މިނިސްޓަރުންގެ ނައިބު ފެންވަރުގެ ފަސް މަޤާމަށް މިއަދު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ.

މިއަދު އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެކި މިނިސްޓްރީތަކަށް އައްޔަން ކުރައްވާފައިވާ ޑެޕިއުޓީ މިނިސްޓަރުންނާއި އެފެންވަރުގައި އެހެން މަޤާމަކަށް އައްޔަން ކުރެއްވި ބޭފުޅެއް ހިމެނިވަޑައިގަންނަވައެވެ.

އެކި މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަން ކޮށްފައިވާ ފަރާތްތަކަކީ:

- ޒުހުރުﷲ ސިޔާދު، ގ. ބަހާރީގެ: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓް

- މުޙައްމަދު އާޘިމު، ގ. މަތިހުރާ: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓް

- މުޙައްމަދު އަޛުމީލު، މ. ޔުނިކޯން: މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

- ޚާލިޞް ޝަރީފު، ޏ. ފުވައްމުލައް ސިގުވާނޑު، ސަވާ: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓް

މީގެއިތުރުން، ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި، މިނިސްޓްރީ އޮފް އެންވަރަމެންޓްގެ އެންވަރަމެންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަޤާމަށް ޚަދީޖާ ނަސީމް، ހ. ސުނާރު ވަނީ އައްޔަން ކުރައްވާފައެވެ.

ރައީސް ސޯލިހް ވަނީ މިއަދު އިތުރު ތިން ސްޓޭޓް މިނިސްޓަރަކުވެސް އައްޔަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު