއަށް ޖަހާނީ ހެޔޮ ފާހަގަ

    2
    3
  7. ސާމް

    "މޯލްޑިވްސް އިޒް އިން ޑީފޯލްޓު އޯވާ އިންއެބިލިޓީ ޓު ސާވިސް ފޮރީން ޑެޓް އޮފް ވަން ބިލިޔަން ޑޮލާރސް.".. މިއީ 2026 ގައި ބައިނަލް އަގްވާމި ނޫސްތަކުން ފެނިދާނެ ޚަބަރު ސުރުޚީއެއް.

  8. ޙޫއަދި

    ސްޓެލްކޯ އިން ވެސް 218 ވަޒޒިފައި ވަނީ ބަހާފައި..މައްސަލައަކީ ސަރުތު ހަމަނުވާ މީހުން ވެއްދުން..ފައިނޭންސް ޑިޕާޓްމަންޓް ތަކަށް ކޮލިފިކޭޝަން ނުބެލުމަކީ ކޮރަޕްޝަން ކިޔަނީ..އޭސީސީ އަށް މިހާރުވެސް ވާނީ ހުށައަޅާފައި..ކޮޕީކުރާގޮތް އޭސީސީއަށް ކިޔާދީ